ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ސައީދު (ކ) އާއި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ގދ. ނަޑެއްލާގައި އާ އިންޖީނުގޭގެ ބިންގާ ނޮވެމްބަރު 7، 2019 ގައި އަޅުއްވައިދެއްވަނީ. -- ފޮޓޯ: ފެނަކަ
29 އޮކްޓޯބަރ 2020 - 16:27
އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އަނެއްކާ ވެސް ފެނަކަ ކޯޕަރޭޝަން ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފި އެވެ.
އީޕީއޭގެ އެންގުންތަކާ ޚިލާފްވެގެން މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ފެނަކަ ކޯޕަރޭޝަން ޖޫރިމަނާކޮށްފައިވެ އެވެ.
އީޕީއޭ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ މިފަހަރު ފެނަކަ ޖޫރިމަނާކުރީ ގދ. ނަޑެއްލާ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތުގައި އީޕީއޭ އިން ނަގަންޖެހޭ ހުއްދަތަކެއް ނެގުމެއް ނެތި އެ މަސައްކަތް ފަށާފައިވާތީ ކަމަށެވެ. އެހެންވެ، 263،000ރ. އިން ފެނަކަ ޖޫރިމަނާކޮށް އަދި އެ ފައިސާ އެއް މަސް ތެރޭގައި ދައްކަން އިއްޔެ އަންގާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މިދިޔަ އަހަރު ފެނަކަ ކޯޕަރޭޝަން ހަ ލައްކަ ރުފިޔާއިން ޖޫރިމަނާކުރީ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމެއް ނެތި ފަސް ރަށެއްގެ އިންޖީނުގެ އެޅުމުގެ މަސައްކަތް ކޮށްފައިވާތީ އެވެ.
ފެނަކަ އިން އަންނަނީ އާ އިންޖީނުގެތައް އެޅުމުގެ މަސައްކަތް ވަރަށް ގިނަ ރަށްރަށުގައި ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާދޫ ސޭޓް ބިންތި ސަދާ
31 October 2020
ފެނަކައިގެ ތިޔަކަމުގެ ޒިންމާ އަދާ ކުރަން ހުންނަ ވެރިޔާގެ ކަމަކީ އޮފީސް މަސައްކަތް ބަހައްޓާފައި އެމްޑީ ހިތް އުފާ ކޮށްލަދޭން ރާއްޖޭގެ އެކި ރަށްތަކަށް އެމްޑީއާއެކު ދިއުމެވެ. ފެނަކައިގެ މިދޭތެރޭގައި ހިންގި ކަމަށް އަޑު ފެތުރުނު ކޮރަޕްޝަންގެ %75 ހިންގީ ތިޔަކަންތަކާއި ޒިންމާވާ ޑިޕާރޓްމަންޓުންނެވެ. ތިޔަ ޖުރުމާނާއަކީ ކޮންމެވެސް އެއްޗެއް އެމަރޖެންސީ ޕޮރޮކިއުމަންޓޭ ކިޔާފައިގަންނަން ދައްކާ ހުއްޖަތަކަށްވެސް ވެދާނެެއެވެ.
ޖަލީލު
30 October 2020
އިސް ދިސް އަ ޖޯކް؟ ދައުލަތިގެ ފައިސާ އެއް އެކައުންޓުން އަނެއް އެކައުންޓަށް. ޖޫރިމަނާ ވާގޮތަށް ކަންކުރާ މީހުނާ ދޭތެރޭ ފިޔަވަޅެއް ނޭޅޭ؟
ވައިސޫރި
29 October 2020
ތިކަމުގާ ފެނަކަޔާއެއްވަރައް ކައުންސިލުންވެސް ޒިންމާވާންޖެހޭނެ ކައުންސިލުގެ ބާރުހިނގާ ބިމެއްގާ ކައުންސިލްގެ ހުއްދައެއްނެތި ބޭރުން ބަޔަކު ރަށައްއަރާ އިމާރާތެއް ކުރާނީ ކިހިނެއްތޯ އަދި އިމާރާތް ކުރާއިރު އެއިމާރާތް އެކުރަނީ ނަގަންޖެހޭ ހުއްދަތައް ނަގާގެންތޯ ބަލަންޖެހޭނީވެސް ކައުންސިލުންނޫންތޯ