ގާޒީ އިސްމާއިލް ރަޝީދު. -- ފޮޓޯ: މިހާރު
21 ސެޕްޓެމްބަރ 2020 - 12:30
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކަމުގެ ތުހުމަތު އޮތް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދައުވާތައް ބާތިލްކުރުމުން ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައި އެ މައްސަލާގައި ސަސްޕެންޑްކުރި ގާޒީ އިސްމާއިލް ރަޝީދު އަލުން ވަޒީފާ އަށް ނުކުންނަވައިފި އެވެ.
މި ސަރުކާރުން އެމްއެމްޕީއާރްސީގެ މައްސަލަ އަލުން ތަހުގީގުކޮށް އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލި އެވެ. ނަމަވެސް ތަހުގީގުގެ ތެރެއިން ކުށަށް އިއުތިރާފުވުމާ ބެހޭގޮތުން ދައުލަތާއި އަދީބާ ދެމެދު ހެދި އެއްބަސްވުން ގޯސް ކަމަށް ނިންމައި ގާޒީ އިސްމާއިލް ރަޝީދު ވަނީ އެ ހުރިހާ ދައުވާއެއް ބާތިލްކުރައްވައިފަ އެވެ. އެ ނިންމެވުމާ އެކު އަދީބު މިނިވަން ވުމުން ދައުލަތުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައި މިހާރު އަނެއްކާވެސް ހުންނެވީ ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން ޖަލުގައި ބަންދުކޮށްފަ އެވެ.
އަދީބުގެ ދައުވާތަކާ މެދު ގާޒީ އިސްމާއިލް ނިންމެވި ގޮތުގެ މައްސަލަ ޕީޖީ އޮފީހުން ޖޭއެސްސީއަށް ހުށަހެޅުމުން 60 ދުވަހަށް އޭނާ ސަސްޕެންޑްކުރީ ޖުލައި 19 ގަ އެވެ. އެއީ ފަނޑިޔާރުކަމުން ވަކި ނުކޮށް ސަސްޕެންޑްކުރެވޭނެ އެންމެ ދިގު މުއްދަތެވެ.
ގާޒީ ސަސްޕެންޑްކުރި އިރު ޖޭއެސްސީން ބުނީ އެގޮތަށް ނިންމީ ޝަރުއީ ދާއިރާއަށް އޮތް އިތުބާރު ދެމެހެއްޓުމަށް ކަމަށެވެ. އަދި އޭނާ ފަނޑިޔާރު ކަމުގެ މަސައްކަތުގައި ދެމި ހުންނަވައިފި ނަމަ ތަހުގީގަށް ހުރަސް އެޅިދާނެތީ ކަމަށް ވެސް ބުންޏެވެ. ނަމަވެސް ސަސްޕެންޝަނުގެ މުއްދަތު ހަމަވެގެން ދިޔައިރު ވެސް ގާޒީގެ މައްސަލައާ މެދު ގޮތެއް ނުނިންމެ އެވެ. އަދި އޭނާ އަށް ވެސް ޖޭއެސްސީން ވަކި ގޮތަކަށް އަންގާފައިވާ ނުވާ ކަމަށް ވަނީ އެނގިފަ އެވެ.
ޖޭއެސްސީން ކުރިން ބުނެފައިވަނީ މައްސަލައިގެ ތަހުގީގަށް ފަހު މައްސަލަ ނިމުނު ގޮތް އާންމުކުރާނެ ކަމަށެވެ.
އަދީބުގެ ދައުވާތައް ބާތިލްކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށް މައްސަލައިގެ އަޑު އެހުންތައް ވަނީ ނިންމާލައިފަ އެވެ. އަދި އެ މައްސަލައިގެ ހުކުމް އިއްވުން މިއަދަށް ވަނީ ތާވަލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔުން
21 September 2020
މިއަށްވުރެ ބިރުވެރި ޚަބަރެއް ނުލިބެ
ޖނޖހ
21 September 2020
މީގަ މިއުޅޭނީ ގާޒީ ނޫނީ ޝަރުއީ ދާއިރާގެ މައްސަލައެއްނޫން. އަދީބުއާއި ޔާމީން ކޮރަޕްޝަން ހިންގީ ލިޔެކިޔުންތަކުން ކޯޓުތަކަށް އެކަންތައް ސާބިތުނުކުރެވޭނެގޮތް ބަލައިގެން ގާނޫނީ ގޮތުން ބެދެން ހުރި ހުރިހާ މަޅިއެއް ބައްދައިގެން ވަރަށް އޮގަނައިޒްކޮށް. އެމީހުންކުރި ވައްކަމުންގެއްލުންވީ ރައްޔިތުންނަށް. އެކަމަކުވެސް ބައެއްމީހުން ބުނާނެ ޔާމިނުކައިފަވެސް، ތަރައްގީކުރިނޫންހޭ.ހަގީގަތަކީ ޔާމީންގެ ސަރުކާރުގަ ހިންގާފަ ހުރިކޮރަޕްޝަނުން ސަރުކާރުއޮތީދަރަނިވެފަ
ުވައިސޫރި
21 September 2020
މައްސަލަ ބޭރުކުރިގޮތައް ގާޒީވެސް ބޭރުކުރަންވީ ނިކަމެތީންގެ މައްސަލަ ބޭރުނުކޮއްބަލާނެ ފައިސާވެރިންގެ މައްސަލަ ސާބިތުނުވެ ބޭރުކުރާ ގާޒީންގެ ތެދުވެރިކަމާމެދު ސުވާލު އުފެދޭ
ފަރުހާދު
21 September 2020
ރާވައިގެން ހިންގާ ކަންކަން ކަމަށް ބެލެވޭނެ ޖާގަ އެބައޮތް. އަދީބުއާ ސަރުކާރާ ގުޅިގެން ހިންގާ ޑްރާމާ ހައްތަހާވެސް. ތި ފަނޑިޔާރާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަކީ މި ވާހަކައިގެ ހެކި. ބޭނުންވަނީ ހަމައެކަނި ރައްޔިތުންނަށް ދައްކާލަން ގާޒީ އަމިއްލައަށް ބޭނުންވެގެން ހުކުމް ކުރި ގޮތެކޭ، ތިމަންނަމެން ހެދި ޑީލެއް ނޫނޭ. ވަޓް އަ ޖޯކް!
އިންސާފުގެސުޕީޑު
21 September 2020
ކަލޯ އިންސާފުމިލިބެނީ ގޫގަލް ސުޕީޑު ކީއްކުރަން ދިރާގު އިންޓަނެޓު ސްޕީޑުގައެއްނު!
އަބް
21 September 2020
މި ބޭފުޅުން ސަސްޕެންޝަނަށް ވެސް ފޮނުވަނީ ފުރިހަމަ މުސާރައާއި އެކު. އ
އިސްލާހު ނުވި ޖުޑީޝަރީ
21 September 2020
ސަޅި އެވެ. ބަސް ހުއްޓިއްޖެއެވެ. އަދުލު އިންސާފު ޤާއިމުވެ ނިމިއްޖެ އެވެ. ފުރަތަ ކަމަކީ އަދީބާ އެއްކޮޅަށް އެ ޤާޒީ ކުރި އެ ހުކުމް އިންސާފު ވެރިކަމަށް އަދީބު ވެސް ޤަބޫލެއް ނުކުރެއެވެ. ހައިކޯޓުގައި އަދި ވަނީ ދަށުކޯޓުން ކުރި ހުކުމް ރަގަޅު ނޫން ކަމަށް ބުނެފައެވެ.