29 އޯގަސްޓް 2020 - 10:10
އަޅައިގެން ހުންނަ އިރު މީހާގެ ހަށިގަނޑުގެ ހަރަކާތްތަކާއި އަޑުން ސިއްހީ ހާލަތު ވަޒަންކުރެވޭ ފިޓްނެސް ބޭންޑެއް "ހަލޯ" ގެ ނަމުގައި އެމެޒޯނުން ލޯންޗްކޮށްފި އެވެ.
މި ބޭންޑަކީ އެއަށް ހާއްސަ މޮބައިލް އެޕެއް މެދުވެރިކޮށް ރެކޯޑްތައް ބަލައިލެވޭނެ އެއްޗެކެވެ. ފިޓްބިޓާއި އެޕަލްގެ ވޮޗާ ހިލާފަށް އެމެޒޯންގެ "ހަލޯ" ގައި ސްކްރީނެއް ނީންނާނެ އެވެ. އެހެންވެ މީގެ އެންމެ މުހިއްމު އެެއް ބަޔަކަށް ވާނީ މޮބައިލް އެޕެވެ. މި އެޕަކީ ސަބްސްކްރައިބްކޮށްގެން ބޭނުންކުރެވޭނެ އެއްޗެކެވެ.
"ހަލޯ" ފަރުމާކޮށްފައި ވަނީ އޭގައި އިންނަ ކެމެރާއަކުން ހަށިގަނޑު ތްރީޑީކޮށް ސްކޭންކުރެވި، ސަރުބީ ހުރިވަރު އަންގައި ދިނުމުގެ އިތުރަށް މީހާގެ އަޑުގެ ޓޯނުން ވެސް ސިއްހީ ހާލަތު ވަޒަންކޮށްދޭ ގޮތަށެވެ. އެއާ އެކު ކާޑިއޯ، ނިދުމުގެ ހާލަތު، ވޮއިސް ޓޯން ޓްރެކިންއާ އެކު ސިއްހަތާ ގުޅުން ހުުރި މައުލޫމާތާއި ހިދުމަތް ލިބޭ "ލެބްތަކަށް" އެޕް މެދުވެރިކޮށް ވަދެވޭނެ އެވެ.
The all-new Amazon Halo can help you discover healthier habits that work for you. 🔽 https://t.co/XaP7OXF799 pic.twitter.com/QML0ILSclk
— Amazon News (@amazonnews) August 27, 2020
ބޭންޑްގެ އާންމު އަގަކީ 99.99 ޑޮލަރެވެ. އަދި ސަބްސްކްރިޕްޝަނަށް މަހަކު 3.99 ޑޮލަރު ދައްކަން ޖެހޭނެ އެވެ.
ނަމަވެސް ނެރުމާ ދިމާކޮށް، އެންމެ ފުރަތަމަ ގަންނަ ފަރާތްތަކަށް އިސްކަން ދީގެން ހަ މަސް ދުވަހުގެ ސަބްސްކްރިޕްޝަން ފީ ހިލޭ ލިބޭ ގޮތަށް "ހަލޯ" ވިއްކަނީ 64.99 ޑޮލަރަށެވެ.
Introducing Amazon Halo, a new wearable band and membership that helps you improve your health and wellness. #AmazonHalo
— Amazon (@amazon) August 27, 2020
Request early access now ➡️ https://t.co/smPIrmXkEH pic.twitter.com/OvsFYGanHW
އެމެޒޯމުން ބުނިގޮތުގައި އެހެން ކުންފުނިތަކުގެ ފިޓްނެސް ބޭންޑްތަކާ ހިލާފަށް "ހަލޯ" ސްކްރީނެއް ނުހުންނަ ގޮތަށް ނެރެން ނިންމި ސަބަބަކީ ސްކްރީނަށް ދޭ ވަގުތު ދުއްވާލައި ކަސްރަތާއި ސިއްހަތަށް ދޭ ސަމާލުކަން ބޮޑުކުރުމުގެ ގޮތުންނެވެ.
އެމެޒޯނުން ބުނީ "ހާލޯ" ޖީޕީއެސް އާއި ވައި-ފައި އާއި ސެލިއުލާ ރޭޑިއޯ ފަދަ ހިދުމަތްތައް ނުލިބޭ އެއްޗަކަށް ވިޔަސް މީގައި ފިޓްނެސް ބޭންޑަކަށް ބޭނުންވާނެ މުހިއްމު ގިނަ ފީޗާތައް ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި އެކްސެލެރޮމީޓަރާއި ފިނިހޫނުމިން ބަލާ ސެންސަ އާއި ހާޓް ރޭޓް މޮނިޓަރާއި ދެ މައިކްރޮފޯނާއި އެލްއީޑީ އިންޑިކޭޓަ ލައިޓް ހިމެނެ އެވެ. އަދި ބޭންޑާއި އެޕާ ގުޅިފައި އިންނާނީ ބުލޫޓޫތު މެދުވެރިކޮށެވެ. އެޕް އެންޑްރޮއިޑާއި އައިފޯންގައި ވެސް ސަޕޯޓްކުރާނެ އެވެ. ފުލްކޮށް ޗާޖްކޮށްލައިގެން ބޭންޑް ހަފުތާއެއްހާ ދުވަހަށް ބޭނުންކުރެވޭނެ އެވެ. އަދި މިއީ ފެން ވެސް ނުވަންނަ ގޮތަށް އުފައްދާފައިވާ އެއްޗަކަށްވާތީ ފެތުން ފަދަ ކަންކަމުގައި ވެސް އަޅައިގެން ބޭނުންކުރެވޭނެ އެވެ.
"ހާލޯ" ބޭންޑް ނެރެފައި ވަނީ މައިގަނޑު ތިން ކުލައަކުންނެވެ. އެއީ އޮނިކްސް (ކަޅު)، މިނެރަލް (ލައިޓް ބްލޫ) އަދި ރޯޒް ގޯލްޑް (ޕިންކިޝް) އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy