26 ސެޕްޓެމްބަރ 2020 - 21:47
ރާއްޖޭގެ ތަރައްގީގެ ހުރިހާ މަޝްރޫއެއް އިންޑިއާއާ ގުޅިގެން ހިންގާ ނަމަ މިނިވަންކަން ގެއްލޭނެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމުގައި އިސްކޮށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމްގެ ހަރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރުމާ ދެކޮޅު ނަހަދާ ކަމަށާއި ބޭނުން ވަނީ ވެސް ރާއްޖެ އިތުރަށް ތަރައްގީކުރަން ކަމަށެވެ. ނަމަވެސް ގިނަ މަޝްރޫއުތައް އިންޑިއާއާ އެކު ހިންގުމުން ރާއްޖޭގެ މިނިވަންކަން ގެއްލޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އިންޑިއާ މެދުވެރިކޮށް ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގުމާ އިދިކޮޅުން ދެކޮޅު ހަދަނީ އެހެންވެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މިއަދު ބޭއްވި ހާއްސަ ޖަލްސާގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ގިނަ އިސްވެރިންތަކެއް ބައިވެރިވި މި ޖަލްސާގައި، އިންޑިއާގެ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު މިއަދު ފެށި ކާގޯ ފެރީގެ ހިދުމަތަށް ވެސް ފާޑުކިޔެވެ. ކާގޯ ފެރިއާއެކު، ސަރުކާރު އެދޭ ފަދަ ބޮޑު ތަރައްގީއެއް ބޮޑުތިލަދުންމައްޗަށް ނުލިބޭނެ ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުނެ އެވެ.
"އަޅުގަނޑުމެންނެއް ކަންބޮޑެއް ނުވޭ އުތުރަށް ތަރައްގީ އަތުވެދާނެތީއެއް. ހަނިމާދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދާފާނެތީ އަޅުގަނޑުމެނެއް ކަންބޮޑެއް ނުވޭ. އަޅުގަނޑުމެންނަށް ރަނަގަޅީ ދިވެހި ރާއްޖެއަށް ތަރައްގީ އައިއްޔާ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އިންޑިއާއާ ގުޅިގެން ގިނަ ރަށްރަށުގައި ހިންގާ މަޝްރޫއުތަކަކީ އެ ގައުމަށް "ވިއްކާލައިގެން" ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށް އަބްދުއްރަހީމް ތުހުމަތުކުރެއްވި އެވެ.
"އަޅުގަނޑުމެންގެ އިގްތިސާދުގެ ހުރިހާ ބާރުތަކެއް އިންޑިއާގެ ބެލުމުގެ ދަށަށް އެބަދޭ. އަޅުގަނޑުމެންގެ ވިޔަފާރީގެ ގިނަ ބާރުތަކެއް އިންޑިއާގެ ބާރުގެ ދަށަށް އެބަދޭ. އަޅުގަނޑުމެންގެ އިގްތިސާދުގެ ބޮޑު ބައެއް އެމީހުންގެ ތަރިކައިގެ ބަޔަކަށް އެބަވޭ،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އާމްދަނީ އިން ލިބޭ ބޮޑު އެއްޗެއް އެ މީހުންގެ އެއްޗަކަށް އެބަވޭ. މި ހުރިހާ ކަމެއް ވާ އިރު މިނިވަންކަމެއް ނުގެއްލެޔޭ، އަޅުވެތިަމެއް ނުވެޔޭ ބުނީމާ އަޅުގަނޑުމެން ކިހިނެތްތޯ އެކަން ގަބޫލުކުރާނީ؟."
މިކަމަށް އިދިކޮޅުން ދެކޮޅު ހަދާ ކަމަށާއި މި މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި މި ކަމުގައި ދެމި ތިބޭނެ ކަަމަށާއި މީގެ ފަހުން ކޮންމެ ދުވަހެއްގެ ހަވީރު 4:00 ގައި ޕީޕީއެމްގެ ހަރުގޭގައި އިންޑިއާގެ ނުފޫޒު ރާއްޖެ އަށް ފޯރުވުމާ ދެކޮޅަށް އަޑުއުފުލަން ޖަލްސާ ބާއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އިންޑިއާ އިން ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާތީ އިދިކޮޅުން ފާޑުކިޔާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ބޮޑަށް ގުޅުން ބަދަހިކުރީ ޗައިނާއާ އެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން އެކަމާ ދެކޮޅަށް އޭރު ވާހަކަ ދެއްކިއިރު، ޕީޕީއެމް އޮތީ ހިމޭނުން ޗައިނާއާ އެއްކޮޅުގަ އެވެ.
ކޮވިޑް-19ގެ މި ބަލިމަޑުކަމުގެ ދުވަސްވަރުގައި ވެސް ކޮޗިންއާ ދެމެދު އޮތް ގުޅުން ބަދަހި ކުރަން ކޮޗިން ފެރީގެ މަޝްރޫއު އަވަސް އަރުވާލައިގެން ފެށި މައްސަލައަށް ވެސް އިިދކޮޅުން ފާޑުކިޔެވެ. އަދި ސައުދީ އަރަބިއްޔާގެ އެހީގައި މާލޭގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް އަދިވެސް ނުހުޅުވާތީ އެކަމަށް ފާޑު ކިޔެވެ.
އަބްދުއްރަހީމްގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އާއި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިދިކޮޅު ކޯލިޝަނުގެ ގިނަ އިސްވެރިންތަކެއް ވެސް ވާހަކަ ދެއްކެވި އެވެ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަންދީ
27 September 2020
މިޤައުމަގެ ޙަޔާތުގައިވެސް ޚިޔާނާތްތެރި ނުވާ މިންވަރަށް ބޮޑެތި ޚިޔާނާތްވެފައިވާ ބަޔަކާ މިޤައުމު ޙަވާލުކުރާކަށް ރަށްޔިތުން ތައްޔާރެއްނޫން އަދުރޭ ހީކުރަނީ ރަށްޔިތުން ހަދާން ނެތުނީކަމަށް ...
ބޮކި
27 September 2020
މޯދީ ސަލާމް ބުނި ރަހީމްބޭ
ހިސާބުއިލްމު
27 September 2020
ގައުމިއްޔަތުގެ ކާޑު ގެ އެޙީގަ ސަލާމަތްވޭނެކަމައް ދައުލަތުން ވައްކަން ކުރިމީހުން ޖެހިހިސާބު އެއްމެ ފަހުން ދިމަލެއްނުވި. ސަލާމް.
ކަރުދާސްއިލްމު
27 September 2020
ގައުމިއްޔަތު ވިއްކާލައިގެން ވެރިކަމުގައި ތިބެވޭނެކަމަށް ބަޔަކު ޖެހި ހިސާބު އެބަ ބަރާބަރަށް ދިމާވޭ މިހާރު.
އަލީ އީމަން މުޙައްމަދ
27 September 2020
ކަދުރޭ ގެ ދުލާހެދި ގެއްލޭ އެއްޗެއް ގެއްލެނީ .
އެދުރޭ
27 September 2020
ރަނގަޅަށް ބަޔަކު ބަލައިފިއްޔާ އެގައުމުން އައި ބޯޓުންވެސް ގިނައިން ގެނެސްފައި ހުންނާނީ ތިޔަޕާޓީގެ މެމްބަރުންގެ ވިޔަފާރިތަކައް. އަދި މިމީހުން ޗުއްޓީއަށާއި ބޭސްފަރުވާއަށްވެސް ދާނީ އެތަނަށް. އެކަމަކު އެގައުމު އައުޓުނުވެގެން ތެޅިފޮޅެނީ. މިއުޅެނީ ކޮންމެވެސް އެހެން ކަމަކާއިގެން.
ބެދުރޭ
27 September 2020
މިސަރުކާރު ކިހާ ހެޔޮ. އަދުރޭމެންނަށް އެ ފައިދާކޮށްދެނީ. ކަލޭމެން ސަރުކާރު ހޮވި ކުދިންނަކަށް ފައިދާއެއް ނުކޮށްދޭ. ކަޑަވެގެން ތިހެން ކޮމެންޓްކުރެވޭހާވޭ އަސްލުވެސް.
1234
27 September 2020
އަދުރޭ ތިމީހުން ބުނެގެން ފުރާޅުން ޓިނު ނަގައިގެން މީހުން ހައްޔަރުކުރި ޒަމާން މާޒީވެއްޖެ ؟ މިހާރު ރަށުމީހުންވެސް ތިތިބީ ބަލައިނުގަނެ؟
ރަދުން999
27 September 2020
މި އަދުރެ ބަންދު ނުކޮށް ބަހަައްޓާތީި ހައިރާން ވަމެވެ. ކޮންފަދަ ޖަރީމާތަކެއް ޔާމީން ދައުރުގަ ހިންގި މީހެއް މިއީ. ޜައީސް އިބޫ އަށް އަހަރެން ކުރި ތާއީދު މިހާރު އަނނުރާ ގެންދަނީމި. ޢެއްވެސް ކަމެއް ކުރެވޭތަނެއް ނުފެނޭ،
އަންރަދުން
27 September 2020
އަދުރޭއާ މެދު ޒީރޯޓޮލެރެންސެއް ނޯވެއޭ ކަލޭމެންގެ ރައީސަކަށް.
ވައިސޫރި
27 September 2020
ދައުލަތުގެ ފައިސާތައް ގެއްލުވާލި ބަޔަކައް ރާއްޖޭގެ މިނިވަންކަން ކިހިނެއްތޯ ހިމާޔަތް ކުރެވޭނީ މިހާރުވެސް ތިވާހަކަ ދައްކާ ހުރިހާ މީހުންނަކީވެސް ގުއިރޯނުގާ ޖެހިފާވާމީހުން ޙާއްސަކޮއް މިހާރުވެސް ޓިނުން ދަބަރުކެހުމައްޓަކާ ރެހެންދި ފުލެޓުން ދެއެޕާރޓް މަންޓް ގަނެލި ވާހަކަ އެބަދައްކާ ވީމާ ދަބަރު ކަހާނިމޭއިރު ޓިނުގަނޑް އޮންނާނީ ފޫގޮސްފާ ނޫންތޯ
ބައިސޫރި
27 September 2020
އަދުރޭގެ ކަންކަން މި ސަރުކާރުން ބަލަން ނުކެރިގެން ދެން އެއުޅެނީ ކީއްވެބާ؟ ކަލޭމެންނަށް އަދުރޭއާ ހެދި ތިވަރުވާއިރު ދައުލަތުގެ މުއައްސަސާއެއް ކަހާތަން ހިރުވާވެސް ނުލާ އަދުރޭއަށް ފިޔަވަޅު އަޅަން. ކޮންކަހަލަ ރައީސެއްތަ ހޮވައިގެން ތިއުޅެނީ؟
ބަހާބެނި
27 September 2020
އަދުރޭމެން ތިހުރިހާ ދޮގު ވާހަކަތައް ތިގޮތަށް ދެއްކުމުގެ ބޭނުމަކީ ރައިޔިތުންގެ ހިތުގައި ސަރުކާރަށް ނަފުރަތު އުފައްދާ ބަގާވާތަކަށް މާހައުލު ފައްކާ ކުރުން ދިވެހިންގެ ކޮން ހަރުމުދަލެއް އިންޑިއާއަށްދީގެން ތިއުޅެނީ ދިވެހިރާއްޖެއަށް ދުނިޔޭގެ އެތައްގައުމަކުން މުދާއުފުލާ ބޯޓުތައް އާދޭ ގައުމު އަޅުވެއްޗެއް ނުވޭ
ޔުނި
27 September 2020
މޯދީ ބުނީ އެގައުމުގައި ވާވަރަށް މެތެމެޓިޝަނުން އެބައުޅެއޭ. ރާއްޖެއިން މީހަކު ގެންދާކަށް ބޭނުމެއް ނޫނޯ
ހުމި
27 September 2020
ތިކަމެއް ނޭނގޭ. މިގައުމަށް އެތެރެވާ މޯދީ ގައުމުގެ ސިފައިންގެ އަދަދު ގުނަން ނޭނގި މިހާރު ތިބި އަދަދުވެސް ކިޔައިދޭން ނޭނގިގެން އުޅެނީ. އެކަމު ދެން މިގޯތި ކުދިން މިހާރު އެ އަދަދުތައް ބަލާކަށްވެސް ބޭނުމެއްނުވޭ. ތަންދޫރީ ހަދާ ކަހަލަ އެކި ތަކެތި އައިއްސިޔޯ ބޮޑު ބޯޓެއްގަ.