ޚަބަރު / ވައްކަމާއި ފޭރުން

ށ. ފޭދޫގައި ވައްކަމުގެ މައްސަލަތައް އިންތިހާ އަށް ބޮޑުވެއްޖެ

ށ. ފޭދޫގައި ވައްކަމުގެ މައްސަލަތައް ގިނަވެ އެ ރަށު އަމާންކަން އެއްކޮށް ގެއްލިފައިވާ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.

އެ ރަށުގައި ވައްކަމުުގެ މައްސަލަތައް އާދަޔާ ހިލާފަށް ގިނަވެ އިއްޔެ އެ ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް ވަނީ ރައްޔިތުންގެ މަޖިލީހުގައި އެކަަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރަށުގައި ވައްކަމުގެ މައްސަލަތައް ގިނަވެ އެކަމާ މެދު އާންމުން ކަންބޮޑުވުން ފާޅުކޮށް މަގުމައްޗަށް ނިކުންނަ ހިސާބަށް ވެސް ވަނީ ގޮސްފަ އެވެ.

ފޭދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާމިރު "މިހާރު" އަށް ވިދާޅުވީ ވައްކަމުގެ މައްސަލަތައް ރަށުގައި އަބަދުވެސް އޮންނަ ކަމަށެވެ. ނަމަވެސް މިހާރު އެ މައްސަލަތައް ބޮޑުވެފައިވާ ކަމަށާއި ހަފްތާއަކު ވައްކަމުގެ ހަތަރު ފަސް މައްސަލަ ކައުންސިލަށް ހުށަހަޅާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އާންމުކޮށް ވައްކަން ކުރަން ގޭގެ އަށް ވަދެ އުޅެނީ ދަންވަރު ގަޑީގައި ކަމަށާއި މޫނު ފޮރުވައިގެން ގެތަކަށް ވަދެ ނަގައިފައި ނުނަގާ ވަކި އެއްޗެއް ނޯންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުސްކުޅިން އެކަނި އުޅޭ ތަންތަނަށް ވަދެ ރައްކާކޮށްފައި ހުންނަ ހުރިހާ ފައިސާއެއް އެބަ ވަގަށް ގެންދޭ. ގޭސް ފުޅި އެއްޗެހި ހިފައިގެން ގޮސް އެއަށް ހަދާނެ އެއްޗެއް ހަދައިފަ އަނެއް ދުވަހު އޭތި އަނބުރާ ގެންގޮސްފައި ވެސް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

"މިއިން ކަމެއް ނުހިނގާ ދުވަހެއް މިހާރު މަދުން ނޫނީ ނުދޭ."

އޭނާ ވިދާޅުވި ގޮތުގައި ރަށު ރައްޔިތުންނަށް މިހާރު ބިރުވެރި ކަމުގައި ހަމަ ނިދި ނުނިދެ އެވެެ.

ޝާމިރު ވިދާޅުވީ މައްސަލަތައް ގިނަވެފައި ވަނީ އެކަމުގައި ކަމާ ބެހޭ އިދާރާތަކުގެ އިހުމާލުން ކަމަށެވެ.

"މި ރަށަކީ އަތޮޅުގައި ވެސް އެންމެ ކުށް ގިނަ އެއް ރަށް. މިވަރު ވާއިރު އެ މީހުންނަށް ފިޔަވަޅު ނަޅާއި އެންމެ ކުޑަމިނުން މައްސަލަ ބަލައި ވެސް ނުލަންޏާ ދެން ކުރާ ކަމެއް ކުރަން ހިތްވަރު ދޯ ލިބޭނީ،" އޭނާ ވިދާޅުވި އެވެ.

ޝާމިރު ވިދާޅުވިގޮތުގައި 1300 މީހުންގެ އާބާދީއެއް އޮތް އެ ރަށުގައި އެންމެ ކުޑަމިނުން މައްސަލަ ރިޕޯޓުކޮށްލެވޭނެ ފުލުހުންގެ ޑެސްކެއް ވެސް ނުހުރެ އެވެ. ކޮންމެ ފަހަރަކު ވެސް މައްސަލައެއް ފެންމަތިވާތާ ދެ ތިން ދުވަސް ފަހުން ފުލުހުން ގޮސް ރަށުގައި އެއް ދުވަސް ހޭދަކޮށްލާފައި އެނބުރި ދަނީ ކަމަށް އޭނާ ވިދާޅުވި އެވެ.

ވައްކަމުގެ މައްސަލަތައް ބޮޑުވެގެން މީގެ މަހެއްހާ ދުވަސް ކުރިން އާންމުން ނިކުމެ އަޑު އުފުލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބުން ކޮންމެވެސް ވަރަކަށް ވައްކަން މަދުވެފައިވާ ކަމަށާއި ދެ ދުވަހެއް ވަންދެން ފުލުހުން ވެސް ގޮސް އުޅުނު ކަމަށް ޝާމިރު ވިދާޅުވި އެވެ.

26 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 11%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޫސަ123

25 November 2020

ޖަޒީރާ ރާއްޖޭގެ ޖަޒީވަންތަ އަމާންވެށި ތިޔަފެނިވަޑަެިގަންނަވަނީ.

The name is already taken The name is available. Register?

ރަށު މީހާ

25 November 2020

ސާމިރު ތިވާހަކަ ދައްކާކަން ރީއްޗެއް ނޫނޭ. ދެ ދައުރު މިނިމުނީ ތި ގޮނޑި ފުރާތާ، ކުރެވުނު ކަމެއް ބުނެބަލަ. މީހުން އިންދާފަ ހުރި ރުއްގަސް ކެނޑުއް ފިޔަވާ އިތުރު ކަމެއް ނުކުރެވުނު. ކަލޭމެއް ހީކުރަނީ އުނދޯލި ހެއްލާފަ ޗޮކުލެޓް ކާން ކަމައްތަ ތިތިބީ ހޮވާފަ. އަބަދު ފުލުހުންގެ ބޮލައް ނުކަޑާ އަމިއްލަ ޒިއްމާ އަދާކުރެވޭތޯ ބަލާބަލަ.

The name is already taken The name is available. Register?

ފޭދޫ ބޭރު

25 November 2020

ތިހާ މައްޗައް ތިކަން އޮންނަ ނަމަ ތިކަން ކުރާ ބައެއްވެސް އެގޭނެ. ކައުންސިލަރު ވާހަކައިން ހީވާ ކަހަލަ ރަށުގެ އެންމެންވެސް ވައްކަން ކުރާހެން

The name is already taken The name is available. Register?

ހެހެހެ.

25 November 2020

ވައްކަން ކޮއްފިއޭ، ވައްކަން ކޮއްފިއޭ

The name is already taken The name is available. Register?

1828

25 November 2020

ހުރިހާ ކަމެއް ފުލުހުންގެ ބޮލަށް. މިހާރު ދިވެހިން މިއަށްވުރެއް ތަހުޒީބުވާންވެއްޖެ. ވަގަށް ނަގަނީ ތިމާ ދިރިއުޅޭ ރަށުގެ މީހުންގެ މުދަލާއި ފައިސާ. އެހެންކަމުން ފުލުހުންނަށްވާނެ ދެރައެއްނެތް. އެހެންކަމަށްވާނަމަ ކައުންސިލްގެ ފެންވަރުގައި އެކަންކަން ހުއްޓުވަން ކުރެވޭނެ ކަންކަން ހުންނާނެ އަދި ފަރުދީ ފެންވަރުގައި ކުރެވޭނެ ކަންކަން ހުންނާނެ. އެކަންކަން ކުރަންޖެހޭ، އޭރުން ކުށްކުރުންވެސް މަދުވާނެ.

The name is already taken The name is available. Register?

މޮގާ

25 November 2020

ބަލަ ކައުންސިލަކީ ތަންފީޒީ އިދާރާއެއްނޫން..އަމަން އަމާކޮށް ބެލުމުގެ މެންޑޭޓް އޮންނަނީ ސިފައިންނާއި ފުލު ހުންނަށް.

The name is already taken The name is available. Register?

މަ

24 November 2020

ލހިތަދުުުޫ ގަވެސް ތިމަަަައްސަލަ ވ ބޮޑު

The name is already taken The name is available. Register?

ކަޅުމަރިޔަނބު

24 November 2020

ތި ނުވާނެ ތެދަކަށް. އިއްޔެއެއްނޫންތަ ހޯމް މިނިސްޓަރ މަޖިލީހުގަ ބުނީ ރާއްޖޭގަ ކުށްކުރުން މަދުކުރި ވާހަކަ. އަނެއްކާ ކޮބާ؟ ސަރުކާރު ހިންގާ މައި އެމްޑީޕީން އެންމެ އިތުބާރުކުރާ ވަޒީރު ހޯމް މިނިސްޓަރަކީ. ދެން ކައުންސިލުން ކޯއްޗެކޭ ތިކިޔަނީ.

The name is already taken The name is available. Register?

ސެޓީސު

24 November 2020

މުޅިންފޫހިވެއްޖެ ސަރުކާރުދެކެ ކައުންސިލުންވެސް ވަކިވާން ބޭނުމީ ކަޑަސަރުކާރެއް

The name is already taken The name is available. Register?

އެއްފަހަރު

24 November 2020

އެއްފަހަރު އަޖުމަބަލާލަންވެސް ތިކަން ކުރާބަޔަކުގެ އަތް ބުރި ކުރަންވީނު

The name is already taken The name is available. Register?

ތިމާވެށި

24 November 2020

އާބާދީ ގަ 1500 މީހުން އުޅޭ ރަށް ރަށުގަ ބޮޑެތި ކުއްކުރާ މީހުން ވ މަދު ވާނެ އެވެ. އެމީހުން ރަށުން ބޭރު ކޮށްލަނި ކޮށް މައްސަލަ ހައްލު ވީ އެވެ.

The name is already taken The name is available. Register?

ލަދުގަނޭ

24 November 2020

އަޖައިބު. ދެން އެހެން ރަށަކަށް އޭނާ ފޮނުވީމަ އެތަނުގެ އަމާންކަން ގެއްލުން އޯކޭ؟

The name is already taken The name is available. Register?

1828

25 November 2020

އެއްވެސް ރަށުބަޔަކަށް އެރަށު މީހަކު ކަމެއްކުރީމައި އެމީހަކާ ދެކޮޅަށް ނިކުންނާކަށް ނުކެރޭ. ރަށްރަށުގެ މީހުން ފުއްޕަނީ އެހެން ރަށްރަށުގެ މީހުންނާއި ދިމާލަށް. ދާދި މިދާކަށްދުވަހު މީހެއްގެ އަންބެއްގެ ރުހުމުގައި އެމީހާ ކައިރިއަށް ފުލުހަކު ވަދެގެން އެރަށުމީހުން އުޅުނު ވަރަށް ވަރުދައްކާލާފައި. އެމީހުންނަށް ގޯސްވީ ފުލުސް މީހާއެކަނި. އަންހެންމީހާވީ ހަމަ އަލިފަކަށް. ސަބަބަކީ ރަށުމީހާވީމައި. ޕޮލިސް ސްޓޭޝަންދޮށަށް އެއްވީ އެއީ ރަށުން ބޭރުމީހެއްވީމައި. މިއީ ރާއްޖޭގެހުރިހާރަށަކުވެސްކަންހިނގާގޮތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454