"އިނޮވޭޝަން ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް އިސްވެރިން -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްޜީ
21 ނޮވެމްބަރ 2020 - 16:34
ކޮވިޑް-19ގެ ހާލަތުގައި އިންޓަނެޓް މެދުވެރިކޮށް ދަރިވަރުންނަށް ކިޔަވައިދޭން ޓީޗަރުން ކުރި މަސައްކަތުގެ އަގު ވަޒަން ކުރަން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ކުރިއަށް ގެންދާ "އިނޮވޭޝަން ކޮންފެރަންސް" އަށް 47 ޕްރޮޖެކްޓެއް ހުށަހަޅައިފި އެވެ.
އޮންލައިންކޮށް ކުރިއަށް ގެންދާ މި ކޮންފަރެންސް އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. ފަސްޓް ލޭޑީގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ އާއި އެންއައިއީގެ އިސްވެރިޔާ، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވެސް މި ކޮންފަރެންސްގައި ބައިވެރިވަޑައިގަތެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނާ، ކެމްބްރިޖް ޔުނިވަރސިޓީ ގުޅިގެން އިންތިޒާމު ކޮށް ކުރިޔަށް ގެންދާ "އިނޮވޭޝަން ކޮންފަރެންސް 2020” އިފްތިތާޙް ކުރުން.
— Ministry of Education (@MoEdumv) November 21, 2020
މި ކޮންފަރެންސް އިފްތިތާޙް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދު.
1/4 pic.twitter.com/zsuYLB2yhH
އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއް
މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވަނީ ޓީޗަރުން މި ދުވަސްވަރު ކުރަމުން އަންނަ ބުރަ މަސައްކަތަކީ ނަމޫނާ މަސައްކަތެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމަށް އެކަމަނާ ޝުކުރު އަދާކުރެއްވި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ކެމްބްރިޖް ޔުނިވާސިޓީއާ ގުޅިގެން ދެ ދުވަހަށް ކުރިއަށްދާ މި ކޮންފަރެންސްގައި 23 ސްކޫލަކުން ބައިވެރިވި އެވެ. އަދި ތައުލީމް ކުރިއަރުވަން ކަނޑައަޅާފައިވާ ހަތް ދާއިރާއަކަށް 47 ޕްރޮޖެކްޓެއް ހުށަހަޅާފައި ވެ އެވެ.
- އޮންލައިން ޓީޗިން އެންޑް ލާނިން
- ކޮމިއުނިޓީ އެންގޭޖްމެންޓް
- އެޑިއުކޭޝަނަލް ލީޑާޝިޕް ޑިއުރިން ކްރައިސިސް
- އިންކްލޫސިވިޓީ
- ވެލްބިއިން އެންޑް ސައިކޯ-ސޯޝަަލް ސަޕޯޓް
- ޕްރޮފެޝަނަލް ސަޕޯޓް އެންޑް ޓްރެއިނިން
- ކްރިއޭޓިވް ލާނިން ސްޕޭސް
މި ކޮންފަރެންސްގެ ޗީފް ކޯޑިނޭޓަރު ޝަހުދާ ރިޒްވާން ވިދާޅުވީ އެންމެ ގިނަ ޕްރޮޖެކްޓް ހުށަހަޅާފައި ވަނީ އޮންލައިން ލާނިންއާ ގުޅޭ ގޮތުން ކަމަށެވެ.
"މި ދުވަސްވަރު އެންމެ ރިލަވަންޓް ދާއިރާ އަކީ އެއީ ކަމަށް ވުމުން އެންމެ ގިނަ ޕްރޮޖެކްޓް ލިބިފައި ހުރީ އެކަމާ ގުޅޭ ގޮތުން،" ޝަހުދާ ވިދާޅުވި އެވެ.
ކޮންމެ ދާއިރާއަކުން ހުށަހަޅާފައިވާ ޕްރޮޖެކްޓްތަކަށް ހަތަރު އެވޯޑެއް ދޭން ކަނޑައަޅާފައިވާ ކަމަށް ޝަހުދާ ވިދާޅުވި އެވެ. އެއީ މޮސްޓް އިނޮވޭޓިވް ކެޓަގަރީ އާއި ބެސްޓް އިމްޕްލިމެންޓޭޝަން ކެޓަގަރީ އާއި މޮސްޓް އިންސްޕައަރިން ކެޓަގަރީ އަދި މޮސްޓް ސަސްޓެއިނަބްލް ކެޓަގަރީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެންކޮއި
22 November 2020
ކޮންމެވެސް މޮޅު ވާހަކައެއް ދައްކައިގެން އިސްލާމް ފޮތުގަ އޮތް އަޤީދާގެ ބައި އުނިކޮށް، ސޯސަލް ފޮތަށް އެހެންދީންތަކުގެ ވާހަކަ ވައްދަން ވާނެ!
އަހަންމާބެ
22 November 2020
ހުރިހާ ސިޔާސަތެއް ގޮސް ނިމެނީ ކުރިން ކޮށްފަ ހުރި ޕްލޭންތަކަށް، ކަމުނުގޮސްގެން ބޭނުން ނުކުރަން ނިންމި ޓެބްލެޓްގެ ފައިދާވެސް ފެނިއްޖެ، ކުރިން ޓެބްލެޓް ބޭނުންކޮށްގެން ޑިޖިޓަލް ފޮތްބައި ދޭގޮތަށް ރޭވި ސިޔާސަތަށް ކިޔާ ފާޑެއްކީ، ޚުދު ސްކޫލުތަކުން އެޑިޔުކޭޝަނުން އެންގިގޮތަށް ކަންތަކެއްވެސް ނުކުރި، ތިބެގެން ޖެއްސުންކުރީ، ފާޑުކީ، އެންމެފަހުން މިޖެހުނީ ކޮންތާކު، އެންމެ ދަތިވަގުތުގައިވެސް ޓެބްލެޓްގެ ފައިދާ ކުރި، ދެންއޮތްތަނުގައިވެސް އޭގެ މުހިންމުކަން އޮތީ.
ތިނަރު
21 November 2020
ދިވެހިންގެ ހާލަތާމެދު ދެރަހީވޭ. މާތްﷲ ގަންދީ ބުނަން ނިކަމެތި ކަމާއި އުނިކަން ނެތްކަން ދައްކަން އުޅުމުން ފޭލިބޭލޭނީ. ތިޔަގޮތަށް ކާމިޔާބު ކުރެވެންޏާ މިހުރިހާ ފައިސާ ޚަރަދު ނުކޮށް ތިޔަމަގުން ކުރިޔަށްދާންވީނު. ތިޔައިގެ މޮޅުކަމާއި ކމިޔާބު އިނގޭނީ ބެލެނިވެރިންނާ ދަރިވަރުންނަށް ޑައިލޮގް ފީޑް ކޮށް ނުދީ ސުވާލުކުރުމުން. ކޮންމެ ކަމެއްގަވެސް ކަސޯޓީ ކުޅެލީމަ ސަރުކާރު ހިންގުނީ
ޢިއިބޫ
21 November 2020
ތިވެސް ދެން ކަމެއް ތިޔައްވުރެ ރަނގަޅުވާނެ ސްކޫލުތަކުގެ ހާލަތުމިހާރަށްވުރެ ރަނގަޅުވޭތޯބެލިއްޔާ ސްކޫލްތަކުގަ އުޅެނީވަސީލަތްތައް ނެތިގެން ކިޔަވައިނުދެވިގެން އެކަމާއަޅާލާނެމީހަކުނެއް ރިކުއެސްޓެއްފޮނުވާއިރަށް ބަޖެޓެއްނެއް....
އަހަންމާ 12345
21 November 2020
އެންއައިއީގެ އުފެއްދުންތެރިކަމަށާއި ހިންގުންތެރިކަމަށް ތަޢުރީފު ޙައްޤު! މަރްޙަބާ އެންއައިއީ!!
ާއުނިމާ
21 November 2020
ކޮންފަރެންސް ބޭއްވުނީމާ އެ ނިމުނީ, 2019 ގަވެސް ކޮންފަރެންސް ބޭވި! ވީކަމެއް ޙަރާމް,