މިނިސްޓަރު އަމީރު މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ވެންޓިލޭޓަރުތައް ނުގެނެސްފި ނަމަ ޝަރީއަތަށް މައްސަލަ ހުށަހަޅައި ފައިސާ ހޯދާނެ ކަމަށް. --ފޮޓޯ: އަހްމަދު އަވްޝަން/މިހާރު
27 އޯގަސްޓް 2020 - 14:33
ބޭންކް ގެރެންޓީއަކާ ނުލައި، އެޑްވާންސް ފައިސާގެ ގޮތުގައި ދިވެހި ސަރުކާރުން 30 މިލިއަން ރުފިޔާ ދޫކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ރާއްޖެ އަށް ފޯރުކޮށްނުދީފި ނަމަ އެ ފައިސާ އަނބުރާ ހޯދަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އެގްޒެކިއުޓާސް އަށް ބޮޑު އަދަދަކުން ފައިސާ ދޫކުރީ ކޮވިޑް-19ގެ ފަރުވާ އަށް ބޭނުންވާ 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށް، އެ ތަކެތި ގެނެވޭނީ އެގޮތަށް ފައިސާ ދެއްކުމުން ކަމަށް އެ ކުންފުނިން ޝަރުތު ކުރުމުންނެވެ. ބޭންކު ގެރެންޓީއަކާ ނުލައި ޕްރޮޖެކްޓުގެ 15 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް ނުދެއްކޭނެ ކަމަށް މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އިރު، ފަންނީ އަދި މާލީ ގާބިލް ކުންފުންޏެއްތޯ ނުބަލައި ދައުލަތުގެ ފައިސާ އެގޮތަށް ދޫކޮށްފައިވާ މައްސަލަ ތަހުގީގު ކުރަން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވަނީ އޮޑިޓް ރިޕޯޓުގައި ލަފާ ދެއްވައިފަ އެވެ.
ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގާފައިވާ މާލިއްޔަތު ގަވާއިދާ ޚިލާފު މައްސަލަތައް އޮޑިޓަ ޖެނެރަލް ހަސަން ފެންމަތި ކުރެއްވުމުން، ހެލްތު މިނިސްޓްރީން މާލިއްޔަތު ކޮމިޓީގައި ބުނެފައި ވަނީ އެގްޒެކިއުޓާސް ހިމެނޭ ގޮތުން 149 ވެންޓިލޭޓަރު ގެންނަން ތިން ކުންފުންޏަކާ ހަވާލުކުރީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށެވެ. ތިން ކުންފުނީގެ ތެރެއިން ދުބާއީގެ ކުންފުންޏަށް އެޑްވާންސް ފައިސާ ދެއްކުމުގެ ކުރިން ވެސް ފިނޭންސްގެ ލިއުން ހޯދި ކަމަށް މާލިއްޔަތު ކޮމިޓީގައި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ފިނޭންސް މިނިސްޓަރު އަމީރު، މާލިއްޔަތު ކޮމިޓީ އަށް މިއަދު ހާޒިރުކޮށް، މެމްބަރުން ކުރެއްވި ސުވާލުތަކުގައި އޭނާ ވަނީ އެ ވާހަކަ ދޮގު ކުރައްވައިފަ އެވެ. އެގްޒެކިއުޓާސް އަށް އެޑްވާންސް ފައިސާ ދޫކުރުމާއި އެހެން ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަން އަންގަވާފައި އޮންނާނީ މާލިއްޔަތު ގަވާއިދުގެ ތެރެއިން ކަމަށް އަމީރު ވިދާޅުވި އެވެ.
ދުބާއީގެ ކުންފުންޏާ ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން އެ ކުންފުނިން ރާއްޖެ ފޮނުވީ 10 ވެންޓިލޭޓަރެވެ. އެއްބަސްވުމާ އެއްގޮތަށް ސްޕެސިފިކޭޝަން ދިމާނުވާ އެ ވެންޓިލޭޓަރުތައް ފަރުވާ އަށް ބޭނުންކުރަން ކަމުނުދާ ކަމަށް ޑޮކްޓަރުންނާއި ނަރުހުން އަދި ބަޔޯމެޑިކަލް އިންޖިނިއަރުންގެ ޓީމަކުން ވަނީ ނިންމައިފަ އެވެ.
އަމީރު ވިދާޅުވި ގޮތުގައި، އެއްބަސްވި ގޮތަށް ވެންޓިލޭޓަރުތައް ހޯދަން ހެލްތު މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. މާލިއްޔަތު ކޮމިޓީގައި ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އަންނަ ހަފުތާގައި ވެންޓިލޭޓަރުތައް ލިބޭނެ ކަމުގެ ޔަގީންކަން އެގްޒެކިއުޓާސް އިން ދީފައިވާ ކަމަށެވެ.
"މި ވަގުތު ދެކެވެމުންދާ 75 ވެންޓިލޭޓަރުގެ ކޮންޓްރެކްޓަކީ ވެސް އޮންގޮއިން ނުވަތަ ހިނގަމުންދާ ކޮންޓްރެކްޓެއް. މައްސަލަތަކެއް ފެންމަތި ވެފައިވީ ނަމަވެސް، މިހާރު ވެސް ހެލްތު މިނިސްޓްރީން ދަނީ މި ކޮންޓްރެކްޓްގެ ދަށުން މި ތަކެތި ލިބޭތޯ މަސައްކަތް ކުރަމުން،" އަމީރު ވިދާޅުވި އެވެ.
"މި ތަކެތި ނުލިބިއްޖެ ނަމަ، އަނބުރާ ފައިސާ ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. އެގްރީމަންޓުގައި ޑިލޭ ޗާޖަސްގެ ވާހަކަ އެބަ އޮތް. އާބިޓްރޭޝަނަކަށް ހިނގައްޖެ ނަމަ ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރުގައި އެކަން ކުރަން ޖެހޭ ކަމަށް ލިޔެފައި އެބަ އޮތް."
މިނިސްޓަރު ވިދާޅުވި ގޮތުގައި ވެންޓިލޭޓަރުތައް ނުލިބިއްޖެ ނަމަ އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން އެ މިނިސްޓްރީން އަންނަނީ ތަފްސީލްތައް ވެސް ހޯދަމުންނެވެ.
އެގްޒެކިއުޓާސްއާ ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ގޮތުން ނުކުތް މައްސަލަތަކުގައި ފިނޭންސް މިނިސްޓްރީން މިއަދު ދެއްކީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކްޓިވް އަހުމަދު އަސްލަމްގެ އިހުމާލެވެ. ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ގޮތުގެ ތަހުގީގެއް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން އަންނަނީ ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިކަމެތިރައްޔިތުމީހާ
28 August 2020
ތި ފައިސާ ތި ބުނާހާ ފަސޭހައިން ލިބިއްޖެއްޔާމުން ބުރިޖު މަތީގަ އެކޮޅުކޮޅުން ހިނގަން ތައްޔާރު. ބޭންކު ގެރެންޓީއަކާއި ނުލައި ތި ފޮނުވީ ވެސް ވައްކަން ކުރަން
ރައްޖަލް
28 August 2020
ދުމޭ ހާސް ނުވޭ. އެއީ އަމީނުގެ ބޮޓުން
ގަރަދަ
28 August 2020
ހޮޅި ވާހަކަ. އަހަރެމެން މިއުޅެނާ ހަމައެކަނި ލާރި ނުލިބިދާނެތީކީ ނޫނޭ. ކޮބާ ތި ޖަރީމާގެ އުގޫބާތް؟ ބުނަންތަ. އެއްކަމެއްވެސް ނުވާނެ.
ދޮންބެއަލީ
28 August 2020
އާހިރުގައި ތިޔަ މީހުނަށް ބަދަލު ދީގެން ނި މޭނީ..ޓުއަރިޒަ މުން ގެނައި ޑޮކްޓަރުންނަށް މަހަކަށް އެއް މިލިޔަށް މީހަކަށް ދިން ކަ މަށް ރ ޓީވީގަ ކިޔައިފި..އެއީ ދިވެހި ސ ޑޮކްޓަރެއްގެ 5 އަހަރުގެ މުސާރަ ... ޔާ މިން ނަންވާނީ ..ޤައު މެއްނެތް....
ސައްލޫ
28 August 2020
އެބަ އީނގޭތާ ގޯހެއް އުޅޭކަން. ފޮރުވަން ހަދައިގެނެއް ސަލާމަތެއް ނުވާނެ މިފަހަރު.
ނެކްސްޓް
27 August 2020
ޢެންމެ ފަހުން ސަރުކާރުން މިމީހުންނަށް ބަދަލުދޭން ނުޖެހިއްޖެޔާ ރަނގަޅު ?
ޖަރީމާޖަރީމާ
27 August 2020
ނުލިބޭނެ. ބަލަން ތިބޭތި. މީގެ ދެހަފްތާ ފަހުން ތިވާހަކަ ނުވެސް ދައްކާނެ. ކޮބާ ރޮޔަލް ރޭޕް ކޭސް. ކޮބާ ރައީސުއޮފީހުގެ ސީނިއަރ ސްޓާފަކުު މިހާރު ނޫހުގެ އެޑިޓަކަށް ކުރި ފުރައްސާރަ. މިވެރިންނަށް އިނގޭ ދިވެހިންނަކީ ވަރަށް ހަނދާން ބަލި ބައެއް ކަން.
އައްޔޫބީ
27 August 2020
މަސްލަހަތު ފުށުއަރާ އޮޑިޓް ޓީމަކުން އަމީރު ސާފުކޮށްފައި ހުއްޓެއްކަމަކު ހަމަ ޔަޤީނުންވެސް ވާހަކަ ތިހުރިގޮތަށް ބަލާފައި އެބައިނގޭ އަމީރު ތި ކޭހާ މާބޮޑަށްވެސް ގުޅިފައިހުރިކަން.
ދިއްދޫމީހާ
27 August 2020
ސާފު ބަހުން ބުނަންޔާ ތިއޮތީ ވައްކަން ކޮއްފާ، ދައުލަތުން ގެއްލުން ލާރި މިހާތަނަ އަދި ނެތް ލިބިފަކާ، އަހުން ދުނިޔެއަ އައީ މައުމޫނު ވެރިކަމުގާ، އެފްއައިޑީން ފެށިގެން ދައުލަތުން ގެއްލުނު އެއްވެސް ލާރިއެ ނެތް ލިބިފަކާ، ސަބަބް ވަރަށް ސާފު އެއީ ބޮޑުންނާ ގުޅިގެން ހިންގާ ވައްކަންތައް ވީމާ،ލަންކާގަ އުޅޭ އައްމަޓީ ނުގެނެވިގެން އުޅޭ އިރު ޑުބާއީގަ އުޅޭ ބަޔަކު ގެނެވޭނެބާ؟؟ތި ކުންފުނި ރަޖިސްޓާރ ކޮއްފަ އޮއްތީ ކޮންތާކުބާ؟؟
ބޮޑުމީހާ
27 August 2020
މިއީ ހިނގަ ހިނގާ ހުރި ކޮންޓްރެކްޓެއް. އަދި ނުއެއް ނިމޭ. މުދާ ނުދީ މުދާ ފޮނުވަން ބުނި ފަރާތަކުން ނުފިލާ. މުދަލަށް އޯޑަރު ކުރި ފަރާތަކުންވެސް މުދާ ނުލިބޭނެޔޭ ކިޔާފައިވެސް ނުފިލާ. އެ ބުނަނީ އެ އެއްޗިހި އެބަ ލިބެޔޭ މި މަހު 30 ގައި. މީގެ ހަތަރު މަސް ކުރިން ދުނިޔެ އޮތް ހާލަތެއް ވަޒަން ކުރަން ނޭނގޭ މީހުން ދައްކާނީ ތިޔަ ފަދަ ނޭއްގާނީ ވާހަކަ.
ދުމޭ
27 August 2020
ބަލަގަ ކޮސް މިގޮވަނީ ކާކުތަ. ތިޔަ ބުނާ ބަޔަކު ފޮނުވާއިފިޔޭ އެކިޔާ ޒާތުގެ 10 އެތި. ނަސީބަކުން އެވީ ވެނޓިލޭޓަރާ ވައްތަރު މިދާކައިފައޮތް އުނބުގަނޑަކަށް. ދެނޯ؟ ނެގި އެއްޗެއް، ދިން އެއްޗެއް ، ލިބުނު އެއްޗެއް އެނގިއްޖެ؟؟
ޝޮކްތެރަޕީ
27 August 2020
ހުރިހާކަމެއް އޮޅުވާލަނީ ރައްޔިތުންނަ.