ރިޕޯޓް / ސްކޫލް

އެންމެ ރައްކާތެރި ތަނަކީ ސްކޫލް: ޕްރިންސިޕަލުން

ނިއު ނޯމަލްގައި، ހިރިޔާ ސްކޫލުގެ ދަރިވަރުން ކްލާހެއްގައި: ސްކޫލްތަކުގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައި -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

28 ސެޕްޓެމްބަރ 2020 - 09:29

17 comments

ސްކޫލަކީ މުސްތަގުބަލަށް ދަރިވަރުން ތައްޔާރުކޮށްދޭ މައި މަރުކަޒެވެ؛ ލީޑަޝިޕްގެ ހުނަރުން ފެށިގެން ދިރިއުޅުމަށް ބޭނުންވާނެ މުހިއްމު ހުރިހާ ކަމެކެވެ. ދުނިޔޭގައި ހިނގާ ކަންތައްތަކަށް ލޯ ހުޅުވައިދީ އެ ބަދަލުތަކާ އެކު ދިރިއުޅުން ކުރިއަށްގެންދަން އެހީތެރިވެ އެވެ. އެހެންކަމުން ސްކޫލަށް ނުދާ ކޮންމެ ދުވަހަކު ވެސް ދަރިވަރުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރެއް ކުރެ އެވެ.

ކޮވިޑް-19 ގެ ސަބަބުން މާލޭ ސަރަހައްދުގެ ސްކޫލްތައް ބަންދުކޮށްފައި ހުންނަތާ ހަ މަސް ވަނީ އެވެ. ބަލީގެ ހާލަތު ރަނގަޅުވުމުން، ޖުލައި 1 ގައި މަތީ ގްރޭޑްތަކަށް ހުޅުވާލިޔަސް، ކޮވިޑް ކޭސްތައް އަލުން ގިނަވާން ފެށުމުން، އަނެއްކާ ބަންދުކުރީ އެވެ. ގްރޭޑް 9-12 އަށް މާލޭ ސަރަހައްދުގެ ސްކޫލްތައް އަންނަ އާދިއްތަދުވަހު ހުޅުވަން ވަނީ ނިންމައިފަ އެވެ.

ރަސްމީ ފަރާތްތަކުން، މައިންބަފައިންގެ ކިބައިން އެދެނީ ދަރިވަރުން ސްކޫލަށް ފޮނުވުމަށެވެ. އަދި ސްކޫލްތަކުގެ ރައްކާތެރިކަން ބޮޑު ކަމަށް ވެސް، ތައުލީމީ ދާއިރާގެ އިސް ބޭފުޅުން ވިދާޅުވެ އެވެ.

ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ހަސަން މުހައްމަދު ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް ދަރިވަރުން ސްކޫލަށް ވައްދަނީ ހުން ބަލައި އަތް ސެނެޓައިޒްކުރުމަށް ފަހުގަ އެވެ. އެހެންވެ ބޭރު ފުށުން އެ ހުންނަ ބަލީގެ އަލާމާތްތައް ފުރަތަމަ ވެސް ޔަގީންކުރެވޭ ކަމަށް ވިދާޅުވި އެވެ.

ކަނޑައަޅާފައިވާ މިންވަރަށް ވުރެ ހުން މަތިވެއްޖެ ނަމަ އެ ދަރިވަރަކު އަނބުރާ ގެއަަށް ފޮނުވަ އެވެ.

އަމީނިއްޔާ ސްކޫލުގެ ޓީޗަރުންތަކެއް ދަރިވަރުން އަތަށް ސެނެޓައިޒާ އަޅައިދެނީ -- ފޮޓޯ: ނިޝާން އަލީ /މިހާރު

ހަސަން ވިދާޅުވީ ކްލާހުގައި ދުރުދުރުގައި ދަރިވަރުން ތިބެން މޭޒުތައް ބަހައްޓާފައި ކޮންމެ މޭޒެއް ވެސް މާކްކޮށްފަ އެވެ. އެ މާކުން ބޭރަށް މޭޒުތަކެއް ނުޖެއްސޭނެ އެވެ. އެހެންކަމުން ކްލާހުގައި ކުދިން އެ ތިބެނީ، އެޗުޕީއޭ އިން ކަނޑައަޅާފައި އޮންނަ އުސޫލަ އެއްގޮތަށެވެ.

މީގެ ކުރިން ކްލާސްރޫމުތަކުގައި ގިނަވެގެން 32 ދަރިވަރުން ތިއްބަސް، ގައި ދުރުކުރުމުގެ މި ފިޔަވަޅާ އެކު ކްލާހެއްގައި ތިބޭނީ 16 ވަރަކަށް ދަރިވަރުންނެވެ. ހަސަން ވިދާޅުވީ އެއީ ކްލާސްރޫމް ރަނގަޅަށް ބަލަހައްޓަން ޓީޗަރުންނަށް ލިބޭ ފަސޭހައެއް ކަމަށެވެ.

"ދެން ނިމިގެން ވެސް ޕޭރެންޓުން މި ވަންނައިރު އެންމެން މާސްކް އަޅައިގެން ސްކޫލުތެރެއަށް ވަންނަ ގޮތަށް މި އޮތީ. ވަންނަން ވެސް އެއް ގޭޓް، ނުކުންނަން ވެސް އެހެން ގޭޓެއް. އެކަކު އަނެކަކާ ދިމާނުވާނެ ހުރިހާ ގޮތްތަކެއް ރާވާފައި ހުންނަނީ،" އޭނާ ވިދާޅުވި އެވެ.

ފާހަނާއަށް ދާން ކްލާހުން ނުކުމެވޭނީ ފަހަރަކު ކުއްޖަކަށެވެ. އެއް ކުއްޖަކު ފާހަނާ ބޭނުންކޮށް ނިމުމުން އެހެން ދަރިވަރަކަށް އެތަނަށް ވަދެވޭނީ ސާފުކުރުމުންނެވެ. ކްލާސްތަކަށް ކުދިން ވައްދާށާއި ނިމިގެން ބެލެނިވެރިންނާ ހަމައަށް ގެންގޮސްދޭން ވެސް، ދަރިވަރުން ބޮނޑިނުވެ، ގައިދުރުކަމާ އެކު އުޅެވޭ ގޮތަށް ވެސް، ސްކޫލްތަކުގައި ކަންކަން ވަނީ އިންތިޒާމްކޮށްފަ އެވެ.

އެފަދަ ފިޔަވަޅުތަކާ އެކު ސްކޫލް މާހައުލުގެ ރައްކާތެރިކަން ބޮޑުވާނެ ކަމަށް، ރަސްމީ ފަރާތްތަކުން ބުނެ އެވެ.

"އެކަހަލަ ބެލުންތަކެއް ބަލައިގެން ހަގީގަތުގައި ސްކޫލު ކްލަސްޓާއެއް ނުއުފެދި މި ދިޔައީ ވެސް. އަޅުގަނޑުމެންނަށް ކުދިންގެ ސޭފްޓީއަށް ވުރެ އިސްކުރާނެ އެހެން އެއްވެސް ކަމެއް ނޯންނާނެ. އެހެންވީމަ އެކަމެއް އަޅުގަނޑުމެން ކޮމްޕްރޮމައިޒެއް ނުކުރާނަމޭ. އެ ޔަގީންކަން ދެމޭ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކްލާސްރޫމުގައި ކުއްޖަކު ކުއްލިއަކަށް ހުން ގަދަވެއްޖެ ނަމަ ވަގުތުން އައިސޮލޭޓް ކުރާނެ ކަމަށެވެ. އެ ރޫމުން ސީދާ ބޭރަށް ނުކުމެވޭ ގޮތަށް ދޮރެއް ހުންނާތީ އެހެން ކުއްޖަކާ ކޮންޓެކްޓުވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކުއްޖެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ އައިސޮލޭޝަން ކުރަން ޖަމާލުއްދީންގައި ހަދާފައިވާ ރޫމެއް -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ސްކޫލަކީ ކުއްޖާއަށް ބޭނުން ވަރަށް ގިނަ ކަންކަން ހިމެނޭ ތަނެކެވެ. ރައްޓެހިންނާ ބައްދަލުވެ، ގޭތެރޭގެ ހާސްކަން ފިލުވާލެވެ އެވެ. އެކަމަކު ބަލިމަޑުކަމުގައި ގިނަ ވަގުތު ގޭގައި ތިބެން ޖެހުމުން ދަރިވަރުންގެ މާޔޫސްކަން ބޮޑެވެ.

ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލް ބަޝީރާ މުހައްމަދު ވިދާޅުވި ގޮތުގައި މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތައް، ޓީޗަރުން ވަރަށް ރަނގަޅަށް ފޮލޯކުރާނެ އެވެ. އެޗްޕީއޭގެ ގައިޑްލައިންތަކަށް އެންމެ ރަނގަޅަށް އަމަލުކުރާ އެއް ތަނަކަށް ވަނީ ސްކޫލް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ދަރިވަރުންނާއި ހުރިހާ މުވައްޒަފުންގެ ހުން ހުރި ވަރު ބަލައި ގައިދުރުކަން ބަހައްޓައި ދަރިވަރަކަށް ކަމެއް ދިމާވެއްޖެ ނަމަ ބޭނުންކުރާނެ އައިސޮލޭޝަން ރޫމް ފަދަ ތަންތަން ސްކޫލުތަކުގައި ގާއިމްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް މީހަކު ނޫޅޭނެ އެއްވެސް އިރުކޮޅަކަށް ވެސް މާސްކް ނާޅައި. މިސާލަކަށް މާސްކް ތިރިކޮށްލައިގެން މި ހުންނަނީ ނޫންތޯ. އެކަމަކު ސްކޫލު ރަސްމީ ގަޑީގައި ހަމަ ހުރިހާ އެންމެން ވެސް އުޅޭނީ މާސްކް ފުލްކޮށް އަޅައިގެން ކަވަރު ކޮށްގެން. އެހެންވެ ސްކޫލުތައް އެންމެ ސޭފްއޭ މި ބުނަނީ،" ބަޝީރާ ވިދާޅުވި އެވެ.

މީގެ ކުރިން ސްކޫލުތައް ހުޅުވިއިރު ދަރިވަރުން ވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ވާތީ މިފަހަރު ސްކޫލުތައް އަލުން ހުޅުވާއިރު ގިނަ ކުދިން ސްކޫލަށް ހާޒިރުވާނެ ކަމަށް އޭނާ އުއްމީދުކުރައްވަ އެވެ. ސަބަބަކީ ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް ކޮވިޑުން ރައްކާތެރިވުމާ ގުޅޭ މައުލޫމާތު ރަނގަޅަށް ލިބިފައިވުމެވެ.

ބަޝީރާ ވިދާޅުވީ ބަލި ޖެހެނީ ކޮންމެހެން ސްކޫލަށް ގޮސްގެން ނޫން ކަމަށެވެ. އެކި ބޭނުންތަކަށް ގޭގެ ކޮންމެވެސް މީހަކު ބޭރަށް ނުކުންނަން ޖެހެ އެވެ. އެހެންކަމުން އެގޮތަށް އުޅޭ އިރު ބަލި އެރުމުގެ ފުރުސަތު އޮވެ އެވެ.

"ޕޭރެންޓުން އެހާ ކަންބޮޑުވެވަޑައިގަންނަވާކަށް ނުޖެހޭ ސްކޫލަށް ފޮނުވައިގެން އެކަން ވެދާނެއޭ. ސްކޫލުގައި ކުދިން ތިބޭއިރު މި ތިބެނީ އެކަން ކަށަވަރުކުރެވިފައޭ އަސްލު. ތިން ފޫޓު ޑިސްޓެންސް ބަހައްޓައި މާސްކް އަޅައިގެން، ރައްކާތެރިވުމަށް އަޅާ ހުރިހާ ފިޔަވަޅެއް ސްކޫލުގައި ކުދިން ތިބޭ ގަޑީގައި އެބަ އަޅާކަން. އެހެންވިއްޔާ ޕޭރެންޓުން ކަންބޮޑުނުވޭ،" ބަޝީރާ ވިދާޅުވި އެވެ.

ނިއު ނޯމަލްއަށް އިމާދުއްދީން ސްކޫލު ތައްޔާރުކޮށްފައި.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"ބޮޑެތި ކުދިންގެ ޕޭރެންޓުން އަސްލު ވިސްނަންވީ ކަމަކީ މިހާ ގިނަ ދުވަސް ވަންދެން ކުދިންގެ ކިޔެވުން ގެއްލުމުގެ އިތުރަށް ކުދިންގެ މި އިންނަ ސޯޝަލް އިންޓަރެކްޝަން މިހާރު ވާޗުއަލްކޮށް ބަދަލުވީމަ ކުދިންނަށް އަންނަ ބަދަލުތަކާއި އެ ކަންކަމަށް ވެސް އޮތް އެންމެ ބޮޑު ހައްލަކީ އެ ކުދިންގެ ރައްޓެހިންނާ، މުދައްރިސުންނާއި ކޮލީގްސްއާ އެންމެން ސީދާ ދިމާވެ ވާހަކަދެއްކުމުގެ ފުރުސަތު ދިނުން."

އޭނާ ވިދާޅުވީ ކިޔެވުން އެކަނި ގެއްލުމުގެ ބަދަލުގައި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށްޓަކައި ވެސް ދަރިވަރުން އަލުން ސްކޫލަށް ދާން އެބަ ޖެހޭ ކަމަށެވެ.

އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދު ވިދާޅުވި ގޮތުގައި ސްކޫލުތަކުގައި އަޅާފައިވާ ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް، ރާއްޖޭގެ އެހެން ތަނެއްގައި އަޅާފައިވާނެ ކަމަކަށް ގަބޫލެއް ނުކުރެއްވެ އެވެ. ސްކޫލު ދޮރާށިން ވަނުމާއި ކުއްޖާ، އަނބުރާ ބެލެނިވެރިޔާއަށް ހަވާލުކުރުމާ ހަމައަށް، ދަރިވަރުންގެ ހަރަކާތްތައް ވަރަށް ގާތުން މޮނީޓާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުނިސެފާ ގުޅިގެން މިނިސްޓްރީން ކުރިއަށްގެންދާ "އުފަލުން ސްކޫލަށް" ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ ޕޯސްޓެއް.

"ބެލެނިވެރިންނަށް ދަންނަވާލާނީ ދަރިވަރުން ސްކޫލަށް ފޮނުއްވައިދެއްވާށޭ. ތި ބޭފުޅުން ކަންބޮޑުވެވަޑައިނުގަންނަވާށޭ. ގޭތެރޭގައި އެ ކުދިން ތިބެތިބެ އެ ކުދިންނަށް ނަފްސާނީ ގޮތުން އެ ލިބޭ ގެއްލުން އެތައް ގުނައަކަށް ބޮޑުވެގެންނޭ މި ދަނީ. އެހެންވީމަ ކުދިން ސްކޫލުގެ މާހައުލަށް ފޮނުވާށޭ އިތުބާރުކުރައްވާފައި. އަޅުގަނޑުމެން ވަރަށް ރަނގަޅަށް ކުދިންގެ ކަންތައް ބަލަހައްޓައިދޭނަމޭ،" ސައީދު ވިދާޅުވި އެވެ.

ނިއު ނޯމަލްގައި އިސްކަންދަރު ސްކޫލްގެ ކްލާހެއްގައި ދަރިވަރުން ކިޔަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އޭނާ ވިދާޅުވީ ސްކޫލުތައް މިހާރު އޮތީ "މަރުވެފައި" ކަމަށެވެ. ސްކޫލު، ސްކޫލަކަށް ވަނީ ދަރިވަރުން ތިބުމުން ކަމަށް ވާތީ އެ ދަރިވަރުން ނެތުމުން ސްކޫލުތަކުގައި އެއްވެސް ދިރުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

"ކަށަވަރުކުރައްވާށޭ، ޔަގީންކުރައްވާށޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ރާއްޖޭގެ އެއްވެސް ތަނެއްގައި ފިޔަވަޅު އެޅިފައި ހުރިއްޖެއްޔާ އެއީ ސްކޫލުތަކުގެ ތެރޭގައި އެ ފިޔަވަޅުތައް އެޅިފައި ހުރީ،" ސައީދު ވިދާޅުވި އެވެ.

ގްރޭޑު 10 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ފުރަތަމަ ޓާމު ޓެސްޓު އަންނަ މަހުގެ 11 ގައި އަދި 9ގެ ދަރިވަރުންގެ ފުރަތަމަ ޓާމު ޓެސްޓް އަންނަ ނޮވެމްބަރު 4 ގައި ފަށާނެ އެވެ. މާޗު 12 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް، ގްރޭޑު 8 އިން ދަށުގެ ދަރިވަރުން ކިޔަވަމުން އަންނަނީ ގޭގަ އެވެ.

ސައީދު ވިދާޅުވީ އެހެން ގްރޭޑުތަކުގެ ދަރިވަރުން ވެސް ސްކޫލުގައި ތިބެން ޖެހޭނެ ކަމަށް ޕްރިންސިޕަލެއްގެ ހައިސިއްޔަތުން އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން މި އަހަރު އެހެން ގްރޭޑުތަކުގެ ދަރިވަރުންނާ ވެސް ސްކޫލުން ބައްދަލުވާނެ ކަމަށް އުއްމީދުކުރައްވަ އެވެ.

17 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 0%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Ahmed Niyax Ibrahim

29 September 2020

ޜިއަލީ ސީރިއަސް ޑޫޑް

The name is already taken The name is available. Register?

ސިއްތެ

29 September 2020

ސްކޫަލައް ފޮނުވަން ވީމަ ބައެއް ބެލެނިވެރިން ބަހަނާ ދައްކަނީ ، ބާސްކެޓް ކޯޓް ގަ ސްކޫލް ކުދިން ކުޅެން ތިއްބައިރު އަރަނީ ، އިރުއޮއްސެނީ ވެސް ، ދެން ކޮަންބަހނާ އެއްދައްކާކައް

The name is already taken The name is available. Register?

ޙިތާމަ

29 September 2020

މިހާރު ގިނަ ރައްރަށުގެ ސްކޫލު ތަކުގައި ފަރުވާ ކުޑަވެއްޖެ...ކުދިން އެއްޗެހި ޝެއާ ކުރުމާއި ގައި ދުރުކަން ނުބެހެއްޓުންބފަދަ ކަންކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ...އަސްލު ވާގޮތަކީ ގައިދުރު ކަމާއި ގަވައިދަށް ފަރުވަ ބެހެއްޓުން މުޖްތަމަޢުގެ ތެރެއިން ނުފެންނާތީ ކުދިންނަށް އެހާބޮޑު ކަމަކަށް ނުވނީ...

The name is already taken The name is available. Register?

ގަނޑިޔާ!!!

28 September 2020

އަހަރުންނަށް އިނގޭނެ ދަރިން ސުކޫލަށް ފޮނުވަންވީމަ... އަދި ނުވޭ.

The name is already taken The name is available. Register?

ކޮވިޑް

28 September 2020

ބައެއްހާލަތުގައި ކޮވިޑް ކުއްޖެއްގެ ހަށިގަޑުން އެއްވެސް އަލާމާތެއް ނުފެނިވެސް ހުރެދާން. މިސާލަކަށް ސްކޫލުން ހުންބަލާއިރު ހުމުގެ އަސަރެއް ނުފެނިވެސްދާނެ.

The name is already taken The name is available. Register?

ރާއްޖެ

28 September 2020

ތި ވިދާޅުވަނީ ފޮތުގަ ލިޔެފަ އޮތް ގޮތެވެ.

The name is already taken The name is available. Register?

ކުރަފި ދާދާ

28 September 2020

ސުކޫލަކީ ބަލި ފަތުރާ އަދި ބަލިން ރަނގަޅުކުރުވާ ތަނެއްވެސް ނޫން! ބަލި ފެތުރެނީ އެތަނަށް ވަންނަ މީހުންގެ ފަރާތުން. އެހެންކަމަށް ވަންޏާ އެތަނުންވެސް އެފުރުޞަތު އޮންނާނެ! އަދި އެތަންނޫން އެހެން ތަންތަނުންވެސް އެފުރުޞަތު އޮންނާނެ! އެހެންކަމުން އެއްވެސް ފަރާތަކަށް ނުބުނެވޭނެ ސުކޫލުތަކަކީ ބަލި ފުރާތަނެއް ނޫނޭ! އަދި ބަލި ފަތުރާ ތަނެކޭވެސް! ސަބަބަކީ މިއީ އެ ބަޔަކާ ދިމާވާ މީހުންގެ ފަރާތުން ފެތުރޭ އެއްޗަކަށް ވާތީ ކޮންމެ ތަނަކުންވެސް އެފުރުޞަތު އޮންނާނެ!!!!

The name is already taken The name is available. Register?

ވަތުބަތާނަ

28 September 2020

ނޫން! އެން މެ ރައްކާތެރި ކަނޑު، އެބަހީ އެން މެ ހުސްތަން ބޮޑީ މަ؟ ސްކޫލުތަކަށް ކުދިން ނުގެންދަންޔާ ކަނޑެކޭ ތަފާތެއް އެބައޮތްތޯ؟

The name is already taken The name is available. Register?

އަލްޖިބްރާ

28 September 2020

ތިމާގެ އަމިއްލަ ގެދޮރުން ނުލިބުނު ރައްކާތެރިކަމެއް ސްކޫލަކުން ނުލިބޭނެ ! މިރާއްޖޭގެ ސްކޫލްތަކުގައި ތިބޭ ހިންގުންތެރިންނަކީ އެހާ ހީވާގި ބައެއްނޫން !

The name is already taken The name is available. Register?

އެފް

28 September 2020

ކޮންމެ ގޮަތަކުންވެސް ރޯގާޖެހިދާނެެވެ. ބަލަންޖެހެނީ ބަލިޖެހި ފެތުރުމުގެ ފުރުސަތު ކުޑަކުރާށެވެ. ސްކޫލްމާހައުލުގެ އުނގެނުމަކީ ދަރިވަރުންނަށް އެންމެ މުހިއްމު ވަސީލަތް ކަމަށްވާތީ އެގޮތަށް އެކަން ކުރެވޭތޯ ބަލަންޖެހެނީ އެވެ. ހުޅުވާލެވިފައިވާ ސްކޫލްތައް ރައްކާތެރި ކަމުގެ ފިޔަވާޅު ތަކާއެކު އިރާދަކުރެއްވީތީ ކުރިޔަށް އެބަދެއެވެ. ކްލާސްރޫމް ގަޑިތަކާ އޮންލައިން ގަޑިތައްވެސް ކުދިން އެބަަނަގައެވެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454