ޑރ. ޝީނާ މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ބައްޔަށް އަދި ފަރުވާކުޑަކޮށްލަން ގާތް ވެސް ނުވާ ކަމަށް ވިދާޅުވި. --ފޮޓޯ/އެޗްއީއޯސީ
24 ސެޕްޓެމްބަރ 2020 - 23:40
ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު މަދުވަމުން ދިޔަ ނަމަވެސް ގްރީން ޒޯނަށް ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލާ ހިސާބަށް އަދި ނުދާ ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ މިރޭ ވިދާޅުވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝީނާ ވިދާޅުވީ، ނަމްބަރުތައް ދަށްވަމުންދާތީ އެއީ ބަލި ކޮންޓްރޯލްވީ ކަމަށް ދެކިގެން ބައެއް މީހުން ސުވާލު އުފައްދާ ކަމަށެވެ. އެކަމަކު އިންޑިކޭޓާސްތަކަށް ބަލާއިރު އަދި ގްރީން ޒޯނަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ޝީނާ ވިދާޅުވި ގޮތުގައި އެއްވެސް ކްލަސްޓާއަކާ ނުގުޅޭ ކޭސްތައް ކޮންމެވެސް ވަރަކަށް މަދުވުމުގެ މާނައަކީ ބަލި ފެތުރޭ ނިސްބަތް މަދުވުމެވެ. އެކަމަކު، އެ ސްޕީޑު ހުރީ ބޭނުންވާ ވަރުގަައި ނޫން ކަމަށާއި އެއީ ގިނަ ބަޔަކަށް ރައްކާތެރިކަމުގެ ފިޔަވަޅު މަތީގައި ރަނގަޅަށް ހިފަހައްޓާނުލެވޭތީ ކަމަށް ވިދާޅުވި އެވެ.
"ޓްރެޖެކްޓްރީ ހުރީ ތިރިވާ ގޮތަށް، އެކަމަކު އަޅުގަނޑުމެން އަދި ސޭފް ލެވެލްއަކަށް ނުދެއޭ. އަމާޒަކީ ކްލަސްޓާއަކާ ނުގުޅޭ ކޭސްތައް 20 އަށް ވުރެން ތިރީގައި ބެހެއްޓުން. އޭރަށް ބުނެލަން އެނގޭނީ ބަލި ފެތުރުން އެބަ މަޑުޖެހެއޭ،" ޑރ. ޝީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައި ހުރި ހުރި ފިޔަވަޅުތައް ފުރަތަމަ ފޭސްގައި ލުއިކުރީ ގްރީން ޒޯނަށް ނުދަނީހެވެ.
"ކުރީގެ ތަޖުރިބާ އަށް ބަލަންޏާ ގްރީން ޒޯނަށް ހަމަ އަޅާއިރަށް މެޝާސްތައް އީޒްކޮށްލައި ކޮވިޑްގެ ކުރިން އުޅުނު ގޮތަސް ހިނގައްޖިއްޔާ ވަރަށް ރިސްކު އެބައޮތް އަނެއްކާވެސް ފެތުރެން ފެށުމުގެ. އަދިވެސް ވަރަށް މުހިއްމު ދެތިން ހަފުތާއަށް ބަލައިގެން އުޅުން ގްރީން ޒޯންގައި ބަހައްޓަން،" ޝީނާ ވިދާޅުވި އެވެ.
"ބަލީގެ އިންކިއުބޭޝަން ޕީރިއަޑް ފުލް ގްރީން ޒޯންގައި ބަހައްޓައިގެން މަސައްކަތް ކޮށްލެވިއްޖިއްޔާ ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ. އަޅުގަނޑުމެން އަދި ސޭފެއް ނޫނޭ ދަންނަވަން މި އުޅެނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނަގާކަށެއް."
ޑރ. ޝީނާ ވިދާޅުވި ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މަތީގައި ދުވަސްކޮޅަކު އެންމެން ވެސް ތިބެން ޖެހެ އެވެ. ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެއްކޮށް ދޫކޮށްލިޔަސް އެންމެކުރިން އުޅުނު ގޮތަކަށް ނޫޅެވޭނެ ކަމަށާއި މިހާރުގެ އާދަކާދަތައް ހިފަހައްޓާލަން އޭނާ އެދިވަޑައިގަތެވެ.
ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 9.900 އިން މަތީގަ އެވެ. މި ބަލީގައި ރާއްޖެ އިން 34 މީހަކު މިހާތަނަށް މަރުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބާ
26 September 2020
ގްރީން ޒޯނަކަށް ނުދާނެތާ. ޜައްޔަތުން ތިބީ ރުޅިއައިސްފަ ވިއްޔާ. ހަމަ ދޫކޮށްލާއިރަށް މަގުތައް ފުރާލާނެ. ނިކަން ދޫކޮށްލަބަލަ. އެހެންވެ ތިހިފަހައްޓައިގެން އުޅެނީ.
އައިލް
26 September 2020
ގްރީން ޒޯނަށް ދާނީ ދައުލަތް ހުސްވެ ރައްޔިތުން ބަނޑަށްޖެހި ސިޔާސީވެރިންގެ ފަހަތުން ދުވަހުކޮއްތު ހޯދަން ދާންފަށާހިސާބުންބާ؟
ޖީޕީއެސް
26 September 2020
މިކުއްލި ހާލަތު އުވާލީމާ، ފުރޮންޓު ލައިން އެލަވަންސް ހުއްޓެނެ. ދުވަލަކަށް 500 ރުފިޔާ، ދައުލަތުގެ ބަޖެޓުން ހައުދަ ބޮޑު އެއްޗެކޭ
ސިކުނޑި
25 September 2020
ކުރިން ނާޅާ ފިޔަވަޅެއް މިހާރުވެސް ނާޅާ! ރޭގަނޑ 8 ން ފެށިގެން ސައިކަލު ދުއްވުން މަނާ ކުރީމާ ކޮވިޑް ކޮންޓްރޯލް ވަންޏާ ވާންވީ! އެކަންވެސް މިހާރު ނުކުރޭ! ޑަކްޓަރުން ތި ކިޔާ އެއްޗަކާ ވާގޮތަކާ ފެންނަ އެއްޗެއް ތަފާތު!!
މީދާ
25 September 2020
ކޯވިޑް އައިލެންޑެއް ހަދާފަ ޑޮކްޓަރުންނާ ފެސިލިޓީތައް އެތާ ބަހައްޓާފަ ލޯރިސްކް މީހުންނަށް 21 ދުވަހުގެ ޕިކްނިކްތަކެއް އެރޭންޖު ކުރަންވީ އެރަށަށް. ފަހަރަކު 1000 މީހުން. އޭރުން އިސާހިތަކުން ހާޑު އިމިއުނިޓީއަށް ދެވި ގްރީން ޒޯނަށް ވަދެވިދާނެ.
ލ.އަތޮޅު
25 September 2020
މުޅި ދުނިޔެ ގްރީންނުވަނީސް މިރާއްޖެ ގްރީންކުރަން ނޫޅޭ.....
ހުވަތަ
25 September 2020
ސަރުކާރުން ބޭނުންވާ އަދަދު ހަމަކޮށްދޭން މަޖުބޫވާނެ ވެރިން އަރާމު ހިތްފަސޭހަ ދިރިއުޅުމުގަ. ނިކަމެތިން ނިކަމެތިކަމާ ހިތްދަތި ކަމުގައި ހީލަތްތެރި ސަރުކާރަށް ލިބެމުންދާ ހިތިކަން ފެނޭނުން
ހަސަނާނު
25 September 2020
ދޫ ނުދޭތި، ދޫ ލިބެންޖެހޭ މީހުންނަށް ދޫ ލިބޭ، ވިޔަފާރިވެސް ކުރެވޭ، އާމްދަނީ ވެސް ހޯދޭ، ދޫ ނުލިބޭ މީހުން ބަނޑަށް ޖެހެނީ. ޙިތްވަރު ކޮށްލާ!
އެޗުޕީ
24 September 2020
އިގުތިސާދު ފުޑި އެތައް ބަޔަކު ހާލުގަ ޖެހޭ އިރުވެސް އެޗް.ޕީ.އޭ އިން ބޭނުމެއް ނުވޭ ގައުމުގެ ވެރިކަން ދޫކޮށްލާކަށް. ވެކްސިނެއް އެޕްރޫވްވާނެ އިރެއް ޔަގީނެއް ނޫން. ދެން އެހެނޭ ކިޔާފަ އެތައް ކުދިންނެއްގެ ކިޔެވުން ހަލާކުވެ އާމްދަނީ ހޯދަން ކުރާ މަސައްކަތްތައް އިޔާދަންދެން ތިބެންވީ؟ މިދިޔަ އަހަރަށްވުރެ ވަކި މި އަހަރު ޑެތު ރޭޓު މައްޗެއް ނުވޭ. ދެން ކިހިނެއް ބުނެވޭނީ ކޮވިޑުން އެތައް ބަޔަކު މަރުވެޔޭ. ޑެތު ރޭޓު ނޯމަލޭ ހަމަ.
ހަސަނު1
25 September 2020
ބައެެއް މީހުންނަކީ ދެން ކިތަންމެ ވަރަށް ކިޔައިދިނަސް ސިކުނޑީގައި އެއްޗެއް ހަރުލާ ބައެއް ނޫން.
ޢިޙްސާސް
24 September 2020
ކޮއްކޯ އެއްގޮތަކަށްވެސް އިތުރު ދޫނުދޭތި. މިގައު މުގަ ބަސްނާހާ ކުދިން ގިނައީ.