ބިޑް ކޮމިޓީގެ ޗެއާ ނިޝާމާ.
17 އޯގަސްޓް 2020 - 19:22
ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވްސް އަދި ވެންޓިލޭޓަރުތައް ގެނައުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވި ވެރިން ވެސް މިއަދު ސަސްޕެންޑުކޮށްފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، ހެލްތު މިނިސްޓްރީގެ އެ ހުރިހާ ބޭފުޅުން ސަސްޕެންޑު ކުރީ، އޭސީސީ އާއި ފުލުހުންނާ ހަވާލު ކޮށްފައިވާ ޖޮއިންޓު އިންވެސްޓިގޭޝަނާ މެދު ގޮތެއް ނިމެންދެން ކަމަށެވެ.
ބިޑް ކޮމިޓީގެ ރައީސަކީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ނިޝާމާ މުހައްމަދެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ވެންޓިލޭޓަރުތަކާއި އެހެނިހެން ސާމާނު ހޯދުމުގައި ކަންކަން ކުރިއަށް ގެންދިޔަ ގޮތް ބެއްލެވުމަށް ފަހު، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ރިޕޯޓުން ބޮޑެތި އޮޅުވައިލުންތަކާއި މަކަރާއި ހީލަތް ފެންމަތިވުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ މައްސަލަތައް ތަހުގީގު ކުރަން އޭސީސީ އާއި ފުލުހުންނާ މިއަދު ހަވާލު ކުރައްވައިފަ އެވެ. އަދި އެ ތަހުގީގު ނިމެންދެން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އަމިއްލަ އަށް މިއަދު އެކަހެރިވެވަޑައިގެންފަ އެވެ.
ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ފާހަގަވި އެންމެ ބޮޑު ކަމަކީ ކޮވިޑާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ 75 ވެންޓިލޭޓަރެއް ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި ބޮޑެތި އޮޅުވައިލުންތަކާއި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ. އެ ކުންފުންޏާ އެކަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ މެދުވެރިކޮށް ކަމަށް ހެލްތު މިނިސްޓްރީން އެންމެ ކުރިއްސުރެ ބުނަމުން އައި ވާހަކަތައް ވެސް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ރިޕޯޓުގައި ވަނީ ދޮގުކޮށްފަ އެވެ.
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަކީ، ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުނި ވެސް މެ އެވެ. އެ މީހުން ވެންޓިލޭޓަރެއް ގެނެސްދެނީ 32،500 ޑޮލަރަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ. މި ވެސް އޮޑިޓުގައި ފާޅުކޮށްފައި އޮތް ކަންބޮޑުވުމެކެވެ. އޮޑިޓަ ޖެނެރަލް އިއްޔެ އާންމު ކުރެއްވި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދައުލަތުން ބޮޑު ހޭދައެއް ކުރާ ގޮތަށް ދުބާއީގެ ކުންފުންޏާ އެކު އެއްބަސްވުމެއް ހެދިއިރު އެންމެ ކުޑަމިނުން އެއީ މާލީ ގޮތުންނާއި ފަންނީ ގާބިލްކަން ހުރި ކުންފުންޏެއްތޯ ވެސް ހެލްތު މިނިސްޓްރީން ބަލައިފައެއް ނުވެ އެވެ. އެ ކުންފުނިން ހުށަހެޅި މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެއްތޯ ވެސް އެ މިނިސްޓްރީން ބަލައިފައެއް ނުވެ އެވެ.
ވެންޓިލޭޓަރު ގަތުމުގައި ބީލަމަށް ނުލައި އެގްޒެކިއުޓާސްއާ ހަވާލުކުރުމުގެ ހުއްދަ އަށް ފިނޭންސް މިނިސްޓްރީގައި އެދުމުން އެތަނުން އެންގީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށެވެ. އެކަމަކު އެ ކުންފުންޏަކީ ވެންޓިލޭޓަރުތައް ގެނެވިދާނެ ފަދަ ގާބިލްކަމެއް ހުރި ބައެއްތޯ ބިޑް ކޮމިޓީން ވެސް ބަލާފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، ދުބާއީގެ އެގްޒެކިއުޓާސްގެ ވެރިޔާ އަކީ ހަމުގެ ކްލިނިކެއް ހިންގާ މީހެކެވެ. ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމުގެ ވިޔަފާރީގެ އެއްވެސް ތަޖުރިބާއެއް ހުރި ބައެއް ނޫނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީޝާ
19 August 2020
މިމީހުނަނަށް ފިޔަވަޅު ސަރުކާރުން އަޅަން ޖެހޭ!!!
ހަފުސް
18 August 2020
ރާއްޖެއަށް ވެންޓިލޭޓަރ ނުގެނެވިގެން މިވެރިން ރައްޔިތުން މިއުޅެނީ އަގަޔާ އަތާދިމާނުވެގެން ރައްޔިތުންގެ އަތަކު ލާރިއެއްނެތް ކުއްޔަށް އުޅޭމީހުން ކުލިދެއްކޭނެ ފަދަނެތް މުސާރައެއް ނުލިބޭމީހުން ގިނައީ، ދަރިން ކޮޅު ބިކަހާލުގަ ބައެއްމީހުންނަކަށް ނުކެރޭނެ އިކޮނަމިކް މިނިސްޓްރީން ދޫކުރާ ފޯމް ފުރައިގެން ހިފައިގެން ސަލާމް ޖަހަން ދާކަށް މިވެރިން މިއުޅެނީ ސަރުކާރުގެ ލާރިގަނޑު ނުކެވިގެން މިއީ ޔާމީން ލާރިކާތީ ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކުރަން އައި މީހުން
އަސްތާރު
18 August 2020
މިހާރު ހުރި ރައީސް މީހާ ހުރިހާ ކަމެއްވެސް ކުރައްވާނީ އަނގަފުޅުން. މިކަމުގައިވެސް ރޯޔަލް ނުވަތަ ރުހުން އޮތް އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. މީ ކަށަވަރު ޔަގީންކަމެއް. ބަޔަކު ކުއްވެރިވެދާނެ، އެކަމަކު މިކަން ނިމިގެންދާނީ ރޯޔަލް ކޭސް ނިމިގެންދިޔަ ބީދައިންނާއި ޓްއަރިޒަލް މިނިސްޓަރު ޖިންސީ ފުރައްސާރަ ކުރި ވާހަކަ މުވައްޒަފުން ރައީސް މީހާއަށް ކިޔާދިނުމުން އެމަނިކުފާރު އެކަމާ ކީރިތި ކުރައްވައި ފަހުން އެމައްސަލަ އެއްވެސް ކަމަކަށްނުވިގިތަށް. ސަޅި
ސަރުކާރު
18 August 2020
މަކަރާއި، ހީލަތް ނެތް އެންމެ މުއައްސަސާއެއް ވެސް ނެތް! އެންމެ ކުޑަމިނުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި 3 ސިޕްޓައް މަސައްކަތްކުރާ 18 ޑުރައިވަރުން ތިއްބާ، ވަކި ބަޔަކައް އިތުރުގަނޑި ލިބޭގޮތައް ޑުރައިވަރު ން ނޫން އެހެން އެހެން 2 މީހަކު ލައްވައި ދަތުރުކުރުން.
އެޑްމުންޑޯ
18 August 2020
ސިޔާސީ ވެރިން ތަކެއް މިހިންގި ބޮޑު ޖަރީމާގައި ހެލްތްމިނިސްޓްރީގެ ދުވަސްވީ ރަގަޅުސިވިލްސާރވިސް މުއައްޒަފުން ކޮޅެއްގެ ދުވަސްވެސް ދިޔައީ ، ޖީބަށް ބައިރުފިޔާއެއް ނުވަދެ ، ބަދުނާމްވެ ވަޒީފާވެސް ގެއްލުނީ ، ދެރަދޯ
އިބުޜާ
18 August 2020
ނިޝާމާ މެންގެ އަވައިގައި ޖެހުނީމާ ވާނީ އެހެން.. އެހާދުވަހު އުޅުނުއިރު ދަޅަަކަށް ނުހެއްލެން ނޭނގުނީތީ ދެރަ... އިންޝާ ﷲ ޢިބުރަތް ޙާސިލްކުރޭ
އެޑްމުންޑޯ
18 August 2020
ބިޑްކޮމެޓީގެ މިންބަރުންގެ ޖީބުތަށް ފުރާލެވިފައިވާނެކަމަށް ބެލެވެނީ ، ފހަރެއްގައި ތިމާގެ މީހެއްގެ އެކައުންޓަށް ކަންނޭގެ ޕޭމެންޓަށް ތައް ޖަމާކޮއްފައި ހުންނާނީ ، އެއްފަހަރުން މުއްސަދިވީ
Ahmed Shujau
18 August 2020
ކުނޫޒު ހަބޭސް
އިއްބެ1
18 August 2020
ބިޑު ކޮމިޓީއަކީ މިނިވަން މުސްތަގިއްލު ކޮމިޓީއެއް. މިކަން ނޭނގެންޏާ ފުރަތަމަ ސަރުކާރެއްގެ އޮފީހެއްގަިއ ކަންކަން ތަރުތީބު ކުރެވިފައިވާ ގޮތް މަޖިލީސް ރޯނުއެދުރުން ދަސްކުރޭ.
ބޮޑުހުސޭނު
18 August 2020
ބިޑުކޮމިޓީ އަކީ ކަތިލަން ބައިތިއްބާފަތިބޭ ކަންބަޅި ތަކެއް.
ާއަތިރީ ކަމަނާ
18 August 2020
ޥަރަށް ބޮޑު ތެދެ އް. ޢެކަމަކު ހެލްތުގެ އަތް ދަށުވަޑިން ނަށްވެސް ގެން ގުޅެނީ ހުސް ޔެސް ބޮސް ޒާތުގެ މީހުން. ޢެއއއއ އއްވެސް ފާހެ އްނެތް އަތް ދަށުވަޑިން ބަ އިވަރު. ޢެކަމު ބަޔެ އްމީހުން ވަޒީފާނުދޭ ތާނގަ ނަގާފަ އޮތް ފާސްވެސް ހިފާޓާގެން ތި ހެލްތު މިނިސްޓަރީ