ލޮކްޑައުނަށް ދިން ލުއިތަކަށްފަހު، ބަޔަކު ބޭރުގައި އިށީންދެލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
26 ސެޕްޓެމްބަރ 2020 - 23:05
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެންމެ 31 މީހަކު ކަމަށް އެޗުޕީއޭ އިން މިރޭ ބުނެފި އެވެ.
އެ އިދާރާ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6 އިން މިއަދު ހަވީރު 6 އާ ހަމައަށް ކޮވިޑަށް ޕޮޒިޓިވްވީ 25 ދިވެއްސަކާއި ހަ ބިދޭސީ އެކެވެ. އެއީ މާލެ ސަރަހައްދުން 26 މީހަކާއި އަތޮޅުތެރެއިން ފަސް މީހެކެވެ.
މިހާރު 20 ރަށަކާއި 24 ރިސޯޓަކުގައި އެކްޓިވް ކޭސްތައް އުޅޭއިރު އޭގެ ތެރޭގައި ހިމެނެނީ 30 މުވައްޒަފަކާއި 12 ޓޫރިސްޓެކެވެ.
ކޮވިޑަށް މިއަދު އެންމެ 31 މީހަކު ޕޮޒިޓިވްވެފައިވާއިރު މިއީ މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް ފެނި ކުރި ލޮކްޑައުން އަށް ލުއި ދިނުމަށް ފަހު ކޭސްތައް މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. ފާއިތުވި ދެ ހަފުތާއެއްހާ ދުވަސްތެރޭގައި ކޭސްތައް ވަނީ 100 އަށް ވުރެ ދަށްވެފަ އެވެ. އެކަމަކު، 31 އާ ހަމައަށް ކޭސްތައް މީގެ ކުރިން ދަށްވެފައެއް ނުވެ އެވެ.
ރާއްޖެ އިން މިހާތަނަށް 10،045 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 8،754 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި 1،250 މީހަކަށް ފަރުވާދެމުން އަންނަ އިރު މީގެ ތެރެއިން 84 މީހަކު ތިބީ އެޑްމިޓްކޮށްފަ އެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގަ އެވެ. އެކަކަށް ފަރުވާ ދެނީ އައިސީޔޫގަ އެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު ތިބީ 771 މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީއެސްއެމްގެ ސިޔާސީ ރައިވަރު
27 September 2020
ކޮވިޑު ނިމި،ގުރީން ޒޯނަށް އައުމަށްޓަކައި، ފުރަންޓު ލައިން އެލަވަންސް އަވަހަށް ހުއްޓާލަންޖެހޭ، އެހެންނޫނީ ދުވާލަކަށް 500 ރުފިޔާ ގެއްލެން ފުރަންޓު ލައިންގެ މީހުންވެސް ބޭނުމެއް ނުވާނެ
އަރަތް
27 September 2020
ތިޔައީ އަރަތެކޭ. ބޭނުންވާއިރަށް ނަމްބަރުތައް ބަދަލު ކޮށްލީމަ ނިމުނީ.ރައްޔިތުން ތިބޭ ގުބޯ ހެދިފަ.
ފަހުދު
27 September 2020
މާލޭސަރަހައްދުގެ ގެސްޓްހައުސް ތައް ހުޅުވޭނީ ޕޮޒިޓިވް ވާ މީހުންގެ ނިސްބަތް %5 އައް އެރީމައޭ ބުނިފަހުން ނަމްބަރުތައް ރާސްލާފަ ތިރިވެގެން މިދަނީ އަޖައިބެއް ފަދަ ގޮތަކައް
ރަބަރު
27 September 2020
الحمد لله ﷲ ގެ ރަޙްމަތުން ދެން ދާނީ ރަނގަޅުވަމުން.
ޓާއޯ
26 September 2020
އަލްޙަމްދުލިﷲ.
ޕުރޮފިސަރ ޓިން
26 September 2020
ރަހީމްބެ މެން ނަކަށް ކެތެއް ނުވާނެ.