ލާމު ލިންކް ރޯޑް: މި މަގުގައި ހިނގި އެކްސިޑެންޓެއްގައި ރޭ ވެސް މީހަކު ވަނީ މަރުވެފައި
15 ނޮވެމްބަރ 2020 - 11:54
ލ. ލިންކުރޯޑުގައި މިދިޔަ މަހުގެ 29 ގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ރޭ މަރުވެއްޖެ އެވެ.
އޭނާ މަރުވީ، ފަރުވާ ދެމުންދާތާ ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް، އައިޖީއެމްއެޗުގަ އެވެ.
މަގުމަތީ ޕާކުކޮށްފައި އޮތް ވެހިކަލެއްގައި ސައިކަލަކުން ޖެހިގެން ހިނގި އެ އެކްސިޑެންޓުގައި، ގަމު މުކުރިމަގު، އަހުމަދު ފަހީމް 29، އަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ގަމު ރީޖަނަލް ހޮސްޕިޓަލުގަ އެވެ. ހާލު މާ ބޮޑަށް ގޯސްވާން ފެށުމުން ދެން ފަހީމް ގެނައީ މާލެ އަށެވެ.
އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓުގައި ފަހީމްގެ ހަށިގަނޑުގެ އެކި ތަންތަން ބިނދި، ބޮލަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.
މިއީ ލ. ލިންކް ރޯޑުގައި ހިނގި މަރުގެ މިފަދަ ތިން ވަނަ އެކްސިޑެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
15 November 2020
ދަރަނި ނުދެއްކިގެން ނާށިގަނޑު ހިފައިގެން ސަލާން ޖަހާއިރުވެސް އަނެއްކާ 800މ ޑޮލަރުގެ ބްރިޖެއް އަޅާން ދަރަނި ނަގާން ނޫންތޯ ތިއުޅެނީ. # ތިޔަ ބުރިޖަށް ދައްކާންޖެހޭ 300މ ޑޮލަރު މާލޭބޭފުޅުން އަތުން ފައިސާ ނުނަގާވެސް ދައްކާން ވާނެ. އެކަން ކުރުމަށްޓަކާ ރަށްރަށުގެ ރައްޔަތުން ގުއިވަޅު ފެންނުބޯން ވެގެން ގޭތެރޭގައި ބަހައްޓާފައި ހުރި ފެންވަޅު ތަކުންނާއި، އަލަ ދަނޑު އަދި ގޭތެރޭގައި ހައްދާ ފަތްކެޔޮގަހާއި ކާށި ފަދަ އެއްޗެހިން ބަންޑާރަ ބައި ނަގާން ފައްޓަވާ. ތިއީ ލާމަރުކަޒުކުރާގޮތް.
ފިލިއަފީފު
15 November 2020
ކަލޯ ހަބަރާ ގުޅޭ ކޮންމެވެސް ކޮމެންޓެއް ލިޔަން ނޭނގެންޏާ އެއްޗެއް ނުލިޔެ ހުރެބަލަ!
ބަސް
15 November 2020
ލިންކް ރޯޑް ގައި ޕާރކްކޮށްފައި އޮތް ވެހިކަލެއްގަ ޖެހިފަ. ޕާރކް ކުރިމީހާއަށް ޕާކިން ޒޯނެއްކަމަށް ހީވީކަން ނޭގޭ. މަރުހޫމުގެ ފުރާނައަށް ﷲ ރަހްމަތް ލައްވާށި. اللهم اغفر له وارحمه وأدخله في الجنة آمين
ސްޕީޑް
15 November 2020
މަޑުން ދުއްވާނަމަ ޕާކުކޮއްފަ ހުންނަ އެއްޗެހިވެސް ފެންނާނެދޯ؟