މެމްބަރު ހައިތަމް: ރިސޯޓްތައް އަލުން ހުޅުވާލާއިރު ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދޭން ގޮވާލާ ޕެޓިޝަނެއް ވަނީ ހުށަހަޅާފައި -- ފޮޓޯ/މިހާރު
06 ސެޕްޓެމްބަރ 2020 - 19:25
އާންމުން ބައިވެރިވެ ސުވާލުކުރެވޭ ގޮތަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަށް ހާޒިރުކޮށް ޖަވާބުދާރީކުރުވުމަށް އެދިވަޑައިގެން މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ހައިތަމް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ސިޓީއެއް ފޮނުއްވައިފި އެވެ.
ހައިތަމް މިކަމަށް އެދިވަޑައިގެންފައިވަނީ ކަސްޓަމަރުންގެ އެކައުންޓްތަކުން، ގޮތްނޭނގޭ ޓްރާންސެކްޝަންތައް ހެދިފައި ހުރުން ފަދަ އެކި ކަންކަމުގައި އާންމުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.
ހައިތަމްގެ ސިޓީގައި ވިދާޅުވެފައި ވަނީ ކަސްޓަމަރުންގެ މިފަދަ އެއްވެސް ޝަކުވާއަކަށް ބީއެމްއެލް އިން އެކަށީގެންވާ ޖަވާބެއް ދީފައިނުވާ ކަމަށެވެ.
ހައިތަމް ވިދާޅުވީ މި ސަރުކާރުން ކުންފުނިތައް ޖަވާބުދާރީކުރުވަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ވީމާ ރައްޔިތުން ބައިވެރިވެ ސުވާލުކުރެވޭ ގޮތަށް ބީއެމްއެލްގެ ވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަށް ހާޒިކުރުމުގެ އިންތިޒާމު ހަމަޖައްސަވައިދިނުމަށް ވަނި އެދިވަޑައިގެންފަ އެވެ.
މިހާރި ދިމާވެގެން އުޅޭ މައްސަލާގައި ބީއެމްއެލް އިން ބުނީ ގޮތްނޭނގޭ އީމެއިލްތަކެއްގެ ސަބަބުން ކަސްޓަމަރުންގެ އެކައުންޓްތަކުން ނުބައި މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށެވެ. އެއީ އެ ބޭންކުގެ ސިސްޓަމުން ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށާއި ނުބައި މުއާމަލާތްތަކެއް ކޮށްގެން، އެކައުންޓުން ފައިސާ ކެނޑިފައިވާ ނަމަ، "ޓްރާންސެކްޝަން ޑިސްޕިއުޓް" ފޯމު ހުށަހަޅަން ބީއެމްއެލް އިން ވަނީ އެދިފަ އެވެ.
މީގެ އިތުރަށް އެ ޓްރާންސެކްޝަނެއް އެއްފަހަރަށް ވުރެ ގިނައިން ހިނގާފައިވާ މައްސަލައާ ގުޅިގެން ބީއެމްއެލް އިން ބުނީ އެއީ މީގެ ކުރިން ހޯލްޑުގައި ހުރި ފައިސާ ކަމަށާއި އެއީ އެކައުންޓުން ކެނޑެން ޖެހޭ ފައިސާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫބެއްޔާ
07 September 2020
ބޭންކް ތެރޭގައި ކުޑަބޭންކްއެއް ހިނގާ. ވައްކަން ކުރަނީ މި ކުޑަބޭންކް އިން. މުސާރައާއި ނުބައްދަލު މުއްސަނދި މުވައްޒަފުން އުޅޭތަނެއް ދިވެހި ބޭންކް އަކީ. މާލޭގައި ރެސްޓޯރަންޓްތައް ހުޅުވާ އެފަދަ ކިތައްމެ ވިޔަފާރިއެއް އެބަހަރި. ގުޅިގެން ކުރާ ވައްކަމެއް ތަހުޤީޤު ކުރާން އުނދަގޫވާނެ. ވައްކަމުގެ ލިންކް އޮތީ ޕިޔޯނުން ފެށިގެން އެއްމެ މައްޗަށް ދެމިފައި. މަމެން އެމްއެމްޕީއާރުސީ އޭ ކިޔާލަ ކިޔާލަ ތިބުން ނޫން އެހެންކަމެއް ނެތް. އެތާވެސް މިތާވެސް ވައްކަން ވައްކަން
ކޮތަރުގެ އަސަރު
07 September 2020
ބީއެމްއެލް އަކީ ޕަބްލިކް ކުންފުންޏެއް ކަން މެމްބަރުންނަށް ނޭގޭ މެމްބަރުން!
މާސްޓަރު
08 September 2020
އެގޭ މީހާއަށްވެސް ބީ.އެމް.އެލް ގެ ބޮޑު ހިއްސާ އެއްއޮތީ ސަރުކާރަށް ކަން ރޭކާނުލި ދޯ. ގަމާރު.
ކެޔޮނިރު
07 September 2020
ބީއެމްއެލް ދިވެހިންގެ ބޭންކޭ ބުންޏަސް ލަދުގަނޭ. އެހެން ބޭންކްތަކުން ނީވޭ އަޑުތައް ދިވެހިންގެ ބޭންކާ ބެހޭގޮތުން އިވުމަކީ ވަރަށް ކަންބޮޑުވާކަމެއް ކަމެއް. އެކައުންޓްތަކުން ޓްރާންސް ސެކްސަން ހަދާ ތާރީޚްތަކުގެ ފަހުން އެހެން ތާރީޚެއްގައި އެކައުންޓުން ފައިސާ ކެނޑޭގޮތަށް ސިސްޓަމް ރާޥާފައި ހުރުމަކީ އެކައުންޓް ތަކާ ކުޅުމުގެ ފުރުސަތު ބޭންކަށް އޮންނާނެކަމުގެ ހެއްކެއް. އެކަން ހުއްޓާލައި މުއާމަލާތް ކުރެވޭ ވަގުތު އެކައުންޓުން ފައިސާ އުނިވާގޮތަށް ސިސްޓަމް ރާވަންޖެހޭ.
ކސންމަތީ ސޭޓު
07 September 2020
އެސް.އޯ.އީ. އެކޭ ކިޔާފަ ކަންމަތީ ފިހާރަ ސޭޓު ވެސް ހާޒިރު ކުރަންވީނު!!!
ާަބޫލޫބޭ
06 September 2020
ޙާޒިރުކުރަންވީ ދިރާގް. ޢެތަނަކީވެރިޔަކުވެ ސްނެތްތަނެއްހެންހީވަނީ. މިވަރުގެދޯދިޔާތަނެއްހަޔާތުގަވެ ސްނުދެކެން.
އޮނަރަބްލް އަފީފު ދީދީ
06 September 2020
ބެންކް އޮފް މޯލްޑިވްސްގެ ބޯޑް މެންބަރުންގެ ގޮތުގައި ތިއްބެވި (ބެންކްގެ ހިންގުމާއި ޙަވާލުވެ ވަޑައިގެން ހުންނެވި އިސްވެރިއަކުވެސް ހިމެނޭގޮތުން) ބައެއް ފަރާތް ތަކަކީ ރާއްޖޭގައި ހިންގާ އަމިއްލަ ދިވެހި ބެންކަކާއި އަދި ވަރަށް ފަހުން ރާއްޖެއައި ބިދޭސީ ބެންކެއްގެ މަސްލަޙަތުއޮތް މާލޭގެ މަޝްހޫރު 2 މަހުޖަނަކަށް ނިސްބަތްވާ އާއިލީ ގުޅުންއޮތް ބައެއް. # ސީއެމްޑީން ވެއްޖެ ނޫންތޯ ބީއެމްއެލް، މޯލްޑިވިއަން، ފަދަ ކުންފުނިތަކުގެ ބޯޑުގައިތިބި މިފަދަ މީހުން ބޭރުކުރާން.
ކޮސްގޮވާ
06 September 2020
އަޖައިބުވެއްޖެއް. ބީ އެމް އެލް އެއް ނޫން ހާޒިރުކުރަންވީ. އަލީ ހާޝިމް އެމްއެމް އޭ ގަވަރުނަރު.
އާދަނު2
06 September 2020
ބައެއްމީހުންނަށް ހެދޭގޯހުން ވެސް އެކަހަލަ ކަންކަން ދިމާވޭ. ގިނަފަހަރަށް ހުންނަނީ ކަސްޓަމަރުންނަށް ގޯސްހެދިފައި.
ނެކްސްޓް
06 September 2020
މާކަންކަން ވާބަޔެއްކަމަށ
އާރީ
06 September 2020
ތި ހަމަ މަޖިލިހުން ދަށްކާ ދަޅަ. 18 ފަސެންޓް އިންޓަރެސްޓް ކުޑަ ކޮށްބަލަ ރަށްއިތަކަށް ހެޔޮއެދެށްޏާ ތި މަޖިލިހުން.
ކޮތަރު
06 September 2020
އެއީ މަޖުލިހުން ކުރެވޭނެ ކަމެއްނޫން. ވާނުވާ އެނގިގެން ކޮމެންޓްކުރުނެ އެދެން.
ޢަހޫ
06 September 2020
ލުއިލޯނަކަށްވަނީ%18ވުރެމަތިވީމަ. %18 ވުރެދައްވީމަ ލޯނުވަރަށްބަރުވާނެ .
ދުމައިން
07 September 2020
ދެން މި މަޖިލީހަށް ކުރެވޭ ކަމެއް ؟؟ ނުކުރެވޭނެ... ދެން ގަދަފައިވިއްދާފަ ބިރުދައްކައިގެން ކުރެވިދާނެ. އެއްގޮތެއް ނެތިއްޔާ އިންޑިއާ އަސްކަރިއްޔާ ގެނެސްގެންވެސް ކުރެވޭނެ ތާ!! ތިޔަ ތަނަށް ހާޒިރުކުރެވޭނީ ގަވަރުނަރު. އޭނަގެނެ ސް އުލައްލާ.
މޮހިތު
07 September 2020
80،000ރ ގެ ލުއި ލޯނަށް އިތުރަށް 52،000ރ ދައްކަން މަޖުބޫރު ކުރުވުމަކީ ދިވެހިން ނިކަމެތި ކޮށްލުން! މިއަށް ކިޔަނީ ޑޭލައިޓް ރޮބަރީ... ތިޔަ ބޭންކު މަޖްލީސް، ކީއްކުރަން ކޯޓަށްވެސް ހާޒިރު ކުރަންޖެހޭ...
ބުރަފަތިކަނބުލޮ
07 September 2020
ޢެއަށް އަހަރުމެން ކިޔަނީ ރިބާ
އަހަރެންގެބޭންކް
08 September 2020
ލޯނުނަގާމީހާ ނަގަނީ އިންޓަރެސްޓް 18% އަށް އެއްބަސްވެގެން، އެހެންނޫނީ ލޯން ނުނަގާ..