ހަނިމާދޫގައި ރިސާޗް ސެންޓަރު ތަރައްގީކުރަން ސޮއިކުރެއްވި އެއްބަސްވުން، އިންޑިއާގެ ހައި ކޮމިޝަނަރު ސަންޖޭ ސުދީރު (ވ) އާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ދައްކާލަނީ -- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
12 ނޮވެމްބަރ 2020 - 12:35
ހދ. ހަނިމާދޫގައި ހިންގާ އެގްރިކަލްޗަ ރިސާޗް ސެންޓަރު ތަރައްގީކުރަން އިންޑިއާއާ އެކުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި މިދިޔަ އާދިއްތަ ދުވަހު ސޮއިކުރެއްވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގަ އެވެ. މި މަޝްރޫއު ކުރިއަށް ގެންދާނީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުންނެވެ. މި މަސައްކަތަށް 1،711،434.60ރ. ކަނޑައަޅާފައިވެ އެވެ.
އިންޑިއާގެ އެހީގެ ދަށުން ގެންނަ ބަދަލުތަކުގެ ތެރޭގައި ސޮއިލް އެނާލިލިސް އަދި ޕްލާންޓް ޓިޝޫ ޓެސްޓިން ލެބޮރަޓަރީއެއް ހަދަން ނިންމާފައިވެ އެވެ. އެއާ އެކު ދަނޑުވެރިންނާއި ދިރާސާ އާއި އަދި ތައުލީމީ ކަންކަމަށް މި ލެބް ބޭނުންކުރެވޭނެ އެވެ.
މިއީ 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއިކުރެއްވި އެގްރިކަލްޗާ އެމްއޯޔޫ ފްރޭމްވޯކްގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެޗްއައިސީޑީޕީ 11 މަޝްރޫއެއް ރާއްޖޭގައި މިވަގުތު ކުރިއަށް ދެ އެވެ. އޭގެ ތެރޭގައި އައްޑޫގައި މަސް ޕްރޮސެސިން ޕްލާންޓުތަކެއް ހެދުމުގެ އިތުރުން އީކޯ ޓޫރިޒަމަށް ފަސް ޒޯން ހަމަޖެއްސުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަހަނާ
14 November 2020
މީ ޓުރެސިނިން ސެންޓަރު ފަދަ އަޑިނުފެންނަ ތަނަކަށް ވާނީ.
ދިވެހި އުއްމަތުގެ އާދޭސް
14 November 2020
ޔާ ﷲ މިގައުމު ސައްތައިންސައްތަ އިސްލާމްކަންމަތީ ދަމަހައްޓަވާންދޭވެ އަދި މިނިވަން ގައުމެއްގެ ގޮތުގައި ދަމަހައްޓަވާންދޭވެ. ބޭރުގެ އެންމެހައި ނުފޫޒުން އެއްކިބައިކޮށް ދެއްވާންދޭވެ. މިކަންތައްތަކަށް ބުރޫއަރާ ގޮތަށްކަންތައްތައް ކުރާ ފަރާތް ތައްނިކަމެތި ކުރައްވައި ފަލީހަތް ކުރައްވާންދޭވެ. އަދި ﷲ އެބައެއް ވަރުގަދަ ހިއްޕެވުމަކުން ހިއްޕަވައި މީސްތަކުންނަށް އިބުރަތަކަށް ވާވަރުގެ ކަންތައްތަކެއް ދައްކަވައިފާންދޭވެ. އާމީން ޔާ ރައްބަލް އާލަމީން. ﷲ އަކުބަރު.
ވިއުމޯރ
13 November 2020
ރާއްޖޭގެ އުތުރާ ދެކުނުގައި އިންޑިއާ މީހުން އަތްގަދަކުރާނެ އެކި ނަންނަމުގައި ހިންގާ ކަންކަމުގައި. މިގައުމުގެ ދިފާއީ ބާރަށް އެވަނީ ކިހިނެތްކަން ނޭނގޭކަން ހަދައިގެން ތިބެ އެކަންކަން ކުރިއަށްދާން ޖާގަ ދިނުމަކީ ގައުމަށް ވާ ޚިޔާނާތެއް.
މަންޑޭލާ
13 November 2020
ރާއްޖެ މިދަނީ ވަރައް ހަޑިހުތުރު ގޮތަކައް އަޅުވެތިކަމަކާ ދިމާލައް
ޝޮކްތެރަޕީ
13 November 2020
އެކި ނަންނަމުގަ އިންޑިޔާގެ މީހުން ވަޒަންވެރި ކުރަނީ.
ކޮކީކޮ
12 November 2020
މިގައުމަކީ އިންޑިޔާގެ އަވަށްގަނޑެއްތޭ
ކުރަފި
12 November 2020
މިލިއަނެއްހާ ރުފިޔާ ހަރަދުކުރާ މަޝްރޫއު ތިހުންނަނީ. އިންޑިއާއިން ހަތަރުވަރަކަށް މީހުނާ މާލެއިން ދޮޅަހަކަށްމީހުން ތިކަމަށް ދާނެ، އެމެންގެ ދަތުރު ހަރަދަށް އެކަނިވެސް ތިވަރު ދާނެ. ސުރުހީތަކަށް އަރާއިރު މާލޭ ބުރިޖު މަޝްރޫއާއި ހަނިމާދޫ ދަނޑުވެރިކަމުގެ މަޝްރޫއު، އެއޮތީ މާލެއަށް މަޝްރޫއެއް "އަތޮޅުތެރެއަށް" މަޝްރޫއެއް ހިންގާފަ ހަމަހަމަކޮށްފަ.
ސޭނޯ
12 November 2020
އިންޑިއާއަށް އުތުރުގެ ރައްތައް ދިނުމަކީ މިގައުމަށް އިންޑިއާ އަތްގަދަކުރަން ދެވޭ ފުރުސަތެއް. އިރުކޮޅަކުން ބަލާލާއިރު އޮންނާނީ ބޮޑުތިލަދުންމައްޗަކީ އިންޑިއާގެ ބަޔަކަށްވެފައި.
އޮނަރަބްލް އަފީފު ދީދީ
12 November 2020
ސޯލިޙްގެ ހައުސިންގ މިނިސްޓަރ "ދިވެހިން އުޅެންވީ ވޯޓަރ ބަންގްލޯ ގައި" ކަމަށް ބުނިކަމުގައިވިޔަސް އެއީ ޙިޔާލީ ފޮލާއެއް. # ފިއްލަދޫ، ހަނިމާދޫ، ލާމް އަތޮޅު ގުޅުފައިވާ ހުރިހާ ރަށްތައް، ހުވަދޫއަތޮޅު މާވާރުލުން ގަމާއިހަމައަށް ހުރި ހުރިހާ ރަށްތައް އަދި އައްޑޫސިޓީ ހިއްކެންއޮތް އެންމެ ބޮޑަށް ހިއްކާ ފުރަތަމަކަމަކަށް ރައްޔަތުން އެއްފަސް ކުރެވޭތޯ ބައްލަވާ. # ގުޅިފަޅު ހިއްކުމަށް އަންނަ ބޮސްކާލިސް އާއި ޙަވާލުކޮށްގެން މިކަންކަން ކުރާން 1 އަހަރު ދުވަސްވެސް ނުނަގާނެ.
ފުއްލާބެ
12 November 2020
ރާއްޖޭގެ ކޮންމެ ރައްޔިތަކަށް 1000އކ ގެ ގޯތި ދޫކުރެވޭނީ ތިފަދަ ގޮތަކަށް ކަންކަން ކޮށްގެން. ކިތަންމެ ވަރަކަށް މާލޭގައި ފްލެޓް ހެދިކަމުގައި ވިޔަސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލެއް ނުވާނެ. އަދި އަސްލަންޓޭ އެބުނާ ބަންލޯތަކަށް ދިވެހިން ނުވަންނާނެ.
މުދިމު ކަތީބު
12 November 2020
ސަލާން ޖެހުމާއި އަޅުވެތިކަން !