ކޮވިޑާ ގުޅޭ ތަމްރީނުތަކެއް އައިޖީއެމްއެޗްގައި ކުރިއަށް ދަނީ
09 ސެޕްޓެމްބަރ 2020 - 19:37
ކޮވިޑް-19 ގައި ރާއްޖެއިން 30 ވަނަ މީހާ މިއަދު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެނިކޮށް އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. މިދިޔަ މާޗު 7 ގައި ރާއްޖެއިން ކޮވިޑް ބަލި ފެނުނު ފަހުން އެ ބަލީގައި 30 ވަނަ މީހާ މަރުވެފައިވަނީ މިއަދު ހަވީރު 6:25 ގަ އެވެ.
މިއީ އެ ބަލީގައި މި މަހުގެ ތެރޭގައި މަރުވި ދެ ވަނަ މީހާ އެވެ. މި މަހުގެ ފުރަތަމަ ދުވަހު ވެސް ކޮވިޑުގައި 79 އަހަރުގެ ފިރިހެނަކު މަރުވެފައި ވެ އެވެ. އޭނާއަށް ފަރުވާ ދެމުން ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ.
ކޮވިޑް ބަލީގައި ރާއްޖޭގައި ވެސް މަރުވަމުން ދަނީ އުމުރުން ދުވަސްވީ މީހުން ކަމަށް ވާއިރު، ހައި ރިސްކު މީހުންނަށް އެ ބަލި ޖެހޭތީ އެކަމުގެ ކަންބޮޑުވުން އެޗްޕީއޭ އިން މީގެ ކުރިން ވަނީ ފާޅުކޮށްފަ އެވެ. ރާއްޖެއިން ކޮވިޑުގައި މިހާތަނަށް މަރުވެފައިވާ ގިނަ މީހުންނަކީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ.
އެ ބަލި ޖެހުނު މީހުންގެ އަދަދު 8،714 އަށް އަރާފައިވާއިރު ބަލިން 6،157 މީހުން ރަނގަޅުވެފައި ވެ އެވެ. އެހެންވެ ކޮވިޑަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 2،554 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޓް ބްރޯ
09 September 2020
އުމުރުން ދުވަސްވީ މީހުންނަށް އިހުތިރާމް ކުރުމަކީ މާތް ސިފައެއް. ކިތަންމެ އާދައިގެ މީހެއް ނަމަވެސް އެމީހަކަށް ނިސްބަތްކޮށް މާތް ބަހުން މުޚާތަބުކުރުން ރަނގަޅު. މިގޮތުން މީހަކު މަރުވެއްޖެއޭ ބުނުމަށްވުރެ ނިޔާވެއްޖެއޭ ބުނުން ރަނގަޅު ޚާއްސަކޮށް ނޫސްވެރިން މިކަން ވިސްނާލަންޖެހޭ.
ޙަލީފާ
09 September 2020
31 ވަނަ މީހާ ވެސް މަރުވެއްޖެ! ޙ
އަހަންމާގެ ދޮންރަހާ
09 September 2020
ދެން ކުޅުދުއްފުށިން އެ މަރުވީ ކޮވިޑުގެ މީހެއް ނޫން ކަމަށްތަ ތި ނިންމީ. މިއީ ހާދަ ހެއްވާކޮށް މިކަން ކުރާ ބައެކޭ ދޯ
ހާނިމް
09 September 2020
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ