ކަންޑިންމަ ރިސޯޓު: އެ ރިސޯޓުގެ މުވައްޒަފަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓީވްވެ، އިއްޔެ ރޭ މަރުވެފައި.
01 ނޮވެމްބަރ 2020 - 09:35
ދ. ކަނޑިންމަ ރިސޯޓުން ކޮވިޑް-19 އަށް 17 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗުޕީއޭ އިން ދެންމެ ބުނެފި އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭގެ ތެރޭގައި މުޅިން ވެސް ތިބީ ރިސޯޓުގެ މުވައްޒަފުންނެވެ.
ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރާ، އުމުރުން 60 އަހަރުގެ ދިވެއްސަކު އިއްޔެ ރޭ މަރުވެފައިވާއިރު، އެޗުޕީއޭ އިން ދެންމެ ބުނީ އެކަމާ ގުޅިގެން ނެގި 20 ސާމްޕަލްގެ ތެރެއިން 17 މީހެއްގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
"އަދި އެ ރިސޯޓްގައި ތިބި ޕޮޒިޓިވް މީހުންގެ ތެރެއިން ހައިރިސްކް މީހުން ފެސިލިޓީ އަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރިއަށް. އަދި ކޮންޓެކްޓް ޓްރޭސިން އާއި އިތުރު ސާމްޕަލް ނެގުމުގައި ދ. އަތޮޅު ހޮސްޕިޓަލްގެ ޓީމެއް އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުން،" އެޗުއީއޯސީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ކަނޑިންމަ ރިސޯޓަށް މީހުން އަރައި ފޭބުން އިއްޔެ ހަވީރުން ފެށިގެން އެޗުޕީއޭ އިން ވަނީ މަނާކޮށްފަ އެވެ.
އެޗުއީއޯސީން ބުނީ، އެ ރިސޯޓުގައި ތިބި ޓޫރިސްޓުންގެ ތެރެއިން ފުރަން ބޭނުންވާ މީހުންނަށް ގައުމަށް ދެވޭނީ ކޮވިޑް ޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެފައި ނުވާ ނަމަ، ޕީސީއާރު ޓެސްޓު ނެގެޓިވް ވުމުން ކަމަށެވެ.
ކޮވިޑު ޖެހިގެން ކަނޑިންމަ ރިސޯޓުން މަރުވި މީހާ ކުޑަހުވަދު އަށް ގެންދިޔައީ ބަލިވެ އުޅޭތާ ދެތިން ދުވަސް ފަހުން ކަމަށާއި އެ ރިސޯޓުގައި އެ ބަލީގެ އަލާމާތްތައް ހުރި މީހުން ތިބި ކަަމޔގެ ރިޕޯޓެއް ލިބިގެން ދ. އަތޮޅު ހޮސްޕިޓަލުން އެ ރަށަށް ޓީމެއް ފޮނުވަން އުޅުނު ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ. އެކަމަކު، އެކަމަށް އެއްބާރުލުން ނުދިން ކަމަށް ވެ އެވެ.
ކުޑަހުވަދޫން ކަނޑިންމަ އަށް ދާން އުޅުނު ޓީމަށް އެއްބާރުލުން ނުދިން ކަމަށް ދެއްކެވޭ ވާހަކައާ ބެހޭ ގޮތުން ރޭގެ މީޑިއާ ބްރީފިން ގައި ނޫސްވެރިއަކު ކުރި ސުވާލަށް ނަޒްލާ ސާފު ޖަވާބެއް ނުދެއްވަ އެވެ. ހޮސްޕިޓަލްގެ ޓީމެއް އެރިޔަ ނުދިނުން ކަހަލަ އެއްވެސް ކަމެއް ދިމާވިތޯ ސުވާލު ކުރުމުން ނަޒްލާ ވިދާޅުވީ އަލާމާތްތައް ހުރި މީހުން އެ ރަށުގައި ކޮންމެވެސް ވަރަކަށް ތިބިކަމުގެ މައުލޫމާތު ލިބުމުން ހޮސްޕިޓަލުން ރިސޯޓާ މުއަމާލާތު ކުރި ކަމަށެވެ
"އެހެން ނަމަވެސް އެވަގުތު އަލާމާތްތައް ހުރި މީހަކު ނެތް ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ވަނީ،" ނަޒްލާ ވިދާޅުވި އެވެ.
އަލާމާތްތައް ހުރި މީހުން ނެތް ކަމަށް މައުލޫމާތު ދިނީ ކަނޑިންމަ ރިސޯޓުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ވިދާޅުވީ "މައުލޫމާތު ލިބުނީ" ކަމަށެވެ. ބެލެވޭ ގޮތުގައި އެގޮތަށް މައުލޫމާތު ދިނީ ރިސޯޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާގަ ހަސަނާ
01 November 2020
ކަޑަންމަ ރިސޯޓް އަކީ މީހުންނަށް ހޮޔޮ ރަގަޅު ތަނެއް
ފަހުދު
01 November 2020
މީގެ 3 ދުވަސް ކުރިން ފްރާންސް އެދިޔައީ ލޮކްޑައުނައް. މިއަދު އިންގިރޭސި ވިލާތް ލޮކްޑައުން ކޮއްފި. މާދަމާ ނޫން އަނެއްދުވަހު އޮސްޓްރިޔާ ފުލް ލޮކްޑައުނަކައް ދާނެ
ގުލާބު ޖަމުން
01 November 2020
ދެން؟؟ ކޮބާ ޕޮއިންޓަކީ.؟؟ ރާއްޖެވެސް ކުރާށޭތަ؟ އެހންވިއްޔާ ކަލޭހަމަތަ. ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކަށް މަބޮޑުކަމެއްނޫން ލޮކްޑައުން އަކީ. އެހެނޭ ކިޔާފާ ހުރިހާއެއްޗެއް ބޭރުން އެތެރެކޮށްގެން އަދި ބޭރުން އަންނަމީހުން ދޭ ޑޮލަރަށް ޑިޕެންޑްވެގެން ތިބޭބަޔަކަށް ހިތަށްއެރިހާ ގޮތަކަށް ހިތައްއެރީހަ ވަގުތަކު ލޮކްޑައުން އެއް ނުކުރެވޭނޭ
މަޖޭ
02 November 2020
މުޅި ޔޫރަޕް އެކީކަހަލަ ގޮތަކައް އެބަ ލޮކްޑައުން ކުރޭ. ރާއްޖެ ހުޅުވާ ވަރަކައް އެހެންގައުމުތައް ބަންދުކުރަނީ.
ފަހުދު
02 November 2020
ތިމާއައް ކިޔޭނުކިޔޭ އެއްޗެއް އެބައިންގޭތަ؟ މަމިބުނަނީ ހުރިހާއެއްޗެއް ބޭރުން އެތެރެކޮށްގެން އަދި ބޭރުން އަންނަމީހުން ދޭ ޑޮލަރަށް ޑިޕެންޑްވެގެން ތިބޭބަޔަކަށް މިވާގޮތުން ހާދަދެރައޭ. ރިސޯޓް ހުޅުވިދާނެއޭ އެކަމަކު އަންނަން ތިބިމީހުން ބަންދުވަނީއޭ. ގެޓު؟
ނެތީމޭނެތީމޭ
01 November 2020
ތިޔާ ކަމުގައި ޒިންމާ ވާން ޖެހޭނީ ޓޫރިޒަމް މިނިސްޓްރީންނޭ މިނިސްޓްރީން ރިސޯރޓްސް ތަކަށް ހުއްދަ ދެނީ އަމާބުނީތީ ފަރަށްދާ އުސޫލުންނޭ މަމެން ބުނަން ނެތީމޭ...
ދެންވާނެ
01 November 2020
20 ސާމްޕަލުން 17 ސާމްޕަލް ޕޮޒިޓިވްވިއަސް އަދިވެސް ފަތުރުވެރިން ގެނެއްސަ ބައިތިއްބާ. ނުވިތާކަށް ގެސްޓްހައުސްތައްވެސް ހުޅުވާލާ. މިހާރު އަދަދުތައް ދަށްކަމަށް ރަސްމީ ގޮތުން ދައްކަނީ އެގޮތަށް ދައްކަން ބޭނުންވެގެން އިތުރު ޓޫރިސްޓުން މިގައުމަށް ގެންނަންވެގެން. އެއީ ހިންގާ ޖަރީމާއެއް. ޓޫރިސްޓުން ގައުމަށް ގެންނަމުން ކޮވިޑް ނައްތާނުލެވޭނެ. އަނގަޔާ އަތާ ދިމާނުވެއޭ ކިޔާފަ ޓޫރިސްޓުން ގެންނާނީ.
ކޮމެންޓޭ1
01 November 2020
ވަރަށް ބޮޑު ތެދެއް. ވިޔަފާރި ވެރިން އަދިވެސް ވިސްނަނީ ވިޔަފާރި ފުޅާ ކުރަން މިއަހަރު އެބަޖެހޭ މިބަލިން ދަތި ހާލުން އަރައިގަންނަން. ދެން މިކަމުން ސަލާމަތްވެވުނީމަ ކުރިއަށް ދެވޭނީ. މިކަން ކޮންޓުރޯލު ކުރަން ސަރުކާރެއް މިއޮންނަންޖެހެނީ ވިޔަފާރިވެރިން ބޭނުން ގޮތެއް ހެދިގެން ނުވާނެ
ސްކިޕަރ
01 November 2020
ޔޫރަޕާއި، އެމެރިކާ އަދި އަވައްޓެރި ގައުމުތަކުގައި އިންތިހާއަށް އަނެއްކާވެސް ކޯވިޑު ފެތުރެން ފަށައިފި. ދެންވެސް ޓޫރިޒަމޭ ކިޔާފައި ބޮޑު މަހުޖަނުންގެ ޖީބަށް ވަންނަ ޑޮލަރު ގިނަ ކުރަން މިއުޅެނީ. ރައްޔިތުން ލޮކްޑައުންކޮށްފައި. މިއީ ކޮންކަހަލަ ސަރުކާރެއްތަ؟ ޓޫރިޒަމް ނޫނީ އެހެން ކަމެއް މިގައުމުގައި ނެތީތަ؟ ކޮބާ މިއޮތް ބޮޑު ކަނޑުތަކުން ބާނާ އެތައް ހާސް ހާސް ޓަނުގެ މަސް؟
މަންޓާ ފާއިޒު
01 November 2020
ކަލޯ މަބިރުން ހަލާކުވެއޖެ. ޚަލީލުބުނީ ބަލިޖެހުނީމަ ބަލިޖެހުނީޔޯ ރަނގަޅުވީމަ ރަނގަޅުވީޔޯ ބޭކާރު ވާހަކަ ނުދައްކާ މަސައްކަތައް ދާށޯ. ޢަހަރުމެން 23 މީހުން މިއުޅެނީ ކުޑަހުވަދޫ އެއްގެއެއްގަ. މިދިޔަ ހަފްތާގަ އެންމެންތިބީ ކަނޑިންމަގަ. މިހާރުމިތިބީ ބިރުން.
ސަންޖޭ23
01 November 2020
ޚަލީލު ޢަދި ސަންޖޭމަނިކުމެން ހަދާނެއެއްޗެއް ހަދާނީ. މިވެރިންނަކާ ނުކުޅެވޭނެ.
އިސްމާލި
01 November 2020
އެންމެ ފުރަތަމަ ވެސް ރިސޯޓަކުން މައްސަލަ ދިމާވީ. މިހާރުވެސް މި މީހުންގެ ދަހި ސާދާގަރު ކަމުން ގައުމުގެ ޓުއަރިޒަމް އަލުން ވެސް ހުއްޓޭނީ. މިމީހުންގެ ދަހި ކަމަކީ ވަބާއެއް.
ޓޯކީ
01 November 2020
2019 ވަނަ އަހަރު މަރުވި މީހުންގެ ތެރޭން އަރިދަފުސް ރޯގާ އަށް ނުވަތަ ހުން އައިސްގެ ފަރުވާދިން މީހުންގެ އަދަދަކީ ކޮބާބާ؟ މިހެން މިބުނީ ރާއްޖޭގެ މިދިޔަ 5 އަހަރުތެރޭގައި އަހަރަކު މަރުވި މީހުންގެ އަދަދާ މިއަހަރު މަރުވި މީހުންގެ އަދަދު މާބޮޑު ތަފާތެއް ނެތީތީވެ.
ފަރީދުރޯ2
01 November 2020
ގަމާރުވާހަކަ ނުދައްކާ. ކަލެއަށްވެސް މިބަލިޖެހުނީމަ އިނގޭނީ.
ޔޫސުފް
01 November 2020
މިބަލިޖެހި ތަކުލީފު އުފުލި މީހުންނާއި ބަލީގަ ދުނިޔެއަޅާދިޔަ މީހުންގެ ފުރާނައިގަ އަގެއް ނެތީތޯ؟؟ ތިބާ ބަލިނުވުމަކީ ނުވަތަ މަރުނުވުމަކީ އެހެން މީހުންނަށް އޮތް ނުރައްކާ ކުޑަވުމެއް ނޫން. އެހެން އަހަރުތަކާއި މިއަހަރު ރާއްޖޭގައި އޭޑްސް ބަލީގަ މަރުވި މީހުން ތިގޮތަށް އަޅާ ކިޔައިފިއްޔާ އެވެސް އެއްވެސް ނުރައްކަލެއް ހުރި ބައްޔަކަށް ނުވާނެ.
ޒަމާންވާންވީއޭ
01 November 2020
ރާއްޖޭގެ ގިނަ ރިސޯރޓްސް ތަކުގައި ސްޓާފް އޭރިޔާ ގެ ހާލަތު ވަނީ ވަރަށް ދަށްކޮށް އެކަން ކަން ރަނގަޅަށް ހުރިތޯ ޓޫރިޒަމް މިނިސްޓްރީ އަކުން ނުބަލާ ރިސޯރޓްސް ތައް މޮނިޓަރ ނުކުރެވޭނެ އެއްގޮތަކަށް ވެސް ޓޫރިޒަމް މިނިސްޓްރީގައި އުޅޭ ތަޖްރިބާ އެއް ނެތް ހަކެނައިންނަށް އެކަން ކުރެވޭނީ މާލޭގައި ހުރި އަމިއްލަ ކުންފުނި ތަކަށް ސަރުކާރުން ސަބްކޮންޓްރެކްޓަށް ދީގެން މިކަން ކުރަން ސަރުކާރުން އުޅެފިނަމަ މިކަން ކާމިޔާބު ވާނެ ކަން އެއީ ޔަގީން ކަމެކޭ ޓޫރިޒަމް މިނިސްޓްރީ