05 އޮކްޓޯބަރ 2020 - 11:54
އެތެރެހަށީގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް އަތުލައިގަތް ހަތަރު ބިދޭސީން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޕާކިސްތާނު ހަތަރު މީހެކެވެ. އެއީ އަހްސަން އުލް ހަސަން، 30، މުހައްމަދު އަލީ ބާއިގް، 41، މުހައްމަދު ސާދު ވަރްސީ، 22 އަދި އަބްދުﷲ އަލީ ހަސަން، 34، އެވެ. މި އެންމެންނަކީ ވެސް މިދިޔަ މަހުގެ 11 ވަނަ ދުވަހު ހެނދުނު ރާއްޖެ އައި ބައެކެވެ.
އެއާޕޯޓުން އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް މި ހަތަރު މީހުން ގެންގޮސް ހޮސްޕިޓަލުގައި ތިބި އިރު އެ މީހުން ބޮޑުކަމު ދިޔަ ތަކެތިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 81 ބުލެޓު ފެނިފައިވާ ކަމަށާއި އެތަކެތީގެ ބަރުދަނުގައި 791 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.
މި މީހުން އަތުލައިގަތީ އެއާޕޯޓުން ކަސްޓަމްސް އޮފިސަރުންނަށް ޝައްކުވެ އިތުރަށް ސުވާލުކޮށް ބެލި ބެލުމުން އެ މީހުން މަސްތުވާތަކެތި ގެންގުޅޭ ކަމަށް ބެލެވިގެން ހިންގި ތަހުގީގުންނެވެ.
އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިhttps://t.co/E9lT8cEAIv pic.twitter.com/D3znrtdjbh
— Maldives Police (@PoliceMv) October 5, 2020
މި ހަތަރު މީހުންގެ އިތުރަށް މިދިޔަ މަހު 29 ގައި ރާއްޖެ އައި ކެންޔާ އަންހެނެއްގެ އެތެރެހަށިން ވެސް 52 ބުލެޓު މަސްތުވާތަކެތި ފެނިފައި ވެއެވެ. އުމުރުން 27 އަހަރުގެ މި މީހާގެ ބަންދަށް ކޯޓުން ދީފައިވަނީ 15 ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
05 October 2020
ޕާކިސްތާނުން މިނޫންއެއްޗެއް މިރާއްޖެއައް ގެނޭތަ؟
ރައިވެރިންގެ ދަރި
05 October 2020
ހަތަރު އެތިން އެކަތި. މި ކުޑަކުޑަ އާބާދީ އަށް ޓަނުން ޓަނުން ތީތި އެތެރެ ތިކުރަނީ ގައިމު ބޯނެ ބަޔަކު ތީބީމާ ތާއެވެ.ޑިމާންޑް އޮތީމާ ތާއެވެ؟
ހަކީމް
05 October 2020
ރަށްޔިތުންގެ ލާރިން ކޮންމެ ޤައިދީ އަކަށް އަހަރަކު އެތަށް ހާސް ރުފިޔާއެއް ހަރަދުކުރަން ޖެހޭ. ބިރަކާ ނުލާ މިހެން އެތެރެކުރަން ކެރެނީ ރާއްޖޭގެ ޖަލުތަކަކީ އެންމެ އަރާމުގައި މޮޅު ކެއުން ކައިލައިގެން އުޅެވޭ ތަނަކަށް ވެފައި އަވަހައް މިނިވަން ވާތީ ...
ބުރެދި
05 October 2020
ރާއްޖޭގަ ޑްރަގްސް އެތެރެ ކުރާ މީހުންނަށް ދެވޭނެ ބޮޑު އަދަބެއް ނެތެވެ. އެކަން އެތެރެކުރާ މީހުންނަށް ވެސް އެނގެ އެވެ.
hawwa
05 October 2020
1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށް ލާން ޤާނޫނުގައި އޮންނަނީ. ބިދޭސީންނަށް ޤާނޫނު ނުހިނގާތީ އެމީހުން ޑީޕޯޓު ކޮށްލުން ނޫން ކަމެއް ނުކުރެވޭ.
އޮނަރަބްލް އަފީފު ދީދީ
05 October 2020
ދާދިފަހުން ރާއްޖޭގައި ވިޔަފާރި ހިންގި ޕާކިސްތާން މީހާ ދިވެއްސަކާއި ކައިވެނިކޮށް އިމްޕޯޓް މުދާ އެތެރެކޮށް ބަތް ޕާރުސަލް ހެދުން ފަދަ އެތައްކަމެއް ކުރުމަށްފަހު ކުއްލިއަކަށް އޭނަ ގެއްލިއްޖެ. # މިހާރު އެފަދަ "އަނެއްސޭޓު" ދަނީ ހަމަ އޭނާ ކުރިގޮތަށް މުޅި މާލޭގައި ބަދަން ވިއްކާ ފިހާރަ ހުޅުވަމުން. ޢަވަށްޓެރި އިންޑިޔާގެ މިދެންނެވި ސޭޓް ވެސް ހުންނަނީ "ނަމެއްގައި" މާލޭގެ މަޖީދީ މަގުގައި ހުންނަ މަޝްހޫރު ގެއެއްގެ އަންހެނަކާއި އިނދެގެން ކަމަށްވޭ. ފުލުހުން މިފަދަމީހުންގެޙަރަކާތްބަލާންޖެހޭ.
އިބްރާހިމް އަހުމަދު
05 October 2020
ޝައްކުނުކުރެވޭ ކިތައްމީހުން ތިތަކެތި އެތެރެކުރާނެބާ؟ އެހެންގައުމުތަކުގަ ތިކަންތައް ކުރާގޮތައް ކުރަންވިސްނަނީ ކޮންދުވަހަކުންބާ؟ އެކްސްރޭ މެށިންބަހަށްޓާފަ އެއިން ސްކޭންކުރެވޭގޮތަށް ހަދަންވެއްޖެ މިހާރު.