އެމްޑީޕީގެ ބައްދަލުވުމެއްގައި މެމްބަރު ރޮޒައިނާ ވާހަކަ ދައްކަވާއިރު، އެ ޕާޓީގެ ރައީސް ނަޝީދާއި ޕާޓީގެ ބައެއް އެހެން އިސްވެރިން.---ފޮޓޯ: މިހާރު
13 އޯގަސްޓް 2020 - 16:26
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 65 ގޮނޑިއާ އެކު މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަތިކޮށް، މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކުރުމަށް ހުރަސްއަޅަން ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ބަލިކަށިކޮށްލަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ދެތިން މެމްބަރަކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ދެއްކެވި ވާހަކަ އަށް ތާއީދު ކުރައްވައި، ކުރެއްވި ޓުވީޓެއްގައި ރޮޒައިނާ ވިދާޅުވީ އެމްޑީޕީ އަށް މަޖިލީހުގެ ގޮނޑިތައް ދިނީ މެނިފެސްޓޯގައިވާ ކަންކަން އުނދަގުލަކާ ނުލައި ތަންފީޒު ކުރަން ފަސޭހަކޮށްދޭން ކަމަށެވެ.
އޭނާ ވިދާޅުވީ، އެމްޑީޕީ އަށް ގޮނޑިތައް ދިނީ އިދިކޮޅު ޕާޓީ ހެދިގެން މަޖިލިސް މެދުވެރިކޮށް، ރައީސުލްޖުމްހޫރިއްޔާ އަށް ޖެއްސުންކުރަން ނޫން ކަަމަށެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅުން ފަދަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހިންގާ ބައެއް އަމަލުތައް ސިފަކުރައްވައި ރޮޒައިނާ ވިދާޅުވީ "މި ދެން ބޮޑުވަރު" ކަމަށެވެ.
Rayyithun MDPah verikan dhinumahfahu seedha RJ @ibusolih nisbaiva party ah majleehun 65 gondi dhinee undhagulakaa nulaa manifesto ga vaakankan thanfeez kurumah.
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) August 13, 2020
Idhikolhu party hedhigen majlis medhuverikoh RJ ah jessun kuraakah noon. Mihaaru dhen boduvaruhttps://t.co/JA2hjCl5Vi
ރޮޒައިނާގެ ޓުވީޓް.
އޭނާގެ އެ ޓުވީޓަށް ރައްދު ދެމުން އެމްޑީޕީގެ ސަޕޯޓަރަކު އެދުނީ އެ ޕާޓީ އަށް ގޮނޑިތައް ދިނީ ގުޅިގެން އެ ޕާޓީ ފުނޑާލަން ނޫން ކަމަށް ރޮޒައިނާ އަށް ހަނދާން ކޮށްދިނުމަށެވެ.
އޭގެ ރައްދުގައި ރޮޒެއިނާ ވިދާޅުވި ގޮތުގައި ގައުމުގެ ވެރިކަން އެއްފަހަރާ ދެ މީހުންނަކަށް ނުކުރެއްވޭނެ އެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ.
Qaumegge verikan effaharaa 2 meehunnakah nukureveyne. Ekan kuran ulhenya nukunnaanee husgoas. Alhugandu party funda kah noolhen + alhugandu kahala nikamehchakah miparty eh nufundeyne. Ekan kureveyni bodunnah. Direct ur msg 2d right person. I’ll stand behind party leader @ibusolih https://t.co/YG9mRzP283
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) August 13, 2020
އޭނާ ވިދާޅުވީ ގައުމުގެ ވެރިކަން ދެ ބޭފުޅަކު ކުރައްވަން އުޅުއްވައިފި ނަމަ ނުކުންނާނީ ހުސް ގޯހެވެ.
"އަޅުގަނޑު ޕާޓީ ފުނޑާލާކަށް ނޫޅެން. އަޅުގަނޑު ކަހަލަ ނިކަމެއްޗަކަށް މި ޕާޓީއެއް ނުފުނޑޭނެ. އެކަން ކުރެވޭނީ ބޮޑުންނަށް،" އެމްޑީޕީގެ މެމްބަރު ރޮޒައިނާ ވިދާޅުވި އެވެ.
ޕާޓީ ފުނޑާލަން އުޅޭ މީހަކަށް ނިސްބަތްކުރައްވައި އެ ވާހަކަ ދައްކަން އެދިވަޑައިގަންނަވަމުން ރޮޒައިނާ ވިދާޅުވި ގޮތުގައި އެމްޑީޕީ އަކީ ވަކި މީހެއް ނުވަތަ ވަކި އާއިލާގެ އެއްޗެއް ކަމަށް ބައެއް މީހުންނަށް ހީވެ އެވެ. އެކަމަކު އެއީ އެމްޑީޕީ ހިނގަން ޖެހޭ އުސޫލު ނަމަ އިލެކްޝަންސް ކޮމިޝަންގައި ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ޕާޓީގެ ލީޑަރު ވަރަށް ސާފު ކަމަށެވެ. އަދި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރަން ޖެހޭ ގޮތާއި ޕާޓީގެ ނިންމުންތައް ނިންމާނެ ގޮތް ވެސް ލިޔެފައި އޮންނަ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު މަސައްކަތެއް ނުކުރަން ރައްޔިތުންނަށް ގެއްލުންވާ ގޮތަކަށް. އަދި މީހަކު ބުނާހާ ގޮތަކަށް ވެސް. ބަޔަކަށް އެކަން ބަލައިނުގަނެވުނަސް ހެޔޮ،" ރޮޒައިނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ކޮންމެ މެމްބަރަކަށް ވެސް ހައްގުތަކެއް ލިބިގެންވާ ކަމަށާއި ބަޔަކު ކިތަންމެ ރުޅި އަޔަސް އެ ހައްގުގެ ބޭނުން ހިފާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިތުބާރު ކުރައްވާ ކަމަށް ބުނާ އެއް ވަޒީރު، ފައްޔާޒު ވަކިކުރަން އެމްޑީޕީގެ ބައެއް މެމްބަރުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު އެކަމާ ދެކޮޅަށް ވެސް ޕާލަމެންޓްރީ ގްރޫޕްގެ ބައެއް ބޭފުޅުން ވަނީ ތެދުވެވަޑައިގެންފަ އެވެ. އެކަމުގައި އިސްކޮށް އުޅުއްވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.
ފައްޔާޒް މަގާމުން ދުރުކުރަން އުޅޭ ސަބަބު އެކަމުގައި އުޅުއްވާ މެމްބަރުން ވިދާޅެއް ނުވެ އެވެ. އަމިއްލަ އަށް ދިފާއުވެވަޑައިގަންނަވަމުން ފައްޔާޒް ވިދާޅުވެފައި ވަނީ އޭނާ މަގާމުން ވަކިކުރަން ޖެހޭ ސަބަބެއް ނޯންނާނެ އެވެ. އިތުބާރު ނެތް ކަމުގެ ވޯޓުގައި ސޮއިކުރަން ފެށީ، ހިތްހަމަނުޖެހޭ ސަބަބެއް އޭނާ އަށް ބުނެދިނުމެއް ވެސް ނެތި ކަމުގެ ކަންބޮޑުވުން ފައްޔާޒު ފާޅުކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮއްކޯ
17 August 2020
ގޮނޑި ދިނީ ވައްކަން ކުރާކަށް ވެސް ނޫން
ރީތި މޫސަ
15 August 2020
އެމްޑީޕީ އުފެދުނީސްސުރެ އަބަދުވެސް އުޅޭނީ ކޮންމެސް ހައިޖާނެއްގަ ގައިމުމިހާރު ކިހާފަސޭހަކަމާއިއެކު ކަންކަންނިންމޭނެ އެކަމަކު އަބަދުވެސް މިފެންނަނީ ނަޝީދުގެ އަމިއްލަފައިދާޔަށް ކަންކަންކުރަންއުޅޭތަން މީގެން އެގިގެންދަނީ އެމްޑީޕީއަކަށް އަދި މިޤައުމަކަށް ނަޝީދުއިސްކޮންހުރެގެން ދުވަހަކުވެސް ކުރިއެރުމެއް ނުލިބޭނެކަން އެހެންވީމަ ބުނަންޖެހެނީ ނަޝީދަކީ މިޤައުމުގެ ހަލާކޭ
ޒުވާނާ.
14 August 2020
ދެންދުވަހަކުވެސް އެ މްޑީޕީޔަކައްވޯޓެއް ނުލާނަން 65 ގޮނޑިދިނީ މަ ލިބުނީ ހުސްސިޓީއެއްގެ ދަރަޖަ މިވެހޭ ބޯވިއްސާރައިގަ ނުގުޅާ މެންބަރެއް ބައްދަލު ނުކުރާ ކައުންސިލު މެންބަރެއް ނުހުންނާނެ ކުޅުދުއްފުށި ސޯސަންގޯޅިޔައް ވެލިކޮޅެއް އަޅައިދެއްވާށޭ ކިޔާތާ ދޮޅުއަހަރު މިދޮޅުއަހަރު ދައުލަތައް އަޅުގަނޑު ގަނެފަހުރި މުދަލުން ދެލައްކަ ރުފިޔާއައްވުރެ ބޮޑު އެއްޗެއް ޓެކްސްއައް ދައްކައިފިން އެއީ ގެދޮރު ހެދު މައް ދެންކޮބާ ބޭނު މެއް
އޮރެންޖް
14 August 2020
ރޮޒޭނާއަށް ގޮނޑިދީފަ ތިހުރީ އެމް.ޑީ.ޕީ އަށް ޖެއްސުން ކުރާކަށް ނޫން.
އަދަގޮޑި
14 August 2020
ﷲގެ އިރާދަ ކުރެއްވިއްޔާ ދެން ތިގޮޑިތަކެއް ތިޔަޕާޓީއާއި ތިޔަބައި މީހުންނަކަށް ނުލިބޭނެ އެއީ ތިގޮޑިތަކުން ދިވެހި ގައުމާއި ރައްޔިތުންނަށް ވީ ފައިދާއެއްނެތް
އައްޑޫބެއްޔާ
14 August 2020
އިއްޒަތްތެރި މެމްބަރަށް ވެދުން ސަލާމް، އަޅުގަޑުމެން ގޮނޑިތައް ދިނީ ހުވަފެން ބަލާކަށްވެސް ނޫން، އަޅުގަޑުމެން ކގޮނޑިތައް ދިނީ އެމްއެމްޕީއާރުސީ ގެ ވައްކަމުގެ ތަހުގީގު ދިގުދަންމާކަށެއްވެސް ނޫން، ގޮނޑިތައް ދިނީ ދައުލަތުގެ މާލިއްޔާ ޚާއްސަ ހާލަތެއްގައި ދޮވެލާކަށްވެސް ނޫން، ގޮނޑިތައް ދިނީ ގަވާއިދާއި ހިލާފު ބިދޭސީންގެ މައްސަލަ ހައްލުކުރަން ގަވާއިދުގެ ތެރޭގައި ތިބި މީހުން ފެލާލާކަށްވެސް ނޫން. މިވަރުން ސާފުވާނެކަމަށް ޔަގީން ކުރަން.
1234
14 August 2020
ތި މީހުން ބޭނުންވިގޮތަށް މަޖިލިސް ގޮޑިތަށް ބެހިނަ މަ މިއަދު ތިސަރުކާރެއްނެތީސް
ރައްޔިތު ވޮއިސް
14 August 2020
ތިޔަ ގޮޑިތައް ދީގެން ރައްޔިތުންނަށް ވީ ފައިދާ އެއް ކޮބާ ތިޔަ މެންމަބަރުންގެ އަނބޮޑި ބޮޑުވޫން ނޫން ކަމެއް ނުވޭ ދެން ތިޔަ މެމްބަރުންގެ އާޢިލާ މީހުންނަށް ފައިދާ ވަޒީފާތަކާއި ލޯންތަކާއި އިނާޔަތްތައްވެސް މެމްބަރުންގެ އާއިލާއަށް ދެރަ ރައްުޔިތު މީހާއަށް ވީކަމެނެތް މަޖިލިހަށް ދާ ދުވަހެއް ވިއްޔާ އެތަނުގައި ނުވަތަ އެހެންތަނެއްގައިވެސް ޖަވާބު ދާރީނުވެވޭނެ މީހެއްގެ މަސްކައިފަ ނޫނީ ތާކުންތާކު ނުޖެހޭ ސިޔާސީ ވާހަކައެއް ދައްކާލާފަ ނިކުމެގެންދަނީ
މޯޑް
14 August 2020
100 ފަސެންޓް ނަސީދު ކިތަށްމެ ވަރަކަށް ވޯޓް ހޯދައިފަ މަޖިލިހަށް ވެއްދިޔަސް ފައްޔާޒް ބޭރުނުކުރެވޭނެކަން
ކުއްޅަބެ
14 August 2020
ފައްޔާޒު ފަހަތުގަ ގިނަ މެންބަރުން ތިބީ ނަޝީދު ލަދެއް ނުގަނޭބާ ތާއީދެއް ނެތް މިހާރަކު
ބަންޑޭރި
14 August 2020
އަމިއްލަ މީހެއްގެ ގެއެއް ރައްޔިތުންގެ ފައިސާއިން މިލިޔަނުން ޚަރަދުކޮށް މަރާމާތުކޮށް ކޮވިޑް ފެސިލިޓީ އަކަށް ހަދާ ނިންމާ އަދިއެގެ އަށް ކުލިވެސް ދޭނަމޭ ހިތާ ރޭވުން ރޭވިޔަސް މިމަޖިލިސް އޮށްވާ ތިކަމެއްނުވާނެ މި މަޖިލިސް އިން ފާރަވެރިވާނެ ހުއްޓުވާނެ.
އެޑަމްސް
14 August 2020
މަޖިލިސް އިން ތިހާ އިންސާފަށް ލޯބިކުރަންޏާ ކީއްވެގެންބާ މަޖްލީސްގަ ތިބި މމޕރސ ގެ ފައިސާ ނަގައިގެން ތިބި މެންބަރރުންގެ ލިސްޓު ހާމަ ނުކުރެވިގެން އެއުޅެނީ؟ ދައުލަތުގަ ޒިންމާދާރުވާން ޖެހެނީ ހަމައެކަނި ސަރުކާރެއްވެސް ނޫން ޖުޑީޝަރީއެއްވެސް ނޫން، ހުދް މަަޖްލީސްވެސް ހުރިހާ ކަމެއްގައިވެސް އެމީހުންގެ ވާޖިބު އަދާކުރަންޖެހެ. އަދި ރިލްވާ އާއި ޔާމީންގެ އާއިލާއަށް އިންސާފު ނުދީ އަންނި ދޯ އުޅުނީވެސް ހުރިހާ ރިޔާސީ ކޮމިޝަންތަކެއް އުވާލަންވެސް؟