ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި، ހެލްތު މިނިސްޓަރު އަމީން އަދި އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަލީ ވަހީދު---ފޮޓޯ: ހެލްތު މިނިސްޓްރީ
17 އޯގަސްޓް 2020 - 00:05
ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާ ގުޅޭގޮތުން އޮޑިޓް އޮފީހުން އާންމުކުރި ރިޕޯޓު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރަން ނިންމައިފި އެވެ.
އެ ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ކަންބޮޑުވާ ބައެއް ކަންކަން ފާހަގަކުރެވޭތީ މާލިއްޔަތު ކޮމިޓީގެ މާދަމާގެ ބައްދަލުވުމުގައި އެ ދެ ރިޕޯޓު ދިރާސާކުރުން އޮންނާނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދުތަކާ ގުޅިގެން މިދިޔަ ހަފުތާގައި ނެރުނު ކޮމްޕްލަޔަންސް އޮޑިޓްގައި ބުނީ މިދިޔަ ޖެނުއަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން އެ މިނިސްޓްރީގެ މެންޑޭޓުގައި ނުހިމެނޭ ގިނަ ކަންތައްތަކަށް 26 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.
Ministry of Tourism aai Ministry of Health ge Covid 19 Compliance Audit Report gai kanboduva baeh kankan faahaga kureveythee maadhamaage maaliyyath committee ge bahdhaluvumugai 2 report dhiraasaa kurun onnaane. pic.twitter.com/xLY4LLluy1
— Mohamed Nashiz (@Mnashiz) August 16, 2020
ސަރުކާރުގައި ވަކިވަކި މުއައްސަސާތަކަކަށް މަތިކޮށްފައިވާ ބައެއް ކަންކަމަށް ޓޫރިޒަމް މިނިސްޓްރީން ހަރަދު ކުރުމަކީ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ކުރި ހަރަދުގެ 99 ޕަސެންޓަކީ އެ މިނިސްޓްރީގެ މެންޑޭޓުން ބޭރުން ކޮށްފައިވާ ހަރަދުތައް ކަމަށް ބުނެފައި ވެ އެވެ.
އޭގެ އިތުރުން، ވިލިވަރުގައި ކަރަންޓީން ފެސިލިޓީއެއް ހަދަން ބިޑް ކޮމިޓީން މަސައްކަތް ހަވާލު ކުރާނެ ބައެއް ނުނިންމަނީސް، އެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރުމާއި މަހަކަށް ގެނައި މެޑިކަލް ޓީމަށް 7.9 މިލިއަން ރުފިޔާ ހަރަދުކުރުން ފަދަ ބޮޑެތި މައްސަލަތައް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.
ހެލްތު މިނިސްޓްރީގެ ހަރަދުތަކާ ގުޅިގެން ކޮށްފައިވާ ކޮމްޕްލަޔަންސް އޮޑިޓްގައިވާ ގޮތުން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ދުބާއީގެ ކުންފުންޏަކާ 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައާ އެކު ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވިޔަސް އެ ކުންފުންޏާ އެކު ހިންގާފައިވާ މުއާމަލާތަކީ މުޅިން ވެސް މަކަރާއި ހީލަތްކަން މިއަދު އާންމުކުރި އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފަ އެވެ.
އެ ރިޕޯޓުން ފާހަގަވި އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް، ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި ވުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޓް ބްރޯ
17 August 2020
އެމްޑީޕީ ގެ ފިކުރާ ދިމާ އިދިކޮޅު ބަޔަކާ އެކީ ކޯލިޝަން ހަދައިގެން ފިސާރި ތާހިރުކޮށް ސަރުކާރު އެބަ ހިންގެއެއްނު! އެމްޑީޕީ އެއް ވާނެތް. ދެން އެމްޑީޕީގެ ނަމުގަ ނުކުމެގެން ލިބޭނެ ވޯޓެއްވެސް ނެތް. ކުރިންވެސް ކޯލިޝަނާ ދެކޮޅު ދެންވެސް ހަމަ ކަނޑައެޅިގެން ދެކޮޅު.
ގުޅިގެން ބޮނޑިބަތް
17 August 2020
ކެއްކި ސިޔާސީ ޑްރާމާ އުދަވަނީ،. އުދަވަނީ.،
ރަހާ މީރު ބޮނޑިބަތް
17 August 2020
ދޮގެއްވާ ނޫން.، ހެލްތު މިނިސްޓްރީ ބިޑް ކޮމިޓީގައި ޖަމީލުގެ ބޯއީ ޝާހް މާހިރު..