30 އޯގަސްޓް 2020 - 12:23
ރާއްޖެ އަށް ޓޫރިސްޓުން އައުމުގެ ކުރިން ކޮވިޑް-19 އަށް ނެގެޓިވްކަން ޔަގީންކުރަން ޖެހޭ ގޮތަށް އުސޫލު ބަދަލު ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރޭ ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިނިސްޓަރު މައުސޫމް ވިދާޅުވީ ރާއްޖޭގެ ބޯޑަރު ޓޫރިސްޓުންނަށް ހުޅުވާލީ ވަރަށް ލުއި ފަސޭހަކޮށް ކަމަށާއި ނަމަވެސް ކޮވިޑް-19 އަށް ނެގެޓިވްކަން ޔަގީން ކުރުމަށް ފަހުގައި ނޫނީ ރާއްޖެ ނާދެވޭ ގޮތަށް އުސޫލު ވަރަށް އަވަހަށް ބަދަލު ކުރައްވާނެ ކަމަށެވެ.
އެކަން އެގޮތަށް ބަދަލު ކުރައްވަނީ ޓޫރިސްޓުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އޭރުން ވަރަށް ގިނަ ޓޫރިސްޓުންނަށް އިތުރު ޔަގީންކަމެއް ލިބިގެން ދާނެ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ދޭތެރޭ. އެ ވެސް ވާނެ އަޅުގަނޑުމެންގެ ނަމްބަރުތައް އިތުރު ކުރުމަށް މުހިންމު ކަމަކަށް. އޭގެ ޒާތުގައި ރާއްޖެ އަކީ ދުނިޔޭގެ ޑެސްޓިނޭޝަންތަކުގެ ތެރެއިން އެންމެ ބަރާބަރު ގައުމު ސަލާމަތާއެކު އައިސް ޗުއްޓީ ހޭދަކޮށްލާފައި ދާން،" މި މަހު މަގާމާ ހަވާލުވެވަޑައިގެންނެވި މައުސޫމް ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމުން ރާއްޖެ އަންނަ ޓޫރިސްޓުން ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހެނީ ރާއްޖޭން ފުރުމުގެ ކުރިންނެވެ. އެއީ ވެސް އެއާލައިންތަކުގެ އެންގުމަށް ކުރާ ޓެސްޓެކެވެ. ބޯޑަރު ހުޅުވި ފަހުން ރާއްޖެ އައި ބައެއް ޓޫރިސްޓުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.
ބޯޑަރު ހުޅުވުމާއެކު ރާއްޖެ އަންނާނެ ކަމަށް ކުރިން ލަފާ ކުރިވަރަށް ވުރެ ޓޫރިސްޓުން ރާއްޖެ އަންނަ އަދަދު މަދެވެ. ޓޫރިޒަމް މިނިސްޓްރީން މިހާރު ލަފާކުރާ ގޮތުގައި މި އަހަރުގެ ބާކީ ދުވަސްތަކުގައި ރާއްޖެ އަށް 120،000 ޓޫރިސްޓުން ގެނެވޭނެ އެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވާއިރު މިހާތަނަށް ޓޫރިސްޓުންނަށް ހިދުމަތް ދެމުން އަންނަނީ ރިސޯޓުތަކާއި ސަފާރީތަކުންނެވެ. ރަށްތަކުގައި ކޮވިޑް-19 ފެތުރުމާ ގުޅިގެން ގެސްޓު ހައުސްތަކަށް ޓޫރިސްޓުން ގެންދިއުން ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. ނަމަވެސް މިހާރު އެ ތަންތަން ހުޅުވުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިސްޓަމް
02 September 2020
ތި ޓެސްޓް ގެ ވެލިޑިޓީ ޕީރިއަޑް އަކީ ކޮބަޔޯ....ކޮވިޑަކީ ސާންޕަލް ނަގާފަ ގެއަށް ދާންވާއިރަށް އިންފެކްޓް ވާ ޒާތުގެ ވައިރަހެއް...ޓެސްޓް ނެގެޓިވް ކޮއްދެއްކިޔަސް ބަލި އަރާފަ މީހަކު ހުރެދާނެ ރާއްޖެ އަންނަން ވާއިރަށް...
ހާސަރު
30 August 2020
ރާއްޖެ އާއި ދޭތެރޭ ގޯސްކޮށް ބޭރު ގައުމުތަކުން ބަލަނީ މިހާރު ޕޮޒިޓިވްވާ މީހުންގެ ރިޕޯޓް ހާމަކުރާގޮތުން . ބަލާކޮންމެ މީހަކަށްވެސް ފެންނަނީ މޯލްޑިވްސް ގެ ޕޮޒިޓިވް ރޭޓް . އެކަމަކު ހަގީގަތަކީ %99 މީހުން ޕޮޒިޓިވް ވަނީ މާލެއިން. އެހެން ވީމަ މާލެ ނުރައްކާ ވިއަސް މޯލްޑިވްސް އޯކޭ ކަން އަންގާދޭންވީ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ކިޔަނީ ގައުމުތަކުގެ އަދަދަށްވުރެ ސްޓޭޓް ތަކުގެ އަދަދު.
ނަފީސާ
30 August 2020
ވަޒީރަކަށް މިފަހަރު ގެނެވިފައި މިހިރީ ކުޅަދާނަ ބޭފުޅެއް. ތަފާރު ނަތީޖާތަކުން ފެންނާނެ!
އޮނަރަބްލް އަފީފު ދީދީ
30 August 2020
ރިސޯޓް އޯނަރުން ނުރުހުނުކަމުގައިވިޔަސް ދިވެހިންނާއި އަހަރުމެންގެ މެހަމާނުންގެ ގޮތުގައި ރާއްޖެ އަންނަ ފަތުރުވެރިންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ އެންމެނަށް ރައްޖާތެރިކަމާއި ހިމާޔަތް ހޯދާ ދިނުމުގެ ޤާނޫނީ ޒިންމާ މިވަގުތު ބޮލުގައި އެޅިފައިވާ މީހެއްގެ ޙައިސީއްޔަތުން ކުރާންޖެހޭ ކަންކަން ކުރާންވާނެ. # ރާއްޖެ އަންނަ ފަތުރުވެރިންގެ އިތުރަށް ރިސޯޓް ތަކާއި، ސަފާރީ ޔޮޓް ތަކުގައި ވަޒީފާ އަދާކުރާން އަންނަ ބިދޭސިންވެސް އަންނާންޖެހޭނީ ކޮވިޑްޓެސްޓްކޮށްގެން.
ސަލީމު އިދުރީސް
30 August 2020
ތިއަކީ ތިކަން ވާނެގޮތެއްނޫން! ޔޫރަފަކު އާންރައްތުން ތިބައްބިރަކުން ނޫޅޭ ތިޓެސްޓު ނުހަދަ ދަރުކުރެވޭ އެތައް މައްޒިލެއް އެބަހުރި އިތުރު ތަކުލީފު އުފުއްލައް ޖޭހޭގޮތައް ހަރަދެއް ނުކުރާނެ! ޓުއަރިސްޓުން ބަލަނީ ހަމަޔަކައް އެޅުނީމަ އަންނަން
ކުރުކުރު
30 August 2020
އަހަރެމެނަށް ހެވޭ އެންމެ ފަތުރުވެރިއަކު ނަޔަސް، ތިޔަ ބަޔަކު އައިސްގެން ގައުމަށް ވަންނަހާ ފައިސާއަކުން މާލޭމީހުން ކުރިކެޓު ސްޓޭޑިއަމާއި ބުރިޖާއި ޕާކާއި ފުލެޓޭ ހަދަނީ އަހަރެމެނަކަށް ތިއަކުން ވާކަމެއްނެތޭ.
އަރިއަތޮޅުއަރުމާޒު
30 August 2020
ޓޫރިސްޓުން އައުމުގެކުރިން ކޮވިޑަށް ޓެސްޓުކުރުމަކީ ރަނގަޅުކަމަކަށްވެދާނެ، އެކަމު ތިޔަޓެސްޓް ހެދުމުގެ ބޭނުމަކީ މީހުންދިރިއުޅޭ ރަށްރަށުގަހުރި ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެނައުންކަމުގައި ވެއްޖެނަމަ އެއީ ވަރަށް ނުރައްކާތެރިކަމެއް..ޓެސްޓުހަދާއިރު ވައިރަހުގެ އަސަރުނެތަސް ބަލިޖެހިިފަ ހުރެދާނެ، ރަށްރަށުގަ ގިނަ ގެސްޓްހައުސްއައް ހުރީ އެހެންވެސް މީހުންއުޅޭ ސަރަހައްދުގައި، ހަމައެކަނި ގެސްޓް ހައުސްގެ މީހުނަށްޓަކައި މުޅި ރަށުގެ އާބާދީ ނުރައްކަލަކަށްނުލައްވާ
ސަނާ2
30 August 2020
ތަންކޮޅެއް ލަސްވި ނަމަވެސް މިހާރު ތި ދަނީ ރަނގަޅަށް. އަލީ ވަހީދާއި ސުމިތު އަދި ތޮއްޔިބު ހިތުން ވަރަށް މޮޅަށް ނިންމި ނިންމުމެއް އެއްވެސް ބެލުމެއްނެތި މިޤައުމަށް ޓޫރިސްޓުން ވެއްދުން. ކަމުގެ އިލްމެއް ނެތްބަޔަކާއި މިފަދަ މުހިއްމު މުއައްސަސާއެއް ހަވާލުރކުރުން އެއީ އިބޫ އަށް ހެދުނު އެންމެ ބޮޑު ގޯސް. އުއްމީދަކީ މައުސޫމުގެ ލީޑާޝިޕްގެ ދަށުން މިޤައުމުގެ ޓޫރިޒަމް އިއާދަވުން.
ނެކްސްޓް
30 August 2020
ގިނަ މީހުން ގެންނާށޯ އެންމެ ޓެސްޓު ކުރުމެއްނެތި އެތެރެވެވޭ ގޮތަށް ހެދީ. ރީތިވެއްޖެ އެންނު.
ގަޓް ބްރޯ
30 August 2020
ރާއްޖޭން ބެލީ އަވަހަށް ވިޔަފާރިވެރިންގެ ޖީބަށް ފައިސާފޮއްޗެއް ލިބޭނެ ގޮތެއް. ވާނެ އެއްޗެއް ވީމަ ދެން އިތުރު ގޮތްގޮތަށް ސަރުކާރުން ނިންމީމަ އެކަމުންވެސް ހާމަވާނީ ރާއްޖޭގެ ސިޔާސަތުތަކު ދޯހަޅިކަމާ އެއްވެސް ރޭވުންތެރިކަމެއް ނެތްކަން! މި ސަރުކާރުފެށީ ފުޓުބޯޅަ ޓީމެއްގެ މެނޭޖަރަކު ޓޫރިޒަމް މިނިސްޓްރީ އަށް ލައިގެން.