ސޮނާކްޝީ ކޮއްދިއްޕަރުގައި.
23 ނޮވެމްބަރ 2020 - 16:30
ކުރިން ވެސް ރާއްޖެ އަށް އެތައް ފަހަރަކު ޒިޔާރަތްކޮށްފައިވާ ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ އަނެއްކާ ވެސް ރާއްޖެ އަށް ޗުއްޓީ އަށް އަތުވެއްޖެ އެވެ.
އޭނާ މި ފަހަރު ޗުއްޓީ ހޭދަކުރަނީ ގްރޭންޑް ޕާކް ކޮއްދިޕަރު ރިސޯޓްގަ އެވެ. އެތަނުގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށް އެއް ފޮޓޯގައި ސޮނާކްޝީ އޭނާ ސިފަކުރީ "އައިލެންޑް ގާލް" ގެ ގޮތުގަ އެވެ. އެ ފޮޓޯގައި ފެންނަނީ އޭނާ ދޮންވެލިގަނޑު މަތީގައި އިށީނދެގެން އިންނަ ތަނެވެ. އަނެއް ފޮޓޯގައި ސޮނާކްޝީ އިންނަނީ ރާޅުޖަހާ ފަށުގައި އިށީނދެގެންނެވެ. އެ ފޮޓޯގެ ކެޕްޝަނުގައި ބުނެފައި ވަނީ "އެންމެ އުފާވަނީ މޫދުގައި" ކަމަށެވެ.
ސޮނާކްޝީ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ސަލްމާން ޚާންގެ "ދަބަންގް 3" އިންނެވެ. ކުރީގެ ބަތަލު ޝަތުރަގަން ސިންހާގެ ހަމައެކަނި އަންހެން ދަރިފުޅު ބޮލީވުޑަށް ނުކުތީ "ދަބަންގް" ގެ ފުރަތަމަ ފިލްމުން 2010 ގަ އެވެ.
"ކަލަންކް" އާއި "އިއްތިފާގު" އަދި "ރައުޑީ ރާތޯޑް" އަދި "ލުޓޭރާ" ފަދަ ފިލްމުތައް ކުޅެފައިވާ ސޮނާކްޝީ ދެން އެންމެ އަވަހަށް ފެންނާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އިންނެވެ.
އުމުރުން 33 އަހަރުގެ ބަތަލާ މިހާރު އަންނަނީ "ފޯލެން" ކިޔާ ވެބް ސީރީޒެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.
އިންޑިއާގެ ފިލްމީ ތަރިން މީގެ ކުރިން ރާއްޖެ ނާންނަހާ ގިނައިން ލޮކްޑައުންގެ ފަހުން ރާއްޖެ އަށް ޒިޔާރަތްކުރަމުން އަންނަ އިރު، އެ މާކެޓަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ގައުމު ވެސް މެ އެވެ. މިހާރު ވެސް ރާއްޖޭގައި އިންޑިއާގެ އެތައް ފިލްމީ ތަރިންނެއް އަންނަނީ ޗުއްޓީ ހޭދަކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަތަރޭ
24 November 2020
ސޮނަކްޝީ ގެ މާމަ ނުވަތަ ސަތުރުގަން ސިންހާ ގެ މަންމަ އަކީ މި ދިވެހި ރާއްޖޭގެ ހުވަދު އަތޮޅު ދެކުނު ބުރީ ފަރެސް މީހެއް. މިހާރު އެއީ ފަރެސް މާތޮޑާ. ވީމާ ސޮނާކްޝީ ގެ ތިމާގެ މީހުން ހުވަދު އަތުގައި ވަރަށް ގިނަވާނެ .
ބޮނޑާބެ
23 November 2020
ރާއްޖޭ ގެޒަމާން ތިޔަ ދަނީ ، ތީ ފިލްމް ސްޓާރުން އެމީންގެ އެކްޓިން ވަރައް މޮޅުވާނެ
ނަޖުމުއްދީން
23 November 2020
ރައްވެހިކަން ދެންޏާ ދޭންވީ މީނާއަށް. އެހެންމީހަކަށް ދޭނެކަމެއްނެތް.
އާދަމް ބާއީ
23 November 2020
ފޮޓޯއަށް ބަލާލީމާ ހީވަނީ ބަޔޯޖަހާފައި ރާއްޖެއައިހެން. ތޭންކިއު ސޯނާކުޝީ. ގިނަގިނައިން މިތަނަށް އަންނާތި.
ބާބާ
23 November 2020
އިންޑިއާގެ ފިލްމު ކުޅޭ މީ ހުން ރާއްޖެ އައިސިއްޔާ ބަރާބަރަށް ނޫސްތަކަށް އަރާ، ދިވެ ހި ފިލްމީތަރިން ބީޗުގަ ތެޅިފޮޅި ހަލާކުވާއިރުވެސް ނޫސްތަކަށް އޮޅިގެންވެސްނާރާ!! ވައި ދިސް ރޭސިޒަމް؟
މަގޭ ދަރި
23 November 2020
މި ކުދިންގެ މައިން ބަފައިން ތިބޭ ބާއެވެ. މަށަކަށް ހީއެއް ނުވެއެވެ.
ބިކިނީ ދަރި
24 November 2020
އެކުދިންގެ ވެސް މައިން ބަފައިން ތިބޭނެ އެވެ. އެކަމަކު ލަދު ހަޔާތް ނުހުންނަނީ އެވެ. "އަވްރަ" އަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫނީ އެވެ.