ޚަބަރު / އިމާރާތްކުރުމުގެ ރައްކާތެރިކަން

ޖިއާންގެ މަރު: ޑަބްލިޔު ކޮންސްޓްރަކްޝަންގެ އެމްޑީގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

ސިމެންތި ބަސްތާ ވެއްޓޭ މަންޒަރު ފެންނަ ފޮޓޯއެއް: އެ ހާދިސާގައި ކުޑަކުއްޖަކު މަރުވި މައްސަލާގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރާ ދެކޮޅަށް އިސްތިއުނާފްކުރި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ވަނީ ނިންމާފައި

އިމާރާތް ކުރަމުންދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކު މަރުވި މައްސަލާގައި ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގްގެ މައްޗަށް އިހުމާލުގެ ކުށް ސާބިތުނުވި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، ހައި ކޯޓުން މައްސަލަ ބޭރުކޮށްލައިފި އެވެ.

ޑިސެމްބަރު 2018 ގައި ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތް ކުރަމުންދިޔަ ތަނަކަށް ސިމެންތި ބަސްތާ އަރުވަނިކޮށް މައިންބަފައިންނާ އެކު މަގުމަތިން ހިނގާފައި ދިޔަ ބަންގްލަދޭޝްގެ ހަތް އަހަރުގެ ކުއްޖެއް ކަމަށްވާ ރައުޝަން ޖިއާންގެ ބޮލަށް ވެއްޓި މަރުވި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ޝަފީގް ވެސް ހިމެނޭ ގޮތުން ހަ މީހަކަށް ދައުވާކުރި އެވެ. ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުވިޔަސް، ކްރިމިނަލް ކޯޓުން ނިންމީ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ޝަފީގް ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ ކަމެއް ނެތް ކަމަށެވެ.

ޝަފީގް ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން މިއަދު ނިންމީ ޝަފީގްގެ ފަރާތުން ނެގި އިޖްރާއީ ނުކުތާއަކާ ގުޅިގެންނެވެ. އެއީ ދަށު ކޯޓުގައި ފާހަގަނުކުރާ ނުކުތާއެއްގެ މައްޗަށް ބިނާކޮށް ދައުލަތުން އެ މައްސަލަ އިސްތިއުނާފްކޮށްފައި އޮތުމުންނެވެ.

އެ ނުކުތާއާ މެދު ގޮތް ނިންމަވަމުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ވިދާޅުވީ ދައުލަތުން އެ މައްސަލަ އިސްތިއުނާފްކުރީ ކުންފުނިތަކުން ކުށުގެ ޒިންމާ އުފުލުމާ ބެހޭގޮތުން އޮންނަ ގާނޫނުލް އުގޫބާތުގައި 70 ވަނަ މާއްދާގެ މައްޗަށް އެކަނި ބިނާކޮށް ކަމަށެވެ. އެކަމަކު އެ މާއްދާ ދަށު ކޯޓުގައި ދައުލަތުން ފާހަގަނުކުރާ ކަމަށާއި އަދި ދައުވާގައި ވެސް އެ މާއްދާ އަށް ހަވާލާދީފައި ނެތް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެކަމަށް ދައުލަތުން ވެސް ހައި ކޯޓުގައި އެއްބަސްވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އިސްތިއުނާފް މަރުހަލާގައި މައްސަލަ ބަލަން ޖެހެނީ ދަށު ކޯޓަށް ހުށަހެޅުނު ކަންކަމާއި ދިފާއުތަކަށް ބަލައިގެންކަން ފާހަގަ ކުރައްވައި، ފަނޑިޔާރު ވިދާޅުވީ ޝަފީގްގެ މައްސަލާގައި ދައުލަތުން ދަށު ކޯޓުގައި ފާހަގަނުކުރާ ނުކުތާއެއް ހައި ކޯޓަށް ނުބެލޭނެ ކަމަށެވެ. އަދި އެފަދަ ނުކުތާއަކާ މެދު ހައި ކޯޓުން ގޮތެއް ނިންމާ ނަމަ، ޝަފީގްގެ އިސްތިއުނާފީ ހައްގަށް އުނިކަން އަންނާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އެހެންވެ، ޝަފީގާ ދެކޮޅަށް ދައުލަތުން އިސްތިއުނާފްކުރި މައްސަލަ މައުޟޫއީ ގޮތުން ހައި ކޯޓުގައި ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ކަމަށް ފަނޑިޔާރު ޝުއައިބު ވިދާޅުވި އެވެ.

ފަނޑިޔާރު ޝުއައިބުގެ އިތުރުން އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

އެ މައްސަލާގައި ދައުލަތުން ދެން ދައުވާކުރީ ސިމެންތި ބަސްތާ މައްޗަށް އެރުވުމުގައި އުޅުނު ހަތަރު ބިދޭސީއަކާއި ސައިޓް ސުޕަވައިޒަރުގެ މައްޗަށެވެ. ބަސްތާ މައްޗަށް އެރުވުމުގައި އުޅުނު އެއް ބިދޭސީއަކު މީހަކު މަރުވެ ދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގައި ހަ އަހަރަށް ޖަލަށްލުމަށާއިި އަދި އެކަމުގައި ބައިވެރިވުމުގެ ކުށް ސާބިތުވި ދެވަނަ ބިދޭސީ މީހާ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އަދި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ ސާބިތުވެ، ސުޕަވައިޒަރުގެ މައްޗަށް އިއްވީ 115،000ރ. ގެ ޖޫރިމަނާގެ އަދަބެވެ. އަދި ނުރައްކަލެއްގެ ކުރިމަތިވެދާނެ ކަން އެނގިހުރެ، އެކަމުގެ އިންޒާރު ނުދިނުމުގެ ކުށުގައި ދެން ތިބި ދެ ބިދޭސީންނަށް އިއްވީ 7،200ރ. ގެ ޖޫރިމަނާގެ އަދަބެކެވެ.

12 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 16%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބްތިހާލު

01 October 2020

މައްސަލައިގައި ދިފާއީ ވަކީލެއްގެ ގޮތުން ދިޔައީ މިހާރުގެ ޕީޖީ. ދެން، އިސްތިއުނާފު ނުކުތާ ހުށަހަޅާނެ ގޮތް ވިސްނާލާ.

The name is already taken The name is available. Register?

ޙިނި

01 October 2020

2024 ގަ އިސްތިއުނާފު އަޑުއެހުން އޮންނައިރު މިހާރުގެ ޕީގީ ހުންނާނީ ޕުރިއިވެޓު ޕުރެސްޓިސްގަ ކަންނޭގެ.

The name is already taken The name is available. Register?

ޙުސެންފުޅު

01 October 2020

އަދި އެބަ އޮތް ދުވަހެއް. ފެންނާނެ ހުރިހާ ކަމެއްވެސް ތިޔަ ވެރިޔާއަށްވެސް އަދި ނުފޫޒު ފޯރުވި އެމީހާއާއި އެކީގައިވި އަންހެން މީހާއަށްވެސް. ބައެއްމީހުންނަކީ ދީން ދުނިޔެވީ ފައިދާއަކަށް ބޭނުން ކުރާމީހުން. ޢިންސާނެއްގެ ފުރާނަ އާއި މީހެއްގެ ހައްގަކަށް އަރައިގަތުމަކީ ކިހާވަރެއްގެ ކަމެއްކަންވެސް ތިޔަ މީހުންނަށް އޮޅިފަކާ ނުވާނެ. ވަރަށް ސަލާމް

The name is already taken The name is available. Register?

ކްއިކްގަން މުރުގަން

30 September 2020

ތީގަ އެންމެ ބޮޑަށް އިހުމާލުވީ ފަރާތަކީ ތިޔަކުންފުނީގެ ވެރިޔާ ކަން އެއްވެސް ޝައްކެއްނެތް ކަން ހަމަޔަގީން. ފެނިގެން މިދަނީ ރާއްޖޭގަ ގާނޫނުތަށް ހެދިފަހުރީ މަހުޖަނު މީހާ އަދި އިއްޒަތްތެރިޔާ އަށް ބޭނުންވާ ގޮތަށް . މި ފެނުނީ އެކަމުގެ ލާމަސީލު އެއް މިސާލު. ނިކަމެތި މީހާއަށް އިންސާފަކީ މިގައުމުގައި ލިބޭނެއެއްޗެއްނޫން ވަރަށް ދެރަ.

The name is already taken The name is available. Register?

ހެހެހެހެހޭ

30 September 2020

ކުރިމިނަލް ކޯޓުގަ ޑަބްލިއު ކޮންސްޓްރަކްޝަން ތަމްސީލު ކުރި ވަކީލަކީ މިހާރުގެ ޕީޖީ. އިތުރު އެއްޗެއް ބުނާކަށް ނެތިން.

The name is already taken The name is available. Register?

ހަސަނު1

30 September 2020

ވަރަށް ދެރަ. ހިނގީ އެކްސިޑެންޓެއް. ތިކަމުގައި އެންމެ އައުލާކަން ބޮޑީ ކުންފުނި ބޮޑު ޖޫރިމަނާއެއްކުރުން. އޭރުން ކުންފުނިތަކުން ރަނގަޅަށް ސައިޓު ބަލަހައްޓަން ހޭއަރާނީ. ދެން އެލާރި ދޭންވީ ގެއްލުންވި އާއިލާއަށް. އެއީ އިންސާފަކީ.. ތި ބިދޭސީމީހުން 12 އަހަރަށްޖަލަށް ލައިގެން ލިބޭނޭ އިންސާފެއް ނޯންނާނެ. އެމީހުންނަކީ ރާވައިގެން މީހުންމަރަން މިތަނައް އައި ބައެއްނޫން. އެއީވެސް ނިކަމެތިން. އެމީޙުންގެވެސް އާއިލާ ދޫކޮށްއެއައީ އާއިލާއަށް ރަނގަޅު ގޮތްގޯދައިދޭން.

The name is already taken The name is available. Register?

ރަންގަޅު.

30 September 2020

ވާހަކައެއް ، ބޮޑު ޖޫރިމަނާއެއް ކުރަން ފެނޭ، އެކަމަކު އެ ފައިސާއިން ބައެއް ސަރުކާރަށް ވެސް ނަގަން ޖެހޭނެ

The name is already taken The name is available. Register?

ކައްދާނިކެ

30 September 2020

ކޯޓްތަކުގައި މިހާރު ނިއްމާނިއްމުން ރަގަޅު.

The name is already taken The name is available. Register?

ފުސް.

30 September 2020

އިންޝާ ﷲ އެއީ މިހާރު ސުވަރުގޭގެ ބަގީޗާ އެއްގެ ދޫންޏެއް. ނިކަން އަސަރު ކުރުވަނިވި ގޮތަކަށް ނިމިދިޔަ ކުއްޖެއް އެއީ

The name is already taken The name is available. Register?

އަބޫބަކުރުބެ

30 September 2020

ޖަލަށްދާންޖެހޭނީ އަބަދުވެސް ކުޑަމީހާ. ބޮޑުމީހާގެ މައްޗަކަށް ގާނުނެއް ނުހިންގާނެ.

The name is already taken The name is available. Register?

ފުސް.

30 September 2020

ޖަލަށްވުރެ ބޮޑުމީހާ ބޮޑުވީމާ ކިހިނެއް ޖަލަށް ވައްދާނީ؟

The name is already taken The name is available. Register?

ކްއިކްގަން މުރުގަން

30 September 2020

ތެދެއް ތިޔަބުނާ ބޮޑުން ޖަލުގައި ކިހިނެއް ގެންގުޅޭނީ . ބޮޑުން ޖަލުގަ ގެންގުޅެއްޏާ އެބަޖެހޭ ފަތާފެންގަޑަކާ، ސްޕާއަކާއި، ޖިމްއަކާއި، ދުވާނެޓްރެކް އެއް އަދި އެޕާޓްމެންޓް އެއްދޭން . ކިހާބޮޑު ޚަރަދެއް. އެހެންވުމުގެ ސަބަބުން ނުލެވަނީހެން ހީވަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454