ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޯދީއާ ސަލާމް ކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
13 އޯގަސްޓް 2020 - 14:59
ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީ ދަތުރުތައް ކުރިއަށް އޮތް 2-3 މަސް ތެރޭގައި ފެށޭނެ ކަމަށް ރާއްޖޭގެ ފޮޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ފޯނުން ގުޅުއްވައި މިއަދު ގިނަ މަޝްވަރާތަކެއް ކުރެއްވިއިރު، ހދ. ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ފަށަން ނިންމާފައިވާ ފެރީ ދަތުރުގެ ވާހަކަތައް ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ، ކާގޯ ފެރީގެ ހިދުމަތާއެކު ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށެވެ. ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލް ކަމަށް ވުމުން، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އެ ގައުމު މެދުވެރިކޮށް، ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވާނެ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް ފެށުމުގެ އެމްއޯޔޫގައި ދެ ގައުމުން ސޮއިކުރީ ޖޫން، 2019 ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެކަމަށް އިންޑިއާގެ ކެބިނެޓުން ވެސް ވަނީ ރުހުން ދީފަ އެވެ.
އެކަމަކު، އެކަމާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް ދިވެހިންގެ ތެރޭގައި އުފެދިފައި ވެއެވެ. އެގޮތުން އެއީ މަސްތުވާތަކެއްޗާއި ވަގު ޕާސްޕޯޓުގައި މީހުން އެތެރެވުމަށް ހުޅުވޭ ދޮރެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޔޯ މެޓްރިކްސް
14 August 2020
ބަޔޯމެޓްރިކްސް އިމިގްރޭސަން އިން ބޭނުންކުރީމައި ކޮންޓުރޯލް ކުރެވޭނެ އަދި ހިފަންވެސް ހިފޭނެ.
ޙަސަނުމެނ
13 August 2020
ތީ ނުރައްކާތެރި ކަމެއް، ގައުމެއްނެތް. 200 300 އިން ބަންގާޅިން ބޭރުކޮށްފަ، މިހާރު މި ފެންނަނީ އިންޑިޔާޅިން. މަގުތައްމަތިންވެސް. ފިހާރަތަކުންގަ ސޭޓުންނަށް ބަންގާޅިން. ބޮސްއަށް އިންޑިޔާޅިން. ޙީވަނީ ވަކި އަދަދަކަށް ބަންގާޅިން ބޭރުކޮށް، އިންޑިޔާ މީހުން ގެންނަން އެގްރީމެންޓްކޮށްފަ އޮތްހެން
އުސްޕާޕަ
13 August 2020
ތިޔަފެރީޔަށްވުރެ ރިޔަލު ދޯނި މާރީތިވާނެ ކުޅިވަރުބަލަން ... މަލިކު މީހުންވެސް ކޮއްޓެއްގައި އެތިބެނީ . ޑިމޯ ކުރަފިއޭ ކިޔާގެން އުޅޭ މީހުންގެ ދެފޮއްކެހެރިކަން.
ކަސަބު
13 August 2020
ތިބުނާ ގޮތަށް އަޅުވެތި ނޫނީ ކިތައް ގައުމު؟ އދ ގައި މިނިވަން ގައުމުގެ ގޮތުގައި ތިބީ 193 ގައުމު. މިއީ ގާނޫނީ ގޮތުން މިނިވަން ގައުމުތައް. އެކަމަކު ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން މިނިވަން އެންމެ 10 ގައުމުވެސް ނުދެއްކޭނެ. ޔޫކޭ ފަދަ ބިޔަ ގައުމުތައްވެސް އަޅުވެތި.
ތަކުރުފާން
13 August 2020
އަޅުވެތިކުރުމުގެ ފެށުން
މާޒިން123
13 August 2020
ބަންގާޅުމީހުން ފޮނުވާލާފަ އިންޑިއާ މީހުން އެތެރެކުރަނީ. ދެންތިބޭ ބަލަން ވާގޮތް
އަލީ އަލީ
13 August 2020
ތިން މަސް ކަމަށް ތިޔަ ވިދާޅުވަނީ ބަންދުދުވަސްތަށް ކަނޑާފައިތޯ! 100 ދުވަހުގެ މަގުޗާޓުގައިވެސް ތޮުަވާހަކަ އޮތް! ކަންފަށާނެ ތާރީހު ވިދާޅުވެދެއްވާ! މައުމޫނު ޒައާމަތުގަވެސް މަމެން ރަށުގަ ބަދަރު ތިޔަ ބުނާ 2 ތިންމަސް ތެރޭ ފަށަން ބުނި! އަދިވެސް އެދުވަހު ވިދާޅުވި 2 ތިންމަސް ނުވޭ! ހަފްތާ ބަންދަށް ވާހަކައެއް ފަޅާލީއޭ!
ނަޝީދު.
13 August 2020
އެޖެންޑާ19ގަ ހައްގުމިންވަރު ހޯދައިދޭން ވީހާ ވައުދު ކޮބާ؟ ސަރުކާރުން ވިޔަފާރިކުރުން ހުއްޓާލަން ބުނިންތަ؟ ހުރިހާ އިންޕޯޓް ޑިއުޓީ ކަނޑާލަން ބުނިންތަ؟ އަނބިދަރިންގެ ހިސާބުތައް ހާމަކުރަން ބުނިންތަ؟ ހުޅުމާލެއާ ގުޅީފަޅުން ގޯތިދޭން ބުނިންތަ؟ އެލް.ޖީ.އޭ އޮވާލާ އަތޮޅާ ރަށުސަރުކާރަށް ބާރުތައް ބަހާލަން ބުނިންތަ؟ އިންޓަނެޓް އަގުހެޔޮކުރަން ބުނިންތަ؟ ކޮމިޝަންތަކެއް ހަދާ ތަހުގީގުތަކެއް ހާމަކުރަން ބުނިންތަ؟ ވަޒީފާ ގެއްލުވާލިމީހުންނަށް ވަޒީފާ ދޭން ބުނިންތަ؟
ޙިމާރުލް ވަތަން
13 August 2020
މީ ކާކު ބޭނުންވާ ކަމެއް. އިންޑީޔާ މީހުން އެތެރެވާން ޖަހާ މަޅިއެއް. މި އޮތީ ވާ ސަރުކާރެއް ގެނެވިފަ
ދޭސީ
13 August 2020
ތިޔަކަހަލަ ފެރީ ދަތުރެއް ކުރޭ ކޮޗިންއާ މަލިކާ ދޭތެރޭވެސް. މިރާއްޖެމީ މަލިކު ކަހަލަ އިންޑިޔާގެ ބާރުގެ ދަށުގަ އޮތް ތަނެއްހެން ހީވާކަހަލަ. މަލިކު އަދިވެސް އޮތީ ދިވެހިން 80 ގެ އަހަރުތަކުގަ އުޅުނު ހިސާބުގަ. ތަރައްގީގެ އެއްވެސް ކަމެއް ނެތްތާ އިންޑިޔާގެ މައި ސިޓީތަކަށް ބަރޯސާވާން މަޖުބޫރު ކުރުވާފަ 18 ގަޑިއިރުން ދެވޭ ފެރީއެއް ބާއްވާފަ އޮންނަނީ. މިއީ ރާއްޖޭގެ އުތުރުގެ މުސްތަގްބަލްހެން ހީވޭ.