ރޫޓް ފިހާރައިގެ ފައިސާ ފޭރުނުކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ހަތަރުމީހުން.
31 އޮކްޓޯބަރ 2020 - 19:03
"ރޫޓް" ފިހާރައިން ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ހަތަރު މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފޭރެން އުޅުނު ކަމުގެ ތުހުމަތަށް ފުލުހުން ހައްޔަަރުކުރި ހަތަރު މީހުންގެ ވަނަަވަރު މިއަދު އާއްމުކޮށްފި އެވެ.
ފުލުހުން ބުނީ ހަަތަރު މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފޭރެން އުޅުނު ކަމުގެ ތުހުމަތަށް ހައްޔަރުކުރީ ހަތަރު މީހުން ކަމަށެވެ. އެއީ ވ. ޕިންކްވިލާ، އަހުމަދު އަމީރު، 20، އާއި ގއ. ވިލިނގިލި، ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު،23، އާއި ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު، 22،ގެ އިތުރުން ލ. ގަން، ތުނޑި. ކީމިޔާގެ، އަބުދުﷲ ރާޝިދު، 27، އެވެ.
ރޫޓް ފިހާރައިން ޖަމާކުރަން ގެންދިޔަ 4.2 މިލިޔަން ރުފިޔާ އަޅާފައިވާ ފޮށި ފޭރިގަނެގެން ގެންދަން މަސައްކަތް ކުރި މީހުން އެކަން ކުރީ ހެލްމެޓް އަޅައި، މޫނު ވެސް ކޮންމެވެސް ވަރަކަށް ނިވާކޮށްގެންނެވެ. ސައިކަލެއްގައި އައިސް މަގުމައްޗަށް މަޑުކުރުމަށް ފަހު، ފިހާރައިގެ ވޭނުގެ ތެރެއިން ނެރެގެން ފައިސާ ފޮށި ގެންދަން މަސައްކަތް ކުރި ވަގުތު އެކަން ހުއްޓުވީ ބީއޯސީގެ ގާޑަކާއި ރޫޓް ފިހާރައިގެ މުވައްޒަފުންނެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފައި ވަނީ އެކި ދުވަސްމަތިން ފުލުހުން ހިންގި އޮޕަރޭޝަންތަކުގަ އެވެ. ފުލުހުން ބުނީ ހައްޔަކޮށްފައިވާ ހަތަރުމީހުން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމަރުދީފައިވާ ކަމަށެވެ.
ފައިސާ ފޭރުނު މައްސަލަ ފުލުހުން އަންނަނީ އަދިވެސް ތަހުގީގުކުރަމުންނެވެ.
މި ފޭރުން ހުއްޓުވި ސެކިއުރިޓީ ގާޑާއި ރޫޓުގެ މުވައްޒަފުންގެ އަގު ވަޒަންކޮށް މިއަދު ވަނީ ފައިސާގެ އެހީއެއް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަމައެއް ނެތް
05 November 2020
ދައުލަތުގެ މާލިއްޔަތު އޭރަކު އޮއްނަ ސަރުކާރަކުން އެކި ނަންނަމުގަ ފޭރެނީ ، އެގޮތް ދަސްވެފައި މިހުންނަނީ ގައުމުގައި ތިބޭ މަދު ޒުވާނުންކޮޅަކަށް
ގުދުގުދާ ބެއްޔާ
02 November 2020
ތިޔަ ތާންގައި ތިބީ ހުސް ރަށްރަށުން މޫކަނޑަން މާލެ ފުންމާލި ބަގަ! މި މާލޭގައި އެމީހުންގެ ތިމާގެ މީހުންނެއް ނޫޅޭނެ! ހެސްކިޔާފަ މަގުމަތީގައި އައުގުރާނަ ގޮވަމުން ސައިކަލް ދުއްވަމުންދަނީ! ލަދު ގަންނަން ޖެހޭނީ އަހަރުމެން!
ފޮނިޓައްޕު ހަސަނު
01 November 2020
މިރާޢްޖެއަކީ މިހާރު ބްރެޒިލްއާއި ކޮލަމްބިއާ އަށް ވުރެން ކުރީގައި އުޅޭ ގައުމެއް. ރާއްޖޭން ބޭރުގައި އުޅޭއިރު ވެސް މިރާއްޖޭގެ މީހަކު ފެނިއްޖެނަމް ވަރަށް ފަސޭހަ އިން އިނގޭ. ބޯހުންނާނީ ހާމުންޑިއެއް ހެން ހަދައިގެން ފެންފައިވާނަށް އަރިގެން ތިބޭނީ.
2000
01 November 2020
މިފަދަ ނުރައްކާ ތެރި މީހުންގެ ކިބައިން ނިކަމެތި ރައްޔިތުން ސަލާމަތް ކުރާނެ ވެރިޔަކު ދިވހިރާއްޖެއަށް ބޭނުންވޭ. ގޭންގުތަކުން ސަލާމަތް ކުރާނެ ހިތްވަރު ގަދަ ލީދަރެއް ބޭނުންވެ. ހަމަ ގައިމުވެސް މިރާއްޖެއަކު އދި ނެތް މިފަދަ ޕާޓީއެއްވެސް ލީޑަރެއްވެސް
މަހާރަދުން
01 November 2020
އަވަހަށް ަނެއް ދޮރުން ދޫކޮއްލާ !!! ޒުވާނުނަގެ މުސް ތަގުބަލު ގައުމުގެ ފޭރުން....
ޙަސަން އަޙްމަދު
01 November 2020
ވަކި ރަށަކަށް ބަދުބަހެއް ބުނާކަށް ނޫން. އެކަމަކު ހައްދުންމައްޗާ ހުވަދު އަތޮޅު ޒުވާނުން މާލޭ ގޭންގް ޖަރީމާތަކުން ފެންނަލެއް ގިނަކަން ފާހަގަވޭ. މިކަން އެބަ ޖެހޭ ދިރާސާ ކޮށްގެން ރަނގަޅު ކުރުމައްޓަކައި އެޅެން ހުރި ފިޔަވަޅުތަކެއް އަޅަން.
ބަލީ
01 November 2020
ދޯންޏައް ކަތިވަޅި ހިފައިގެން އެރި އެންމެން ދޫކޮށްލައިފި މިވީ ކިހިނެއް
ނެގުނުކަތީބު
01 November 2020
ޖަލުން ގިނނަ ޢަދަދެއްގެ ކުއްވެރިން ދޫވެ މުޖުތަމަޢުގައި ވައްކަން ގިނަވެއްޖެ! މިސްކިތުން ފައިވާން ނެގުމާއި، މާރުކޭޓުންނާއި ފިހާރަތަކުން އެކއެކި އެއްޗެތި ގިނަ ޢަދަދަކަށް ވަގަށްނަގާ، ކުޑަކމެއްވީމާ ކަމާބެހޭ ފަރާތަށް މައްސަލަ ހުށަހަޅައިގެން ބޮޑު ސަކަރާތެއް ޖަހަން މީހުން ބޭނުންނުވަނީ! އެކަމަކު މިކަން ހައްދުންނައްޓާނަމަ....
ޕްރޮފެސަރ
01 November 2020
އެއްޗެއް ފޭރެވޭނީވެސް ފެންވަރެއް ހުރެގެން ދޯ، އެންމެ ކުޑަމިނުން ފޮށިގަނޑުވެސް ހިއްލާ ނުލެވުން. ތި ފޭރެން ތި ދިޔައީ ވެސް ބިންމަތީ ހަމަޔަށް ފިޔަވަޅެއް އަޅާ ނުލެވޭ ކަންނޭންގެ ތީގެން މީހަކަށް، ރާކަނި މަސް ކެވިފަ ތިބޭނީ މިހާރު
ވީކޭ ލުޓޭރު
01 November 2020
ވަޅޯ ކަންމަތި ބޯއިޒް ކޮޅެއް ދޯ!