ޝީ ބިލްޑިންގުގައި ރޭ ބޭއްވި ބައްދަލުވުމުގައި އުމަރު ވާހަކަ ދައްކަވަނީ.--ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
28 އޮކްޓޯބަރ 2016 - 06:55
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ދިގު މުއްދަތުގެ ޓެރަރިޒަމް ހުކުމް އިއްވާފައި ވަނީ އަދުލުވެރިކަމާ އެކު ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ދެ ފަޅިވެ، އެ ޕާޓީގެ ފަސް ވަނަ އަހަރީ ދުވަސް ޕީޕީއެމް އޮފީހުގައި ފާހަގަކުރުމަށް ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުޅުއްވުމުން، ފުލުހުން ހުރަސް އެޅުމާއެކު، ޝީ ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތުގައި އުމަރު ވިދާޅުވީ ސަރުކާރާ މެދު ހިތްހަމަ ނުޖެހެނީ ނަޒާހަތްތެރިކަން ނެތިވެ އިންތިހާ އަށް ކޮރަޕްޝަން ބޮޑުވެ އަދުލުވެރިކަން ގެއްލިފައިވާތީ ކަމަށެވެ. އަދުލުވެރިކަން ދޫކޮށްލާފައިވާ ކަމުގެ ސާފު ބޮޑެތި މިސާލުތަކެއްގެ ގޮތުގައި އުމަރު ނެންގެވީ ސިޔާސީ ލީޑަރުންނަށް އިއްވާފައިވާ ހުކުމްތަކެވެ.
މި ހުކުމްތައް އިއްވީ، އުމަރު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ނަމަވެސް އޭރު މި ހުކުމްތަކުގެ އަދުލުވެރި ކަމާ ގުޅޭގޮތުން އުމަރު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އެކަމަކު މަގާމުން އިސްތިއުފާ ދެއްވި ފަހުން، ފާޅުކަން ބޮޑު ގޮތެއްގައި ފުރަތަމަ ފަހަރަށް ރޭ އުމަރު ވަނިީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ސަރުކާރުގެ އަދުލުވެރިކަން ގެއްލިފައި އޮތް މިންވަރުގެ މިސާލު ޖައްސަވައި އެއް ކަމެއްގެ ގޮތުގައި އުމަރު ފާހަގަ ކުރެއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ހުކުމެވެ.
ނަޝީދާއި ނާޒިމް: ދެ ބޭފުޅުންގެ ހުކުމް އަދުލުވެރި ނޫން ކަމަށް އުމަރު ރޭ ވިދާޅުވި.
މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި އުމަރު ވިދާޅުވީ ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ހުކުމެއް ނުކުރެވޭނެ ކަމަށެވެ. ގަވާއިދާ ހިލާފަށް މީހަކު ހިފެހެއްޓުމުގެ އަދަބަކީ ދެ އަހަރު ނުވަތަ ތިން އަހަރަށް ޖަލަށް ހުކުމް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އޭނާގެ ގެއިން ފެނުނު ކަމަށް ބުނާ ފިސްތޯލައިގައި ނާޒިމްގެ އިނގިލީގެ ނިޝާނާއި އޭނާގެ ޑީއެންއޭ ނެތް ކަމަށް ވިދާޅުވި އެވެ. އެ ފިސްތޯލައިން ފެނުނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"އެ ޑީއެންއޭ ހޯދީ ދިވެހި ދައުލަތުގެ ފުލުހުން. ފުލުހުން ހޯދައި ދިވެހި ދައުލަތުގެ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ވެސް އަދިވެސް މި އުޅެނީ އަދުލުވެރިކަމާ އެކު ހުކުމެއް ނުކޮށްގެން،" އުމަރު ވިދާޅުވި އެވެެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް އަދުލުވެރި ވެރިކަމެއްގައި އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ނުކުރެވޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. ސަބަބަކީ، އުމަރު ވިދާޅުވި ގޮތުގައި، އިމްރާނަކީ އެއްވުމެއްގެ ތެރެއިން މަސްލަހަތު ނަގައިލި ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށާއި އެއީ ޓެރަރިޒަމްގެ އަމަލެއް ނޫނެވެ.
އެއްވުމެއްގެ ތެރެއިން މަސްލަހަތު ނަގައިލި މީހެއްގެ ހުކުމަކީ ހަ މަސް ދުވަސް ކަމަށް އުމަރު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ވަޑައިގެންނެވި އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް އިމްރާނާ ބައްދަލުކުރައްވަނީ. --ފޮޓޯ: އަދާލަތު ޕާޓީ
"އަޅުގަނޑުމެން މި ވަކާލާތު ކުރަނީ އަދުލުވެރިކަމަށް. ޕީޕީއެމަކީ އަދުލުވެރި، ނަޒާހަތްތެރި ވެރިކަމެއް ކުރާ ޕާޓީއަކަށް ވުމަށް،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭގޮތުން ވިދާޅުވީ އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތާއި އެހެން ވެސް ކޮރަޕްޝަނުގެ އަމަލުތައް ސަރުކާރުން ހިންގީ، އެފަދަ ކަންކަން ހުއްޓުވަން މައުމޫން އެދިވަޑައިގެންފައި ވަނިކޮށް ކަމަށް އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މައުމޫން ފެކްޝަނާ ދެކޮޅަށް ޓީވީތަކަށް އަރާވަޑައިގެން ވާހަކަ ދައްކަވާ ބޭފުޅުންގެ ފަތިފުށަށް ބަލައިލުމުން، ބައެއް މެމްބަރުން ދިރިއުޅުއްވަނީ ލިބޭ މުސާރަ އިން އެކަނިތޯ ސާފުވާނެ އެވެ.
ޕީޕީއެމްގެ ސަރުކާރަކުން "ކަތި ފިޔަވަޅު ތަކެއް" އަޅާތީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި، ސަރުކާރު ހަމަ މަގަށް އެޅުވެން ހުރި ހުރިހާ ގޮތްތަކަކަށް ޕާޓީގެ ރައީސް މައުމޫން މަސައްކަތްޕުޅު ކުރެއްވި ކަމަށް އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅިވި ގޮތުގައި ރައީސް ޔާމީނަށް ކުރެއްވި ތާއީދު މައުމޫން އަނބުރާ ގެންދެވުމަށް ވުރެން ވަކިން ބޮޑު "ބޮމެއް" މި ސަރުކާރުގެ މައްޗަކަށް ނާންނާ އެވެ. މައުމޫން ތައީދު ގެންދެވުމާއެކު، 2018 ގެ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ނުވާނެ ކަން ޔަގީންވެފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.
"މިރޭ [ރޭ] ޖެހިގެން އެ ދިޔައީ ސިއްކައެއް 2018 ކާމިޔާބު ނުވާނެ ކަމަށް،" އުމަރު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ގޯސްކޮށް ކަންކަން ދިޔަ ނަމަވެސް، ތަރައްގީ ކުރިއަށް ދާ ކަމަށް ބުނެ ހުރިހާ ކަމަކަށް އެއްބަސްވެ މަޑުން ތިބެގެން ނުވާނެ އެވެ. ބްރިޖް އެޅުމާއި މަގު ހެދުން އަދި ފަޅު ފުންކުރުމަކީ ކޮރަޕްޝަނަށް އޮތް ލައިސަންސަކަށް ހަދައިގެން ނުވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ކޮރަޕްޝަނަށް އޮތް ލައިސަންސެއް ނޫން ތަރައްގީގެ ކަން ކަމަކީ. ސަރުކާރަކުން ގެންދަން ޖެހޭނެ ތަރައްގީގެ ކަންކަން. އެ ކަމަށް ސަރުކާރެއް އަންނަނީ. އެކަމަކު ސަރުކާރަކަށް ނޯންނާނެ ނަޒާހަތްތެރިކަން ދޫކޮށްލާކަށް، އަދުލުވެރިކަން ދޫކޮށްލާކަށެއް،" އުމަރު ވިދާޅުވި އެވެ.
ޕީޕީއެމް ދެ ފަޅިވީ ރައީސް ޔާމީނާއި ރައީސް މައުމޫނާ ދެމެދު އުފެދުނު މައްސަލަތަކުގަ އެވެ. އެ މައްސަލަ ކޯޓަށް ސިވިލް ވެއްދުމުން ޕާޓީ ހިންގުން މުސްތަޝާރު ރައީސް ޔާމީނާ ވަނީ ހަވާލުކޮށްފަ އެވެ. ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ނިންމީ އެ ހުކުމް ރަނގަޅު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާސްނުވާ ޑރ
29 October 2018
މީނަބުނީ އެމް ޑީ ޕީ މީހުން(އާންމު މެންބަރުން) މުޒާހަރާ ކުރާވަރަކަށް ދާނީ ފައިވާން އިން ފުލޭ ބުނިވާހަަ އަޑު އެހިން..... ދެންމިތާ އޮންނާނީ އެމް ޑީ ޕީ ވެރިކަމެއް.. ހަޖަމް..
ދެރަ މީހާ
22 August 2018
މާފަންް އެދޭ އުމަރު ރަޔިތުން ކިބައިން. ގޯސް ހެދިއްޖެ ކަލެ އަށްވެސް
ގާރީ
28 October 2017
އެއޮތީ ކޮއްފަ.
ކްރިޓިކަލް
29 October 2016
ފުރަތަމަ ފަހަރައް އުމަރު އަންނިއާ އެއްކޮޅައް ބަސް މި ބުނީ... ކުރީގަ ހުންނަނީ ބޮޑާހާކާފަ... ތޮޅިއައް ދިޔައީމަވެސް ބައި އަތު ނުހިފާން ވެގެން....
ހީހީ ހަލާކު
29 October 2016
އުމަރު ތައްޔާޜޫވޭ 30 އަހަރުގެ ހުމަކަށް ކާލާމަންނަ މިޔޮތީ ....
މަރި
28 October 2016
ކަލޯ މިޔަދުތަ ތިވާހަކަދަށް ތިިދަށްްކަނީި
ދެންދޯ
28 October 2016
ހަރުގަނދޭ މިކިޔަނީކީކޭތައް؟
އަނގަ އުމަރު
28 October 2016
އުމަރާ މިހާރު ކުއްލިއަކަށް ކޮން އަދުލު އިންސާފެއް ހަނދާންވެގެން ތިއުޅެނީ ކުރިން ޔާމީނުހާ ނުބައި މީހެއްނެތް ފަހުން ޔާމީނުހާ ރަނގަޅު މީހެއްނެތް އަނެއްކާ ޔާމީނު ގޯސްވީ ބަލަގަ މި ހުރިހާ ހުކުެއް ކުރިއިރު ހޯމްމިނިސްޓަރަކަށް ހުރީ އުމަެއް ނޫންތޯ؟؟ މިއަދު އަރާ ތިހެން ދައްކާ ޑުރާމާޔަކަށް ނުހއްލޭނެ އިނގޭތޯ!!
އފީ
28 October 2016
އަަފީ ކޮމެން ޓުޖެހީމާ ރިޕުލޭނާންނަނީކީވެގެންތޯޯ؟
ޙދ މީހާ
28 October 2016
އުމަރާ މާކުރިން ތިޔަފިލްމު ފެނިއްޖެ ނިމޭނެ ގޮތްވެސް އެނގިއްޖެ ތިޔަހެން އުޅެގެން ފައިވާން ފޫދާނީ ޔާމިނަކީ އުމަރާ އަޅާކިޔޭވަރައްވުރެ ހިތްވަރު ގަދަ ތައުލީމީ ބޭފުޅެއް ހދ އަތޮޅުގަ ދެއްކި ވާހަކަ ތަކުން 3 އަތޮޅުގެ ރައްޔިތުން ތިބީ އުފަލުން ޔާމިނު ފަހަތުގަ ތިހެން ގައުމު ފަސާދަކުރަން ނިކުތަސް އެފުރުސަތެއް ދެނެއް ނުލިބޭނެ އަބަދު ސަރުކާރު ބަދަލު ކުރުމުން ހުރިހާ ގެއްލުމެއް ރައްޔިތުންނައް އެމްޑީޕީ ސަރުކާރު ވައްޓާލީވެސް މުޅިންދޮގާމަކަރުން އެކަމުން އަރައިނުގަނެވިގެން މިދަނީ އަނެއްކާ ތަޅާފޮޅަން ފެށީ ހުއްޓާލާ އުމަރާ