؛ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގައި ބައިވެރިވި އަންހެނަކު: އަންހެނަކަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތުގަިއ ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް ފިރިހެނެއް -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
29 އޯގަސްޓް 2020 - 20:45
އއ. ތޮއްޑޫގައި ދިރިއުޅޭ ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ފިރިހެނަކު މިއަދު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ، އުމުރުން 31 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މި މައްސަލައިގެ ރިޕޯޓު ލިބުނީ އިއްޔެ ކަމަށެވެ. އެހެންވެ، ކޯޓު އަމުރެއްގެ ދަށުން އުމުރުން 43 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އެ އިދާރާ އިން ބުންޏެވެ.
އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަަތއް ރިޕޯޓުކުރާ އަދަދު މިހާރު ވަނީ އިތުރުވެފަ އެވެ. މިފަދަ ޖަރީމާތައް ހިންގާ މީހުންގެ ފޮޓޯ އާއި ނަން ވެސް ފުލުހުން މިހާރު އަންނަނީ އާންމު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަގު ކަދުރު
30 August 2020
މިޙަބަރުގައި ނަމާއި ފޮޓޯ އާއްމު ނުކުރެވުނީ ކީއްވެބާ؟
އެންދެރި
29 August 2020
ތިޔަ މީހާ ހައްޔަރު ކޮށް ތަހުގީގު ކޮށްފަ ދެން ހަދާނެ ގޮތެއް ބުނެ ބަލާށެވެ.
ރަބަރު
29 August 2020
މިއީ ހާދަބޮޑުވެއްޖެ ކަމެކޭ. މިއީ މީގެ ތިރީހަކަށް އަހަރުކުރިން ރާއްޖެއިން އިވޭ އަޑެއްނޫން. މިހާރު ކޮންމެ ދުވަހަކުހެން މިވާހަކަ ނޫހުގެ ފަލަސުރުޚީއަކަށްވާން ފަށައިފި.
ޖައިސާމް
30 August 2020
ކުރިންވެސް ގަދައަށް މިކަން ހިނގާ ކަމަށް ލަފާ ކުރެވެނީ. އޭރު ހަބަރަށް ނާރުވަނީ.