22 އޮކްޓޯބަރ 2020 - 11:50
ގދ. ތިނަދޫގައި ހެދި ކޮވިޑް-19 އަށް ހާއްސަ ފެސިލިޓީގެ މަސައްކަތް ނިންމައި ޕްލޭނިން މިނިސްޓްރީއާ އެތަން ހަވާލުކޮށްފި އެވެ.
ތިނަދޫގައި ކޮވިޑް-19 ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރީ އެމްޓީސީސީންނެވެ. އެ ކުންފުނިން މަސައްކަތް ފަށައިފައި ވަނީ މިދިޔަ މަހު 25ގަ އެވެ. އެމްޓީސީސީން ބުނީ މަސައްކަތް ނިންމީ 20 ދުވަސް ތެރޭގައި ކަމަށާއި މިހާރު އެތަން ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ތިނަދޫ ކޮވިޑް-19 ފެސިލިޓީގެ ބެޑް ކެޕޭސިޓީ ފަދަ އިތުރު އެއްވެސް މައުލޫމާތެއް އާންމުކޮށްފައި ނުވި ނަމަވެސް އެތަނުގައި އައިސީޔޫއެއް ހުންނާނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައި ވެއެވެ.
ރާއްޖެއިން ކޮވިޑް-19 ފެނުމާ އެކު އެކި ސަރަހައްދުތަކަށް ބަހާލައިގެން ޖުމްލަ ހަތް ކޮވިޑް-19 ފެސިލިޓީއެއް ތައްޔާރުކުރި އެވެ. އޭގެ ތެރެއިން ގއ. އަތޮޅާއި ގދ. އަތޮޅަށް ހާއްސަ ކޮވިޑް-19 ފެސިލިޓީ އަޅާފައި ވަނީ ގއ. ވިލިނގިލީގަ އެވެ. އެ ފެސިލިޓީގައި 23 އެނދުގެ ޖާގަ ހުރެ އެވެ.
އޭގެ ފަހުން ތިނަދޫގައި ވަކިން ކޮވިޑް-19 ފެސިލިޓީއެއް ގާއިމްކޮށްފައި މިވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެގެން ވިލިނގިލީ ފެސިލިޓީއަށް ގެންދިޔަ މީހެއް އެ ރަށަށް ނޭރުވި މައްސަލަ އަށް ފަހު އެވެ.
މާލެ އާއި ހުވަދު އަތޮޅާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއަަކަށް އުޅެނިކޮށް ޕޮޒިޓިވްވި އުމުރުުން 68 އަހަރުގެ އެ މިހާ ވިލިނގިއްޔަށް އަރުވަން ދެކޮޅު ހެދި މައިގަނޑު ސަބަބަކީ ބައެއް މީހުން ބުނާ ގޮތުގައި، އެ ރަށުގައި ކޮވިޑް ފެތުރިދާނެ ކަމުގެ ބިރެވެ. އެންމެ ފަހުން ސަރުކާރަށް ޖެހުނީ އެއާޓެކްސީއެއްގައި އޭނާ މާލެ ގެންނާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލި
22 October 2020
ކޮންމެހެން ތިނަދޫ އޭކިޔައިގެން އަނގަ ފުޅާކުރާކަށް ނުޖެހޭ.
ތިނަދޫނޫން ގޮތެއް
22 October 2020
އެއްކަލަ ތިނަދޫ މީހުން ޖެއްސި ސްޓަންޓް ކާމިޔާބުވީ ދޯ! ހުރިހާ ސަރުކާރެއްގަވެސް ފައިދާ ނަގާނެ މިމީހުން! އިންޖީނުގޭގައި ރޯކޮށްލީމަވެސް ކުށްވެރިއެއް ނުވި!
ނާތަހުޒީބު
24 October 2020
ކޮން ފައިދާއެއް, ތިނަދޫގައި ހަމަ އެކަނި ހުރި އިވެންޓު ބާއްވަން ބިނާ ރައްޔިތުން ނުކުމެ މީގެ 25 އަހަރު ކުރިން ހެދި ތަނެއް ކޮވިޑް ފެސިލިޓީއަކަށް ވަގުތީ ގޮތުންބބަދަލު ކުރުމަކީ ވަރަަށް ބޭކާރު ކަމެއް. ބައެއްގެ ނާތަހުޒީބު ކަމުން ކުރަންޖެހޭ ބޭކާރު ޚަރަދު މިކަން ނިމުނީމާ އަނެއްކާ ކުރިން ހުރުގޮތަށް ރުޖޫއަ ކުރަން އިތުރު ޚަރަދު. ވާހަކަ ދެއްކި ދާނެ ބޭނުން ގޮތަކަށް
ބައިރޯ
22 October 2020
ކިތައް ކަރަޕުޝަން ތިތަނުގަ ހިގާފަ އޮތީ