24 އޯގަސްޓް 2020 - 13:39
ކޮވިޑް ޖެހިގެން ރޭ ދަންވަރު އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ 79 އަހަރުގެ ފިރިހެން މީހާ މަރުވީ އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާދެނިކޮށް ކަމަށެވެ. އޭނާ އަކީ މި ބަލީގައި ރާއްޖެ އިން މަރުވި 27 ވަނަ މީހާ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކަށް ލުއިދޭން ފެށި ފަހުން މި ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. އެހެންވެ، ސަރުކާރުން މިހާރު ވަނީ ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ، ރެއިން ފެށިގެން ރޭގަނޑު 8:00 އިން ފަތިހު 5:00 އާ ދެމެދު އެއްވެސް ވެހިކަލަކަށް މާލެ ސަރަހައްދުގައި ދުއްވުން މަނާކުރުމެވެ.
މިހާތަނަށް 6،779 މީހަކު ވަނީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 4،222 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 2،531 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަހުދު
25 August 2020
މިހާރު މަދުވެގެން ދުވާލަކު މީހެއް ވަކިވެގެން މިއޮއްގެން ދަނީ. ކިހާވަރެއް ވީމަބާ އެއްޗެއް ވިސްނޭނީ
ޙެޔޮނިޔަތް
25 August 2020
އެންމެ ރަނގަޅު ގޮތެއް ކަމަށް ދިރާސާ ތަކުން ސާފުވަނީ އަބަދުވެސް މާސްކް އެޅުމާ ގެއިންބޭރާ އަދި ގޭތެރޭގައިވެސް ފިސިކަލް ޑިސްޓެންސް ބެހެއްޓުމާއި ޕާރސަނަލް ސޭފްޓީ އެންޑް ސޯޝަލް ރެސްޕޮންސިބިލިޓީ ގާއިމު ކުރުމެވެ.
ާއެންޑިޔޫ
24 August 2020
މިސްކިތްތަކުގައި ޖަމާއަތް ނަމާދު ވަގުތީގޮތުނެ ހުއްޓާލަންފެނޭ ..ގިނަ މުސަކުޅިން ފައްސިވަނީއެހެންވެ!!
ާޢިންގިލާބު
24 August 2020
އަދިވެސް ކާފިއު ނުހިންގާތި! ރޭގެ މީހާ މަރުވީ ކާކުގެ އިހްމާލުން ތޯ ނުބަލާނަންތޯ؟ ނަރުސް މީހަ އަށް އެޓެންޑް ނުވެވުނީ ކެޕޭސިޓީ ނެތިގެން ކަން ނުބުނާން ތޯއެވެ؟
ޑރފަލަޑޭ
24 August 2020
މަރުވީ އިތުރު މީހެއްތަ؟
ރަބަރު
24 August 2020
اللهم اغفرله وارحمه وادخله في الجنة آمين
އެކްސްޓްރީމް
24 August 2020
ދޫ ނުދީގެން އެވަރު، ދޫ ދިނީމަވެސް އެވަރު. މި ގައުމުގައި އޮންނާނީ ލޮކްޑައުން ނޫނީ ފީސަބީލިއްލާހި. އުޅުމެއް ގޮތެއް ފޮތެއް ނެތް ބައެއް ތިބި ތަނެއް މިއީ.
އިނާން
24 August 2020
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ރަދީފްއޮފިޝިއަލް
24 August 2020
انا لله وانا اليه راجعون.
ސިއުރާ
24 August 2020
ގިނައިން ނިޔާވާ މީހުންނަކީ އުމުރުން ވަރަށް ދުވަސްވެފައި ތިބޭ މީހުން. ސަރުކާރުން ވިސްނަންވީ ދުވަސްވީ މީހުން ވަކިން ބަލަހައްޓާނެ ޚާއްޞަ ޑޭކެއަރ ހައުސްތައް ހަދަން. އޭރުން އާއިލާގެ އެހެން މީހުންނާ މަސްހުނި ނުވެ އެމީހުން ރައްކާތެރިކަން މަތީ ތިބުމަށް އޮންނަ ފުރުސަތު ބޮޑުވެގެންދާނެ. ޒުވާނުން އާދައިގެ މަތިން އާމުދަނީ ހޯދައި ދިރިއުޅެވޭނެ ގޮތް ހަދައިދޭންވީ. އެންމެ ހިނގާނެ ސިޔާސަތަކީ މިއީހެން މަށަށް ހީވަނީ. މައްޔިތާއަށް ރަޙުމަތް ލައްވާށި!