10 އޮކްޓޯބަރ 2020 - 06:44
ޖޫން މަހުގެ ތެރޭގައި ޕްލޭސްޓޭޝަން 5 ދައްކާލުމާ އެކު އެންމެ ބޮޑު ބަހުސެއް ފެށުނީ އޭގެ ސައިޒާ ގުޅޭ ގޮތުންނެވެ. އެ ކޮންސޯލް "ބިޔަކަމުން" ޖޯކި ޖެހި މީހުން ބައިވަރެވެ. ބައެއް މީހުން ޕީއެސް ސިފަކުރީ ބޮޑު އުސް ޓަވަރެއްގެ ގޮތުގަ އެވެ. އަދި ބައެއް މީހުން ވަނީ ޕީއެސް އަށް ލޯބިކުރިޔަސް އެހާ ބޮޑު އެއްޗެއް، އެ މީހުން ދިރިއުޅޭ ކުދިކުދި ތަންކޮޅުގެ ތެރެއަށް ފައްތާނީ ކިހިނެއްތޯ ވެސް ސުވާލުކޮށްފަ އެވެ.
މިފަދަ އެތައް ފާޑެއް ސޮނީގެ އާ ކޮންސޯލަށް އަމާޒުވި އެވެ. އަންނަ މަހުގެ 12 ގައި ޕީއެސް 5 ނެރޭ އިރު، ސޮނީން މިހާރު ވަނީ އުފާވާ ކަހަލަ ވާހަކައެއް ހިއްސާކޮށްފަ އެވެ. އެއީ އެ ކޮންސޯލް "ސައިޒަށް ތިރިކޮށްލެވިދާނެ" ވާހަކަ އެވެ. އެކަން ކުރާނެ ގޮތުގެ ވީޑިއޯއެއް ވެސް ވަނީ ދައްކާލާފަ އެވެ.
PS5 Teardown: An up-close and personal look at the console hardware https://t.co/5qeiFgCJWD via @YouTube
— Adhushan (@Adhushan1) October 9, 2020
އެގޮތުން ގޭމްގެ ބޭސް ދިގަށާއި ހުރަހަށް ވެސް ބޭއްވިދާނެ ކަމަށާއި އިތުރަށް ސައިޒު ކުޑަކޮށް، ގޭމްގެ އޮނިގަނޑުން ބައެއް ބައިތައް ނައްޓާލާފައި ބެހެއްޓިދާނެ ކަމަށް ބުންޏެވެ. އަދި މީގެ ސަބަބުން ގޭމްގެ ޕަފޯމަންސަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް ސޮނީން ބުންޏެވެ.
ސޮނީން ބުނި ގޮތުގައި ޕީއެސް 5 "ރޫޅާލައި ސައިޒުން ކުޑަކޮށްލުމުން" ފައިދާތަކެއް ވެސް ކުރާނެ އެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ ކޮންސޯލް މާ ބޮޑަަށް ހޫނުވިޔަ ނުދިނުމެވެ.
ޕީއެސް 5 ގެ ދެ އެޑިޝަނެއް އަންނަ މަހު ނެރޭ އިރު، މިހާރު އަންނަނީ ޕްރި-އޯޑަރުތައް ވެސް ނަގަމުންނެވެ. އެގޮތުން ބުލޫ-ރޭ ޑްރައިވާ އެކު ނެރޭ ސްޓޭންޑާޑް ވާޝަންގެ އަގަކީ 499 ޑޮލަރެވެ. އަދި ޑިޖިޓަލް އެޑިޝަންގެ އަގަކީ 399 ޑޮލަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy