އިންޑިއާގެ އަސްކަރީ ޑޯނިއާ ދެ ބޯޓުގެ ތެރެއިން އެއް ބޯޓު މިއަދު ހަނިމާދޫ އެއާޕޯޓަށް ޖައްސާފައި.
08 ސެޕްޓެމްބަރ 2020 - 12:07
ރާއްޖެ ސަރަހައްދުގައި ކުރިއަށް ގެންދާ ސިލްސިލާ އޮޕަރޭޝަނަކަށް އިންޑިއާގެ އަސްކަރީ ޑޯނިއާ ދެ ބޯޓު ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖައްސައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، ހެނދުނު 10:25 ގައި އިންޑިއާގެ ޑޯނިއާ ދެ ބޯޓު ހަނިމާދޫ އެއާޕޯޓަށް ޖައްސާފައިވާ ކަމަށެވެ. އެކަމަކު، އޭނާ ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ސާވަޔަލަންސްގެ އޮޕަރޭޝަނަށް ބޭނުންކުރާނީ އެއް ބޯޓެވެ.
އާޒިމް ވިދާޅުވީ، ދެވަނަ ބޯޓަކީ އިންޑިއާގެ ކަނޑުގެ ސިފައިންގެ އުސޫލާ އެއްގޮތަށް އައި ބެކަޕް ބޯޓެއް ކަމަށެވެ.
"ބެކަޕް ފްލައިޓު މިއަދު އެނބުރި އިންޑިއާ އަށް ދާނެ،" އޭނާ ވިދާޅުވި އެވެ.
އަންނަ ހަފުތާގެ ބުދަ ދުވަހާ ހަމައަށް އިންޑިއާގެ އަސްކަރީ މަތިންދާބޯޓު ހަނިމާދޫ އެއާޕޯޓުގައި އޮންނާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
މިއީ ސިލްސިލާކޮށް ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ބެލުމަށް ރާއްޖޭގެ ކޯސްޓް ގާޑުގެ ސިފައިންނާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށް އާޒިމް ވިދާޅުވި އެވެ.
#BreakingNews
— Azhart #FreePresidentYameen (@Azhartu) September 8, 2020
Hdh.Hanimaadhoo Airport ah dhenme jessi Indian AirForce Donior Flight. #indiaOut pic.twitter.com/5JVwID2tUS
ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކްރެޓަރީ ޖެނެރަލް އިބްރާހިމް އަލީ ވިދާޅުވީ ދެ ބޯޓާ އެކު އިންޑިއާގެ 15 ވަރަކަށް ސިފައިން އެ ރަށަށް ގޮސްފައިވާ ކަމަށެވެ. އެ މީހުން މަޑުކުރަނީ އެއާޕޯޓުގެ އެތެރޭގައި ހުރި ކޮޓަރިތަކުގެ ތެރޭގައި ކަމަށާއި ރަށު ތެރެއަށް އެ މީހުން ނުވަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ އަސްކަރީ ދެ ބޯޓު އައިސްފައިވަނީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕެއިިނެއް ފަށާފައި ވަނިކޮށެވެ.
އިންޑިއާގެ އަސްކަރީ ޑޯނިއާ ދެ ބޯޓުގެ ތެރެއިން އެއް ބޯޓު މިއަދު ހަނިމާދޫ އެއާޕޯޓަށް ޖައްސަނީ.
އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ހަނިމާދު އަށް ޖެއްސި އިންޑިއާގެ އަސްކަރިއްޔާގެ ދެ ބޯޓުގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރި ކަމަށް ތުހުމަތުކޮށް އެ ރަށުން ދެ މީހަކު ހައްޔަރުކޮށް، ފޯނުގައި ހުރި ފޮޓޯ އާއި ވީޑީއޯ ޑިލީޓުކުރަން އެދިފައިވާ ކަމަށެވެ. އަޅުވެތިކަމާ ދިވެހިން ތެދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ފުލުހުން އެ ވާހަކަތައް ދޮގުކުރެ އެވެ. ފުލުހުން ބުނީ، އެފަދަ މައްސަލައެއްގައި އެއްވެސް ބަޔަކާ މުއާމަލާތުކޮށް، ހައްޔަރު ވެސް ނުކުރާ ކަމަށެވެ.
އިންޑިއާގެ އަސްކަރިއްޔާގެ ދެ ބޯޓު ޖެއްސި މައްސަލާގައި އިދިކޮޅުގެ ވަރަށް ގިނަ މީހުން އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
09 September 2020
ރާއްޖެ ހިފުމުގެ އޮޕަރޭޝަނެއްބާ؟ ކުރިންވެސް 5 އަހަރުގެ ސަރުކާރެއްނިމިއްޖެ އޮބޮނޯންނަވަރަށް ޕްރޮޖެޓްތައް ދުނިޔޭގެ އެންމެކުރިއަރާފައޮތް އެއްޤައުމާއިއެކުހިންގި ހަމަގައިމުވެސް މިލިޓަރީގޮތުންވެސް އިންޑިޔާއަށްވުރެ މާބާރުގަދަވާނެ އެކަމަކުވެސް މިއިންޑިޔާ މީހުންމިއުޅޭވައްތަރަކަށްނޫޅެ މިދެންކިހާބޮޑުކަމެއް މީއަހަރުމެންގެ ޤައުމެއް މިބުނަނީ އިންޑިޔާސިފައިންފައިބާށޭ
މުހައްމަދު25
09 September 2020
މުޅިންވެސް އޮޅުވާލުމާ ފަސާދަ މިހިންގަނީ...ފެއިލްވެފައިވާ ވެރިކަމެއް މިއީ ... އަނިޔާވެރިންގެ ނިމުން ހިތިވާނެ...
44444
09 September 2020
ދިވެހިން އެދުނު ދުވަސް މިއަންނަނީ! ހިތްވަރުކޮށްލާ. މިދާވަރުން ދަންޏާ 2023 ވައި މިގައުމުގައި އޮންނާނީ އިންޑިޔާގެ ވެރިކަމެއް. ދިވެހިންނަށްވާނެ ވަރަކީ އޮސްޓްރޭލިޔާގެ ނޭޓިވްސްއަށްވީވަރު. މިއީ ނޭނގި ވީކަމެއްނޫން. ރައީސް ޔާމީނަށް ދެރަކުރަންށޯ މިވެރިކަން މިގެނައީ. ކޮންބަޔަކަށްބާ މިކަމުން އެންމެބޮޑު ނިކަމެތިކަމެއްލިބޭނީ؟ އާދައިގެ ފެންވަރުގެ ދިވެހިންނަށް. އެއީ މޑޕ ގެ ވަސްވާހުގައި އެންމެބޮޑަށް ޖެހުނު ގްރޫޕަކީވެސް.
ސަލީމު އިދުރީސް
09 September 2020
ނުރުހޭމީހަކު ވިއާޖަލައްއިގެން ގައުމުގެ ބައިލް މާލު ލޫޓުވީމަ ކަންބޮޑުވެ އިންޔާ ބޯޓެއް ޖައްސައިގެން ކަންބޮޑު ވަނީކީއްވެތޯ؟ އުތުރު ކޮރިޔާއަކީވެސް މިނިވަން ގައުމެއް އެކަމަކު އެތަނުގެ ރައްތުން އެއުޅޭ ގޮތް އެގެނީމަދުބަޔަކައް! ޔާމީނު ވެރިކަންކުރި ނަމަ މިގައުމުވީހީ އުތު ކޮރިޔާފަދަ މިނިވަން ގައުމަކައް
ޝޮކްތެރަޕީ
09 September 2020
މީ ކިހިނެއްވާކަމެއްތަ؟. އިންޑިޔާ މިއުޅެނީ ހިތުހުރިގޮތަކައް މި ޤައުމުގަ.
ޑެޑު ފޯސް
09 September 2020
ޢެމް އެން ޑީ އެފް ގާ އުޅޭ އެބަ ގައްދާރުން . ޭ
މުގާބޭގެ ދަރި
08 September 2020
"ދެ ބޯޓާ އެކު އިންޑިއާގެ 15 ވަރަކަށް ސިފައިން އެ ރަށަށް ގޮސްފައިވާ ކަމަށެވެ" ބަލަ ގުނަން ވެސް މިސަރުކާރުގައި އުޅޭ މީހުންނަށް ނޭގެނީބާ؟ އަސްލު އަދަދު ނުބުނަން 15 ވަރަކަށް ކިޔަނީބާ؟ ގުނބޯ ސަރުކާރު!!!
ވަތަން އިސްކުރަންޖެހޭ
08 September 2020
މިކަމަކީ ވަރައް ދުރާލާ ރެވިގެން ކުރަމުންދާ ކަންތައްގަނޑެ. ރާއްޖޭގެ ރިޒާވްގަ ހުރި 800މިލަޔަން ޑޮލަރު ހުސްކޮއްލީ ކޮންކަމެއް ކޮއްގެންތަ؟ ކޮމްމެ އަހަރަކަ ކަނޑައަޅާ ބަޖެޓް ބޭނުން ކުރަންޖެހޭނީ 3މަސް ތެރޭ މުޅި ރާސްޖެ ދޮވެލީ މި ސަރުކަރު.
މަންޑޭލާ
08 September 2020
މިކަމުން ދިވެހިން އަރާ ގަނެވޭނީ އެމްމެން އެމްޑީޕީޔާ ދެކޮޅު ވެގެން. ޤައުމީޔަތެއް ނެއްބަޔަކާ ވެރިކަން ހަވާލު ކުރީމަ މިހެންވާނީ.
ހިލަބެ
08 September 2020
ގެނައީ ޑޮލަރުކަމަށް އެބަކިޔާ ޖައްވުގަ އެއަޑުހުރީގުގުމާފަ
މުހައްދަމަދު އަނިލް
08 September 2020
ސަރުކާރުގައި އާދޭސް މިދަންނަވަނީ ހެޔޮނުވާނެ މި މީހުން ރާޢްޖެއަށް ނާރުވާ..މިއޮތްގެން ރާއްޖެ ހިފަނީ ނާންގާތިބެ.. ކޮތަރަށް ހަނޑޫ އަޅފައި އަތުލައިގަންނަހެން... މިކަންމިގޮތަށް ވާކަމަށް ވާނަމަ، ޔަގީނުން ވެސް އަހަރުމެންގެ ވޯޓު އެމްޑީޕީން ގެއްލުނީ..ވަރަށް އާދޭސް ކުރެވިއްޖެ.. މިަކން ހުއްޓުވަދޭށޭ ކިޔާފަ.. ދެން އަހަރުމްނެވެސް ގޮތްނިންމާނަން.. ކިތަންމެ ވަރަށް ސިސްޓަމް އެކްސަސް އިންޑިޔާއަށް ދިނަސް މިފަހަރު އެމްޑީޕީ ފޭލްކުރާނީ ހަަމަ ވޯޓުން
1828
08 September 2020
އިންޝާﷲ. މިއީ އެމްޑީޕީއަށް ނޫނެކޭ ބުނަންވީ ވަގުތު.