ވީއައިއޭގެ އަލިފާނުގެ ހާދިސާގައި މަރުވި އިސްމާއިލް ރަޝީދު--
16 އޯގަސްޓް 2020 - 15:53
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ މިއަދު މަރުވެއްޖެ އެވެ.
އެއާޕޯޓުގެ ފިއުލް ފާމުގައި މަސައްކަތް ކުރާ އިސްމާއިލް ރަޝީދު 46، މަރުވިކަން އެމްއޭސީއެލުން ކަށަވަރު ކޮށްދިން ނަމަވެސް އަދި ތަފުސީލެއް ނުދެ އެވެ. އޭނާ އަކީ އެ ކުންފުންޏަށް 26 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ޚިދުމަތް ކޮށްދީފައިވާ މީހެކެވެ
އިސްމާއިލް މަރުވީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް ކަމަށް އެނގިފައިވެ އެވެ.
އެއާޕޯޓުގައި ތެޔޮ ރައްކާކުރާ ސަރަހައްދުގައި ހިނގި މި ހާދިސާގައި އިސްމާއިލްގެ ހަށިގަނޑުގެ 83 ޕަސެންޓު ފިހުނު ކަމަށް ވެ އެވެ. ހާދިސާ އަދިވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މިދިޔަ ހޯމަ ދުވަހު އިރުއޮއްސި 6:15 ހާއިރު އަލިފާން ރޯވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެއާޕޯޓުގެ ފަޔަ ޓީމުން އަލިފާން ނިއްވާލި ކަމަށް ވެސް އެމްއޭސީއެލުން ވަނީ ބުނެފަ އެވެ.
އެމްއޭސީއެލް އިން ބުނީ، އެއާޕޯޓުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާޖަރާ
17 August 2020
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ މަރްހޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާންދޭވެ. އާމީން ޔާ ރައްބަލް ޢާލަމީން.
ރިޝް
17 August 2020
ފުދޭވަރަކަށް ޒުވާން ރީތި މީހެއް... ރެސްޓް އިން ޕީސް!
ކުޑަ ޒަކީ
17 August 2020
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ ބޭރުގައުމުގެ ޣައިރުމުސްލިމު ވެރިއެއް ދުނުޔެ ދޫކޮށް ދިއުމުން "އަވަހާރަވުން" މި ފަދައިން ބޭނުންކުރާ ފަދައިން. ނިކަމެތި ދިވެއްސަކު ދުނިޔެ ދޫކޮށްދިއުމުން، "މަރުވުން" މިހެން ގެނެސް ދިނުމުގެ ބަދަލުގައި، އެ މައްޔިތާއަށް އިޙްތިރާމް އަދާ ކުރުމުގެ ގޮތުން "ނިޔާވުން" މިހެން ބޭނުން ކިހެނެއްތޯ. ރިވެތިގޮތަކީ އެ ނޫންތޯ؟
ކަޓޭ
18 August 2020
100 ގެ ވާހަކައެއް... ވަރަށް ބޮޑަށް ފާހަގަވޭ ދިވެހި ނޫސްތަކުގަ މިފަދަ ތަފާތުކުރުން ހުންނަކަން.
އަލީބްރޯ
16 August 2020
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ޙުސޭނުބޭ ގެ
16 August 2020
اللهم اغفر له وارحمه واسكنه في الجنة آمين
ބަސް
16 August 2020
اللهم اغفر له وارحمه واسكنه في الجنة آمين
އެންދެރި
16 August 2020
މަރްހޫމްގެ އާއިލާ އަށް ކުންފުނިން އެހީ ވާނެ ކަމަށް އުއްމީދު ކުރަ މެވެ. ދިގު މުއްދަތަކަށް ހިދުމަތް ކޮއްފި އެވެ. މިއީ ކުންފުނީގެ އިހްލާސްތެރިކަން ދައްކަން ވީ ވަގުތެވެ.
އޮނަރަބްލް އަފީފު ދީދީ
16 August 2020
ދައުލަތް ދަރަނިވެރިކޮށް އެތައް ހާސް މިލިޔަން ޑޮލަރު ނަގައިގެން ހިންގާ މާލޭއެެއަރޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން އައިކާއޯއާއި އަޔާޓާގެ މިންވަރަށް ހުރިކަމުގައި ޤަބޫލެއް ނުކުރަން. # މިކަމުގައި ނިޔާވި މީހާގެ އާއިލާގެ ފަރާތުން އެމްއޭސީއެލް އާއި ކުންފުނީގެ ވެރިންނާއި ބޯޑާއި ދެކޮޅަށް ޖިނާއީ ދައުލާ ކުރަން އާއިލާއިން ވިސްނާންޖެހޭ. މިފަދަ ކަންކަން އާންމުވުން ހުއްޓުވޭނީ މިގޮތަށް ކަންކަން ކޮށް މަޤާމްތަކުގައި ތިބޭމީހުން ޒިންމާދާރު ކުރުވައިގެން.
އޮކިއުޕޭޝަން
24 November 2020
އޮކިއުޕޭޝަނަލް ހެޒާޑް. ނުވަތަ މަސައްކަތުގެ ނުރައްކާތެރި ކަމަކީ އޮންނަ ކަމެއް. ކަތަންމެ ރައްކާތެރި ވިއަސް ގޯހެއް ވެދާނެ މަސައްކަތް ކުރާމީހާ އަތުންވެސް. ކޮންމެ ހާދިސާއަކީ އިހުމާލުން ވަކަމެއް ނޫން. ވަﷲ އައުލަމް
ފިރާ
16 August 2020
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ގުނަން
16 August 2020
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ