އިދިކޮޅު ކޯލިޝަނާއި ޑީއާރުޕީން މިއަދު މަޝްވަރާ ކުރަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
19 އޯގަސްޓް 2020 - 16:38
ގުޅިގެން ސިޔާސީ މަސައްކަތްކުރުމާ ބެހޭގޮތުން އިދިކޮޅު ކޯލިޝަނާއި ޑީއާރުޕީން މިއަދު މަޝްވަރާކޮށްފި އެވެ.
ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ހަމައެކަނި ބުނީ ދެ ފަރާތުން ބައިވެރިވެގެން ސިޔާސީ މަސައްކަތް ކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ. ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
ސަރުކާރު ޒިންމާދާރުކުރުމަށް މަސައްކަތް ކުރުމާ ބެހޭގޮތުން މަޝްވަރާކުރުމުގެ ބައްދަލުވުމެއް ހަމަޖައްސައިދިނުމަށް އެދި ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެެ ލީޑަރު ވަނީ އިއްޔެ ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.
އިދިކޮޅު ކޯލިޝަނާއި ޑީއާރުޕީން މިއަދު ބޭއްވި މަޝްވަރާގައި ޑީއާރުޕީގެ ލީޑަރު ޖާބިރު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އެކަމާ ގުޅިގެން ބޭއްވި ބައްދަލުވުމުގައި ޖާބިރުގެ އިތުރުން އިދިކޮޅު ކޯލިޝަންގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން, އެމަނިކުފާނުގެ އެޑްވައިޒަރެއްގެ ގޮތުގައި ޖާބިރު ހަމަޖެއްސެވި އެވެ. ނަމަވެސް މަޖިލީހަށް ހޮވިވަޑައިގަތުމާ ގުޅިގެން ފަހުން އޭނާ މަގާމުން ވަކި ކުރި އެވެ.
އިދިކޮޅު ކޯލިޝަނާއި ޑީއާރުޕީން މިއަދު ބޭއްވި މަޝްވަރާގައި ބައިވެރިވި، އިދިކޮޅު ކޯލިޝަންގެ ބައެއް މަންދޫބުން.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ސަރުކާރާ ގުޅުންހުރި ތަފާތު އެކި މައްސަލަތަކުގައި ވެސް މަޖިލީހަށް އެންމެ ގިނަ ގަރާރު ހުށަހަޅުއްވާ އެއް މެމްބަރަކީ ޖާބިރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެކްސްޓް
20 August 2020
ހިތުން ވެރިކަމަށް ފަރިވަމުން މިދަނީ. ފެންވަރާ ފުނާއަޅައިގެން ތިބޭތި (؛
ޓިނު
20 August 2020
މާދަން ޖާބިރު ގޮވާނެ ތީ ހުސްވަގުނޭ
ނެގުނުކަތީބު
20 August 2020
ބުއްދިވެރިން ކިޔާއުޅެތޭ. ބުއްދިވެރި ދިސް މިނާގެ ހެއުކަންބޮޑޭ. ފަހު މަތްތެރި މޮޔަ މީހާއަށްވުރެ
ވަސަންތީ
20 August 2020
ޑީއާރުޕީތީ ފަންސާސްހާސްވޯޓް
ޙަލީމާ
20 August 2020
ޖާބިރު ވޯޓު ހޯދާކަނެކަން އެނގޭ މުޅި އެމްޑީޕީ އާއި ވާދަކޮށް މަޖްލިސް ގޮނޑި ހޮވުމުން. 5 ހާސް ވޯޓަކީ ވެސް ރިޔާސީ ޭޭޭޭޭޭޭޭޭ އިންތިޚާބަށް ބޮޑު އެއްޗެއްކަން އެނގޭނެ 2023 ގައި.
ވަގު ކަދުރު
20 August 2020
ނަމަނަމަ ކަލޯޖުހާ 2023 ޓިކެޓަށް ބުރޫއަރާފަދަ ކަނެއްނުކުރައްޗޭ! އަދި ކަލޯގެތާޢީދު ގެންލިދާފަދަ ސޮއެއްވެސް ނުކުރައްޗޭ؟
ރަންދެލި
20 August 2020
އިރުގެ އަލިކަން ހުއްޓާ ތިޔަ ބައްދަލުވުން ބާއްވައިގެން ކަމަކު ނުދާނެ! ތަންކޮޅެއް މެންދަމުގެ ގަޑިއެއްގަ ބައްދަލުކޮށްގެން ރަނގަޅު މަޝްވަރާއެއް ކުރެވޭނީ!!!!
ޢައިނާ
20 August 2020
މީނާ ކިޔާއެއްޗަކަށް ނަށާމީހުން ވެސް އެބަ އުޅޭ.
ޙަލީމު
20 August 2020
ބޮޑުވަޒީރު ބުނީމަ ހަނދަކީ އިރު ކަމަށް ގަބޫލު ކުރާ މީހުން ތިފަދަ ވާހަކަ ދެއްކިޔަސް ދެން 2023 ގައި ކުރާނެ ކަމެއް ނޯންނާނެ.
ހޯރަބޭ
19 August 2020
ދެއިރު ހަމަޔަށް އެކައްޗެއް ކިޔާމީހެއް ނޫން ތި ޑީއާރުފީގެ ލީޑަރކީ. އެވަރު މީހަކާ ކޯލިސަން ހަދާނި ގޮތް ހުސްވެފަ ތިބި މޮޔަބައެއް.
ޢީސާ ޢަލީ މަނިކު
19 August 2020
މުސްކުޅިންބުނާއަޑުއަހަން ލަނޑަޔާވާނީލަނޑަޔާއޭ ... ޖާބިރު ގޮތަށް އަބަދު ހިނިތުންވެވިފަހުންނަ ބޭފުޅެއް މޭނާ ހައްސާނަކީ. ޕީޕީއެމްގެ ކުރިމަގު އުޖާލާވާ މަންޒަރު ޖާބިރާއި ގުޅުމުން ފެނިގެންދާނެ ވަރައްރީތިކޮން ދުނިޔޭގަތިބިބަކަށް މިކަމުގެނިމުން ފެނިގެންދާނެ.
ޙަލީމު
20 August 2020
ކުރިން ލަނޑާ އަކީ ދެރަ އެއްޗެއް ކަމަށް ދެކުނަސް މިހާރު އެދެރަ ލަނޑާ މޮޅު އެއްޗަކަށް ވެއްޖެ. 2023 ގައި ވެރިކަން ކުރާނީ އެދެރަ ލަނޑާތައް. ބަލަން ތިބޭތި.
ބޮކި
19 August 2020
އެކެއްގެބަޑުން ވިހެއިދެދަރިން .........