ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ: ޝިޕިން ގަވައިދު އުވާލީ މައްސަލަތަކެއް ހުރެގެން އިސްލާހުކުރަން ކަމަށް މިނިސްޓްރީން ބުނޭ. -- ފޮޓޯ/މިހާރު
29 ސެޕްޓެމްބަރ 2020 - 12:58
ދިވެހި ރާއްޖޭގެ ޝިޕިން އެޖެންސީގެ ޚިދުމަތް ދިނުމާ ބެހޭ ގަވާއިދު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އުވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ވެސް ލަފާ ލިބިގެން، އެ ގަވާއިދު އިސްލާހުކުރަން ކަމަށް ކަމަށް ބުނެ މިނިސްޓްރީން އޭނާ މިއަދު ދިފާއުކޮށްފި އެވެ.
ނަހުލާއާ ދެކޮޅަށް ރާއްޖޭގެ ގިނަ ވިޔަފާރިތަކަކުން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި އޭނާ އަށް ކުރާ ތުހުމަތަކީ، ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް ހުށަނާޅުއްވައި ގަވާއިދު އުވާލެއްވީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައި ދެއްވަން ކަމެވެ. އެކި ވިޔަފާރިތަކުގައި އިސްކޮށް އުޅޭ ގިނަ ބަޔަކު ސޮއިކޮށް އޭސީސީ އަށް ހުށަހެޅި ޕެޓިޝަންގައި ބުނެފައި ވަނީ އެ ގަވާއިދު މިނިސްޓަރު އުވާލެއްވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނާ ވެސް ޚިލާފަށް ކަމަށެވެ.
މިދިޔަ ޖުލައި 16ގައި ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކޮށް، ދެ މަސް ފަހުން ސެޕްޓެމްބަރު 16 ގައި އުވާލި "ދިވެހިރާއްޖޭގައި ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދަކީ" އެކި ނަންނަމުގައި އެޖެންސީތަކުން ފީތައް ނަގާތީ އެކަން ހައްލުކުރުމަށް ހެދި ގަވާއިދެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ.
އެ ގަވައިދުގެ ދަށުން ހުރިހާ އެޖެންސީތައް ވެސް އެ އޮތޯރިޓީގައި ރަޖިސްޓްރީވާން ޖެހެ އެވެ. އަދި ރާއްޖޭގައި ޝިޕިން އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރަކު، ޑެލިވަރީ އޯޑަރު ދޫކުރުމަށް ޝިޕިން އެޖެންޓު ނުވަތަ ފްރައިޓް ފޯވާޑަރާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރިން ނަގަމުން އައި އިތުރު އެއްވެސް ފީއެއް ނުނެގޭނެ އެވެ. ނަމަވެސް ކޮންސައިނީގެ އަތުން ފުރައިޓުގެ އިތުރަށް ފީއެއްގެ ގޮތުގައި ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން 500ރ. ނެގޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ގަވައިދާ ހިލާފުވާ ފަރާތްތައް 10،000ރ. އިން ޖޫރިމަނާކުރާނެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ އެ ގަވައިދުގެ ގިނަ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ. އެއް ކަމަކަށް އޭނާ ފާހަގަކުރެއްވީ، ޝިޕިން އެޖެންސީތައް ނޫން ފަރާތްތައް ވެސް ރެގިއުލޭޓްކުރެވޭ ގޮތަށް ގަވައިދު އޮތުމެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވެސް ވާހަކަ ދެކެވި، ގަވާއިދު އުވާލަން ވަނީ ލަފާ ލިބިފަ އެވެ. އެ ގަވާއިދަށް އިސްލާހު ގެންނަން އެދި ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް ވެސް މިނިސްޓަރު ދެތިން ފަހަރެއްގެ މަތިން މެމޯ ފޮނުއްވި ކަމަށާއި އެ ބޯޑުގެ ނިންމުމަކަށް ވީ ތަންފީޒުކުރުން ލަސްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ގަވައިދު އުވާލީ ތަންފީޒުކުރުން ލަސްކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމުގެ ލަފާ އެޓާނީ ޖެނެރަލްގެ އޮފީހުން ލިބިގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
"އުވާލުމުގެ ހަމައެކަނި ބޭނުމަކީ ގަވައިދުގައި ހުރި މައްސަލަތަކެއް ހައްލުކުރުން،" މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
އޭސީސީ އަށް ހުށަހެޅި މައްސަލައިގެ ލިއުންތަކުގައި ބުނެފައިވާ ގޮތުގައި، މިދިޔަ ޖުލައި 16 ގައި ގެޒެޓްކުރި ގަވާއިދު، ދެ މަސް ފަހުން ސެޕްޓެމްބަރު 16 ގައި އުވާލެއްވީ ގާނޫނު ތަންފީޒުކުރަން އެއްވެސް ކަމެއް ނުކުރައްވަ އެވެ. އެ ގަވާއިދު ތަންފީޒުނުކުރާތީ އެ ޝަކުވާ ވެސް ޝިޕިން އެޖެންސީތަކުން ތަކުރާރުކޮށް ހުށަހަޅަމުންދިޔަ ކަމަށް ބުނެފައިވެ އެވެ.
އެ ކަންބޮޑުވުން ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުން ވެސް މިނިސްޓަރަށް ތަކުރާރުކޮށް އެންގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
"މަތީގައި ބަޔާންކޮށްފައިވާ ޓްރާންސްޕޯޓް އޮތޯރިޓީ ހިންގުމާއި އަދި އެ އޮތޯރިޓީން ހަދަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް ހެދުމާއި އަދި އެ ގާނޫނުތަކާއި ގަވާއިދުތައް ބާތިލްކުރުމަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުން ކުރަން ޖެހޭ ކަމެއް ކަމާއި އެއީ އެއްވެސް ހާލަތެއްގައި ބޯޑުން ފާސްކުރުމެއް ނެތި އެއިރަކު މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކުރެއްވޭނެ ކަމެއް ނޫނެވެ،" މައްސަލައިގެ ލިއުންތަކުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިހާ ކަތްދަ
30 September 2020
މަޖިލީހުގެ ކޮމެޓީން ބުނާ އެއްޗަކުން ނުވަތަ އޭޖީގެ ލަފަޔަކުން ޓްރާންސްޕޯރޓް އޮތޯރިޓީގެ ގާނޫން ބާތިލް ނުކުރެވޭނެ ކަމެއް.. ޥާނުވާ ނޭގޭ މީހުން އަރާ މަތި ފަޓީގަ ތިބެގެން ގައުމު ހަލާކު ވެއްޖެ. އެތައް އަހަރެއްގެ ހިޔާނާތެއް ނުހުޓިގެން މިއުޅެނި. އޭސީސީ ގެ ދަތް ހުރެގެން ގައުމު އިސްލާހު ކުރެވޭނެ. މުޅިދިރިއުޅުމާ އަމިއްލަ ނަފްސާއި އިތްފަތް ނީލަން ކިޔައިގެން ގައުމެއް ނުހިންގޭނެ. ޖޭޕީން އައި މިނިސްޓަރުންގެ ހަޑި ތާހިރު ކުރަން މިޖެހެނީ ރައްޔިތުން ނަށް..
މުދިމު
30 September 2020
ވެހިކަލުގެ ފީދެއްކުމުގެ ގަވައިދުވެސް އުވާލަންވީނު އިސްލާހުކުރަންށޭ ކިއާފަ އަހަރުމެން ކުރިން އަޑުއަހަނީ އެއްޗެއް އުވާލަނީ އާއެއްޗެއް ހަދާފަ އެއްޗެއް އުވާލާފަ ދެން ކިހިނެއް އެ އިސްލާހުކުރާނީ އެއްޗެއް އޮވެގެންތަ އިސްލާހު ކުރެވޭނީ އުވާލީމަ ދެން އިސްލާހުކުރާނީ ކޮންއެއްޗެއް
މަހުޖަނު އަންހެނުނަ
30 September 2020
އިޒް ޝީ އަބަވް ދަ ލޯ!؟
ނަހުލާ ސޭޓުގެ
30 September 2020
އެސްއެމްއެސް އަކުން މިކަން ނިންމާލީ ދޮގެއި ރިއްފަތު
ޝްރީމަތީ މޮޑީ
30 September 2020
މަށަށް ހީވިޔޭ މީނާ ގެ ނިމުން އަންނާނީ އަމިއްލަ އަށް ޅައެއްޗެއް އަޅައިގެނޭ. އަނބިންނަށް، ދަރިންނަށް، ވަކިމީހަކަށް މުނިކާފަ ކިޔާ މީހުންނަށް ވަޒީރުކަން ތިޔަ ޤައުމުގަ ދެނީ ކޮން ޑިމޮކްރަސީ އެއްގެ ބާބަކުން ބާއޭ މަގޭ ހިތަށް އަރާ. މަގޭ ވެސް ދަރިއަކު ހުރި ނަމަ ތިޔަ އުކުޅު މިޤައުމުގައި ބޭނުން ކުރާނަން. ހެރިޓޭޖް އެކަމު މިޤައުމުގަ އޮވޭވިއްޔަ. ތި ޤައުމުގަ ހެރިޓޭޖު އަކަށް އޮތީ ދެތިން ދާގަބާ އަކާ ކަޅުވަކަރު މިސްކިތް އެކަނި ދޯ. ވަރަށް މަޖާ ކަންކޮށްފަ އޮތްގޮތް.
އޮނަރަބްލް އަފީފު ދީދީ
29 September 2020
ޙައްޤުހޯދަން މަސައްކަތް ކުރުމަކީ ނުހަނު މާތް ސިފައެއް. އަހަރުމެން ރައްޔަތުންނަކީ ރައީސުލް ޖުމްހޫރީއްޔާއާއި އޭނާގެ ވަޒީރުން ހިތުހުރިގޮތެއް ހަދާން ތިބިބައެއްނޫންކަން ރައްޔަތުންނަށް އެގި ވިސްނި ހިތްވަރުލިބޭނީ މިފަދަ ގޮތަކަށް ކަންކަން ކޮށްގެން. # ވަޒީރުންނާއި ސަރުކާރު އިސްވެރިންގެ އަމަލުތަކާއި ދެކޮޅަށް ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ޝަރުޢީ ކޯޓް ތަކާއި ހިސާބަށް ދާން ރައްޔަތުންނަށް ފުރުސަތު ދެއްވި ރައީސަށާއި މަޖިލިސް ރައީސަށް ޝުކުރު ދަންނަވަން.
އަބްދުއްالله
29 September 2020
އިސްލާހުކުރުމަށް، ގަވައިދު އުވާލާކަށް ނުޖެހޭ. ގާރޫނު އިސްލާހު ކުރުމަށް، އެއިރެއްގަ އޮތް ގާރޫނު އުވާލާތަ؟ އިސްލާހު ކުރިގާރޫނު ގެޒެޓު ކުރުމުން، ކުރީގެ ގާރޫނު އުވުނީ.
ޢާރާސްކޯރު22
29 September 2020
ޓްރާންސްޕޯޓަކީ ތިދާއިރާގެ ފަންނީ މައުލޫމާތު ނެތް މީހަކަށް ނުހިންގޭނެ ތަނެއް ކޮންމެ ގައުމެއްގަވެސް އެންމެ މުހިންމު އެއްމުއައްސަސާ އަދި މިގައުމުގަ ތިޔަތަނުގަ އުޅެފަތިބީވެސް ވަގުން ތީ ވައްކަންކުރަން ވަންނަ ތަނެއްހެން އެބޭފުޅުންނަށް ހީފުޅުކުރެވޭތީކަމަށްވެސް ވެދާނެ، މިގައުމުގަ ސީމަނުން ހުސްވެއްޖެ!!! މަދު އޮފިސަރުން ކޮޅެއް ގައުމުން ބޭރުގަ އުޅުނީ އެމީހުންނަށްވެސް މަގު ބަންދުކޮށްލީ، ވަގުންގެ ޓްރާންސްޕޯޓް މޯލްޑިވުސް.
ސަހަރޯ...
29 September 2020
ވިޔަފާރިވެރިޔާގެ އަނބިމީހާ އަބަދުވެސް ބޭނުންވާނީ އޭނާގެ ފިރިމީހާގެ ވިޔަފާރި ކުރިއަރުވަން
ތަކުންބަންދުކޮށްފައޭ
29 September 2020
ގަވާއިދު އުވާލައިގެން ވެސް ދިވެހި ވިޔަފާރި ވެރިން އަތުން ޝިޕިންގް އެޖެންޓުން ނަގާ ކަޓް އެބަޖެހޭ ހުއްޓުވަން މިކަމަމީ މީ ސީދާ ޓްރާންސްޕޯރޓް އޮތޯރިޓީގެ ބޮޑުންނާއި ޝިޕިންގް އެޖެންޓުންނާއި ގުޅިގެން ކުރާ ބޮޑެތި ވައްކަން ތަކޭ އާ ޝިޕިންގް އެޖެންޓުންނަށް އެއްގޮތަކަށް ވެސް ޓްރާންސްޕޯރޓް އޮތޯރިޓީ އަކުން ހުއްދަ ދޭ ގޮތަށް ގަވާއިދު އިސްލާހު ކުރަން ވެސް ނޫޅޭ މެދު ފަންތި އަދި ކުދި ފަންތި ވިޔަފާރި ކުންފުނި ތަކަށް ކުރިއަށް ދެވޭނެ ހުރިހާ މަގެއް ވަނީ އޮތޯރިޓީ
ކޮންޓޭނަރު
29 September 2020
ވިޔަފާރިވެރިން ހުރިހާ އެއްޗެއްގެ އަގު ބޮޑޫ ކުރަނީކީ ޝިޕިންގް އޭޖެންޓުންނަށް ދައްކަން ޖެހޭ އެއްޗެއްގެ ސަބަބުންނެއް ނޫން. ފުރަތަމަ ސަޕްލަޔަރާ އޭޖެންޓާ ދެމެދު ވާ އެއްބަސް ވުންވެސް ނޭނގޭ ބުރާންތިން އުޅެނީ!!