މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

05 ނޮވެމްބަރ 2020 - 08:01

ސައިފް އަލީ ޚާނާއި އަރުޖުން ކަޕޫރްގެ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ގެ ޝޫޓިން ބުދަ ދުވަހު ފެށުމާ އެކު، އޭގެ ފަސްޓްލުކް ޕޯސްޓަރު ވެސް ދައްކާކައިފި އެވެ.

މި ފިލްމަކީ "ރޭސް" ފަދަ ފިލްމުތައް ގެނެސްދިން ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށް، ޕަވަން ކިރްޕަލާނީ ޑައިރެކްޓްކުރާ ފިލްމެކެވެ. "ބޫތު ޕޮލިސް" ގެ ޝޫޓިން އަށް ކާސްޓާއި ކްރޫ މިހާރު މަދިޔަ ޕްރަދޭޝްގައި ތިބި އިރު، ފިލްމުގެ ގިނަ މަންޒަރުތައް ނަގާނީ އެތަނުގެ ދަލްހޫސީގަ އެވެ. ފިލްމުގެ ބަތަލާއިންނަކީ ޖެކްލިން ފެނަންޑޭޒާއި ޔާމީ ގޯތަމެވެ.

"ބޫތު ޕޮލިސް" ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރު އެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ. މި ފިލްމުވެގެން ދާނީ މީގައި ހިމެނޭ ހުރިހާ ކާސްޓުން ވެސް ބިރުވެރި ފިލްމެއް ކުޅޭ ފުރަތަމަ ފަހަރަށެވެ.

"ބޫތު ޕޮލިސް" ގެ މުހިއްމު ރޯލަކުން ޖާވިދު ޖެފްރީ ވެސް ފެންނާނެ އެވެ.

"ބައްޗަން ޕާންޑޭ" ގެ ޝޫޓިން ޖެނުއަރީގައި

އަކްޝޭ ކުމާރު ވަރަށް ތަފާތު ރޯލަކުން ފެންނާނެ ކަމަށް ބެލެވޭ އެކްޝަން-ކޮމެޑީ "ބައްޗަން ޕާންޑޭ" ގެ ޝޫޓިން އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފަށާ ގޮތަށް ނިންމައިފި އެވެ.

މި ފިލްމަކީ ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކޮށް، ފަރުހާދު ސަމްޖީ ޑައިރެކްޓްކުރާ ފިލްމެކެވެ. އަކްޝޭ އާއި ފަރުހާދު އެންމެ ފަހުން އެކީގައި މަސައްކަތްކުރީ މިދިޔަ އަހަރުގެ ކޮމެޑީ ފިލްމު "ހައުސްފުލް 4" ގަ އެވެ. "ބައްޗަން ޕާންޑޭ" ގެ އެއް ބަތަލާ އަކީ "ހައުސްފުލް 4" ގައި ވެސް އަކްޝޭ ކޯ-ސްޓާރުގެ ރޯލް އަދާކުރި ކްރިތީ ސެނަން އެވެ. އޭނާގެ އިތުރުން އިތުރު ބަތަލާ އަކު ވެސް "ބައްޗަން ޕާންޑޭ" އިން ފެންނާނެ އެވެ. އެކަމަކު އެއީ ކާކު ކަމެއް އަދި ނޭނގެ އެވެ.

މި ފިލްމުގެ ޝޫޓިން ޖެނުއަރީގައި ޖެއިސަލްމާރްގައި ފެށުމަށް ފަހު މާޗް މަހާ ހަމައަށް ކުރިއަށް ގެންގޮސް ނިންމައިލާނެ އެވެ. އަކްޝޭ މި ވަގުތު އަންނަނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޕްރިތުވީރާޖް" ގެ މަސައްކަތް ކުރަމުންނެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ޑައިރެކްޓަރު އާނަންދު އެލް ރާއީގެ "އަތުރަންގީ ރޭ" ގެ ޝޫޓިން ވެސް އަކްޝޭ ނިންމާނެ އެވެ.

"ރާޝްމީ ރޮކެޓް" ގެ ޝޫޓިން ފަށައިފި

ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ބަތަލާ ތާޕްސީ ޕައްނޫ ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރެއިން "ހަސީން ދިލްރުބާ" ގެ މަސައްކަތް ފެށުމަށް ފަހު، އޭނާ އަނެއްކާ ވެސް އިތުރު ފިލްމެއްގެ ޝޫޓިން ފަށައިފި އެވެ.

މި ފިލްމަކީ ތާޕްސީ ދުވުންތެރިއެއްގެ ރޯލުން ފެނިގެންދާނެ "ރާޝްމީ ރޮކެޓް" އެވެ. އާކާޝް ކްރާނާ ޑައިރެކްޓްކުރާ މި ފިލްމަކީ އާދަޔާހިލާފު ބާރަށް ދުވައިގެން އާންމުންގެ ސަމާލުކަން ހުއްޓުނު ގުޖްރާތަށް ނިސްބަތްވާ ރާޝްމީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ތާޕްސީ ޓައިޓްލް ރޯލް ކުޅޭ ފިލްމުގެ ކާސްޓްގައި މި އަހަރުގެ އެޕްރީލްގައި ނެޓްފްލިކްސް އިން ގެނެސްދިން "އެކްސްޓްރެކްޝަން" ގެ ރޯލެއް ކުޅުނު ޕްރިޔަންޝޫ ޕައިނިޔޫލީ ހިމެނެ އެވެ.

އަންނަ އަހަރު ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވޭ "ރާޝްމީ ރޮކެޓް" އަކީ މިދިޔަ އަހަރު ޕްރިޔަންކާ ޗޯޕްޅާގެ "ދަ ސްކައި އިޒް ޕިންކް" ޕްރޮޑިއުސްކުރި ރޯނޫ ސްކްރޫވާލާ އާއި އަދިތިޔާ ރޯއި ކަޕޫރްް ގުޅިގެން ހަދާ ފިލްމެކެވެ.

"ލަކްޝްމީ" އިން އާ ލަވައެއް

މި މަހުގެ 9 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރާ އަކްޝޭ ކުމާރުގެ ހޮރޯ-ކޮމެޑީ "ލަކްޝްމީ" ގެ އާ ލަވައެއް ދައްކާލައިފި އެވެ.

ފިލްމުގެ ލަވަތަކުގެ ތެރެއިން "ބުރްޖް ޚަލީފާ" އަށް ފަހު އާންމުކޮށްފައި ވަނީ "ބަމް ބޯލޭ" ކިޔާ ލަވައެކެވެ. މީގެ މިއުޒިކް އުލޫމަނަތީ ހަދާފައިވާ އިރު ލަވަކިޔާފައި ވަނީ ވައިރަސް އެވެ. ލަވައިގެ ޅެން ވެސް ހެދީ އުލޫމަނަތީ އެވެ.

"ބަމް ބޯލޭ" އިން ފެނިގެންދަނީ އަކްޝޭގެ "ލަކްޝްމީ" ގައި ކުޅެފައިވާ ޓްރާންސްޖެންޑާ ކެރެކްޓާގައި ސާޅީ ވެސް އަޅައިގެން ނަށާ ތަނެވެ. އަދި އޭނާއާ އެކު ގިނަ އަދަދަކަށް ބެކް ޑާންސަރުން ވެސް ފެނިގެންދެ އެވެ.

"ލަކްޝްމީ" އަކީ ތަމަޅަ ޑައިރެކްޓަރު ރަގަވާ ލޯރެންސް ޑައިރެކްޓްކުރި ފިލްމެކެވެ. މީގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454