ޚަބަރު / އިބްރާހިމް އަމީރު، ކުރީގެ ފިނޭންސް މިނިސްޓަރު

ގެރެންޓީއާ ނުލައި އެގްޒެކިއުޓާސްއަށް ފައިސާދޫކުރަން ހުއްދައެއް ނުދެން: ފިނޭންސް މިނިސްޓަރު

މަޖިލީހުގެ ކޮމިޓީގައި ފިނޭންސް މިނިސްޓަރު ޖަވާބުދާރީވެވަޑައިގަންނަވަނީ. --ފޮޓޯ: އަހްމަދު އަވްޝަން /މިހާރު

ކޮވިޑު-19ގެ ފަރުވާ އަށް ރާއްޖެ އަށް ބޭނުންވި ވެންޓިލޭޓަރުތައް ހޯދުމުގައި ބޭންކް ގެރެންޓީއާ ނުލައި އެޑްވާންސް ފައިސާގެ ގޮތުގައި ޕްރޮޖެކްޓުގެ އަގުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ދޫކުރަން ހުއްދަ ދެއްވާފައި ނުވާނެ ކަަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު މި ދިފާއުވެވަޑައިގަތީ، އެގްޒެކިއުޓާސް އަށް އެޑްވާންސް ފައިސާ ދޫކުރީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަމަށް ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، އެކަން ކުރެއްވީ މިނިސްޓަރު އަމީރު ދެއްވި ހުއްދައަށް ކަމަށް ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމް އެ ކޮމިޓީގައި ކުރިން ވިދާޅުވެފައި ވަނިކޮށެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ގުޅިގެން މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީ ހާޒިރުކޮށް މާލިއްޔަތު ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަސްލަމް ވިދާޅުވީ އެޑްވާންސް ފައިސާ ދޫކުރީ އެޓާނީ ޖެނެރަލް އޮފީހުގެ ލަފަ އާއި ފިނޭންސް މިނިސްޓްރީން ލިއުން ދީފައިވާ ހުއްދަތަކަށް ރިއާޔަތްކޮށެވެ.

އެކަމަކު ފިނޭންސް މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމުގެ ހާލަތުގައި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން ވަސީލަތްތައް ވީހާވެސް ކުރުމަގަކުން ހޯދަން ޖެހިފައި އޮތަސް މާލިއްޔަތު ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކުރަން ހެލްތު މިނިސްޓްރީ އަށް ހުއްދަ ދެއްވާފައި ނޯންނާނެ ކަމަށެވެ. ހާލަތަށް ރިއާޔަތްކުރުމާ އެކު ގަވާއިދުން އޭނާ އަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުތަކުގެ ދަށުން ހެލްތު މިނިސްޓްރީ އަށް ހުއްދަ ދިނީ ބޭންކް ގެރެންޓީއެއް ނަގައިގެން ދުބާއީގެ ކުންފުންޏަށް އެޑްވާންސް ފައިސާ ދޫކުރަން ކަމަށް ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި ވެންޓިލޭޓަރުތައް ގެނައުމުގެ ހުއްދައަށް ހެލްތު މިނިސްޓްރީން އެދުނީ ކޮވިޑް-19ގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށި އެތައް ބައެއްގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިދާނެ ކަމަށް ސިއްހީ މާހިރުންގެ ހުރި ކަންބޮޑުވުންތަކާ އެކު ވީ އެންމެ ކުރުމަގަކުން އެކަން ކުރުމަށެވެ. އެގޮތަށް އެދުނުއިރު، އެގްޒެކިއުޓާސް އަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ކަމަށާއި ވީ އެންމެ އަވަހަކަށް ވެންޓިލޭޓަރުތައް ނުލިބިެއްޖެ ނަމަ ރައްޔިތުންގެ ފުރާނައަށް ނުރައްކާ އޮތް ކަން އޭރު ސިއްހީ މާހިރުންގެ ލަފާކުރުންތަކުން ވެސް ފެންނަން އޮތް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަންބޮޑުވުމާއި އަވަހަށް ތަކެތި ހޯދުމުގެ ހާސްކަމުގެ ތެރޭގައި ވެސް ފިނޭންސް މިނިސްޓްރީން އަމަލުކޮށްފައި ވާނީ އަދި ހުއްދަ ދީފައި ވާނީ މާލީ ނިޒާމްގެ އަސާސްތައް ހިފަހައްޓައި މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދަން ކަމަށެވެ. އެ ނޫން ގޮތަކަށް ހުއްދައެއް އަދި އިރުޝާދެއް ވެސް ނުދޭ ކަން ފާހަގަކުރައްވައި ވިދާޅުވީ 75 ވެންޓިލޭޓަރު ގެންނަން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމާއި އެޑްވާންސް ފައިސާ ދޫކުރަން ޖެހޭނީ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަން ހެލްތު މިނިސްޓްރީ އަށް އެންގި ކަމަށެވެ. އެޑްވާންސް ފައިސާ ދޫކުރުމުގައި ވެސް އެ ނޫން ގޮތަކަށް އަމަލުކުރަން ހުއްދަ ދެއްވާފައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އަމީރު ވިދާޅުވި ގޮތުގައި އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 75 ޕަސެންޓް ދައްކައިގެން ނޫން ގޮތަކަށް ވެންޓިލޭޓަރުތައް ލިބެން ނެތް ކަަމަށް ހެލްތު މިނިސްޓްރީން އެންގި އެވެ. އެ ސިޓީގައި، އެގްޒިކިއުޓާސްއަކީ ޑަބްލިއުއޗްއޯގެ މަޝްވަރާގެ މަތިން އެ އިދާރާ އިން އެމަޖެންސީ ޕްރިޕެއާޑްނެސްގެ ދަށުން ތަކެތި ސަޕްލައިކުރުމަށް އެކަށީގެންވާ ކުންފުންޏެއް ކަމުގައި ބުނެފައިވާތީ އެޑްވާންސް ފައިސާ ދޫކުރަން ހުއްދަ ދެއްވި ކަމަށާއި އެ ހުއްދަ ދެއްވީ މާލިއްޔަތު ގަވައިދުގެ 10.67(ނ) ގެ ދަށުން ކަމަށް ވިދާޅުވި އެވެ.

"މި ކަމުގައި މިނިސްޓްރީ އޮފް ހެލްތުން އަންގާފައިވަނީ މި ކަމުގެ އާޖެންސީ. މާލިއްޔަތު ގަވާއިދުގެ ދަށުން މި ކަން އަވަހަށް ކުރަން ވެގެން ހަރަދުގެ ހުއްދަ އާއި ފައިސާގެ ކަންކަމަށް ހުއްދަ ދިން ނަމަވެސް މާލިއްޔަތު ގަވައިދުގެ އެހެނިހެން ކަންކަމަށް ބޯލަނބަން ޖެހޭ،" އަމީރު ވިދާޅުވި އެވެ.

"މީގެ ތެރޭގައި މާލިއްޔަތު ގަވައިދުގެ 10.67 ރ. ގައި ބަޔާންކޮށްފައިވާ ޕޭމަންޓް ގެރެންޓީ ނުނަގައި އޮތުމަކީ ދީފައިވާ ހުއްދައެއް ނޫން. އަދި މިއީ އެ ފަރާތާއެކު ވެފައިވާ އެގްރީމަންޓުގައި ވެސް ހިމެނޭ ކަމެއް. އެހެންކަމުން ޕޭމަންޓް ގެރެންޓީ ނެގުމާ މެދު މިނިސްޓްރީ އޮފް ފިނޭންސް އެގްޒެމްޕްޝަނެއް ދީފައި ނުވާތީ، އެ ހޯދަން ޖެހޭނެ. އަދި މިހާތަނަށް ހޯދާފައިނުވާ ނަމަ، މިހާރު ވެސް ހޯދަން ޖެހޭނެކަން ފާހަގަކުރަން."

މިނިސްޓަރު ވިދާޅުވި ގޮތުގައި ފުރަތަމަ 75 ޕަސެންޓަށް ފަހު، 15 ޕަސެންޓުގެ އެޑްވާންސް ޕޭމަންޓަކަށް އެޕްރީލް، 19ގައި އަނެއްކާވެސް ހެލްތު މިނިސްޓްރީން އެދުނެވެ. އެގޮތަށް އެދުމާ އެކު އެގްޒެކިއުޓާސްއާ އެކު ވެފައިވާ އެއްބަސްވުން ހޯދައި އޭގައިވާ ޕޭމަންޓް ޝެޑިއުލަށް ރިއާޔަތްކުރި ކަމަށް ވިދާޅުވި އެވެ.

"މި އެގްރީމަންްޓުގައިވާ ގޮތުން 15 ޕަސެންޓް ދައްކަންޖެހެނީ ވެންޓިލޭޓަރުތައް ޝިޕްމަންޓަށް ތައްޔާރުވުމުން، އެ ތަކެތި ކަންޓްރީ އޮފް އޮރިޖިން އިން ފުރުވާލުމުގެ ކުރިން. މިކަމާ ގުޅިގެން މި މާއްދާ ފަރުމާކުރެވިފައިވަނީ ހުރިހާ ވެންޓިލޭޓަރެއް އެއްފަހަރާ ޝިޕްކުރުމަށް ކަން ބެލެވޭ. ނަމަވެސް އެ ޝިޕްމަންޓުގައި ގެންނަން އުޅުނީ 10 ވެންޓިލޭޓަރުކަން މިނިސްޓްރީ އޮފް ހެލްތުން މައުލޫމާތު ލިބުނު. މިކަމާ ގުޅިގެން 15 ޕަސެންޓް ދެއްކުން އެންމެ ފަހު ޝިޕްމަންޓަށް ހެދޭތޯ އިރުޝާދު ދެވުނު،" އަމީރު ވިދާޅުވި އެވެ.

ނަމަވެސް ވެންޓިލޭޓަރު ޝިޕްކުރެވެން އަންނަނީ އެ އަދަދު ދައްކައިގެން ކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނާތީ އާއި ވެންޓިލޭޓަރު ޝިޕްމަންޓްގެ ފޮޓޯ އާއި ވީޑިއޯވެސް ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފައިވާތީ އެ ހުއްދަ ދިނީ އެޕްރީލް، 24 ގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވެންޓިލޭޓަރުތަކުގެ ޝޯޓޭޖަކީ މުޅި ދުނިޔެއަށް ވެސް ދިމާވި ދައްޗެއް ކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ އެ ދަތީގައި ވެސް މާލިއްޔަތު ގަވާއިދު ދިޔައީ ހިނގަމުން ކަމަށެވެ. މި ޕެންޑެމިކްގައި އިއުލާން ކޮށްފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށާއި ސްޓޭޓް އޮފް އެމަޖެންސީ އެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އެހެންކަމުން މާލިއްޔަތު ގަވައިދުން މިނިސްޓަ އޮފް ފިނޭންސް އެގްޒެމްޕްޓް ނުކޮށްދޭ ނަމަ، އެހެން ހުރިހާ ކަމެއް ވެސް ދިޔައީ ހިނގަމުން."

ފިނޭންސުން ދެއްކީ ބިޑް ކޮމިޓީގެ އިހުމާލު!

އެޑްވާންސް ޕޭމަންޓުގެ ގޮތުގައި 75 ޕަސެންޓް، މާލިއްޔަތު ގަވާއިދުގެ ތެރެއިން ދޭން ފިނޭންސް މިނިސްޓަރު ހުއްދަ ދެއްވާފައި އޮތް ނަމަވެސް މަޖިލީހުގެ ކޮމިޓީގައި ފިނޭންސް މިނިސްޓްރީން ދެއްކީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ އާއި ފައިނޭންޝަލް އެގްޒެކެޓިވްގެ އިހުމާލެވެ.

މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި ތަކެތި ގެންނަން ހަވާލުކުރާ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލްކަން ބެލުމަކީ އެއީ ބިޑް ކޮމިޓީގެ ޒިންމާއެކެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީން މި މަސައްކަތް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކުރީ އެ ކަންތައްތައް ބަލައި އޭރުގެ ހާލަތަށް ރިއާޔަތްކުރުމަށް ފަހު އެވެ. އެވޯޑް ކުރުމުގެ ކުރިން މަސައްކަތް ހަވާލުކުރެވޭ ފަރާތުގެގެ ފަންނީ އަދި މާލީ ގާބިލުކަން ކަށަވަރުކުރުމަކީ ބިޑު ކޮމިޓީގެ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.

"ނަމަވެސް، އޮޑިޓްތަކުން ފެންނަ ކަންތައްތަކާ މެދު އަޅުގަނޑު މި ދަނީ މާލިއްޔަތު މައްސަލަ ބަލާ ކޮމިޓީ މެދުވެރިކޮށް މި ކަންތައްތައް ބަލަމުން. އަދި މި ކޮމިޓީން މިކަން ބަލަމުންދާކަމީ ވެސް މާލީ ނިޒާމަށް އައިސްފައިވާ ހެޔޮ ބަދަލެއްކަން ފާހަގަކުރަން،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހްމަދު އަވްޝަން/މިހާރު

މިނިސްޓަރު ވިދާޅުވީ އެޑްވާންސް ޕޭމަންޓް ދައްކާއިރު ކަންކަން ފުރިހަމަވެފައިވޭތޯ ނުވަތަ ނޫންތޯ ބެލުމަކީ އެ މިނިސްޓްރީއެއްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތެއް ކަމަށާއި އެކަން ދެ ސާކިއުލާއަކުން އާއްމުކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.

ތަފްސީލު ދެއްވަމުން ވިދާޅުވީ ޓްރާންސްސެކްޝަންތައް ސިސްޓަމަށް އަޅާ ޑޭޓާގެ މައްޗަށް ދޫކުރެވޭ ފައިސާގެ އެންމެހައި ޒިންމާ ނަގަންޖެހޭނީ އެ ޓްރާންސެކްޝަނެއް ސިސްޓަމަށް އެންޓާ ކުރި ފަރާތުންނާއި ޕޯސްޓް ކުރި ފަރާތުން ކަމަށް އެ ސާކިއުލާގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

ފައިސާ ދެއްކުމުގައި އަމަލުކުރަމުން އަންނަނީ ޕަބްލިކް އެކައުންޓިން ސިސްޓަމްގެ ސެންޓްރަލައިޒްޑް ޕޭމަންޓްސް މެދުވެރިކޮށް ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓުން ކަން އަމީރު ފާހަގަކުރެއްވި އެވެ.

50 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 51%
icon sad icon sad 3%
icon angry icon angry 46%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝަރީފްް

28 August 2020

ނިމޭއިރު މި ކޭސްއާ އަސްލު ގުޅުން ހުރި މީހަކަށްވެސް މި ވަނީ ފައިނޭންސް ެއަމީރު ދޯ.

The name is already taken The name is available. Register?

ފޭކު ޖައްސާ

28 August 2020

ދެން އެހެން ވިއްޔާ އޮޅު މުން ތޯ 2.5 މިލިއަން އަށް ވުރެ ބޮޑުއަދަދެއްގެ ތަކެތިގަންނަން ތިބޭފުޅާ ސޮއިކޮށް ހުއްދަ ދެއްވީ. އެއީ ގަވާއިދުގއި ބުނާގޮތުން މިނިސްޓްރީ އެއްގެ ބިޑު ކޮ މިިޓީއަކަށް ކުރެވޭނެ ކަ މެއް ނޫން. ޓެންޑަބޯޑުގެ މުވއްޒިފުންނާއި މަޝްވަރާ ނޮކޮށް އަ މިއްލަ އަ މިއްލައަށް ހުއްދަ ދޭނީ އަ މިލްލަ މަސްލަހަތެއް އޮތީ މާ ކަ މަށް ބެލެވޭނީ

The name is already taken The name is available. Register?

ޒިންމާދާރުކަން ކުޑަ

28 August 2020

ފިނޭންސް މިނިސްޓްރީއަކީ ބޭންކެއްތަ ބުނާހާ އިރަކަށް ފައިސާ ދޫކުރަން. ބޭންކް ގެރެންޓީއެއް ނެތްކަން އެންގެން އޮތް އިރު ފައިސާ ދޫކުރީ ކީއްވެ

The name is already taken The name is available. Register?

ވެލިޒިނީ

28 August 2020

ދެންކޮން މެހެން މަށެއްނޫން ކިޔާނި ކަ މެއްނެތް ތިޔައީ ގުޅިގެން ހިންގި ޖަރީ މާއެއް ތިކަންކުރި މީހުންނާ މެދު ފިޔަވަޅެއްނާޅާނެ އެކަން ޔަގީންވާނެ އަލީވަހީދައް ބަލާލިޔަސް އެ މްޑީއެންގެ މީހުންތިޔައީ ނުވާނެ ރަނގަޅެއް

The name is already taken The name is available. Register?

މައިނާ

28 August 2020

މުސްކުޅި މުޙާވަރާއެއްގައޮވޭ ....އޮތަދޭށޭތިއޮތީ ..ދެންއޮތަދީ ތިޔައީ އެފުޕީއައިޑީ,އެމްއެމްޕީއާރުސީ ދީބާޖާ......ފަދައެތައްތަނަކާއަޅާބަލާއިރުތީ 0 ނޫންތޯ,ފޮގެޓު

The name is already taken The name is available. Register?

ވާންޗޯބެ

28 August 2020

ބޮޑު ޖަރީމާ އެއް.އެންމެން ގުޅިގެން ވަގުންގެ ސަރުކާރުން ދިރުވާލީ.ވަށްކަން ނުކުރާނީ ކޮން ކަމަކުން.ރައްޓެއްސަކު ކޮވިޑް ޖެހިގެން ގޭގަ ބަހައްޓަފަ ހުރީ ބަލާ އެބައަންނަމޭކިޔާފަ.25 ދުވަސް ވެގެން ދިޔައިރުވެސް ބަލާނާދޭ.އެކަމަކު އެޗްޕީއޭގެ ޑޭޓާ ބޭސްގަ އިނީ އޭނަހުރީ ރިސޯޓްގަ ކަމަށް.750 ރުފިޔާގެ ރޭޓުން 25 ދުވަހަށް 18750 ރުފިޔާގެ ބިލެއް ހަދާފަ ރުފިޔާކޮޅު ދިރުވާ ލެވޭނެ ނުން.

The name is already taken The name is available. Register?

ގޯސް

27 August 2020

މީގެން އަމީންގެ އުހްމާލު ބޮޑީ. ޢޭނާ ބިޑުކޮމެޓީއަށް ދިން އިތުބާރާއި މައުލޫމާތަށް ކޮމެޓީގެ ތަޖްރިބާ މަދު މުޗައްޒަފުން މަސައްކަތްކުރީ. މިނިސްޓަރ އެ ކުންފިނި ސިލެކްޓްކުރީވެސް. އަދި ތިޔަފައިސާތައް ދޭން ބުނީވެސް.

The name is already taken The name is available. Register?

ައަފުރާސިޔާބު

27 August 2020

ބިޑް ކޮމިޓީންނާއި ގާނޫނީ މީހުންނާއި ފައިނޭންޝަލް އެގްޒަކެޓިވް އާއި މިނިސްޓަރު ސޮއިޖަހައި ޓްރާންސްފަރކުރަން އެތަނުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު (ޕޭމަންޓްވައުޗަރު ހަދަން) އިންނަ މުވައްޒަފަށް އެކަންނުކޮށް ފަރުޖެއްސޭނޭ ހަމަ އެއްގޮތެއްވެސް ނުފެނުނު. ތީގައި ކުށްވެރިވަނީ ކޮމްޕިއުޓަރު. ސަބަބަކީ އޭގައި ޖެހިއަދަދު ޖަހާއިރަށް ޑިލީޓް ނުވަތަ ފޮހެނުލީތީ. ފޮހެލިނަމަ ގައިމުން ފިނޭންސާ ހަމައަށް އަދަދު ނުދާނެތާ!؟

The name is already taken The name is available. Register?

އިދާރީ އޮނިގަނޑު

27 August 2020

ކަލޯ ދުވަަހަކުވެސް ސަރުކާރު އޮފީހެއްގައި މަސައްކަތް ކުރިންތަ އިދާރީ ކުދި ކުދި ކަންކަންވެސް ނޭނގެނީ؟ މިނިސްޓަރުގެ ސޮއެެއް ބޭނުން ނުވާނެ އަދަދުތައް އެންޓަރ ކުރާކޮށް. ދައުލަތުގެ މާލީ ނިޒާމް މި ގޮތަށް ތަރުތީބު ކުރެވިފައި ވަނީވެސް މިނިސްޓަރުންނަށް މި ނިޒާމު ތެރެއަށް ނުވަދެވޭ ގޮތަށް. އެ ބުނީއެއްނު މިއަދު ކޮމިޓީގައިވެސް މިނިސްޓްރީތަކުން އަދަދު އެންޓަރ ކުރާނީ ސީދާ ފިނޭންސުން ހުއްދަ ދީފައިވާ މީހެކޭ. އެއީ ބެކްއަޕް މީހެއް ކަމުގައިވިޔަސް.

The name is already taken The name is available. Register?

ކޮރޯނާވަންޓޫ

27 August 2020

ގުޅިގެން ހިންގި ޖަރީމާއެއް. ވަރަށް ސާފު.

The name is already taken The name is available. Register?

ދިއްދޫމީހާ

27 August 2020

ދިވެހި ބަހުގާ އިންނާނެ ވަރަށް ސަޅި ހަރުބަހެ، އަމާ ބުނީތީ ފަރަށް ދިއުން، ބަފާ ބުނީތީ ރަންކިއުން، މިދެބަހުގެ މެދަ މިކަންތަ ފެތެނީ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454