ޚަބަރު / ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫން، ނަޝީދަށް: ބުއްދި ގަބޫލު ކުރައްވާ ޖަވާބެއް ދެއްވާ!

މައުމޫނާއި ނަޝީދު: ވެރިކަމުގެ ނިޒާމުގެ މައްސަލައިގައި ދެ ބޭފުޅުން ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ދެއްވަން ފައްޓަވާފައި.

25 އޯގަސްޓް 2020 - 12:05

82 comments

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބޭއްވި އިންތިޚާބުތަކުގެ ތެރެއިން، މަކަރު ހަދައި، އޮޅުވާނުލެވުނީ އެ މަނިކުފާނު ބަލިވި އިންތިޚާބު އެކަނި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެއީ ބުއްދި ޖެހޭ ވާހަކައެއް ނޫން ކަމަށް ދޭހަވާ ގޮތަށް މައުމޫން ވާހަކަފުޅު ދައްކަވައިފި އެވެ.

ރިޔާސީ ނިޒާމު ދިފާއު ކުރައްވައި މައުމޫން ރޭ ޓުވީޓު ކުރެއްވުމުން އޭގެ ރައްދެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ، މައުމޫންގެ ވެރިކަމުގައި 2008 ގެ ރިޔާސީ އިންތިޚާބު ނޫން ހުރިހާ އިންތިޚާބެއްގައި ވެސް މަކަރު ހަދައި، ވޯޓު އޮޅުވާލި ކަމަށެވެ. އެ އިންތިޚާބުގައި މައުމޫން ބަލިވިއިރު، ކާމިޔާބު ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ނަޝީދެވެ. އެއީ މައުމޫންގެ 30 އަހަރުގެ ތެރޭގައި ބޭއްވި ހަތް ވަނަ ރިޔާސީ އިންތިޚާބުގެ ތެރެއިން ބަލިވި ހަމައެކަނި ފަހަރެވެ.

ނަޝީދު ވިދާޅުވާ ގޮތުގައި، ވެރިކަމުގެ ނިޒާމު ކަނޑައަޅަން މައުމޫންގެ ދައުރުގައި 2007 ގައި ބޭއްވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ވެސް އޮޅުވައިލި އެވެ.

ނަޝީދުގެ އެ ވާހަކަފުޅުތަކާ ގުޅިގެން މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މަނިކުފާނު އެންމެ ބޮޑަށް ދެރަފުޅު ވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމަށް [ނަޝީދު] ބައްލަވާތީ ކަމަށެވެ. ދެން މައުމޫން އުފެއްދެވީ ސުވާލެކެވެ. އެއީ 30 އަހަރުގެ ތެރޭގައި ހުރިހާ އިންތިޚާބެއް އޮޅުވާލާފައިވާ ކަމަށް ނަޝީދު ވިދާޅުވާއިރު، 2008 ގެ ރިޔާސީ އިންތިޚާބު އޮޅުވާނުލެވުނީ ކީއްވެތޯ އެވެ.

"ބުއްދި ގަބޫލުކުރާ ޖަވާބެއް ދެއްވަ ބައްލަވާ!،" ނަޝީދަށް އަމާޒު ކުރައްވައި މައުމޫން ވިދާޅުވި އެވެ.

މައުމޫންގެ ޓުވީޓް

މީގެ 12 އަހަރު ކުރިން، 2008 ގައި ރިޔާސީ އިންތިޚާބާއި އޭގެ ކުރީ އަހަރު އޮތް ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ވޯޓު ނެގީ އެހެން ހުރިހާ ފަހަރުތަކާ ޚިލާފަށް ހާމަކޮށެވެ. އިންތިޚާބުތަކުގެ ވޯޓު ގުނަނީ ވޯޓުފޮށިތައް މާލެ ގެނެސްގެން ކަމަށް ވިޔަސް ވެރިކަމުގެ ނިޒާމާއި 2008 ގެ ރިޔާސީ އިންތިޚާބުގެ ވޯޓު ގުނީ، ވޯޓުލީ މަރުކަޒެއްގައި މޮނިޓަރުންގެ ކުރިމަތީގަ އެވެ. އޭގެ ފަހުން ހުރިހާ އިންތިޚާބެއް ވެސް ވޯޓު ގުނަނީ އެގޮތަށެވެ.

ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ވޯޓު ވެސް އޮޅުވައިލި ކަމަށް ނަޝީދު ވިދާޅުވުމުން، އޭރު ރައްޔިތުންގެ ޚާއްސަ މަޖިލިހުން އެ ވޯޓުގެ ކަންކަން ބެލި ކޮމިޓީގައި ހިމެނިވަޑައިގެންނެވި، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވެސް ވަނީ ރައްދު ދެއްވައިފަ އެވެ. އެއީ އެހާތަނަށް ބޭއްވި އެންމެ ހާމަކަން ބޮޑު އިންތިޚާބު ކަމުގެ ދަލީލު ދައްކަވަމުން މުއިއްޒު ވިދާޅުވީ ނިޒާމީ ވޯޓު އޮޅުވާލައިފައި ނުވާ ކަމަށެވެ.

މައުމޫނާއި ނަޝީދު، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލަތަކެއް މި އޮއްސާލެއްވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހެޅުއްވުމުން، ރިޔާސީ ނިޒާމާ އެއްކޮޅަށް މައުމޫން ފާޅުގައި ވާހަކަފުޅު ދައްކަވަން ފެއްޓެވުމުންނެވެ. މައުމޫނަނީ ފެށުނީއްސުރެ ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. ނަޝީދާއި އެމްޑީޕީ ތާއީދު ކުރަނީ ބަރުލަމާނީ ނިޒާމަށެވެ.

82 ކޮމެންޓް, 108 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 1%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މ‫ުޙުއްމާ

26 August 2020

މ‫ަނިކުފާނުގެ ކޮއްކޯފުޅުގެ އެންގެވުމަށް ކަތީބުން ވޯޓް ފޮށިތަކުގެ މަތީގަ އަތް އަޅައިގެން ރަނގޅުފާހަގަ ނޫނީ ވެއްޓިޔަ ނުދިންކަމީ މަނިކުފާނަށް އެގިވަޑައިނުގަންނަބާކަމެއް ކަމަށް ޤަބޫލު ކުރަން ވަރަށް ދަތި. އެއިރު ވޯޓަށް މަކަރު ހެދީ އެއްނުން. މަނިކުފާނުގެ ކޮއްކޯފުޅު ބޭނުންގޮތަށް މަޖުބޫރުކޮށްގެން ވޯޓް އެޅުވީ, 2008ގަ އިދިކޯޅަށް މީހުން ނުކުމެގެން މަނިކުފާނަށް އެ ފުރުސަތު ނުލިބުނީ. މިވާހަކަ ދހައްކަންވީމަ މަނިކުފާނު ބޮޑަށް ފަޞީހަތް ވާނީ. ވީމާ ރަގަޅުވާނީ އެވާހަކަ ދެން ނުދެއްކިއްޔާ.

The name is already taken The name is available. Register?

ފފފފފ

27 August 2020

މިކިޔަނީ ކޮންވާހަކައެއް؟ ބުއްދި ހަމަބާ؟

The name is already taken The name is available. Register?

ބައިރޯ

26 August 2020

ނުފޫޒާ ބާރުގެ ބޫނުން ކޮށްގެން މަނޫން މީހަކު އިންތިހާބަށް ކުރިމަތި ނުލެވޭ ގޮތަށް ހަދައިގެން ވޯޓް ފޮށި މަތީ އަތް އަޅައިގެން ތިބުމީ އޮޅުވާލުން ނޫންތަ؟

The name is already taken The name is available. Register?

ނަންނުލިބޭ

26 August 2020

އެވާހަކަތަކެއްގައި 80%ދޮގު އެކުލެވިގެންވާ ވާހަކަ ދައްކައިގެން މައުމޫން ވެރިކަމުން ވައްޓާލެވުނީ. ދެން އޭނާ އެ ދޮގުތަކަށް އެއްބަހެއްނުވާނެ ވަކި މިހާރަކު. ހަގީގަތަކީ މައުމޫން ޒަމާނުގައި ޖަލަށްލެވި އަދަބުދެވުނު އެންމެންނަކީ ހުދުކާފޫރެއްނޫންކަން. ކުށްވެރިންނަކީ ކުށަށް އެއްބަސްވާނެ ބައެއްނޫން ދުވަހަކުވެސް. އަނިޔާކޮށްފަ ހުރެދާނެ. އެކަމު އެޒަމާނުގައި އަދަބުލިބުނު އެންމެންނަކީ ނުހައްގުން އަދަބުލިބުނު މީހުންކަމަށް ވިސްނައިދިން މީހާއަށް ސަޕޯޓްކުރާނެ މީހުން

The name is already taken The name is available. Register?

ޙަބީބު

25 August 2020

ނަޝީދު މޮޔަނުގޮވާ މައު މޫނު ވެރިކަ މުގަ ނަ މަ މިހާރު ކަތީބުން ގާތު ބުނާއިރައް އަތްގާޑިޔަލުގަ ނަ މަވެސް ހދ ކުޅުދުއްފުށި ސޯސަންގޯޅިޔައް ވެލިއަޅައިދީފީން މިސަރުކާރު ވެޑުވުނު ފަހުން ދޮޅުއަހަރު މިވެހުނު ބޯވާރޭގަ އެ މަގު އެވަނީ ހަލާކުވެފަ މީތަފާތު މައު މޫނާ މިސަރުކާރާ

The name is already taken The name is available. Register?

ނަމަނަމަ

25 August 2020

ނަޝީދަކީ ބޯގޯސް މީހެއް އަބަދުވެސް ބަލާނީ ދޮގެ ހަދާލެވޭތޯ މައުމޫން ވެރިކަމުގައި ބެހެއްޓުނުނަމަ މާރަގަޅުވީސް

The name is already taken The name is available. Register?

އިސްމާލު

25 August 2020

ބުއްދި ހަމަނުޖެހޭ މީހަކަށް ބުއްދި ޤަބޫލު ކުރާކަހަލަ ވާހަކަ ދެއްކޭތަ؟

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

25 August 2020

ނަޝީދެއް ކަމަކު ތެދެއް ހަދައިފިއްޔާ ވާނީ ހަމަ ތެދަކަށް. ، މައުމޫނު އެއްމެ ފުރަމަތަމަ އިންތިޚާބު ކުރެވުނު އިންތިޚާބަށް ފަހު އައި ހުރިހައި ރިޔާސީ އިންތިޚާބެއް ވޯޓު ހޯދީ ރަށްރަށުގެ ކަތީބުންނާއ، ސަރުކާރުގެ މުވައްޒަފުންނަށް ބިރުދައްކައިގެން ކަން ނޭގޭ މީހަކު މިރާއްޖެ އަކު ނޫޅޭނެ. މައުމޫނު ތީ އަހަރުމެން ނުދަންނަ ހުދު ކާފޫރު ކޮޅެއް ނުން.

The name is already taken The name is available. Register?

ލޮނުޓައްޕު

26 August 2020

ކަތީބުން ކަންކަން ކުރަމުން ދިއައީ ސަރުކާރަށް ވައިޖަހަން. މައުމޫނަކަށް ގޮސް ނުބެލޭނެ ކޮންމެ ކަތީބެއް ކަންކުރީ ކިހިނެތްތޯއެއް. މައުމޫން ނޫނަސް ސަރުކާރު ތެރޭ ތިބޭ އެތައް ބަޔަކު އެމީހުންގެ މަގާމު ހިމާޔަތްކުރަން ބޭނުންވާނެ. އެމީހުން ސަރުކާރު ބާއްވަން އެތައް ނުބައި ކަމެއް ކުރާނެ. އެއީ ކޮންމެހެން މައުމޫން ބުނެގެން ކުރާ ކަންކަމެއްނޫން. މިހާރުވެސް ދިވެހިންގެ ތެރޭ އޮންނަ ބޮޑު އާދައެއް އެއީ މައްޗަށް ތިބޭ މީހުން ރުއްސަން އެމީހުން ނުބުނަނީސް ކަންކަން ކުރުން.

The name is already taken The name is available. Register?

ޟަކަރީއްނާ4647

25 August 2020

އަންނިއަށް އެނގޭ މިހާރު ވޯޓުލައިގެން މިގައުމުގެ ވެރިކަމަށް އަންނިއަށް ނާދެވޭނެކަން. ބަރުލަމާނީ ނިޒާމާ ރަސްކަމުގެ ނިޒާމު ގެނެސްގެން ވެސް ވެރިކަމާ ހިފަން. ޢަންނި ބަހައްޓަންވީ ހަމަ އެމްޑީޕީ ގެ މުޒާހަރާ ރާވާ ހިންގަން. އެނޫންކަމަކަށް އޭނަ ޝަރުތުފުރިހަމަ ހެން ހީނުވޭ

The name is already taken The name is available. Register?

ޭއެލެކްސް ރޮބިންސަން މޯދީ

25 August 2020

މައުމޫނަކީ ކަންކަން ރަނގަޅު އިންތިޒާމެއްގެ ދަށުން ގެންގޮސް ރޭވުންތެރިކަމާއި އެކު ގައުމު އާރާސްތު ކުރެއްވި ރައީސެއް. މަސްވެރި ރަށްތަކެއްގައި ޝިގެއްލާއާއި ޕޯލިއޯ ފަދަ ބަލިމަޑުކަމުގެ ޝިކާރައަކަށް ވެ ބަނޑުހައި ހޫނުލަންމަތީ ތިބި ލިޔަންކިޔަން ނުދަންނަ އާބާދީއެއް ޒަމާނީ ، ދުޅަހެޔޮ މުޖްތަމައަކަށް ބަދަލުކޮށްދިނީ މާތްﷲ ގެ ވާގިފުޅާއިއެކު ،މައުމޫނުގެ ރޭވުންތެރިކަމުގެ ދަށުން ސަރުކާރުގެ މުވައްޒަފުންކުރި މިންނެތް މަސައްކަތްތަކެއްގެ ސަބަބުންކަން ޔަގީން.

The name is already taken The name is available. Register?

ހަޒާނާ

25 August 2020

މިއީ 2020 ވަނަ އަހަރެވެ. ޓެކްސް ގެ ނިޒާމް ގާއިމް ކޮށް މީރާ އަށް ނުދަރާ ވިޔަފާރި ކުރާ މީހަކު ވ މަދެވެ. މައުމޫން ޓެކްސް ނުނަގާ ގައުމު ހިންގި އެވެ. އޭރު ސަރުކާރައް ދަރާފަ އޮންނަ ދަރަނި ވެރީން ވ މަދެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454