ހައި ކޯޓު: އަންހެނުންނަށް ކައުންސިލްތަކުން ގޮނޑި ޚާއްސަކުރި މާއްދާ ބާތިލް ކުރުމުގެ މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ވަނީ ހަމަޖައްސާފައި -- ފޮޓޯ/މިހާރު
24 އޯގަސްޓް 2020 - 17:34
ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ޚާއްސަ ކުރުމާ ދެކޮޅަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތް، ފަސް ފަނޑިޔާރުންގެ ބެންޗަކުން މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަން ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރު ވަނީ އިސްލާހު ގެނެސްފަ އެވެ. އެކަމަކު، އެ މާއްދާ ބާތިލް ކޮށްދިނުމަށް އެދި، ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު ވަނީ ހައި ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.
އެ މައްސަލައިގެ ޝަރީއަތް މާދަމާ ހެނދުނު ފަށާއިރު، ޝަރީއަތް ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރާނެ ކަމަށް ހައި ކޯޓުން ބުންޏެވެ. މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުން ކަން ހައި ކޯޓުން ކަށަވަރުކޮށް ދިނަސް، އެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުން އަދި ސާފެއް ނުވެ އެވެ.
Moosa Anwar Vs Attorney General (2020/HC-DM/02) https://t.co/MPeg4mRTER pic.twitter.com/ueYUVqzEuL
— High Court of the Republic of Maldives (@mvhighcourt) August 24, 2020
ހައި ކޯޓުގެ ޓްވީޓް
އާންމު އުސޫލުން ހައި ކޯޓުން މައްސަލަ ބަލާނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން މައްސަލަތައް ބަލާނީ ވަރަށް މަދު ފަހަރެއްގަ އެވެ.
ދުސްތޫރީ މައްސަލައެއް ހައި ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން އެންމެ ފަހުން ބެލީ ނޮވެމްބަރު، 2015 ގަ އެވެ. އެއީ މަރުގެ އަދަބު ލުއިކޮށް ދިނުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވާ ގޮތަށް މައާފް ދިނުމާ އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގައި އޮތް މާއްދާ ބާތިލްކުރަން ހުށަހެޅި މައްސަލައެއްގަ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން މޫސާ އަންވަރު ފުރަތަމަ ހުށަހެޅުއްވީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން އެންގީ އެ މައްސަލަ ފުރަތަމަ ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން، މި އަހަރު ބާއްވަން ހަމަޖެއްސި ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރަށް ފަސް ކޮށްފައިވާތީ، އެ ގޮނޑިތަކަށް މެމްބަރުން އަދި އިންތިޚާބެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީއެސްއެމްގެ ސިޔާސީރައިވަރު
25 August 2020
ގިޓާއެއް ހިފައިގެން ކޮށްޓާލަ ކޮށްޓާލާ، މަގުމަތީގައި ބުއްރޫސްލާފައި ސައިކަލު ދުއްވަން، ހަތަރު އަގޮޅިޔަކަށް މަސްތުވެ ބިއްޖެހިފައި ، ނޫނީ ކޮފީގައި އަޗާތަޅަން އުޅޭ މީހުންނަށް ކައުންސިލްތައް ދިނުމަށްވުރެ ޒިންމާދާރު އަންހެންވެރިންނަށް ދިނުން މާ އައުލާވާނެ!
ކޮފީބޯ އަހައްމަދު
25 August 2020
އަންހެނުންނަށް ގޮޑިތައް ހާއްސަކުރުން ވަރަށް ރަނގަޅު، މިގައުމު މިހަލާކުވަނީ ޒުވާން ފިރިހެނުން ކޮފީއަށް އިސްރާފުކުރާ ފައިސާ ގިނަކަމުން، އެމީހުން ޒިންމާދާރުވެ ދަރިންނާ ގޭތެރެ ބަލަހައްޓާ ބަޔަކަށް ވާން އެބަޖެހޭ
ހ ސ މ
25 August 2020
ޖިންސީ އަދި ނަސްލީތަފާތުތައް ނައްތާލަން ނިކުތްބަޔެއް މީ. ބަޔަކު މީހުން ޖަހާހާ ބެރަރަކަށް ނަށާކަށް ނުޖެހޭ.
ސުމުއްވުލް
25 August 2020
ނިކަން ދީނުގައި ކަންކަން އޮންނަގޮތް ބަލާ އެގޮތަށް އަހަރުމެންގެ އަމަލުތައް ބަހައްޓަބަލަ. އޭރުން އަހަރުމެންގެ މިސްރާބާއި ދޭތެރޭ އުފައްދާނެ ސުވާލެއް ނޯންނާނެ. ހައްޖަތުލް ވަދާއު ވެސް ފުދޭނެ ދިރި އުޅުމުގެ ހުރިހާކަމެއްގެ ހައްލަކަށް. ރިވެތި ސުލޫކާއި އިސްލާމީވަންތަކަން އަހަރުމެން ތެރޭ އަށަގަނުވާ ބަހީ.
ދޮންވެލި
25 August 2020
އާބާދީ ކުޑަ ރާއްޖޭގެ ހުރިހާ އަންހެނުން ވަޒީފާ އަށް އޮފީސް ތަކަށް ދިޔައީމަ ދަރީންނަށް އަދި ފިރީންނަށް ލިބެމުންދާ ގެއްލުން ދިރާސާ ކޮށްލަ ބަލާށެވެ. ބައެއް އަންހެނުން އޮފީހަށް ދަނީ މަންމަ މުސްކުޅިވި ދުވަހު މަންމަ އާ ދަރި ފުޅު ހަވާލު ކޮށްފަ އެވެ.
ބުރިލަމާނީ ނިޒާމުކަމަކުނުދޭ
25 August 2020
ފިރިމީހާ އޮފީހަށް ނުދާނީ ދަރިބަލާނީ، ނޫނީޑޭކެއާ އަކަށް ނުވަތަ ނައިޓުކެއަރަކަށް ލާނީ،
މައްކާރު
24 August 2020
އެމްޑީޕީ މީ އާދަޔާއި ޚިލާފު އިންސާފެއް ހޯދައިދޭން އުޅޭ ބައެއް. މަހީކުރިކަހަލަ ބައެއް ނޫން.
ސުލްޙަ
24 August 2020
މިކަމަކީ ވަރަށް ފުނަށް މޫލާފައި ހުރި އިޖުތިމާޢީ މައްސަލައެއް. އަންހެނުންނަށް ގޮނޑި ޚާއްސަ ކުރަން ޖެހެނީ ޒަމާނުއްސުރެ ކުރެވެމުން އައި ތަފާތުކުރުންތަކުގެ ސަބަބުން އަންހެނުންނާއި ދޭތެރޭ މުޖުތަމަޢު ދެކޭ ގޮތަށް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާތީ، ފެންނަ ފެނުމަށް ގަނޑެއްގައި ނަމަކަށް ދެ ޖިންސު ހަމަހަމައޭ އޮތަކަސް ހަގީގަތަކީ އެއީ ކަމަށް ނުވާތީ. މިފަދަ ޒިންމާދާރު މަގާމުތަކަށް އަންހެނުންވެސް ނެރެގެން ނޫނީ ގައުމު ކުރިއަށް ދާނެ ހަމަ އެއްގޮތެއްވެސް ނެތީމަ.
Dhaadhey
25 August 2020
ނޭގޭކަންކަމާ ކޮމެންޓް ނުކުރުން ރަނގަޅީ. މުޙައްމަދު އަމީނާ ހިސާބުން މިރާއްޖޭގެ ކަނބަލުން މުޖުތަމަޢަށް ނުކުންނަށް ފަށައިފި. މައުމޫނުގެ ދައުރުންފެށިގެން ހަމަހަމަ ފުރުޞަތު ހުޅުވާލައިފި. ރައީސްކަމާއި ކޯޓުތަކުގެ ފަނޑިޔާރުކަން ފިޔަވައި މިހާރު މިއޮތީ ރައީސްކަން ފިޔަވައި އެހެންކަންކަން ހަމަހަމަކޮށް ހުޅުވިފައި. ފިރިހެނުން ހަމައެކަނި އިސްކުރެވިފައިވާ ކަންކަން. 1. ފަރުޟު އަދި ސުންނަތް ނަމާދު ކުރުމުގައި ފިރިހެނުންހުރިހާ ޖިންސުގެ މައްޗަށް އިސްކުރެވިފައި. ހެކި
ފިޝާރި އަންހެނާ
25 August 2020
އަންހެނަކަށްވީތީ އަނިޔާކޮށްގެން ނުވާނެ، އަންހެނަކަށްވީތީ ގޮޑިއެއް ލިބިގެންނުވާނެ، އަންހެނަކަށްވީތީ ވަޅޯމަސް ކައްކައިގެން ނުވާނެ
އެޖެންގާ 19
24 August 2020
ހައިކޯޓުގައި މިހާރު ތިބޭނީވެސް 5 ފޮޑިޔާރުން، އެހެންވީމާ ތިޔާ ބެންޗު އެނގުނީނު، އެއީ ހަމީދު ، ސަމީރު، ސަހީދު، ސުއައިބު، ނިޔާޒު، އަދި ނިޒާރު، އޯ ސޮރީ އަދި ރައޫފުވެސް އެބަހުރިދޯ
ފިރިހެނުންގެ ކޮމިޓީ
24 August 2020
ތީ މިހާރުން މިހާރަށް ބާތިލު ކުރަން ޖެހޭ މާއްދާއެއް. ކޮންމެ މީހަކަށްވެސް އިންތިހާބަށް ކުރިމަތި ލުމުގެ ހައްގު އޮންނަންޖެހޭ. ރައްޔިތުންގެ ތާއީދު ނެތިގެން ކަައުންސިލަށް ނުހޮވުން އެއީ ކުރިމަތިލީ މީހާގެ މައްސަލައެއް.
Dhaadhey
25 August 2020
ދެޖިންސުގެ މީހުން ބަލައިގެންފައިވާ އަންހެން ކަނބަލުން އެތިބީ ވޯޓުން ރައްޔިތުންގެ މަޖިލީހަށް ހޮވިފައި. ސަރުކާރުން ހޮވާ ކަނބަލުން އެތިބީ ވަޒީރުންނަށާއި ފަނޑިޔާރުންނަށާއި ސްޓޭޓް މިނިސްޓަރުންނަށާއި ނާއިބުންނަށާއި މެނެޖިންގ ޑިރެކްޓަރުންނަށާއި، ޕޮލިސީ އެޑްވައިޒަފުންނަށް ހަމަޖައްސާފައި. އެކނަބަލުން ގޭގައި ތިބެން ލޯބިކުރުމަކީ އެއީ އެކަނބަލުންގެ އަމިއްލަ ކަމެއް. އެކަމާ ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުން މަޖުބޫރު ކޮށްގެނެއް ނުވާނެ. މިހާރު އެއޮތީމަބޫރުކޮށްފައި.
އުމަރުބެ
24 August 2020
މައްސަލަ ވަރަށް ސާފް، އެއްވެސް ޖިންސެއް ވަކިން ހާއްސަ ނުކުރެވޭނެ، ޤާނޫނު ބުނާގޮތުން ހުރިހައި މީހުންވެސް ޝަރުތު ހަމަވާނަމަ ކުރިމަތިލެވޭނެ، ތިޔަ މައްސަލަ އަޑުއެހުމެއް ބާއްވާނެކަމެއްނެއް، ތިޔައީ ވަރަށް ސާފް މައްސަލައެއް،