"އާތުޝޮޓް ޕްރައިޒް" އަށް އަންނަ މަހުގެ 1 ގައި ކުރިމަތިލާން ހުޅުވައިލާނެ
09 އޮކްޓޯބަރ 2020 - 07:43
މި ވަގުތު ދުނިޔެ އަށް ކުރިމަތިވެފައިވާ ތިމާވެށީގެ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދޭ ފަރާތްތަކަށް "ދި އާތުޝޮޓް ޕްރައިޒް" ގެ ނަމުގައި ފައިސާގެ ބޮޑު އިނާމެއް ދޭން މިދިޔަ އަހަރުގެ ކުރީކޮޅު ޕްރިންސް ވިލިއަމް ކުރެއްވި އިއުލާނާ ގުޅިގެން، އަންނަ މަހު އިނާމަށް ކުރިމަތިލާން ހުޅުވާލަން ނިންމައިފި އެވެ.
މިކަން އިއުލާންކޮށްފައި ވަނީ ވިލިއަމާއި މަޝްހޫރު ނެޗްރަލިސްޓް ޑޭވިޑް އެޓެންބަރާ ގުޅިވަޑައިގެންނެވެ. ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދަން ހިތްވަރު ދިނުމުގެ ގޮތުން އިނާމަށް ވަނީ ޖުމްލަ 50 މިލިއަން ޕައުންޑް (64,842,000 ޑޮލަރު) ކަނޑައަޅައިފަ އެވެ. މިއީ މިހާތަނަށް ތިމާވެށީގެ ދާއިރާއާ ގުޅުން ހުރި ކަމަކަށް އިނާމެއްގެ ގޮތުގައި ދޭން އެހާ ބޮޑު އަދަދެއްގެ ފައިސާ ކަނޑައެޅި ފުރަތަމަ ފަހަރެވެ. އަދި ކޮންމެ އަހަރަކު އިނާމުގެ ގޮތުގައި ފަސް ފަރާތަކަށް އިނާމު ދޭނެ އެވެ. އެއީ ކޮންމެ އިނާމަކަށް 1.29 މިލިއަން ޑޮލަރު ދޭ ގޮތަށެވެ.
"އާތުޝޮޓް ޕްރައިޒް" ހާސިލުކުރެވޭނީ މައިގަނޑު ފަސް ދާއިރާއަކުން ހައްލުތައް ހޯދައި ދީގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ގުދުރަތީ ވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާއި ވައި ސާފުކުރުމާއި ކަނޑުގެ ދިރުންތައް އާލާކުރުމާއި ކުނިބުނިން ސަލާމަތްވުގެ އިތުރުން މޫސުމަށް އަންނަ ބަދަލު ނުވަތަ ކްލައިމެޓް ޗޭންޖްގެ މައްސަލަތައް ހައްލުކުރުމެވެ.
Introducing The Earthshot Prize, the most prestigious global environment prize in history.
— The Earthshot Prize (@EarthshotPrize) October 8, 2020
This new global prize for the environment will incentivise change and help to repair our planet over the next ten years – a critical decade for the Earth. pic.twitter.com/biAZecHuml
މި ދާއިރާތަކުން ހައްލު ހޯދައިދޭ ފަރާތްތަކަށް "އާތުޝޮޓް ޕްރައިޒް" އަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 1 އިން ފެށިގެން އޮންނާނެ އެވެ. އެގޮތުން ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި ކުންފުނިތަކާއި ސްކޫލްތަކާއި ސަރުކާރުތަކާއި ބޭންކް ފަދަ ތަންތަނަށް ވެސް އިނާމު ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.
"The key thing about the Earthshot Prize is that positivity...the idea that we need to find solutions to be able to live our lives, and enjoy our lives, and not feel guilty and bad about some of the things we do," says Prince William #R4Today https://t.co/jfCmgmbjWV
— BBC Radio 4 Today (@BBCr4today) October 8, 2020
"އާތުޝޮޓް ޕްރައިޒް" އާ ބެހޭ ގޮތުން ބީބީސީ ރޭޑިއޯ 4 ގެ "ޓުޑޭ ޕްރޮގްރާމްގައި ޑޭވިޑާ އެކު ބައިވެރިވަޑައިގެން ވިލިއަމް ވިދާޅުވީ މިކަމަކީ ތިމާވެށީގެ ބޮޑެތި މައްސަލަތަކަށް ވަރަށް ފުރިހަމަ ހައްލުތަކެއް ހޯދައިދޭން ބޮޑު ހިތްވަރަކަށް ވާނެ ކަމަށެވެ. އަދި މީގެ ތެރެއިން ބިނާކުރަނިވި މުއްސަނދި އަދި ތަނަވަސް ހިޔާލުތަކެއް އުފަންވާނެ ކަމުގެ އުންމީދު ވެސް ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.
"ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދާކަށް ފަހަކަށް މަޑު ކުރެވޭކަށް ނެތް. މިހާރުން މިހާރަށް ހައްލުތައް ބޭނުން. އަހަރެން ވެސް މިކަމުގައި ބައިވެރިވަނީ އަމިއްލަ ޒިންމާއެއް ކަމަށް ދެކިގެން." ވިލިއަމް ވިދާޅުވި އެވެ.
We have just 10 years to repair the planet. By 2030, let’s choose to:
— The Duke and Duchess of Cambridge (@KensingtonRoyal) October 8, 2020
🐢 Protect and restore nature
💨 Clean our air
🌊 Revive our oceans
♻️ Build a waste-free world
🌍 Fix our climate
Introducing the @EarthshotPrize 🏆 https://t.co/Ar41HpMIJp
އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ދުނިޔެ ފޯރުކޮށް ދެވޭނީ މިހާރު ކުރެވޭ މަސައްކަތްތަކުގެ ނަތީޖާއިންނެވެ. ވިލިއަމް ވިދާޅުވި ގޮތުގައި "އާތުޝޮޓް ޕްރައިޒް" އަކީ މުޅި ދުނިޔެ އަށް ހުޅުވާލާފައިވާ އެއްޗެކެވެ. އަދި އޭގެ ބޭނުމަކީ އެންމެންގެ ބައިވެރިވުން ތިމާވެށީގެ މައްސަލަތަކަށް ހޯދުން ކަމަށް ވިދާޅުވި އެވެ.
"އާތުޝޮޓް" ޕްރައިޒް ދިނުމުގެ ފުރަތަމަ ހަފުލާ ކޮންމެ އަހަރަކު ވެސް ތަފާތު ގައުމެއްގައި ބާއްވަން ވެސް ވަނީ ހަމަޖައްސައިފަ އެވެ. އަންނަ އަހަރުގެ ހަރީފު މޫސުމުގައި ފުރަތަމަ ހަފުލާ ބާއްވާނީ އިނގިރޭސިވިލާތުގެ ލަންޑަންގަ އެވެ.
ވިލިއަމާއި ޑޭވިޑް ސިފަކުރައްވާ ގޮތުގައި "އާތުޝޮޓް ޕްރައިޒް" އަކީ ކުރިއަށް އޮތް ތަނުގައި "ނޯބެލް ޕްރައިޒް ފޯ އެންވަޔަރަމަންޓަލިޒަމް" އެވޯޑެވެ.
"އާތުޝޮޓް ޕްރައިޒް" އަކީ ޕްރިންސް ވިލިއަމާއި ކޭޓަށް ނިސްބަތްވާ ފައުންޑޭޝަން އޮފް ދަ ޑޫކް އެންޑް ޑަޗެސް އޮފް ކެމްބްރިޖްގެ ދަށުން ކުރިއަށް ގެންދާ ކަމެކެވެ. އެ އިނާމު އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy