17 ސެޕްޓެމްބަރ 2020 - 13:44
ވީޑިއޯގޭމްތަކަށް ލޯބިކުރާ މީހުން އިންތިޒާރު ކުރަމުން އަންނަ ޕްލޭޝަން އަންނަ ނޮވެމްބަރު މަގުގެ 12 ގައި ނެރެން ނިންމައި، އަގުތައް އިއުލާންކޮށްފި އެވެ.
އާ ކޮންސޯލްގެ ދެ ވާޝަނެއް ނެރޭ އިރު ބުލޫރޭ ޑްރައިވްއަކާ އެކު ނެރޭ ސްޓޭންޑާޑް ވާޝަންގެ އަގަކީ 499 ޑޮލަރެވެ. އަދި ޑިޖިޓަލް އެޑިޝަންގެ އަގަކީ 399 ޑޮލަރެވެ.
See you in November! pic.twitter.com/CjrQ65rJ5a
— PlayStation (@PlayStation) September 16, 2020
ޕްލޭސްޓޭޝަން ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ފުރަތަމަ ނެރެން ނިންމާފައި ވަނީ އެމެރިކާ އާއި ކެނެޑާ އާއި ޖަޕާނާއި މެކްސިކޯ އާއި އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑްގެ އިތުރުން ދެކުނޮ ކޮރެއާގަ އެވެ. އަދި އެހެން ގައުމުތަކަށް ނެރޭނީ ނޮވެމްބަރު މަހުގެ 19 ގަ އެވެ.
ޕްލޭސްޓޭޝަން ނެރޭ ސޮނީން ބުނީ ޗައިނާގެ މާކެޓަށް ޕީއެސް 5 ނެރޭނެ އިރަކާ ދޭތެރޭ އަދިވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
ޕީއެސް 5 ގައި ގިނަ އަދަދެއްގެ ގޭމް ކުޅެވޭ އިރު އެ އަދަދު މިހާރު 118 އަށް އަރަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިމިޑްސްޓީން
18 September 2020
އިންސްޓޯލްމެންޓަށް ލިބެނިކޮށް ގަނެވިދާނެ އެހެން ނޫނީ އަށެއްކަ ހާސް ރުފިޔާ އެއްފަހަރާ ދައްކާފަ ހިޔެއްނުވޭ ގަނެވޭނެ ހެނެއް .
ސަބާޙް
17 September 2020
ރާއްޖެއިން ގަނަން ލިބޭނީ 14000.ރުފިޔާއަށް ކަންނޭގެ
ހޯރަ
17 September 2020
އަތުގަ ލާރިނެތަސް އަންނަ އިރަށް ހުސްކޮށްލާނެ.މީ ދިވެހިން.
ސަންޕަދަރި
17 September 2020
އަތުގަނެއް ލާރިއެއް, ތިޔަ ޕީއެސް5 ގަންނަން ފޮރުވާފަ އިން 500 ޑޮލަރު އެކަނި އޮތީ.
ސަންރައިޒް
17 September 2020
އަތުގަ ލާރި ނެތޭ ކިޔަސް ބަލަން ތިބޭތި އެންމެ ފުރަަތަމަ މިގަންނަން ދުއްވައިގަންނާނީވެސް ހަމަ ލާރިއެއްނެތޭ މިކިޔާ ދިވެހިން
އަބޫބަކުރުބެ
17 September 2020
ބަލަ މިދުވަސްކޮޅު ތީއްޗިހި ހަދާނެކަމެއްނެތޭ. އަތަކު ލާރިއެއްނެތޭ.