އިޒުރޭލާ އެކު ޔޫއޭއީ އާއި ބަހުރެއިނުން ގުޅުން ގާއިމްކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އެކު ވައިޓް ހައުސްގައި
16 ސެޕްޓެމްބަރ 2020 - 09:27
އިޒުރޭލާ އެކު ގުޅުން ގާއިމްކުރަން ޔޫއޭއީ އާއި ބަހުރެއިން އިން އެއްބަސްވުންތަކުގައި ސޮއިކުރުމަކީ "މެދު އިރުމައްޗަށް އާ ފަތިހެއް"ގެ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް ސިފަކުރައްވައިފި އެވެ.
ވައިޓް ހައުސްގައި އިއްޔެ ބޭއްވި ހާއްސަ ހަފުލާއެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ މިއީ ތާރީހީ ފިޔަވަޅެއް ކަމަށެވެ. އަދި އެ ތިން ގައުމުން ވެސް އެކަން ސިފަކުރީ އެގޮތަށެވެ.
މިއީ 1948 ގައި އިޒުރޭލް އުފެދުނު ފަހުން، ގުޅުން ގާއިމްކުރަން އިޒުރޭލާ އެކު ސޮއިކުރި އަރަބި ތިނެއް އަދި ހަތަރު ވަނަ ގައުމެވެ. އޭގެ ކުރިން އިޒުރޭލާ އެކު ސުލްހައިގެ އެއްބަސްވުންތަކުގައި ސޮއިކުރީ މިސްރާއި ޖޯޑަން އެވެ.
ޓްރަމްޕް ވިދާޅުވީ އެހެން ގައުމުތަކުން ވެސް މި މަގުން ހިނގާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އެކަމަކު ފަލަސްތީނުގެ ލީޑަރުން ވިދާޅުވާ ގޮތުގައި، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް އައުމުގެ ކުރިން ވަކިވަކި އަރަބި ގައުމުތަކުން އިޒުރޭލާ އެކު ގުޅުން ގާއިމްކުރުމަކީ "ބޭވަފާތެރިވުމެ"ވެ.
މެދު އިރުމަތީގެ ގައުމުތަކުން ކުރިންސުރެ ގެންގުޅެމުން އަންނަ ސިޔާސަތަކީ، ފަލަސްތީނުގެ މިނިވަން ގައުމެއް އުފެދުމުގެ ކުރިން އިޒުރޭލާ އެކު ގުޅުން ގާއިމްނުކުރުމެވެ.
އިޒުރޭލާ އެކު ޔޫއޭއީ އާއި ބަހުރެއިން އިން ސޮއިކުރި އެއްބަސްވުމުގައި ހުރި ކަންކަމުގެ ތަފުސީލެއް ހާމައެއްނުކުރެ އެވެ. އެކަމަކު އެމްބަސީތައް ހުޅުވުމާއި ވިޔަފާރި އާއި ދަތުރުފަތުރުގެ ގުޅުންތައް ގާއިމްކުރުން، މައިގަނޑު ކަންކަމުގެ ތެރޭގައި ހިމެނޭނެ އެވެ.
އިޒުރޭލާއި ޔޫއޭއީއާ ދެމެދު ފުރަތަމަ ފަހަރަށް މިހާރު ވަނީ ވައިގެ ދަތުރުތައް ފަށައިފަ އެވެ.
"އެތައް އަހަރަކަށް ދެމިގެން ދިޔަ ހަމަނުޖެހުންތަކާއި ބައިބައިވުންތަކަށް ފަހު، އަހަރެމެން މި ފާހަގަކުރަނީ މެދު އިރުމައްޗަށް އާ ފަތިހެއްގެ އަލިވިލުން،" ޓްރަމްޕް ވިދާޅުވި އެވެ.
"އަހަރެމެން އެންމެން މިއަދު މި ތިބީ ތާރީހު ބަދަލުކުރުމުގެ މަސައްކަތުގައި."
އިޒުރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ "މިއީ ސުލްހައަށް ވެސް އާ ފަތިހެއް" ކަމަށެވެ.
އެކަމަކު ފަލަސްތީނުގެ ލީޑަރު މަހަމޫދު އައްބާސް ވިދާޅުވި ގޮތުގައި މެދު އިރުމައްޗަށް ހަމަޖެހުން ގެނެވޭނެ ހަމައެކަނި ގޮތަކީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން އިޒުރޭލް ފޭބުމެވެ.
"އިޒުރޭލްގެ ވެރިވެގަތުން ނުނިމޭހާ ހިނދަކު ސުލްހަ އާއި ހަމަޖެހުމާއި ރައްކާތެރިކަމެއް ނުލިބޭނެ އެވެ،" ތިން ގައުމުން އެއްބަސްވުންތަކުގައި ސޮއިކުރި ފަހުން ނެރުއްވި ބަޔާނެއްގައި އައްބާސް ވިދާޅުވި އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ދަނިކޮށް ގާޒާ އިން އިޒުރޭލަށް ދެ ރޮކެޓް ފޮނުވާލި ކަމަށް، އިޒުރޭލްގެ ސިފައިން ބުނެ އެވެ.
ޔޫއޭއީ އާއި ބަހުރެއިންގެ ނިންމުންތަކާ އެކު ގިނަ ބައެއްގެ ލޯ މިހާރު އަމާޒުވެފައި ވަނީ މެދު އިރުމަތީގެ އެންމެ ވަރުގަދަ ގައުމު، ސައުދީ އަަރަބިއްޔާ އަށެވެ. މިހާތަނަށް ސައުދީން ބުނަމުން އަންނަނީ އެފަދަ ނިންމުމަކަށް ދާން އަދި ތައްޔާރު ނޫން ކަމަށެވެ.
އިޒުރޭލާ އެކު ސަލާމަތީ އެއްބަސްވުންތަކެއް ފެނުމުގެ ފުރުސަތު މިހާރު ބޮޑެވެ. އީރާނާ ދެކޮޅަށް އިޒުރޭލުން ގެންގުޅޭ ސިޔާސަތަށް މެދު އިރުމަތީގެ އަރަބި ގައުމުތަކުގެ ތާއީދު އޮވެ އެވެ. އެހެންކަމުން އިޒުރޭލާ އެކު ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެއް، ކުރިއަށް އޮތް ތަނުގައި ފެނުމުގެ ފުރުސަތު ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީއެސްއެމްގެ ސިޔާސީރައިވަރު
17 September 2020
ޓްރަމްޕްކައިރީ ބުނަން ބޭނުންވަނީ އާފަތިހަކީ މިހާރު އެއްވެސް ބަޔަކު ކިޔާ ނޫހެއް ނޫނޭ، މިހާރު ހިނގަނީ "މިހާރު" ސަން. އަވަސް ފަދަ ނޫސްތައް، މެދު އިރުމަތީ މީހުންނަށް އާފަތިހެއް ބޭނުމެއްނޫން، ތިޔަ އުޅެނީ ގަލްފުގެ ގައުމުތަކާ އީރާނާ ހަނގުރާމަކުރުވައި އޭގެ ފައިދާ އިޒުރޭލާ އެމެރިކާއިން ހޯދަން، އާޚިރުގައި ސުންނާފަތިވާނީ މުސްލިމު ދައުލަތްތައް
ޙިނި
16 September 2020
އިރު އަތުލެވޭތޯ ދުވާ ރޭހެއްމީ. ދުވެދުވެ ހުއްޓާ އަނެއްދުވަހު އިރު އަރައިނެން ފަހަނައަޅާ ވެސްދާނެ
ކޮތަރު
16 September 2020
އީރާނަށް ހަމަލަދޭން މަގުކޮށަނީ..
އުދުހޭ
16 September 2020
ފަތިހުވެސް ރޭގަނޑުވެސް ދުވާލުވެސް މުސްލިމުންނަށް ތިޔަދަނީ އަނިޔާ ދެމުން އަދި އެކަމަށް ސަޕޯޓްދީ ހަތިޔާރު ދެމުން.
ދަރަނި ދަންތުރަ
16 September 2020
1 ޑޮލަރ 19 ރުފިޔާ 1 ކިލޯ ހަކުރު 16 ރުފިޔާ ބާރަށް އަތްޖަހާ..
ރޫހާނީ ލީޑަރ
16 September 2020
އަދި މަޑުކުރޭ ޓުރަމްޕް! 2023 ވަނަ އަހަރަކީ އޮށްޓަމަން އެމްޕަވަަަރ އަދި ވޯލްޑްވާރ-1 ކާމިޔާބު ކުރި ޔޫރަޕްގެ ބާރުތަކާ އެކު ސޮއިކުރެވުނު އެއްބަސްވުން ނިމޭ އަހަރު. ޕަލެސްތީންގެ ރައްޔިތުންގެ ދިފާއުގަ މުސްލިމުން ނުކުންނާނެ ދުވަސް ކާރިވަނީ.. މެދު އިރުމަތީގަ ތިބި ރަސް ރަސްކަލުންނަށް ޓަފް ދުވަސްތަކެއް 2023 ގެ ފަހުން އަންނާނެ ކަމީ ޔަގީން ވާ ކަމެކެވެ.
ކެޔޮނިރު
16 September 2020
މިއީ އިރާނު އެކަހެރި ކުރުމަށް އަރަބިން އަލިކުރާ މަގެއް.
ކޮރަލް
16 September 2020
ޔޫއޭއިން އެފް35 ގެ މަތިންދާ ބޯޓް ހޯދުމުގެ ބޭނުމުގަ ވި އެއްބަސް ވުމެކެވެ. ޓްރަމްޕް ބޭނުންވަނީ ކޮންމެ ގޮތެއްހަދާފަވެސް އިންތިހާބު ކާމިޔާބު ކުރާށެވެ. 538 އެލެކްޓޯރަލް ވޯޓް ލިބުމުން އާއްމުންގެ ވޯޓް ނުލިބުނަސް އެމެރިކާގެ ރައީސްކަން ލިބޭނެ އެވެ. އެމެރިކާގެ އިގްތިސާދު ބޭންކް ތައް ފަދަ ތަންތަން ކޮންޓްރޯލް ކުރަނީ ޔަހޫދީންނެވެ. ޔަހޫދީންގެ ތާއީދު ނެތި އެމެރިކާގެ ވެރިކަމަށް އައުމަކީ ދުރު ކަމެކެވެ.
ރަދީފްއޮފިޝިއަލް
16 September 2020
ލެއިން ތަތްތެޅިފައިވާ އަތްތަކުން ގާއިމްކުރެވޭނެ ސުލްހައެއް ނޯންނާނެ.ފަލަސްތީން ނުހިމަނާ ސޮއިކުރާ އެއްވެސް އެއްބަސްވުމެއް އެއީ މެދުއިރުމަތީގެ ސުލްހައިގެ އެއްޗެއް ކަމުގަ ދުނިޔެ އެންޑޯޒްނުކުރާނެ.ޖެރަޑް ކުޝްނަރ ސުޕާރީ ދީގެން މެދުއިރުމަތީގެ 03 ވަނަ ޑިވިޝަންގެ ގައުމުތައް ހައްލާލައިގެން ތިހެން ސޮއިކުރާ އެއްބަސްވުންތައް އެއީ ކަނޑުގަ އަޅާ ލެވޭ ރޮނގެއް ފަދަ އެއްޗެއް.ޓްރަމްޕް 02 ވަނަ ދައުރެއް ހޯދަން ޖަހާ ސަކަރާތް ވަރަށް ރަނގަޅަށް ބަލަން މަމެން މިތިބީ.ވ.ވެދުން.
އަހަންމާބެ
16 September 2020
ޔަހޫދީންނަށް ޢީދެއް! މުސްލިމުންނަށް ހިތާމައިގެ ކަޅު ދުވަސްތަކެއް! ސިކުނޑީގައި ތެތްކަމެއްނެތް އަމިއްލަ އެދުމުން ފޯވެފައިވާ މުސްލިމު އުންމަތުގައި އުޅޭ ޣައްދާރުންގެ ސަބަބުން މިއަދު އުންމަތަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި މުސްލިމު އުންމަތުގެ އެންމެހާ ރައްޔިތުން އަތުކުރި އޮޅާލައި އެފަދަ ޣައްދާރުންނަށް ނޫނެކޭ ބުންޖެހޭ.
ޖަމީލުބެ
16 September 2020
ނޫނެކޭ ބުނެވޭނީ ވޯޓް ކަރުދާހެއް ދޭނަމަތާ!
Hi there
16 September 2020
ނުގުޅި އޮތަސް ވީ ފައިދާއެއް ނެތް ގުޅުނީމަ ވާ ގޮތެއް ވެސް އެނގިދާނެތާ