ޑްރަގް އެތެރެކުރާ ކަމުގެ ތުހުމަތަށް ރާއްޖޭން ހިފެހެއްޓި އީރާނުގެ ބޯޓެއް.
27 އޮކްޓޯބަރ 2020 - 22:10
ރާއްޖެ އަށް ޑްރަގް އެތެރެކުރަން ބޭނުންކުރި ކަމުގެ ތުހުމަތަށް މިދިޔަ އަހަރު ހިފެހެއްޓުމަށް ފަހު ދޫކޮށްލި ބޯޓެއް ފެތުނު ކަމަށް ބުނެ ފުލުހުންނަށް އޮޅުވާލައިގެން ބޭނުންކުރަމުންދާ މައްސަލައެއް ބަލަން ފަށައިފި އެވެ.
އީރާނުގެ އެބޯޓް ކ. ހިންމަފުއްޓަށް އެހެލައިގެން މަރާމާތުގެ ބޮޑެތި މަސައްކަތްތަކެއް ކޮށްްފައިވާ މައްސަލައިގައި "މިހާރު"ން މިރޭ ސުވާލުކުރުމުން ފުލުހުން ބުނީ އެ ކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އެކަމަކު އަޅަމުން ގެންދަނީ ކޮން ފިޔަވަޅުތަކެއް ކަމެއް އަދި އޭގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.
ފުލުހުން ބުނީ އެ ބޯޓު ރާއްޖޭން ފުރުވައިލުމަށް އެޖެންޓަކާ ހަވާލުކޮށްގެން ގެންދަނިކޮށް ފެތުނު ކަމުގެ މައުލޫމާތު އޭރު ލިބިފައިވާ ކަމަށެވެ. އެޖެންޓެއްގެ ގޮތުގައި އޭރު ބޯޓު ހަވާލުކުރީ ފުލުހުން ބުނި ގޮތުގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތަށް މިހާރު ހައްޔަރުކޮށްފައިވާ ޝަހީބު އިބްރާހީމާ އެވެ.
ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 130 ކިލޯގެ ޑްރަގް ފެނުނު މައްސަލައިގައި ޝަހީބު ހައްޔަރުކުރީ މި މަހު 14 ގަ އެވެ. ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރު ދީފަ އެވެ. ޝަހީބަކީ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރެކެވެ. އެކަމަކު މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުކުރުމުން ޕީއެންސީން ވަނީ އޭނާ ސަސްޕެންޑްކޮށްފަ އެވެ.
ފުލުހުން އޭރު ބުނި ގޮތުގައި އޭނާ އަކީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަތުލައިގަތް އީރާން ބޯޓުގެ މައްސަލައާ ވެސް ގުޅުން އޮތް މީހެކެވެ. ނަމަވެސް އެ ބޯޓުން ހައްޔަރުކުރި ހަތް މީހުންނާ ޖާމިނު ވެފައި ވަނީ ޝަހީބު ކަމަށާއި އެ މައްސަލާގައި އޭނާ އާއި އީރާނުގެ ހަތް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޑްރަގު އެތެރެކުރި ކަންނެލި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަތިންނެވެ. އެ ދޯނި އަތުލައިގަނެ ހުޅުމާލެ ފަޅަށް ވައްދައި ފާސްކުރި އިރު އެއިން 130 ކިލޯގެ މަސްތުވާތަކެތި ފެނުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޒިމް ހަސަން
19 January 2023
ކޮން ވާހަކައެއް ދައްކާކަށް؟ ތި މަންޒަރު ރަންގަޅަށް ފެނޭ. އެއަރޕޯރޓުން އަތުލާ ޑްރަގާ، ޕޯޓު ތަކުން އަތުލާ ތަކެއްޗާ، ރަށްރަށުން އަތުލާ ތަކެތި ނިމެނީ މަގުތައް މަތިން. ލަދެއް ހަޔާތެއްގެ ކަންފުޅެއްވެސް ހުރިނަމަ މިއަދު ތިވާހަކަތަކެއް ނުދެއްކީސް. ގައުމު ހަމަ ފުނޑާލަނީ އަމިއްލަ ޖީބަށް ލާރިފޮއްޗެއް ލާންވެގެން. ހަމަހިލާ ﷲ ގެ ނިންމެވުން މާ ފުރިހަމަވާނެ. ތި ހުރިހާ އެންމެންނަށް އޭގެ ހައްގު އަދަބު ލިބޭނެ. ޖީލަކަށްފަހު ޖީލެއް ހަލާކު ކުރަމުން ތި ދަނީ.
ހަކީމް
28 October 2020
ފުލުހުން ބުނީ އެ ބޯޓު ރާއްޖޭން ފުރުވައިލުމަށް އެޖެންޓަކާ ހަވާލުކޮށްގެން ގެންދަނިކޮށް ފެތުނު ކަމުގެ މައުލޫމާތު އޭރު ލިބިފައިވާ ކަމަށެވެ. އެޖެންޓެއްގެ ގޮތުގައި އޭރު ބޯޓު ހަވާލުކުރީ ފުލުހުން ބުނި ގޮތުގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތަށް މިހާރު ހައްޔަރުކޮށްފައިވާ ޝަހީބު އިބްރާހީމާ އެވެ. ... މީގެން ދޭހަ ވަނީ ކޮންކަމެއްތޯ ... ދިވެހިން ފުލުހުންވެސް މިއޮތީ ޖާމިނު ވެފަ.
ޙަކީމު ކޮއްކޮ
28 October 2020
ޙަކީމޫ އަޅެދޯ......... ހަކީމުތަ އެޖެންޓަކީ؟ ކީއްވެތަ ނުބުނީ ހަވާލުވުރަންވާ ފަރާތް؟
ހަ ސީނު
29 October 2020
އެޖެންޓެއްގެ ގޮތުގައި އޭރު ބޯޓު ހަވާލުކުރިއިރު ޝަހީބު އިބްރާހިމް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތަށް ހައްޔަރުކޮށްފައެއް ނުވޭ، މަސްތުވާތަކެތި އެތެރެ ކުރުމުގެ ތުހުމަތުގަ ހައްޔަރުކުރީ އެހަކަށް ދުވަހަކު ނޫންބާ!؟
Ali Gasim
28 October 2020
ދިވެހިރާއްޖޭގައި ދުވަހަކު ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ވެސް ފަތުގެވިޔަފާރި ފަސޭހަވެ ފުޅާނުވާވަރަށް މި ދެއަހަރު ފަތުގެ ވިޔަފާރި ފުޅާވެ ބޮޑުވެއްޖެ
ޒަރީރޫ
29 October 2020
މި ދެއަހަރު ވިޔަފާރި ފުޅާވީތަ! ނޫނީ ފުޅާދާއިރާއެއްގަ ކުރަން އުޅުނު ވިޔަފާރި ހުއްޓުވާ އެތަކެތި އަތިލީތަ! ނޫނީ ކޯލިޝަން ސަރުކާރެއް އައިމަ ވީގޮތެކޭ، ނިމުނު ސަރުކާރުގަ މަސްތުވާތަކެތީގެ ވިޔަފާރިއެއް ނެތޭ ކިޔަންތަ ތިއުޅެނީ.
ދިއްދޫމީހާ
28 October 2020
އަހުންވެސް ކުޑައިރު ގޭގަ އިންނަ މަސް ފެން ގަނޑު ބަލަން ހަވާލް ކުރީ މާކަނާއާ، ސްކޫލަށް ގޮސްފަށް އައިރު ކަލޯގަޔާ ކަމަކު ދާކަށް ނެތް، މާފަހުން މިވިސްނުނީ މާކަނާއާކަން ހަވާލް ކުރެވުނީ، ފުލުހުންވެސް ހަމަ އެގޮތްދޯ؟؟؟
އައްފާރު
27 October 2020
ޑްރަގު އެތެރެކުރާ އެޖެންޓަކާ ހަވާލުކުރީ މި ޑްރަގްބޯޓް ފޮނުވާލަން...ނޫނޭ ވާމޮޅު....
އަންޖަލީ
27 October 2020
ހުޅު މާލެގައި ޔާ މީން އެޅި ފްލެޓްތަކުންވެސް ވެސް މި ކަލޭގެ ވަނީ ވަގައް އާއިލާ މީހުންނަށް ބަހާލާފަ
ދުން ތަރި
27 October 2020
ޚަބަރުކިޔާލުމުން ސިފަވަނީ ޑުރަގުވިޔަފާރިއަކީ ބަޔަކު އަޑިގަ ތިބެގެން ފުލުހުންނާ ގުޅިގެން ހިންގާ ޖަރީމާއެއްހެން
ތުނިޔަ
27 October 2020
ފުލުހުންނަށް ސާބަސް! މަސްތުވާތަކެތި އުފުލިކަމަށް ތުހުމަތު ކުރެވޭ މީހާޔާ އެޖެންޓްކަން ހަވާލު ކުރީމަ، އަދި ބޯޓު ފެތިއްޖެޔޭ ބުނެ އޭނަ ހެދި ދޮގުވެސް ގަބޫލުކުރީމަ....ދެން ބުނަންޖެހޭއެތި ކޮމެންޓް ކުރުމުގެ މިންގަނޑާ ޚިލާފުވެދާނެތީ ނުބުނެ ހުއްޓާލަނީމި..#ގުޅިގެން ކުރާ ވައްކަން.
ކުރުހާދީ
28 October 2020
ފާސްކުރަނިއްޔޭ، ސަފާރީއޭ، އޭޖެންޓޭ، ފެތުނިއްޔޭ މީ ހުސް ދޮގު އޮޅުވާލަން ފުލުހުން އޭރު ހަދާފައިވާ ދޮގު. މިކަން ވަކިއަތަކަށް ބުރަނުވެ ތަހުގީގުކޮށްފިއްޔާ، ފުލުހުންގެ އިހުމާލު އަދި މި ޝަހީބުގެ އޭޖެންޓުން ފުލުހުންގެ ތެރޭގައިވެސް ތިބޭނެކަން ކަށަވަރު! ބޭނުމަކީ ފައިސާ ހޯދާ، މުއްސަނދިވުން!
އަލީ ހަމީދު
27 October 2020
އެބޯޓަށް އަސްލުވީގޮތް ފުލުހުންނަށް އިނގޭނެ. ތިގޮތަށް ފުލުހުން އަތުލާ ބޯޓުތައް ދޫނިދޫފަޅުގައި ހުއްޓާ އަލިއްލައަށް ގެއްލޭ ވާހަކަމީހުންކިޔާ!