ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް. ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގާ ނަމަ ސަމާލުކަމަށް ގެންނަން އޭނާ އެދިވަޑައިގެންނެވި.
19 އޯގަސްޓް 2020 - 18:41
ތަހުގީގީ އިދާރާތައް ގުޅިގެން "ޖޮއިންޓް އިންވެސްޓިގޭޝަން"އެއްގެ ގޮތުގައި ތަހުގީގެއް ކުރިއަށް ގެންދާ ނަމަ އެކަން ޕްރޮސެކިއުޓާޖެނެރަލްގެ އޮފީހުގެ ސަލާމުކަމަށް އެކަން ގެންނަން އެ އޮފީހުން މިއަދު އަންގައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ކަަމަށް ޕީޖީ އޮފީހުން މިއަދު ބުނީ ތަހުގީގު ކުރުމުގައި ކުރިމަތިވާ މައިގަނޑު ތިން ހާލަތެއްގައި އަމަލުކުރަން ޖެހޭނީ މިއަދު އެންގެވި ގޮތަށް ކަމަށެވެ. އެގޮތަށް އެންގީ ގާނޫނުއަސާސީއާއި ގާނޫނުން ޕީޖީއަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
"...ޖިނާއީ މައްސަލަތައް ތަޙްޤީޤްކުރާ ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ޢަމަލުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް މި އިރުޝާދު ނެރުއްވާފައިވަނީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އާއި ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ރ) އިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުންނެވެ،" ޕީޖީ އޮފީހުގެ އެންގުމުގައި ވެ އެވެ.
އެ އެންގުމުގައިވާ ފުރަތަމަ ހާލަތަކީ ތަހުގީގުުކުރަމުން އަންނަ މައްސަލައެއްގެ ވަކި ހިސާބަކުން އެއީ އެހެން އިދާރާއެއްގެ އިހުތިސާސްގެ ތެރޭގައިވާ ކަމެއް ކަން އެނގުމެވެ.
ދެވަނަ ހާލަތަކީ ބަލަމުން އަންނަ މައްސަލައެއްގައި ތަހުގީގީ އެހެން އިދާރާއަކަށް އިހުތިސާސް ލިބޭ ކުށެއް ހިމެނޭކަން އެނގުމެވެ. އެގޮތަށް ދިމާވެއްޖެ ނަމަ ލަސްނުކޮށް އެކަމުގެ އިހުތިސާސް ލިބޭ އިދާރާއަކަށް ހުށަހަޅަން ޕީޖީގެ އެންގުމުގައިވެ އެވެ.
އެންމެ ފަހު ކަމަކަށް އޮތީ ތަހުގީގީ އެކި އިދާރާތައް ގުޅިގެން ތަހުގީގެއް ކުރާ ހާލަތެވެ. އެހާލަތުގައި ޕީޖީގެ ސަމާލުކަމަށް އެކަން ގެންނަން ޖެހޭނެ ކަމަށް އެންގުމުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޯކޭ
20 August 2020
ރަނގަޅު ތި އޭސީސީ އަށް ޓްރަސްޓްކޮށްގެން އަދި މިކަމެއްނެއް ވާކަށް، ޕީގީ އޮޑިޓަރ ޖީ ކިރިޔާވެސް ކަމެއް ކުރާނެހެން ހީވަނީ، ދެންތިބީ ކަންކަން ގުޅިގެން ހިންގާ މީހުން.
އިބިރިހިންބެއްޔާ
20 August 2020
އައިހޭވެ ޕަވަރ. އައިނީޑް މޯޕަވަރ. 1،000 ފަހަރު ކިޔަން ރަގަޅު.
ދީމާހު
20 August 2020
މީނާގެ ނަޒާހަތްތެރި ކަމާމެދު ސުވާލު އުފެދޭ. ވަކި މީހަކު ބުނާ ގޮތައް އޮޕަރޭޓް ކުރާތަން ފެންނަނީ. ރޯޔަލް ރޭޕު ކޭސް އޮތްތާ އޮތީ ތަޙުގީގުކުރަން އަމުރެއް ނުނެރުނީ ކީތްވެބާއޭ ސުވާލު އުފެދޭ
ފޮނިބޮޑު
20 August 2020
ޝަމީމުވެސް ފޮނިނުކަނޑާ ކަމެއްކޮށްބަލަ...ދިވެހި ރައްޔިތުންހަނާވަނީ ތިޔަތަނަށް ފޮނުވާފައޮންނަ ސިޓީގަނޑަށް ޖަވާބެއްލިބެންވެސް 6 މަސްދުވަސްނަގާ...
ހުސެން
20 August 2020
ހުސައިން ޝަމީމް ރަނގަޅެއްގޯހެެއް މަށަކަށް ނޭންގެ، ގައިމުވެސް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލަށްވުރެން އެކްޓިވް
ކޮރުގާނޫނޫ
19 August 2020
މިގޮތަށް ގާނޫނު ބައްޓަންވެފައި އޮތުމަކީ ތަޙްޤީޤު އިދާރާތަކަށް ޕީޖީއަށް ބާރުފޯރުވަން ލިބޭ ރަނުގެ ފުރުޞަތެކެވެ. އެހެންކަމުން މިގޮތަށް ހުރި ގާނޫނީ މާއްދާތައް އިސްލާހުކުރަންޖެހެއެވެ.
ހަބީބު
19 August 2020
ސާބެހޭ ޝަމީމް! ނަޝީދުގެ ބޯއިސްގެ ނުފޫޒް ކުޑަކޮށް ގައުމު އިސްލާހް ކުރޭ!
ރަސާދު
19 August 2020
މުޅި އޮޑީގަ ސަމީމު. ޖިނާއީ އަދުލުގެ ނިޒާމު ހިންގާނީ ސަމީމެއް ނޫން. މަޖިލިހުން ަަަަަަަަަަަަ ހަދާ ގާނޫނުންނަނަ
ނަން
19 August 2020
މުޅި މަޖިލިހައް ވުރެ މި ޝަމީމް ބާރުގަދައުތަ؟