އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ފަޅާއަރުވައިލި ގާސިމް
19 އޮކްޓޯބަރ 2020 - 14:59
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މުއާމަލާތްތައް ފަޅާ އަރުވައިލި ވިސްލްބްލޯވާ ގާސިމް އަބްދުލްކަރީމް ހިމެނޭ ގޮތުން ހަތަރު ބޭފުޅަކު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އެންއައިސީ އަށް އައްޔަން ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ 17 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވުމުން އެ ނަންތަައް ދިރާސާކުރުމަށް ފަހު މަޖިލީހުގެ މިނިވަން މުއައްސާތަކާ ބެހޭ ކޮމިޓީން ފުރަތަމަ އެކުލަވައިލި ރިޕޯޓްގައި އޮތީ ހަތް ބޭފުޅެއްގެ ނަމެވެ. އެ ލިސްޓްގައި އޮތް ތަރުތީބުން ވޯޓަށް އެހި އިރު ރުހުން ދޭން ފާސްވީ، އާމިނަތު ޝާދިޔާ މ. ޕިސްތާގެ، އާމިނަތު ޝިއުނާ ދޫރެސް ވިލާ، އަދި ޝުއައިބު އަބްދުއްރަހުމާނެވެ. ޝާދިއާ އާއި ޝިއުނާގެ ނަން ކޮމިޓީ ރިޕޯޓްގައި ލިސްޓްކޮށްފައި އޮތީ "ހައިލީ ރިކޮމެންޑެޑް" ގެ ގޮތުގަ އެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ފަޅައި އަރުވައިލުމަށް ޓަކައި ބޭންކް އޮފް މޯލްޑިވްސްގެ ލިޔެކިއުންތަކެއް ބޭރުކުރުމުން ކުރީގެ ސަރުކާރުން ދައުވާކޮށް ޖަލަށްލި ގާސިމް އަބްދުލް ކަރީމްގެ ނަން ރައީސް މަޖިލީހަށް ފޮނުއްވީ ފަހުންނެވެ. އެހެންވެ އޭނާއާ އިންޓަވިއުކޮށް، ކޮމިޓީން އެކުވަލައިލީ ވަކި ރިޕޯޓެކެވެ.
އެންއައިސީ އަށް ގާސިމް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވި 51 މެމްބަރުންގެ އިއްތިފާގުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހޫ
20 October 2020
މިއީ މިހާރަކަށް އައިސް ނޯބެލް ޕްރައިޒް ދީ އުޅޭ އިރު ގެންގުޅޭ ކަހަލަ ވިސްނުމެއް.. އޮބާމާއަށް (ކަޅު ނަސްލުގެ ރައީސްއަކަށްވީމަ)، މަލާލާއަށް ބަޔަކު ދިން ހަމަލާއަކުން ސަލާމަތްވީމަ، ނޯބެލް ޕްރައިޒް ލިބުން. ގާސިމްގެ ކެރުމާއި ހިތްވަރަށް ސާބަސް. އެކަމަކު އޭގެ މާނައެއް ނޫން އޭނަޔަށް ބޮޑު މުއައްސަސާއެއް ހިންގުމުގެ އިލްމާއި ޤާބިލިއްޔަތާއި ތަޖުރިބާ ހުންނާނެއެކޭ!
ޝަބާނާ އަލްމުލަކީ
20 October 2020
ރާއްޖޭގައި ވަގަށް މީހުން އެތެރެކުރުން އިންތިހާއަށް ކުރިޔަށްގޮސް މުޅިދުނިޔޭގެ ޚަބަރު ފަތުރާ ވަސީލަތްތަކުގަ އެމައުލޫމާތު ހުރިއިރުވެސް ތިޔަ ކޮމިޝަން އޮތީ އެންޓީކަރަޕްޝާން ކޮމިޝަން އޮތީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްވެސް އޮތީ
ޟުބާން ފިއްލަދޫ
20 October 2020
ބަޔަކަށް ހީރޯއަކަށްވިއަސް މަގޭ ނަޒަރުގައި އޭނާކިރީ ޖިނާއީ ކުށެއް. އިހުލާސްތެރިކަން ހުރިނަމަ އެކަން އެގޮތަށް ނުކުރާނެ. ޕޮލިހަށް އަދި އޭސީސީއަށް އަންގާނީ. މަބޮޑޭވެފަ ހީރޯ ހެދިއެއް ނުގަންނާނެ
Aminath
20 October 2020
ލޮލް. އޭރު ޕޮލިހަކީވެސް އޭސީސީއަކީވެސް ޔާމީން.
ބޭބެ
20 October 2020
ސުބާންގެ މޮޔަކަމާއެވެ. ބޭންކުތަކުގެ މަތީ މަގާމުތަކުގައި ނުތިބޭނެ އެކަން ނޭނގޭ މީހެއް. އެމް.އެމް.އޭގައި ނުތިބޭނެ އެކަން ނޭނގޭ މީހެން. އަންގަން ޖެހޭ ތަންތަނަށް އެންގުމުން އެއްވެސް ކަމެއް ނުވީމައި އެކަން ކުރީ. އެންމެންގެ ހައްގުގައި އެކުރީ ހަމަ ވަރަށް ބޮޑު ކަމެއް. ސެލިއުޓް
އަޕްލާ
19 October 2020
ވައު ޖަސްޓް ވައު. ނެތް ބުނާނެ އެކައްޗެއްވެސް
ބޮޑުވަޒީރު
19 October 2020
މިނިވަން މުއައްސަސާއެއް އޮތިއްޔާ ޝުޢައިބުއަށް ވަޒީފާ ދޭން ޖެހެ ދޯ އެ މް ޑީ ޕީ ވެރިކަ މެއްވިއްޔާ
ނަސްރީ
19 October 2020
ގާސިމުގެ އިންޓަގުރިޓީ ރަގަޅު ކަމަށް ގަބޫލު ކުރި ބަޔަކަށް އިންޓަގުރިޓީ އެގޭބާއޭ ހިތަށްއަރާ. ތިކަމިޝަނުން ނިންމާ ނިންމުން ބަލައިގަންނާނެ ބަޔަކު މަދުވާނެ.
UEUL
19 October 2020
ތިކިޔާނާތުގެ ވާހަކަ ނުދަށްކާ އަވަހައް ތިރިޕޯޓް ނެރެބަލަ ދެން އެގޭނީ ކާކުކަން ދެން ގޮވާބަލަ ގުދޯ ގުދޯ ކޮބާ ކުރީގެ މެމްބަރު ބާރީ ފިލީތަ ފުލެތް ތަށްގަނެގެން މިހާރު މަހުޖަނަކައް ވީތަ؟
ގުއްބުއްދީން ޙިކްމަތްޔާރް
19 October 2020
އާއްމުކޮށް ކޮންމެމީހަކުވެސް ފަށައިގަންނަނީ ނިކަން އިޚްލާސްތެރިކޮށް. މިސާލަކަށް ނަޝީދު ބަލަމާހިނގާ. އޭނާވެސް ފުރަތަމަ މަސައްކަތްކުރީ ޚާލިސްކޮށް ކަންކަން އިސްލާހުކުރުމަށް މީގެ ތިރީހަކަށް އަހަރު ކުރިން. އެމަކު ފަހުން އިބިލީސް ބޮލުތެރެއަށް ވަނީ. މިބުނަނީ ގާސިމަށް އެހެން ވާނެއެކޭ ނޫން. އެކަމަކު އިންސާނުންނަކީ އިންސާނުން. ގާސިމްވެސް އޭނާގެ ގޮތުގާ ސާބިތުވެގެން ހުރެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅު.
ނަގޫ ރޯޅި
19 October 2020
ކީއްކުރާ ތަނެއް؟ ކީއްކުރާ ބައެެއް؟
މަގޭ ބުއްދި
19 October 2020
ޝުޢައިބު އަކީ ހަމަޖެހޭ މީހެއްތަ؟ ހާދަ ހީ ނުވެއޭ. އަނެއްކާ ފެއިލިއަރ އެކެވެ.