ރާއްޖެ އައި މީހެއްގެ އަތުން މީގެ ކުރިން އަތުލައިގެންފައިވާ ޑްރަގްސް.
04 އޮކްޓޯބަރ 2020 - 22:21
އެތެރެހަށީގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފަސް މީހަކު ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ މީގެ ތެރެއިން ހަތަރު މީހުންނަކީ ޕާކިސްތާނު މީހުން ކަމަށެވެ. އެއީ އުމުރުން 22 އަހަރުގެ މީހަކާއި 30 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެކެވެ. މި މީހުން ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ.
އެ މީހުންނަށް ކަސްޓަމްސް އޮފިސަރުންނަށް ޝައްކު ކުރެވިގެން އިތުރަށް ސުވާލުކޮށް ބެލި ބެލުމުން ހަތަރު މީހުން ވެސް އެތެރެހަށީގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަން އެނގުނެވެ.
ކަސްޓަމްސް އިން ބުނީ ފުލުހުންނާ ގުޅިގެން އެ މީހުން ހޮސްޕިޓަލަށް ގެންގޮސް ބެލި ބެލުމުން އެތެރެހަށިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. ހެރޮއިން އަޅާފައިވާ 81 ބުލެޓު އެ މީހުންގެ އެތެރެހަށިން ފެނިފައިވާ ކަމަށާއި އެތަކެތީގެ ބަރުދަނުގައި ގާތްގަނޑަކަށް 791 ގްރާމް ހުރި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އެ ތަކެތީގެ މަގުމަތީ އަގު 6،32،800ރ އަށް އަރާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އެތެރެހަށީގައި ފޮރުވައިގެން މަސްތުވާތަކެޔި ގެނައި ފަސް ވަނަ މީހާ އައީ މިދިޔަ މަހު 29 ގައި އައި 27 އަހަރުގެ ކެންޔާ އަންހެނެއް ކަމަށެވެ. އޭނާގެ ހަށިގަނޑުން، ޑްރަގްސް ހުރި 52 ބުލެޓު ވަނީ ފެނިފަ އެވެ.
ކަސްޓަމްސް އިން ބުނީ މި އެންމެން ވެސް މިހާރު ވަނީ ތަހުގީގަށް ފުލުހުންނާ ހަވާލުކޮށްފައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރު
05 October 2020
ޝުކުރިއްޔާ ކަސްޓަމްސް ،ޝުކުރިއްޔާ ޕޮލިސް . ދޫނުކޮށް ތިޔަ ވަބާއިން މިގައުމު ސަލާމަތް ކުރެވޭތޯ ބަލާ ތިޔަވަބާ މިގައުމުގައި މައިތިރި ކުރެވިއްޖެ ނަމަ ދެން ހުރި ހުރިހާ ކަމެއް ރަގަޅު ކުރެވޭނެ.
ޑެންޓިސްޓް
05 October 2020
ނުވާނެ ތިކަމެއް އަންނި މެން ގެނައި ޑިމަކްރަސީގައި ކުއްކުރާ ފަރާތުގެ ހައްގު ބޮޑުވާނެ އަނިޔާ ލިބޭ ފަރާތައް ވުރެބޮޑައް.
ހައްގުނ
05 October 2020
ފިލާތިބެ ރާއްޖޭގައި ކުށްކުރުމަކީ ވަރަށް ނުވާނެކަމެއް. ހަކުރު ވިއްކިޔަސް ހަށި ވިއްކިޔަސް ފަޅާއަރާނެ ފުރަތަމަ ބުރުން. ރަށަކަށް ހަކުރު އެތެރެ ކުރުމުގެ ކުރިން ރަށުގައި އުޅޭ ޒުވާނުންނަށް އެނގޭނެ. ރަށަށް ރަންޑިއެއް ގެނައުމުގެ ކުރިން ވެސް ޒުވާނުންނަށް އެނގޭނެ. ޒުވާނުންނާއި ފުލުހުން އޮންނަނީ ގުޅިފައި. ދެން ވިސްނާ ވާނެގޮތް.
މުލޭ
05 October 2020
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް ގާނޫނު ބަދަލުކުރަން އިއްޒަތްތެރި މެންބަރުންނަށް ގޮވާލަން.
ހާސަރު
05 October 2020
މިހާރު ތިކަން ކުރަން މާލަސްވެއްޖެ. މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާމީހުން ހަމަ މަރަންވީ.
ރަބަރު
05 October 2020
ތިއީ މުޅިދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި އަދި ބޮޑު ޖަރީމާއެއް. ތިކަމުގައި އެކިމީހުން އުޅެނީ އެކި ފެންވަރުގަ. މިރީޖަނުން ޕާކިސްތާނު އަދި އަފްޣާނިސްތާނު ފާހަގަކުރެވޭ. ރާއްޖެފަދަ ގައުމެއްގައި ތިކަން ހިނގާވަރު ނިސްބަތުން ބޮޑުވާނެ. ކަމުގެ އަސްލު ސަބަބަކީ ކުއްލިއަކަށް މުއްސަނދިވާން ބޭނުންވާ މީހުން ގިނަވުން. ކުއްލި މުއްސަނދިކަން ބޭނުންވަނީ ވިޔަފާރިވެރިންގެ މަޅިތަކުގެ ސަބަބުން. އަހަރުގެ ދެކޮޅު އާ ކުލައެއް ޖައްސާފަ ކުރީގެ ތަކެތި ނެރުން.
އާފާގް
05 October 2020
ޕާކިސްތާނު މީހުންނަކީ އާއްމުކޮށް ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އުޅޭ ބަޔެއް! ދެން ދިވެހިން ދެފުށް ދެގޮތްވީމައި މިކަން އެގޭއިރުވެސް ނޭގޭކަމަށް ހަދައިގެން މިއުޅެނީ
1828
05 October 2020
މައްސަލައެއް އެބައުޅޭ. މަސްތުވާތަކެއްޗަށް މިހާ ޑިމާންޑް ބޮޑުވާން ޖެހޭ ސަބަބެއް އޮންނާނެ. ސަޕްލައި ހައިވަނީ ޑިމާންޑް ބޮޑުވާތީ. ސަޕްލައި އަދި ޑިމާންޑް ބޮޑުވަންވެސް ސަބަބެއް އޮންނަންވާނެ. އެއް ސަބަބަކީ މަސްތުވާތަކެއްޗާއެކު އަދުލައިގަނެވޭ މީހުން ދޫވުން. އަނެއް ސަބަބަކީ ސާބިތުނުވުން. އަނެއް ސަބަބަކީ ހުކުމް ތަންފީޒް ނުކުރެވުން. މިކަންކަން މިހެން ހުރިހާ ދުވަހަކު ޑިމާންޑް ދަށެއް ނުވާނެ. އަދި ސަޕްލައިވެސް ދަށެއް ނުވާނެ
ކިނބޫ
04 October 2020
ސުނޭނާ ފެރީން ހާދަ ކާގޯއެއް ގެނެސްގެނޭ އުޅެނީ އޮތަ!