ޚަބަރު / ކޮރަޕްޝަން

އޮޑިޓް ހަދާފައި އޮތީ ރަނގަޅަށް ނުބަލާ: އެންޑީއެމްއޭ

ކަރަންޓީނު ފެސިލިޓީއަކަށް ގެންގޮސްފައިވާ ކާއެއްޗެހި -- ފައިލް ފޮޓޯ

ކޮވިޑް-19އާ ގުޅިގެން ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކުރި ހަރަދުތައް ބެލުމަށް އޮޑިޓް އޮފީހުން އޮޑިޓް ހަދާފައި ވަނީ ރަނގަޅަށް ނުބަލާ ކަމަށާއި، އޭގައި ބައެއް މައުލޫމާތުތައް ހިމަނާފައި ނުވާ ކަމަށް ބުނެ އެންޑީއެމްއޭއިން އޮޑިޓް ރިޕޯޓު ދޮގުކޮށްފި އެވެ.

ކޮވިޑް-19އާ ގުޅިގެން އެންޑީއެމްއޭއިން ކޮށްފައިވާ ހަރަދުތައް ބެލުމަށް ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓުގައި ވަނީ އެ އޮތޯރިޓީން ކުރި މަސައްކަތްތަކުން ހަ މައްސަލައެއް ފާހަގަކޮށް ތަފްސީލްކޮށްފަ އެވެ. އޭގެ ތެރޭގައި ލިޔެކިޔުމުން އެނގެން ނެތް ފައިސާގެ އަދަދުތަކަކާއި، މި ނޫން ވެސް ގިނަ އަދި ބޮޑު ހަރަދުތަކެއް ހިނގާފައިވާ ކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން

- އެކޮމަޑޭޝަން ހަމަޖެއްސުމުގެ މައްސަލަތައް

- ފެސިލިޓީތަކަށް ކެއިން ބުއިން ފޯރުކޮށްދިނުމުގެ މައްސަލަތައް

- ހިލޭ އެހީގައި ލިބުނު ތަކެތީގެ ސްޓޮކް ރިކޯޑެއް ނެތުން

- އަމިއްލަ މީހެއްގެ ބިމެއްގައި މެޑިކަލް ފެސިލިޓީ އިމާރާތްކުރުން

- އޯޑަރުކުރި ތަކެތި ލިބުނުކަން ކަށަވަރު ނުކޮށް ލިސްޓުކުރުން

- ގަވާއިދާ އެއްގޮތަށް ހަރުމުދަލުގެ ރިކޯޑުތައް ބަލަހައްޓާފައި ނެތުން

މިކަމާ ގުޅިގެން އެންޑީއެމްއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮތޯރިޓީން ވަނީ ރިޕޯޓުގައިވާ ގިނަ ކަންކަން ދޮގުކޮށްފަ އެވެ. ހިސާން ވިދާޅުވީ އޮޑިޓް ރިޕޯޓް ނެރެފައި ވަނީ ބައެއް މައުލޫމާތު ނުލާ ކަމަށާއި، އެފަދަ ގޮތަކަށް ރިޕޯޓް އޮތީތީ ހިތާމަކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ އޮޑިޓް ފެށުމުގެ ކުރިން ވެސް އެ އޮތޯރިޓީގެ މަސައްކަތް ހުރި ގޮތް ބަލާލުމަށް އޮޑިޓް އޮފީހަށް ލިޔެކިޔުމުން ދައުވަތު ދެއްވާފައިވާނެ ކަމަށެވެ. ނަމަވެސް އެ އޮފީހުން ދައުވަތު ބަލައިގެންފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"އޮޑިޓް ރިޕޯޓު މިފަހަރު ނެރެވިފައި މިއޮތީ އެންމެ ފުރިހަމަކޮށް، ބަލަންޖެހޭ ކަންކަން ރަނގަޅަށް ބެލުމަށް ފަހުއެއް ނޫން،" ހިސާން ވިދާޅުވި އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ހަ މައްސަލައަށް ވެސް އިޝާރާތްކުރައްވައި އެއިން ކޮންމެ ކަމެއްގެ ތަފްސީލް ދެއްވަމުން ހިސާން ވިދާޅުވީ އެ ހުރިހާ ކަމެއްގެ ފުރިހަމަ މައުލޫމާތާއި ލިޔެކިޔުންތައް އޮޑިޓް ކުރިއަށް ދަނިކޮށް އެ އޮފީހާ ހަވާލުކޮށްފައި ވާނެ ކަމަށެވެ.

ނަމަވެސް އޮޑިޓް އޮފީހުން ނެރެފައިވާ މި ރިޕޯޓަކީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކޮށްފައިވާ ހަރަދުތަކާއި ލިޔެކިޔުންތަކަށް ބިނާކޮށް ނެރެފައިވާ ރިޕޯޓެއްކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

34 ކޮމެންޓް, 46 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 7%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

211111

17 September 2020

ކާއްއެއްޗެހީގެ ފެންވަރު ވަރައްދައް ..... ތީ ގަ ރަހަބެލި ފަރާތްތަކުން އެބުނަ މުޔން އެދަނީ ...

The name is already taken The name is available. Register?

16ރިފިޔާ

17 September 2020

ހެހެހެ. ލަދު ކޮބާ

The name is already taken The name is available. Register?

ކަލޯކަލޯ

17 September 2020

އަވަހަށް ސަސްޕެންޑް ކޫރޭ

The name is already taken The name is available. Register?

ރާގުބަދަލުކުރޭ123

17 September 2020

ބައެެއް ކޮމެންޓަރޭމެނަށް ހީވަނީ، އޯޑިޓް އޮފީހުން މައްސަލަނަގާ ކޮންމެފަހަރަކީ ވައްކަމޭ. ޢެއޮފީހުން ނަގާ ގިނަ މައްސަލަތަކަކީ މުއައްސިސާތަކުން ބަލަންވާވަރަށް ނުބެލި ކުރެވޭ ކަންކަން. ވައްކަމަކަށް ނުވިޔަސް ޒިންމާވާން ޖެހޭނެ. ދެންބުނަން ބޭނުންވަނީ ހާލަތަށްވެް ވިސްނަންޖެހޭނެ. ކޮރޯނާ ވައިރަހާއި، ސުނާމީ އަރައިގެން ދާދުވަހެއްގައި، ތި ބިއުރޮކްރިޓިކް ސިސްޓަމްގެ ބޭރުން ކަންތައްތައް ވެދާނެ. ރާޅުބޮލަށް ބިންދާލާއިރު، ކޮންޑިއު ޑިލިޖެންސެއް އޮންނާނީ؟

The name is already taken The name is available. Register?

ހަކީމް

17 September 2020

މީދެން ކިހާ ހެއްވާ ކަމެއް. އޮޑިޓް ރިޕޯޓެއް ނެރޭ ކޮންމެ ފަހަރަކު އެބަޔަކު ޕީއާރު ޖައްސާފަ ... އޮޑިޓް ހަދާފައި އޮތީ ރަނގަޅަށް ނުބަލާ ، ލާރި އަނބުރާ ހޯދާފިން ، އެކަން ކުރެވިފަ އޮތީ އޮޅިގެން ، އެކަން ކުރީ ހެޔޮނިޔަތުގައި ... އެހިސާބުން އެނިމުނީ. މިދައްކަނީ ދެރުފިޔާ ބައިގެ ވާހަކަ އެއް ނޫން މިދައްކަނީ ރަށްޔިތުންގެ ޓެކްސް ލާރިން އެތަކެއް މިލިޔަން ރިފިޔާގެ ވާހަކަ.

The name is already taken The name is available. Register?

ޓޯކީ

17 September 2020

ޔާނު ވެސް ބުނަނީ ވައްކަމެއް ނުކުރަމޭ. ވައްކަންކޮށްފައި އޮޅުވާލާފައި ވައްކަން ކުރިތޯ ބަލަން ކުރާ އޯޑިޓްގައި ވައްކަން ކުރިކަން ސާފުކޮށް ފަޅާއެރީމާ އެއީ ގޯސްކޮށް ކޮށްފައިވާ އޯޑިޓޭކޭ ބުނާނެކަމީ އެންމެނަށް އެނގޭ ކަމެއް. ކާކު ބުނާނީ ތިމަންމެން ފޮރުވައިގެން ކުރި ވައްކަން އެއޮތީ ފަޅާ އަރާފައޭ. ރައްޔިތުން ގޭގައި ބަންދުކޮށްފައި ކުރީ ވައްްކަން. ގާތުން ބެލީމޯ އެކަމަކު އޭނަ ހިސާބުޖަހަނީ 1 × 1 =2 ކަމަށް ދެން ގައުމަށްވާނީ ކިހިނެއް.

The name is already taken The name is available. Register?

ޕީއެސްއެމްގެ ސިޔާސީރައިވަރު

17 September 2020

ރަނގަޅަށް ބެލިނަމަ އަދި ކިހާ ވައްކަމެއް ފެންނާނެދޯ

The name is already taken The name is available. Register?

ފަހުދު

17 September 2020

ރަންގަޅައް ބަލައިގެން ރިޕޯޓު ހެދިނަމަ އަދި ކިހާ ވައްކަމެއް ކޮއްފަ އޮތްކަން އެންގޭނެބާ؟

The name is already taken The name is available. Register?

ޢައްޓަމަސް

17 September 2020

ކޮބާ ލައްކަތާކްޖެހުނު ދުވަހަކުވެސް ރަންގަނގަޅު އެއްޗެއްނެރެވިފަކާނެތް އަބަދުވެސް މިފެންނަނީ ރިޕޯނެރުނުމީހުން ގޯސްވާތަން ކުރީގަ ކޮންމެކަމެއްވެސް ގޯސްވިޔަސް ޔާމިނު މިހާރު ކަމެއް ގޯސްވެއްޖެއް އޮޑިޓަރ

The name is already taken The name is available. Register?

ޔާމީނޭ

17 September 2020

ޚުދު މުޚުތާރު ދުވަސްވަރު މުއައްސިސާތަކުން ކުރެވޭ އެއްމެ ގޯސްކަމުގެ ވާހަކަބުނެލިޔަސް، ބުނިމީހާ ޖަލަށް ނުވަތަ ވަޒީފާއިން ވަކި. މިހާރުވިއްޔާ ވެރިންނާ ސުވާލުކުރެވި، ގޯސްކަމަށް ވަންޏާ ސަސްޕެންޑްކުރެވޭ. އަދިވެސް ރަގަޅުވާން ޖެހޭނެ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

17 September 2020

އޮޑިޓް ހަދާފައޮތީ ރަނގަޅަށް ބަލާފަ.އަދި ބޮޑަށް ބެލިނަމަ އޮރިޔާން ނިވާ ނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454