ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: އެރަށް މޮނީޓަރިންގެ ހާލަތުން ވަނީ ނަގާފައި -- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން
28 ސެޕްޓެމްބަރ 2020 - 22:09
ހދ. ކުޅުދުއްފުށްޓާއި ހދ. ނޮޅިވަރަމްގެ މޮނީޓަރިންގެ ހާލަތު މިރޭ އުވާލައިފި އެވެ.
ކުޅުދުއްފުށްޓާއި ނޮޅިވަރަމް މޮނީޓަރިންގެ ހާލަތަށް ގެނެސް، އެ ދެ ރަށަށް އަރައި ފޭބުން މިދިޔަ ހުކުރު ދުވަހު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މަނާކުރީ މާލެއިން އެ ދެ ރަށަށް ދަތުރުކުރި ފާޅު ބޯޓްގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ.
އެ ދެ ރަށުގެ މޮނީޓަރިންގެ ހާލަތު އުވާލައި، އާންމު ހާލަތަށް ބަދަލުކުރީ މިރޭ އެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 10،000 އިން މައްޗަށް ގޮސްފައި ވާއިރު އޭގެ ތެރެއިން 8،800 އަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފަ އެވެ. އެ ބަލީގައި ރާއްޖެއިން މަރުވީ 34 މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމީލުބެ
29 September 2020
الحمد لله