ރޭޕާއި ޖިންސީ ގޯނާގެ މައްސަލަތައް ބަލަން ގޮވާލައި ބަޔަކު މުޒާހަރާ ކުރަނީ. ފޮޓޯ:އަހުމަދު އަވްޝަމް އިލްޔާސް/މިހާރު
06 އޮކްޓޯބަރ 2020 - 18:27
އުމުރުން 14 އަހަރުގެ ކުއްޖެއް ގްރޫމްކޮށްގެން، އެ ކުއްޖާއާ ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ތ. އާއި ލ. އަތޮޅު ހިމެނޭ ސެންޓްރަލް ޑިވިޝަންގެ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ގްރޫމްކޮށް ޖިންސީ ގުޅުން ހިންގަން ހިތްވަރުދީ އަދި ޖިންސީ ގުޅުން ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް، 15 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.
ގްރޫމް ކުރުމަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރަން ފައިސާ އާއި އެ ނޫން ވެސް މާއްދީ އެއްޗެއް އެ ކުއްޖާއަށް ނުވަތަ ކުއްޖާގެ ބެލެނިވެރިން ނުވަތަ ބަލަން ހަވާލުވެފައިވާ ބަޔަކަށް ދީ، އިތުބާރު ހޯދުމަށް މަސައްކަތް ކުރުމެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމް ކޮށްފި މީހެއްގެ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ.
މީގެ ދުވަސްކޮޅެއް ކުރިން ވެސް ގްރޫމަކުރުމުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯން ލީ
06 October 2020
މިއޮތް ކަމެއްދޯ؟.