އާޒިމްގެ ޓީމު ކަމަށް ތުހުމަތުކުރާ ޓީމް: އެއްވެސް މީހަކަށް އުސޫލުން ބޭރުން ވަޒީފާ ހަމަޖައްސައިދީފައި ނުވާނެ ކަަމަށް ވިދާޅުވި. -- ފޮޓޯ/ސޯޝަލްމީޑިއާ
19 އޮކްޓޯބަރ 2020 - 09:19
އެމްޓީސީސީގެ ސީއީއޯ، އާދަމް އާޒިމް އުޅުއްވާ ކުންފުނިތަކުގެ މަތީ ބައެއް މަގާމުތަކުން އެއްބަަޔަކު ފެންނަނީ އުސޫލުން ބޭރުން ވަޒީފާ ހަމަޖައްސައިދީގެން ނޫން ކަމަށް އޭނާ އިއްޔެ ވިދާޅުވެއްޖެ އެވެ.
މި ވެރިކަމުގައި ފުރަތަމަ، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވުމަށް ފަހު، އެމްޓީސީސީ އަށް ބަދަލުވެވަޑައިގެންނެވި އާޒިމާ އެކު އަބަދުވެސް މަސައްކަތްކުރަނީ އެއް ޓީމެއް ކަމަށް ބުނެ ސޯޝަލް މީޑީއާގައި ދަނީ ފޮޓޯއެއް ދައުރު ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު ރަމްޒީ އަބޫބަކުރާއި ކޮމްޕެނީ ސެކްރެޓަރީ އައިމިނަތު ޝިއުނާގެ އިތުރުން ޖެނެރަލް މެނޭޖަރު އަބްދުﷲ ޝަފީއު އެވެ.
ރަމްޒީ އާއި ޝިއުނާ އަދި ޝަފީއު އެންމެ ފުރަތަމަ އާޒިމްއާ އެކު މަސައްކަތް ކުރެއްވީ ކުރީގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް އާޒިމް ހުންނެވިއިރު އެވެ. އެކަމަކު އެ ތިން ބޭފުޅުންނަކީ އާޒިމް އެ ކުންފުނީގެ އެމްޑީގެ މަގާމާ ހަވާލުވެވަޑައިގަތްއިރު ވެސް އެސްޓީއޯގައި ތިއްބެވި ބޭފުޅުންނެވެ.
ޝަފީއުއަށް އެސްޓީއޯ އިން ވަޒީފާ ހަމަޖެހުނީ އެމްޑީޕީގެ ވެރިކަމުގައި 2008 ވަނަ އަހަރު، މެނޭޖިން ޑިރެކްޓަރަކަށް ޝާހިދު އަލީ ހުންނެވި އިރެވެ. އޭގެ ފަހުން އޭނާ އެމްޑަބްލިއުއެސްސީއަށް ބަދަލުވިއިރު އެތަނުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ މުހައްމަދު އަހްމަދު ދީދީ (ޑީޑީ) އެވެ.
އެސްޓީއޯ އިން ރަމްޒީ ބަދަލުވެވަޑައިގަތީ އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ (ތާޒާ ފެން އުފައްދާ ކުންފުނި) އައިލެންޑް ބެވަރޭޖަސް އަށެވެ. އެމްޑަބްލިއުއެސްސީގައި މަސައްކަތެއް ނުކުރައްވަ އެވެ. އަދި ޝިއުނާ ވެސް އެމްޑަބްލިއުއެސްސީގައި މަސައްކަތެއް ނުކުރައްވަ އެވެ.
އާޒިމް ވަޑައިގަންނަވާ ކުންފުނިތަކުން މި ތިން ބޭފުޅުންނަށް ވަޒީފާ ލިބެނީ ކީއްވެތޯ އުފައްދާ ސުވާލަށް ޖަވާބު ދެއްވަމުން އޭނާ "މިހާރު"އަށް ވިދާޅުވީ އެކަމުގައި އޭނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ. އުސޫލުން ބޭރުން އެއްވެސް މީހަކަށް މިހާތަނަށް ވަޒީފާ ހަމަޖައްސައިދެއްވާފައި ނުވާނެ ކަަމަށް ވިދާޅުވި އެވެ.
"[އެމްޓީސީސީ]ގެ މި މަގާމްތަކަށް އަޅުގަނޑަކަށް މީހުންނެއް ނުނެގޭނެ އެމްޓީސީސީގެ ގަވާއިދު ބުނާ ގޮތުން. އެއީ ބޯޑުގެ އެޕްރޫވަލް ލިބިގެން ވާނެ ކަމެއް،" އާޒިމް ވިދާޅުވި އެވެ.
އެމްޓީސީސީގެ ބޮޑު ކޮންނަބޯޓު "މަހާ ޖައްރާފް"ގެ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އާޒިމް ވިދާޅުވަނީ ބަލަން ޖެހޭނީ ކުންފުނިން ނެރޭ ނަތީޖާއަށް ކަމަށް -- ފޮޓޯ:އެމްޓީސީސީ
"ތައުލީމީ، ވަޒީފާ އަށް ގާބިލް، ތަޖުރިބާހުރި ބަޔަކު އޮންނަ ޕްރޮސެސް ތެރެއިން އެޕްލައިކުރީމާ، އަޅުގަނޑު އުޅުނު ތަނެއްގައި އުޅުނު މީހަކަށް ވެގެން ވަޒީފާ އަށް ނުނެގުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ، އެއީ އަޅުގަނޑުގެ ޕޮއިންޓަކީ. އެމްޓީސީސީގެ އެހެން މަގާމެއްގައި ވެސް އެބަ އުޅޭ އެސްޓީއޯގައި އުޅުނު މީހުން،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޓީސީސީގެ ތިން ބޭފުޅެއްގެ ފޮޓޯ އާއްމުކޮށް، ތުހުމަތުތަކެއް ކުރާއިރު، އެއިން އެއްވެސް ބޭފުޅެއްގެ މައްޗަށް ކޮރަޕްޝަން ނުވަތަ އެހެން ކުށެއް ވެސް ސާބިތުވެފައިނުވާ ކަމަށެވެ.
ސަރުކާރު ހިއްސާވާ ބޮޑު ތިން ކުންފުނީގައި މަސައްކަތް ކުރާ މީހުން، އެކި ފަހަރު އެކި ކުންފުނިތަކަށް ބަދަލުވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ކުންފުނިތައް ހިންގޭނީ ތައުލީމީ، ގާބިލް ތަޖުރިބާ ހުރި މީހުންނާ އެކުގަ އެވެ. އޭނާގެ އަމާޒަކީ މަސައްކަތުގައި ނަތީޖާ ނެރުން ކަމަށާއި އެމްޓީސީސީގައި ވެސް އެކަން ފެންނަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެމްޓީސީސއަށް މިހާރު ގެންނެވި ބަދަލުތަކުގައި ބައެއް މީހުންނަށް ޕްރޮމޯޝަން ވެސް ލިބިފައިވާ ކަމަށާއި އެގޮތަށް ބަދަލު ގެންނެވުމުގެ ފަހަތުގައި އޮތީ ހަރުދަނާކޮށް ކުންފުންޏެއްގެ ގޮތުގައި ހިންގުން ކަމަށް ވެސް ވިދާޅުވި އެވެ.
"ގާބިލް މީހުންނާއި، ރަނގަޅު އިކުއިޕްމެންޓްސް އަދި ރަނގަޅު ސިސްޓަމަކުން ކުންފުންޏެއް ހިންގަން ޖެހޭނީ. މި ތިން ކަންތައް ހަމަވެގެން، ކުންފުންޏެއް ހިންގޭނީ،" އާޒިމް ވިދާޅުވި އެވެ.
"ބަލަން ޖެހޭނީ ނެރޭ ނަތީޖާއަށް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯހަލާކު 1
21 October 2020
ތީ ހަމަ އެސްޓީއޯގަތް ގަނޑު. ހަމަ އެމީހުން. ހައިރާންވެ އަންތަރީސްވޭ.
1000
20 October 2020
މީ ސަރުކާރުން ބަލަން ޖެހޭ ކަމެއް. ކޮންމެ ކަމެއް އިއްތިފާގޭ ބުނީމަ ގަބޫލުކުރާނީ ކާކު؟ ކޮރަޕްޝަން ފަޅާއަރާތަ އެއްބަޔަކު އެއްބަސްވެގެން އެއްކަމެއް އެއްގޮތަކަށް އެއްކުންފުންޏެއްގަ ކުރަންޏާ.... ތިޔަ 3 މީހުން ނޫނީ ގާބިލް ބަޔަކު ނެތީތަ، ދާހާތަނަކަށް ކަފުޖަހައިގެން ގޮސް ގާބިލްކަމުގެ ބޭނުން ހިފައިގެން ޖަރީމާ ހިންގަނީ. ޖަރީމާ ފަޅާނާރާތީ ދޯ ގާބިލްއޭ ތިބުނަނީ
ޒީރޯ ޓޮލަރަންސް
20 October 2020
ރައީސް ސާލިހް މިކަމަށް ހަނު ހުންނެވުމަކީ ހައްލެއްނޫން،ކަމެއްގޯސްވާނީ މިހާވަރަށް،،ދެން އަޅުއްވާނުލެއްވުމަކީ ނުކުޅެދޭމީހުންގެ ސިފައެއް.
އަޅުކަލޭގެ
20 October 2020
ތިޔަކު ގޯހެއް ނެތް. ގޯހެއް އޮތިއްޔާ އޮތީ ސަރުކާރުގެ ކުންފުނިތަކުން އެއްބަޔަކު އަނެއް ބަޔެއްގެ ސްޓާފުން ޕޯޗް ކުރާތީ... ޝަފީޢުވެސް އެސްޓީއޯގައި ހުއްޓާކަހާލީ އެމްޑައުއެސްސީން ޑީޑީ އެމްޑީއަކަށް ހުރިއިރު. ފަހުން އަނެއްކާ އެމްޓީސީސީން ބޮޑުމުސާރަ ދީފައި ކަހާލީ. ރަނގަޅުމީހުން ހަރުލެއްވޭ ގޮތެއްނުވޭ. އަދި ހޯދާލާފައިފިއްޔާ 10 ވަރަކަށް މުވައްޒަފުން ތިގޮތަށް ފެންނާނެ ދަށު ފަންތިންވެސް.
ކުބޭ
20 October 2020
އާދަނާ ކަލޭ އިސްތިއުފާދީ!
ޑިޑިން
19 October 2020
އަޅުގަނޑަކީ އެސްޓީއޯގައި މެނޭޖަރަކަށް 8 އަހަރު އުޅުނު މީހެއް. މި އާޒިމުގެ އެމްޑީކަން ދެކުނިން ވަރަށް ކައިރިން. މީނަ ފަދަ އެސްޓީއޯ އަށް ގެއްލުން ދުއްމީހަކު ނެދެކެން. އަލްމުދިޝް ކަންތަކާއި އަމިއްލަ ބްރޭންޑެއް ކަޓު ލިބޭ ގޮތަށް ހަދާގެން ގެނެސް ހިންގަން އުޅުން. ހުރިހާ އެއްޗެއް އުކާލީ ނުވިކިގެން. އޭނަގެ ޓީމު. އެމީހުން ގޮވާގެން އޭނަ އެމްޑަބްލިއު އެސް އީއަށްވެސް ދިޔައީ. ތިފެންނަ ރަމްޒީ އަދި ޝިއުނާ އަކީބައިވެރިން. ޝިއުނާ އަކީ އެކައްޗެއްވެސް ނޭނގޭ ބޮލެއް.
ސަފީރު
19 October 2020
މާދަން މީޓިންބާއްވާފަ ބުނާނެ ޕްރޮޖެކްޓްތަށް ވަރަށްބާރަށް އެބަދެޔޭ. އެވާހަކަދެއްކުމުގެ ބޭނުމެއްވެސްނެތޭ. % ޖަހާނިމުނުކަމަށް މިދައްކަނީ ބޯލަދަނޑަކަށްވެލިއަޅާލާފަ. އެއްލައްކަ ރުފިޔާގެ މަސައްކަތެއްނިމުނުވާހަކަ އެމްޓީސީސީ ކަހަލަކުންފުންޏަކުން ދެއްކުމަކީ ލަދުހުތުރުވާހަކައެއް. މިސަރުކާރުން ލަދުގަންނަންޖެހޭނެ ކަމެއް. ނަތީޖާ ނެރުމަކީ 50 މިލިއަނުގެ މަސައްކަތެއްނިންމާ މެޑެލްޖަހާލުން. 8 މަސްވީއިރު އަދި އެކަމެއް ނުފެނެ.
ޒިންދަގީ
19 October 2020
އެއްކަމެއްވެސް ނުކުރާނެ.. ނުވެސް ކުރެވޭނެ.. އާދަނުމެން ބޭނުންކޮންމެކަމެއް މިސަރުކާރުން ކޮށްދޭނެ.. ބުނަން.. އާދަނާ އިޥާއަކި ޅިޔަން ފަހަރިން.. ދެނޯ؟؟!!
ސަރުކާރު
19 October 2020
މިފަދަ މައްސަލަތައް ތިލަވުމުން މި އެނގެނީ ސަރުކާރުންވެސް ރައްޔިތުންގެ މުދަލާ ހައްގުތަކަށް ނުބަލާކަން. ޕާޓީއަށް ސްލޮޓްހަވާލުކޮށްގެން ހުރެވިދާނެތޯ؟ މި ކޮންފަދަ ބޮޑެތި މައްސަލަތޯ
ހޭބަލިމިތުރު
19 October 2020
އަޅުގަނޑު ކުއްލިއަކައް ހަދާނައްއައީ އެސްޓީއޯގަ އުޅުއްވިއިރު އާއި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އަލް މުދިސް ހިކިކިރު.