ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ސީއެސްސީއަށް ހަތަރު ބޭފުޅަކު އައްޔަން ކުރަން މިއަދު ރުހުންދިން.
31 އޯގަސްޓް 2020 - 20:46
ސިވިލް ސާވިސް ކޮމިޝަނުން ހުސްވެފައިވާ މަގާމުތަކަށް ހަތަރު ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
އެ މަގާމުތަކަށް ކުރިމަތިލެއްވި 41 ބޭފުޅެއްގެ ނަން ދިރާސާ ކުރެއްވުމަށް ފަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން 13 ބޭފުޅަކަށް ރުހުން ދިނެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހީ އެ ނަންތަކަށެވެ. ނަންތަކަށް ވޯޓަށް އެހީ ހަތަރު ބޭފުޅެއްގެ ނަން ފާސްވަންދެނެވެ.
1- ފާތިމަތު ޝަރީފް، މާކޯޅި. ގދ. ތިނަދޫ
2- މުހައްމަދު ނާސިހު. މ. ފަލްކަން، މާލެ.
3- މުހައްމަދު ފަރުސަތު، ހ.ޓޫހާޓް، މާލެ
4- އިބްރާހީމް ރަޝީދު، ބްލެކް ރ. މީދޫ
މި ހަތަރު ބޭފުޅުންނަށް ރުހުން ދޭން، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ކުރިން އޮތީ ތުރީލައިން ވިޕެއް ވެސް ނެރެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލީހު1234
02 September 2020
ކޮންމެ ގޮތެއް ހަދައިގެންވެސް ތިކަން ތިއޮތީ ނިމިފަ. އުއްމީދަކީ ސިޔާސީ ނުފޫޒުން އެއްކިބާވެގެން ރަނގަޅު ޤާބިލު މީހުން މުއްސަސާތަކަށް ހޮވޭނެ ދުވަހެއް ދުނިޔޭގައި ހުއްޓާ ފެނުން.
އަސްތާރު
01 September 2020
އަދި ކިރިޔާ ތިޔަތަނަށް ރަގަޅު ފެންވަރުގެ އެކްޓިވިސްޓުން ތިޔަ ލެވުނީ. ފޯރިފަށެއް ހުންނާނެ. ބުނާ ކޮންމެ ގޮތެއް ހަދާނެ. ގާނޫނެއް ގަވާއިދެއް ނުބަލާނެ. ކަން ނިންމާނީ އަންނަ ފޯނުކޯލުތަކަށް. މައްސަލަ ހިފާގެން ދާނެތަނެއް ނޯންނާނެ. ހުރިހާ ތަނެއްގަ ތިބީ ރަތްލާޖެހި އެކްޓިވިސްޓުން. ހުރިހާ ކަމެއް ނިމުނީ
އިބިރިހިންބެއްޔާ
01 September 2020
ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ މިނިވަން މުއަސަސާއަކަށް ބޭފުޅުން އައްޔަންކުރަން ނަގާ ވޯޓްގައި ވަކިގޮތަކަށް ވޯޓްދޭން ސިޔާސީ ޕާޓީތަކުން މަޖުބޫރުކުރުވުމަކީ ކަޑައެޅިގެން ނުފޫޒުފޯރުވުން. އެއީ ކުށެއް. ރައްޔިތުން ވޯޓްލައިގެން ހޮވީ ރައްޔިތުންގެ މަންދޫބުން. ޕާޓީއަކުން އެމީހަކަށް ތާއީދުކުރުން، ޚަރަދުކުރުން އެއީ ވަކި މައްސަލައެއް. ތިރީގައިވާ ކޮމެންޓްތަކުން ދޭހަވޭ ނިންމިގިތުގެ ނުބައި ނަތީޖާ. މާތްﷲ މިޤަުމުގެ ރައްޔިތުންނަށް ހެޔޮވިސްނުން ދެއްވާށި. އާމީން.
ރެކިފުތާ
01 September 2020
ތި އައްޔަށްކުރެވޭ މީސްމީހުންނަށް އެނގެންވީ ތިމަތާމެންނަކީ ސިވިލްސަރވަންޓުންނަށް ހުރަސް އަޅަން ލެއްވޭ ބައެއް ނޫންކަން އަދި ސިވިލްސަރވިސް ކޮމިޝަންގައި ކުރީގަ ތިބި ޕްރައިމަރީ މުދައްރިސްކަން ހެދި މީހުން ނުވަތަ އަތޮޅުވެރިކަން ކޮށްފަ ތިބި މީހާ ސެޓްފިކެޓް ލިބޭ ވަރަކަށް ސިވިލް ސަރވިސް އަށް ވަނުމުގެ އަސާސީ ޝަރްޠު ހައްދަެއް ނެތި ބަދަލް ކުރަމުން ގެންދިޔުމަށް ފުރުޞަތު އޮވެގެން ނުވާނެކަން އަދި ސަރުކާރުން އަންގާހާ ގޮތަކަށް ފިޔަވަޅުތައް ބަދަލްކުރުން ނޫންކަން
ޖަޑާ
01 September 2020
ހޮވުނު ބޭފުޅުންގެ ތައުލީމީ ވަނަވަރާއި ބެކްގްރައުންޑް އިންފޮމޭޝަން ހިމަނާލުން މުހިއްމު
900 ޑިގުރީ
01 September 2020
ޢިބްރާހި މް ރަސީދު ބުލެކޭއަކީ ގޮތްދައްކައުގެން އުޅެ އެކުޓިވިސްޓެއް
ކައިޒާން
01 September 2020
ސީއެސްސީ އަށް ރިވޮލިއުޝަނެއް ގެނެވޭވަރުގެ މީހަކު ނެތް ތިތާ. ދެންވެސް ތިތަން ފަންކްޝަންކުރާނީ ހަމަ ކުރީގައިވެސް ހިންގިގޮތަށް. އުއްމީދެއް ނެތް.
އަސްތާރު
01 September 2020
މާ ނުބައިވާނެ. ގޯހުން ގޯހަށް ދާނީ. ތެންކިއޫ ފޯރ ދަ ލައުރާ
ސާބަހޭ
31 August 2020
ޑެމޮކްރަސީއޭ ކިޔައިގެން އައިސް ،ހުދުމުހުތާރު އަމަލްތައް ހުރީ ނޯތްކޮރެޔާ އައްވުރެވެސް އުހުގަ. ޔާމީނުމެން ނުވޭ އެކައްޗަކައްވެސް މިހާރުތިބިމީހުނާބަލާއިރު ހުދުމުހުތާރު ކަމާ ކަރަޕްޝަންގަ.
އަބުދުއްރަޝީދު
31 August 2020
ވަރަށް އިންސާފުވެރިކަމަށް ދައްކައިގެން އޯގާތެރި ސަރުކާރުން އެންމެ ރަނގަޅު މީހުން ތިއްބާ ޕާޓީ ކުދިންނަށް ބަހަނީ. ކިޔަވައިގެން ރައްޔިތުންނަށް ޚިދުމަތްކޮށް ރަނގަޅަށް އުޅުނީމާ މިދަނީ ޗޮކުހުން. ދެރަ
މުލޭ
31 August 2020
މި މީހުންނަށް ނުޖެހުނު ދޯ ރައްޔިތުންގެ ޚިޔާލުވެސް ހޯދަން.