މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސުނިލް.

04 އޮކްޓޯބަރ 2020 - 08:51

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ 150 ވަނަ އުފަން ދުވަސް ހުކުރު ދުވަހު ފާހަގަކުރުމާ ދިމާކޮށް ބޮލީވުޑްގެ ނުފޫޒު ގަދަ ބަޔަކު "ޗޭންޖު ވިތިން" ގެ ނަމުގައި އިނިޝިއޭޓިވެއް ލޯންޗްކޮށް، އޭގެ ދަށުން އިންޑިއާގައި ހުރި އެކި މައްސަލަތަކަށް ފިލްމުތަކެއް ގެނެސްދޭން ނިންމައިފި އެވެ.

މީގައި ހިއްސާވާ މީހުންނަކީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އާއި ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރާއި ޑައިރެކްޓަރު/ޕްރޮޑިއުސަރު އާނަންދު އެލް ރާއީގެ އިތުރުން ޕްރޮޑިއުސަރު އެކްތާ ކަޕޫރެވެ.

އެ މީހުން އިސްކޮށް ތިބެގެން "ޗޭންތު ވިތިން" ގެ ދަށުން ސިލްސިލާކޮށް ހޭލުންތެރިކަމުގެ ފިލްމުތަކެއް ގެނެސްދޭނެ އެވެ. މިކަން ކުރާކަން ބަޔާނަކުން ހިއްސާކުރި ނަމަވެސް އެއްވެސް ޕްރޮޖެކްޓަކާ ބެހޭ އެއްވެސް ތަފުސީލެއް އަދި ނުދެ އެވެ. އެކަމަކު ބުނީ ވަރަށް އަވަހަށް އިތުރު ތަފުސީލުތައް ހިއްސާކުރާނެ ކަމަށެވެ.

"ޗޭންޖް ވިތިން" ގެ ނަމުގައި ބޮލީވުޑުން އިނިޝިއޭޓިވެއް ލޯންޗްކޮށްފައި ވަނީ އެ އިންޑަސްޓްރީ ތެރޭގައި މި ވަގުތު ބޮޑެތި މައްސަލަތަކެއް ވެސް އުފެދިފައި ވަނިކޮށެވެ.

ރޭޕްގެ ތުހުމަތުގައި އަނޫރާގާ ސުވާލުކޮށްފި

ޑައިރެކްޓަރު އަނޫރާގް ކެޝަޕްގެ މައްޗަށް ބަތަލާ ޕާޔަލް ގޯޝް ތުހުމަތުކުރި ޖިންސީ ގޯނާ އާއި ރޭޕްގެ ތުހުމަތާ ގުޅިގެން އަނޫރާގެ މުމްބާއީ ޕޮލިހަށް ހާޒިރުކޮށް ބުރާސްފަތި ދުވަހު ސުވާލުކޮށްފި އެވެ.

މީޑިއާތަކުން ބުނީ ދެ ވަކީލުންގެ ހާޒިރުގައި ފުލުހުންނާ އަނޫރާގާ ސުވާލުތައް ކުރި އިރު އެކަން އަށް ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ ކަމަށެވެ. ޕާޔަލް ބުނެފައިވާ ގޮތުގައި ފިލްމަކާ ގުޅޭ ގޮތުން އަނޫރާގާ ބައްދަލުކުރަން 2013 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އޭނާ އޮފީހަށް ދިއުމުން ކޮޓަރިއެެއްގެ ތެރެއަށް ވައްދާފައި ގަދަކަމުން އޭނާއާ ބެހެން އަނޫރާގް މަސައްކަތްކޮށްފައިވެ އެވެ. އެކަމަކު އެ ތުހުމަތަށް އިންކާރުކޮށް އެއީ ހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.

މި މައްސަލާގައި ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު އަނޫރާގާ އެއްކޮޅަށް ތިބި އިރު، ބައެއް ފަންނާނުން ދަނީ ޕާޔަލް އަށް ވެސް ތާއީދުކޮށް ވާހަކަ ދައްކަމުންނެވެ.

"މޮސަގައްލޫ" ގައި ސުނިލް ޝެޓީ

ބޮލީވުޑްގެ ފިލްމުތަކަށް ވުރެ ގިނައިން މި ފަހަކަށް އައިސް އިންޑިއާގައި އެހެން ބަހުރުވަތަކުން ހަދާ ފިލްމުތަކުން ފެންނަ އެކްޓަރު ސުނިލް ޝެޓީގެ އާ ފިލްމު "މޮސަގައްލޫ" ގެ ޕޯސްޓަރާ އެކު، ޓީޒާއެއް ވެސް ދައްކާލައިފި އެވެ.

ޖެފްރީ ގީ ޗިން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ތެލެގޫ، ތަމަޅަ، މަލަޔާޅަމް، ކަންނާގެ އިތުރުން ހިންދީ ބަހުން ވެސް ގެނެސްދޭނެ ފިލްމެކެވެ. "މޮސަގައްލޫ" ހައި ސުނިލް ފެންނާނީ ފަގުޑި އެޅި ފުލުހެއްގެ ރޯލުންނެވެ. މީގެ ލީޑް ކާސްޓުންނަކީ ކާޖަލް އަގަރްވާލާއި ވިޝްނޫ މަންޗޫ އެވެ.

ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު "މޮސަގައްލޫ" އަކީ ސިނަމާތަކުގައި އަޅުވާނެ ކަމަށް ބެލެވޭ ފިލްމެކެވެ. އިންޑިއާގެ ސިނަމާތައް މި މަހުގެ 15 އިން ފެށިގެން ހުޅުވަން މިހާރު ވަނީ ހުއްދަ ވެސް ދީފަ އެވެ.

"ބެލް ބޮޓަމް" ގެ ޓީމް އިންޑިއާ އަށް

މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅުން ފެށިގެން ސްކޮޓްލެންޑްގައި ޝޫޓްކުރި އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ގެ މަސައްކަތް ނިންމައިލުމަށް ފަހު، ކާސްޓާއި ކްރޫ އެނބުރި އިންޑިއާ އަށް ހިނގައްޖެ އެވެ.

ހުކުރު ދުވަހު ގައުމަށް ފުރުމުގެ ކުރިން ލަންޑަންގެ އެއާޕޯޓެއްގައި ބަތަލާ ވާނީ ކަޕޫރާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް އަކްޝޭ ޓްވިޓާގައި ހިއްސާކޮށްފައިވެ އެވެ. "ބެލް ބޮޓަމް" ވަރަށް ބޮޑަށް ތައްޔާރުވެގެން، މުޅިން އެއްކޮށް ފިލްމަށް ހުސްވެގެން އޭގެ ޓީމުން ވަރަށް އަވަހަށް ނިންމައިލި ފިލްމެކެވެ. ރަންޖީތު ތިވާރީ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ލާރާ ދައްްތާ އާއި ހުމާ ގްރޭޝީގެ އިތުރުން އާދިލް ހުސައިން ހިމެނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އަންނަ އަހަރުގެ އެޕްރީލް 2 ގައި ރިލީޒްކުރާ ސްޕައި ތުރިލާ "ބެލް ބޮޓަމް" ގެ ޓީޒާއެއް މި ހަފުތާގެ ތެރޭގައި އާންމުކުރާނެ އެވެ. މިދިޔަ ހަފުތާގައި ވަނީ ފިލްމު ޕޯސްޓަރެއް ވެސް ދައްކާލައިފަ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454